25 ޑިސެމްބަރ

December 25, 2018 24
ގޮއިދޫ ކުދިންގެ ތަފާތު ހުނަރު: ސްކޭޓްކުރުން

ހަވީރުވުން އޮންނާނީ ލަސްވެފަ އެވެ. "ހޮރަކުން ހިނި ނުކުންނަހެން" ކުދިން އައިސް ރަށުގެ މަސްކަނޑާ ތަނަށް އެއްވެ އެވެ. އެ ކުދިން ގޮވައިގެން އެކި ދިމަދިމާލުން ބަނދަރުމައްޗަށް ނުކުންނަ ބެލެނިވެރިން އެ ތަން ބަލަން ތިބޭނެ އެވެ. ސްކޭޓް ބޯޑުތަކުގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވަމުން ގެންދާ ދަރިންގެ ހުނަރުތަކާ މެދު ފަޚުރުވެރިވެފަ އެވެ....

04 އޯގަސްޓް

August 04, 2018 31
ރާއްޖޭގެ އާބާދީ 40 އަހަރު ފަހުން!

މީގެ ސާޅިހަކަށް އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތް ލަފާކޮށްލަން ހިނގާށެވެ. ތަރައްގީއަށް ބަލާއިރު ޔަގީނުން ވެސް އޮންނާނީ ވަރަށް ކުރީގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ޕްލޭނަށް އެކަނި ބަލާލިޔަސް، މުޅި މާލެ ސަރަހައްދު ބްރިޖްތަކަކުން ގުޅާލަން ވަނީ ނިންމާފަ އެވެ. ފަހަރެއްގައި އެއް ރަށުން އަނެއް ރަށަށް ވެސް ހިނގާލާފައި...

12 ޖޫން

June 12, 2018 13
ބުރަޔަސް ހިތް ފުރިފައި: ސޯޝަލް ވޯކަރެއްގެ އުފާވެރިކަން

ވަޒީފާގައި ފައްޒަ ފުއާދުގެ އެކި ދުވަސްތައް ތަފާތެވެ. ބައެއް ދުވަސްތައް ނިމެނީ މަސައްކަތުގެ ގޮންޖެހުންތަކުގެ މާޔޫސްކަންމަތީގަ އެވެ. ދެން ހުންނަނީ ހިތް ފުރިގެން ފައްޒަ ގެ އަށް ދާ ދުވަސްތަކެވެ. ސޯޝަލް ވޯކަރެއްގެ ބުރަ، އުނދަގޫ ޒިންމާތައް އަދާކުރުން އޭނާގެ އުފަލަކަށް ހަދައިދެނީ އެފަދަ ދުވަސްތަކެވެ.

02 މާޗް

March 02, 2018 13
ދުވާލަކު ކުއްޖެއް، ޖިންސީ އަނިޔާ އިންތިހާގައި

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމުގެ ތާރީޚީ ފިޔަވަޅެއް ރާއްޖެ އިން ވަނީ އަޅައިފަ އެވެ. އެކަމަކު ހަރުކަށި ގާނޫނެއް ތައާރަފްކުރިތާ އަށް އަހަރު ފަހުން ވެސް ފެންނަނީ އަނިޔާ ލިބޭ ކުދިންގެ އަދަދު އިންތިހާ އަށް މަތި ކަމެވެ. މިއީ އެއް ގޮތަކުން ރަނގަޅު ކަމަކަށް ވެސް ވެދާނެ އެވެ؛ ރިޕޯޓްކޮށް،...

15 ފެބުރުއަރީ

February 15, 2018 2
ހިތުގެ އުނިކަމާއި ހިތްދަތިކަން: ރައްކާތެރިވެވިދާނެ

މަރިޔަމް ހަނާ އަށް މާބަނޑުއިރު ހުރިހާ ކަމެއް ވެސް ދިޔައީ އާދައިގެ ގޮތަކަށެވެ. އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ސްކޭން ހަދާފައި ޑޮކްޓަރުން ބުނަމުން ދިޔައީ ވެސް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. އެހެންވެ، ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތެއް އޮތް ކަމަކަށް ހަނާ އާއި އޭނާގެ ފިރިމީހާ ކުޑަކޮށް ވެސް ހިއެއް ނުކުރެ...

05 ޖެނުއަރީ

January 05, 2018 30
ޒުވާނެއްގެ ގަލަމުން ފާތުމަ، ފިރިހެން ފާތުމައެއް ނޫން

އެކުގައި މަސައްކަތްކުރާ ބަޔަކު މިދިޔަ ރޯދަ މަހު އެ މީހުންގެ އަމިއްލަ "މިއީ ކާކު؟" މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. އެ މަޖަލުގެ ތެރޭގައި އެކަކު ފޮނުވި ކަޅާއި ހުދުގެ ފޮޓޯއަކުން ފެނުނީ ދަނޑިގަނޑެއް ހިފަހައްޓާލައިގެން ކެމެރާ އަށް ހިނިތުންވެލައިގެން ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ. އެއީ ކާކުކަން ދެނެގަންނަން ގިނަ މީހުންނަށް...

