22 ޖެނުއަރީ

January 22, 2020 3
ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.

21 ޖެނުއަރީ

January 21, 2020 27
މި ކުޑަ ރަށް ސަމާލުކަމަށް، މައްސަލަ ގިނަ؟

ދެ އަހަރު ނުފުރޭ ކުއްޖެއްގެ ރޭޕުން ރޮއްވާލީ މުޅި ގައުމެވެ. ބައްޕަ އާއި މަންމަ، މަސްތުގެ ދުނިޔޭގައި ވަނިކޮށް، ކާފަ އާއި މުނިކާފަގެ ޝިކާރައަކަށް ވި ކުއްޖާ އަށް ހަމްދަރުދީއާ އެކު އެންމެންގެ ލޭ ކެކި އަރައިގަތީ އެވެ. ހަވަރަށް މީހުން އެއްވާ ގޮތަށް، ހުޅުމާލޭގައި ކުއްޖާގެ ބައްޕަ އޮތް ގޭ ކައިރި އަށް ގޮސް ހަމަނުޖެހުން ވެސް ހިންގި އެވެ.

19 ޖެނުއަރީ

January 19, 2020 43
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި...

January 19, 2020 33
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!

"އޮފެންޑާސް ވެބްސައިޓުގައިވާ މީހުންގެ ތެރެއިން ޖަލުގައި މިވަގުތު ނެތް މީހުން އެނގޭނެ ގޮތެއް ހަދާ ދީބަލަ. ހެޔޮނުވާނެ. އަދި އެންމެ އަވަހަށް ޖަލުން މިނިވަންވާނެ މީހުން ވެސް އެނގޭނެ...

18 ޖެނުއަރީ

January 18, 2020 17
ކުއްޖާގެ މަންމަ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި ކަމަށް ތުހުމަތުކުރާ 61 އަހަރުގެ ކާފަ، އެ ކުއްޖާގެ މަންމަ އަށް ވެސް ޖިންސީ ގޯނާކުރި މައްސަލަތަކެއް އިއްޔެ ފެންމަތިކޮށްފި...

January 18, 2020 76
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ، މަންމަގެ އާއިލާގެ ބެލުމުގެ ދަށަށް މިދިޔަ ހޯމަދުވަހު ގެންދަން މަޖުބޫރުވީ އިތުރު ގޮތެއް ނެތިގެންނެެވެ؛ މަސްތުގެ ވަބާގައި ޖެހި މުޅިން އެހެން...

26 ނޮވެމްބަރ

November 26, 2019 29
ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ޖިންސީ ޝިކާރައަކަށް ހެދި ކުއްޖާ "ކައިވެންޏެއް" ކުރި ކަމުގެ ހެއްކެއް ކަމާ ބެހޭ އިދާރާތަކަށް ނުލިބުމަކީ އެކަން ނުހިނގުން ހެއްޔެވެ؟

29 މެއި

May 29, 2019 33
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު އަބަދުވެސް އިވޭނީ ޖަލުތަކުގައި ކުށްވެރިންނަށް އަނިޔާކުރުމުގެ ވާހަކަތަކެވެ. އެތައް ބަޔަކަށް ޖަލުގައި ކުރި އެފަދަ ލާ އިންސާނީ އަނިޔާތަކާއި ގޮތް ނޭނގޭ މަރުތަކަށް މަޑުޖެހުމެއް އައީ ބޮޑު ލޭ އޮހޮރުވުންތަކަކާ ހަމައިންނެވެ. އެންމެ ފަހުން ފިއްތުންތައް ބޮޑުވެ، އޭރުގެ ސަރުކާރަށް ޖެހުނީ އެކަންކަން...

27 މެއި

May 27, 2019 19
ކުޑަކުދިން ޖިންސީ ޝިކާރައަކަށް، ފުލުފުލުން މައްސަލަ!

ދުއްވަނީ ޖީއެން ސައިކަލެކެވެ. އުޅެނީ ޒަަމާނީ ބޮޑުބެރު ގުރޫޕެއްގަ އެވެ. ލަނީ އެންމެ ފަހުގެ ފެޝަންތަކުގެ ހެދުންތަކެވެ. އުމުރުން އަދި ވިހި އަހަރު ވެސް ނުވެ އެވެ. މިއީ ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ގަން ހިންގުވި ޒުވާނާ އެވެ.

