02 މާޗް

March 02, 2020 5
އުފެދުމުގައި އައިބު ހުރުން: ހާއްސަ ސަމާލުކަމެއް ދީ!

މާބަނޑުވުމުން ޑޮކްޓަރު ދިން ފޯލިކް އެސިޑް ގަވައިދުން ބޭނުން ކުރިން ހެއްޔެވެ؟ ނޫނީ ވެކްސިން ހަމައަށް ޖެހިން ހެއްޔެވެ؟ އުޅޭ މާހައުލު، ސިނގިރޭޓުގެ ދުމުން ތަޣައްޔަރު ވެފައިވާއިރު، ފައިދާ ހުރި ކާއެއްޗެހި ބޭނުން ކުރަން ސަމާލުކަން ދެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟

10 ފެބުރުއަރީ

February 10, 2020 15
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް

މިސްކިތުގައި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ކިތަންމެ ހެއްކެއް ހުއްޓަސް 14 އަހަރުވި އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އިންސާފެއް ނުލިބުނެވެ. މުދިމު ހުރީ މިނިވަންކަންމަތީ މުޖުތަމައަށް ދޫވެފަ އެވެ. އެ މައްސަލައިގެ އިންސާފުގެ ހުރިހާ ދޮރެއް މިހާރު ވަނީ ބަންދުވެފަ އެވެ.

22 ޖެނުއަރީ

January 22, 2020 3
ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.

21 ޖެނުއަރީ

January 21, 2020 27
މި ކުޑަ ރަށް ސަމާލުކަމަށް، މައްސަލަ ގިނަ؟

ދެ އަހަރު ނުފުރޭ ކުއްޖެއްގެ ރޭޕުން ރޮއްވާލީ މުޅި ގައުމެވެ. ބައްޕަ އާއި މަންމަ، މަސްތުގެ ދުނިޔޭގައި ވަނިކޮށް، ކާފަ އާއި މުނިކާފަގެ ޝިކާރައަކަށް ވި ކުއްޖާ އަށް ހަމްދަރުދީއާ އެކު އެންމެންގެ ލޭ ކެކި އަރައިގަތީ އެވެ. ހަވަރަށް މީހުން އެއްވާ ގޮތަށް، ހުޅުމާލޭގައި ކުއްޖާގެ ބައްޕަ އޮތް ގޭ ކައިރި އަށް ގޮސް ހަމަނުޖެހުން ވެސް ހިންގި އެވެ.

19 ޖެނުއަރީ

January 19, 2020 43
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި...

January 19, 2020 33
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!

"އޮފެންޑާސް ވެބްސައިޓުގައިވާ މީހުންގެ ތެރެއިން ޖަލުގައި މިވަގުތު ނެތް މީހުން އެނގޭނެ ގޮތެއް ހަދާ ދީބަލަ. ހެޔޮނުވާނެ. އަދި އެންމެ އަވަހަށް ޖަލުން މިނިވަންވާނެ މީހުން ވެސް އެނގޭނެ...

18 ޖެނުއަރީ

January 18, 2020 76
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ، މަންމަގެ އާއިލާގެ ބެލުމުގެ ދަށަށް މިދިޔަ ހޯމަދުވަހު ގެންދަން މަޖުބޫރުވީ އިތުރު ގޮތެއް ނެތިގެންނެެވެ؛ މަސްތުގެ ވަބާގައި ޖެހި މުޅިން އެހެން ދުނިޔެއެއްގައި ދިރިއުޅޭ ދެމަފިރިންގެ ތެރެއިން މަންމަގެ ހާލު ދެރަވެ، ފަރުވާ އަށް އިމަޖެންސީގައި މާލެ ގެންދަން ޖެހުނީ އެވެ. އޭގެ ކުރިން އެ ކުއްޖާ، ދިރިއުޅުނީ...

26 ނޮވެމްބަރ

November 26, 2019 29
ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ޖިންސީ ޝިކާރައަކަށް ހެދި ކުއްޖާ "ކައިވެންޏެއް" ކުރި ކަމުގެ ހެއްކެއް ކަމާ ބެހޭ އިދާރާތަކަށް ނުލިބުމަކީ އެކަން ނުހިނގުން ހެއްޔެވެ؟

14 އޮކްޓޯބަރ

October 14, 2019 13
ކުޑަކުދިންގެ ނަފްސާނީ ބަލި، ބޮޑުވަމުންދާ މައްސަލައެއް!