05 ޑިސެމްބަރ

December 05, 2018 150
ޖިންސީ އަނިޔާ އާދައިގެ ކަމަކަށް ވީ ބާ؟

އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމާ އެކު އޭނާ މިނިވަންވެގެންދާތީ ރުޅިވެރިކަން ފާޅުކުރަމުންދާ އެންމެންގެ ވެސް އޮތީ އެއް ކަންބޮޑުވުމެކެވެ؛ ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ އެންމެ ސީރިއަސް މައްސަލައިގެ ކުށް ސާބިތުވެފައިވާ މީހަކަށް ލުއިދިނުމަކީ...

13 ނޮވެމްބަރ

November 13, 2017 42
ބައްޕަ، ދޮންބައްޕަ އަދި ކާފަ ވެސް ބެހުނު!

ޖިންސީ ގޯނާގެ ޝިކާރައަކަށްވެ ނަފްސާނީ މައްސަލަތަކުގެ ސަބަބުން މުޅި އުމުރަށް ނުތަނަވަސް ކަމުގައި އުޅެން ޖެހުމަކީ ރާއްޖޭގައި އާ ވާހަކައެއް ނޫނެވެ. ނަމަވެސް އެފަދަ ހާދިސާއެއްގެ ސަބަބުން ދިވެހި އަންހެން ކުއްޖަކަށް ނުހިނގި އަދި ހަނދާންތައް ފޮހެވިގެން ދިޔަ ވާހަކައެއް ނާހަމެވެ. އޭނާއަށް އެކަން ދިމާވީ ބައްޕަ އާއި ދޮންބައްޕަގެ އިތުރުން...

05 ނޮވެމްބަރ

November 05, 2017 28
އާއިލީ މައްސަލަތަކެއްގައި ތާށިވި ކުއްޖެއްގެ ހިތްވަރު

އަޅާލުން ނުލިބުމާއި އިހުމާލާއި އަނިޔާގެ ސަބަބުން ހާލުގައި ޖެހޭ ކުޑަކުދިން ތަހައްމަލްކުރާ ހަގީގަތްތައް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެނީ މަދު ފަހަރަކު އެވެ. ޚާއްސަކޮށް އެފަދަ ކުއްޖެއްގެ ދުލުން ސީދާ އެ ވާހަކަތައް ކިޔައިދޭ އަޑެއް ރާއްޖޭގައި ވަރަށް ނީވެ އެވެ. އެކަމަކު ފޭސްބުކްގައި އެއް ކުއްޖަކު ލިޔުނު ޕޯސްޓަކާ އެކު، އެފަދަ...

05 ސެޕްޓެމްބަރ

September 05, 2017 34
ފިލާ ކުދިންގެ އެހެން ވާހަކަތަކެއް!

ކުޑަކުއްޖަކު ވީ ތަނެއް ނޭނގިގެން ހޯދަން އިއުލާން ކުރުން މިހާރު ވަނީ އާންމުވެފަ އެވެ. ސަބަބުތައް ވެސް ގިނަ އެވެ. އެފަދަ ބައެއް ކުދިންގެ ބެކްރައުންޑަށް ބަލާއިރު ގޭތެރެއިން ތަފާތު އަނިޔާތައް ތަހައްމަލް ކުރަން ޖެހިފައި ހުރުން ހިމެނެ އެވެ. އެހެންވެ ދިމާވެފައިވާ އަހުލާގީ ގިނަ މައްސަލަތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެފަދަ ކުދިންގެ...

16 ނޮވެމްބަރ

November 16, 2016 2
ޖިންސީ ގޯނާ ސާބިތުކުރާ މިންގަނޑަށް ރަނގަޅު ބަދަލެއް

މީހުން މެރުމާއި ޓެރަރިިޒަމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފިޔަވައި ރާއްޖޭގައި ދެން އެންމެ ބޮޑެތި އަދަބު ދެވޭ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކެވެ. ޖިންސީ ގޯނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އެ މީހުން ކުރާ އަމަލާއި އަނިޔާ ލިބޭ ކުއްޖާ އާއި އެ މީހަކާ ދެމެދު ހުރި އާއިލީ ގާތް ކަމަށް ބަލައި، 10...

20 ޖުލައި

July 20, 2016 7
ކުޑަކުދިންނާ ބެހުމުން އަދަބު ދޭ ގާނޫނު ފުރިހަމަބާ؟

މީގެ ހަތް އަހަރު ކުރިން ޖޫން، 2009 އެވެ. މާލޭގައި އެންމެ އަށް މަހުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވުމާ އެކު މުޅި ރާއްޖެ ސިހިގެންދިޔަ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެތައް ބަޔަކު ނުކުމެ، އަޑު އުފުލަމުން ދިޔަ އެވެ. އެ ހޫނުކަމުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ބޮޑެތި...