ފާތުމަތު ޝަފީގާގެ އުމުރުން ހަ އަހަރުގެ ދަރިފުޅުގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަވާން ފެށީ ސްކޫލަށް ގެންދަން ފެށުމާ އެކުގަ އެވެ. ގޭގައި އުޅޭއިރު، ވަރަށް ސިޔާސަވެފައި މަޖަލެވެ. އެކަމަކު ސްކޫލުގައި އިންނައިރު ކުރަހާ ކުރެހުންތަކުން އޭނާއަށް ފެނުނީ އެހެން މަންޒަރެކެވެ. ކުރަހާފައި ހުންނަނީ އަބަދުވެސް ދެރަވެފައި ނުވަތަ ރޯން...

07 އޮކްޓޯބަރ

October 07, 2019 22
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަމައެކަނި މާލޭގައި 16 ތުއްތު ކުދިން މަރުވުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. އެންމެން ވެސް ކަންބޮޑުވުން ފާޅުކުރީ، ރާއްޖެއަކީ އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވާ ނިސްބަތް މި ސަރަހައްދުން ވެސް އެންމެ ދަށް ގައުމު ކަމަށް ވެފައި، އެ އަދަދު އިތުރުވީތޯ ސުވާލު...

03 އޮކްޓޯބަރ

October 03, 2019 56
ދެ މަސް ތެރޭގައި 16 ތުއްތު ކުދިން މަރުވެއްޖެ!

ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން 16 ތުއްތު ކުއްޖަކު މާލޭގައި މަރުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2019 1
ކުޑަކުދިންގެ އަދުލުގެ ނިޒާމް ބޮޑު ބަދަލަކާ ދިމާލަށް!

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައިގެން މުޖްތަމައަށް އަނބުރާ ގެނައުމާއި ދައުވާ ކޮށްގެން ކުށް ސާބިތުވިޔަސް، ބޮޑެތި...

19 އޯގަސްޓް

August 19, 2019 21
ކުށުގެ ޒިންމާ 15 އަހަރުގައި، އިސްލާހުވާން ފުރުސަތެއް

ވޭތުވެ ދިޔަ ދިހަ އަހަރަށް ބަލާއިރު 18 އަހަރު ނުފުރޭ ކުޑަކުދިން ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި 12 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ...

28 ޖުލައި

July 28, 2019 70
ހުނަރުވެރިކަމުން ފުރިފައި އޮތް ފުޅަނދުބުރެއް!

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ފުޅަނދުބުރު ބެލުމަށް އެންމެ ގިނަ ބަޔަކު ޖަމާވީ މަޖީދީ މަގަށެވެ. މަގުގެ ދެ ފަރާތުގައި ގިނަ ބަޔަކު ފުރި ބާރުވި އިރު، އެމީހުންގެ މޫނު މަތިން ފެނުނީ ހިނިތުންވުމެވެ. މިނިވަން ދުވަހޭ ބުނެފި ނަމަ، މާލޭގައި އެންމެ ގިނަ މީހުން އިންތިޒާރު ކުރާ އެއް ކަމަކީ ފުޅަނދުބުރު ކަމަށް ވުމުން...

01 ޖުލައި

July 01, 2019 13
ބައެއް ކުދިން އިސްލާހުވެ ނަމޫނާއަކަށް!

މުހައްމަދު މަފާޒު (އަސްލު ނަމެއް ނޫން) އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން އެންމެ 16 އަހަރުގައި، ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގަ އެވެ. ކުޑަކުއްޖަކަށް ވީތީ އެ މައްސަލައިގައި އޭނާ ދޫކޮށްލި ނަމަވެސް، އޭގެ އަހަރެއް ފަހުން އޭނާ ހައްޔަރުކުރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއެއްގައި ބައިވެރިވެގެންނެވެ....

27 މެއި

May 27, 2019 19
ކުޑަކުދިން ޖިންސީ ޝިކާރައަކަށް، ފުލުފުލުން މައްސަލަ!

ދުއްވަނީ ޖީއެން ސައިކަލެކެވެ. އުޅެނީ ޒަަމާނީ ބޮޑުބެރު ގުރޫޕެއްގަ އެވެ. ލަނީ އެންމެ ފަހުގެ ފެޝަންތަކުގެ ހެދުންތަކެވެ. އުމުރުން އަދި ވިހި އަހަރު ވެސް ނުވެ އެވެ. މިއީ ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ގަން ހިންގުވި ޒުވާނާ އެވެ.

18 މެއި

May 18, 2019 45
އެ ކުއްޖާގެ ހާލަތު އިހުސާސްކޮށްލަން މި ފުޅި ފުދޭ!

ނިހާޝާ ސައީދު އޭނާގެ ދުވަސް ފަށަނީ އިނގިލި ކުރިއަށް ހަރާލާ ކައްޓަމުން ލޭ އޮހޮރުވާލައި، އެއިން ހަދާ ޓެސްޓުންނެވެ. ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް ކޮންމެ ދުވަހަކު ފަސް ފަހަރު އިނގިއްޔަށް އެ ކަށި ހަރަ އެވެ. އޭގެ އިތުރުން ހަކުރު ކޮންޓްރޯލް ކުރުމަށް ދުވާލަކު ހަތަރު އިންސިއުލިން އިންޖެކްޝަން ޖަހަ އެވެ.

10 މެއި

May 10, 2019 72
ބައްޕައާ އެކު ދިރިއުޅުމުގެ އުފަލެއް ނެތް ކުދިން

ރާއްޖޭގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ތިބީ ބައްޕައާ އެކު ދިރިއުޅުމުގެ އުފަލުން މަހުރޫމްވެފަ އެވެ.

23 ފެބުރުއަރީ

February 23, 2019 8
ތެރަޕީ ނުލިބިގެން ޝަކުވާތައް ފުނިޖެހިފައި

ތެރަޕިސްޓުން މަދުވުމާއި ޕްރައިވެޓް ތަންތަނުން ޚިދުމަތްތައް ހޯދުމުގެ އަގު ބޮޑުވުމާއި މުހިއްމު ބައެއް ޚިދުމަތްތައް ރާއްޖެ އިން އެއްގޮތަކަށް ވެސް ލިބެން ނެތުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކަށް އަބަދުވެސް ކުރިމަތިވެފައި އޮންނަ ގޮންޖެހުމެކެވެ. ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމަށް މި ސަރުކާރުން...

23 ޖެނުއަރީ

January 23, 2019 14
ޖިއާންގެ މަރު: "ނިވިގެން އެދިޔައީ ހަޔާތުގެ އަލިކަން"

ބާރު އަޑަކާ އެކު މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކުން ޑރ. ފަރުޒާނާ ހުސައިން ހުންނެވީ ސިފަ ވަކިނުވާ ވަރު ވެފަ އެވެ. ގައިން ސިމެންތި ފިލުވަން އުޅުނީ އަންހެން ދަރިފުޅު ރޯޝަން ޖިއާން އޭރު ހުންނާނީ ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވީދާ އެކުގައި ކަމަށް ހީކުރެއްވުމުންނެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން މަންމަގެ އަތުން...

25 ޑިސެމްބަރ

December 25, 2018 24
ގޮއިދޫ ކުދިންގެ ތަފާތު ހުނަރު: ސްކޭޓްކުރުން

ހަވީރުވުން އޮންނާނީ ލަސްވެފަ އެވެ. "ހޮރަކުން ހިނި ނުކުންނަހެން" ކުދިން އައިސް ރަށުގެ މަސްކަނޑާ ތަނަށް އެއްވެ އެވެ. އެ ކުދިން ގޮވައިގެން އެކި ދިމަދިމާލުން ބަނދަރުމައްޗަށް ނުކުންނަ ބެލެނިވެރިން އެ ތަން ބަލަން ތިބޭނެ އެވެ. ސްކޭޓް ބޯޑުތަކުގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވަމުން ގެންދާ ދަރިންގެ ހުނަރުތަކާ މެދު ފަޚުރުވެރިވެފަ އެވެ....