05 ނޮވެމްބަރ

November 05, 2017 28
އާއިލީ މައްސަލަތަކެއްގައި ތާށިވި ކުއްޖެއްގެ ހިތްވަރު

އަޅާލުން ނުލިބުމާއި އިހުމާލާއި އަނިޔާގެ ސަބަބުން ހާލުގައި ޖެހޭ ކުޑަކުދިން ތަހައްމަލްކުރާ ހަގީގަތްތައް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެނީ މަދު ފަހަރަކު އެވެ. ޚާއްސަކޮށް އެފަދަ ކުއްޖެއްގެ ދުލުން ސީދާ އެ ވާހަކަތައް ކިޔައިދޭ އަޑެއް ރާއްޖޭގައި ވަރަށް ނީވެ އެވެ. އެކަމަކު ފޭސްބުކްގައި އެއް ކުއްޖަކު ލިޔުނު ޕޯސްޓަކާ އެކު، އެފަދަ...

05 ސެޕްޓެމްބަރ

September 05, 2017 34
ފިލާ ކުދިންގެ އެހެން ވާހަކަތަކެއް!

ކުޑަކުއްޖަކު ވީ ތަނެއް ނޭނގިގެން ހޯދަން އިއުލާން ކުރުން މިހާރު ވަނީ އާންމުވެފަ އެވެ. ސަބަބުތައް ވެސް ގިނަ އެވެ. އެފަދަ ބައެއް ކުދިންގެ ބެކްރައުންޑަށް ބަލާއިރު ގޭތެރެއިން ތަފާތު އަނިޔާތައް ތަހައްމަލް ކުރަން ޖެހިފައި ހުރުން ހިމެނެ އެވެ. އެހެންވެ ދިމާވެފައިވާ އަހުލާގީ ގިނަ މައްސަލަތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެފަދަ ކުދިންގެ...

12 ޖުލައި

July 12, 2017 45
ކުޑަކުދިންގެ ހިޔާގެ ހިމޭން ބޮއްސުންލުން އެތައް ކަމަކުން

ރައްކާތެރިކަމެއް ނެތް ބެލްކަނީތަކާއި ފާރުތައް މަތިން އެ ކުދިން ފެނިފައިވެ އެވެ. ފިލައިގެން ދިޔުމަކީ އާއްމު ކަމެކެވެ. އެ ކަންކަން މީޑިއާ އަށް ތިލަވަނީ އާއްމުންގެ ލޯމައްޗަށް ފެންނަ މިންވަރަކުންނެވެ. ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ އެތެރޭގައި، އެ ތަނަށް ގެންދާ ކުދިންގެ ހަޔާތުގައި، އަދި އެ ތަނުން ފިލައިގެން ދާ ކުދިންގެ...

16 ޖޫން

June 16, 2017 19
ދިވެހި ބަހުގެ ލޯބީގައި ޑިޒައިނަރަކު ދައްކާ ތަފާތު

ކުޑަކުދިންނާ ގުޅޭ ކަހަލަ ދިވެހި ފޮތްތަކާއި އަދަބީ ސާމަނު ވަރަށް މަދެވެ. މިހާރުގެ ކުދިން ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަވާ އެއް ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ. އާމިނަތު ޝަރީހާން އިބްރާހީމް ބޭނުންވަނީ އެކަން ބަދަލުކުރާށެވެ.

12 މެއި

May 12, 2017 70
ކޮންމެ މުނާސަބަތަކަށް ކޮސްޓިއުމެއް މުހިއްމުތަ؟

ގައުމީ ހެދުމާއި ކާޓޫން ކެރެކްޓާތަކުން ފެށިގެން ގޮސް އެކި ކަހަލަ ދިރޭއެއްޗެއްސާއި ބޭރުގެ ސަގާފަތްތަކާއި މޫސުންތައް ރަމްޒުކޮށްދޭ ހެދުންތަކެވެ. ދަރިވަރުން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އެވެ. ނަލަ ހެދިލައިގެން ތިބޭ ގޮތް ހިތްގައިމެވެ. ކުދިންތައް އެހާމެ ލޯތްބެވެ.

05 ފެބުރުއަރީ

February 05, 2017 37
ލިބުނު 12 ދަރިން ވެސް މަރު!

ދެމަފިރިންގެ މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ. އެ މީހުންގެ ޒުވާން އިރު ހަޔާތުގައި ހިނގާފައިވާ، ކަރުނުން ލޯ ތެމުނު، ޝަކުވާ އިން ހިތް ފުރުނު، އެކަމަކު ކެތްތެރިކަމުން ނަމޫނާ ދައްކައިދިިން ހާދިސާތައް އެނގޭނީ މަދު ބަޔަކަށެވެ. މިއަދު ފިރިމީހާގެ އުމުރުން 83 އަހަރެވެ. އަނބިމީހާ 77 އަހަރެވެ.

03 ޑިސެމްބަރ

December 03, 2016 29
ސްޓޫޑިއޯގައި ފޮޓޯ ނެގި ފަހުން ޖެހުނީ ފިޓް، ވިސްނާލާ!

ހަތް މަހުގެ އާނަ ޒައިދު އިބްރާހިމަށް ފިޓު ޖެހުމަކީ އޭނާގެ މައިންބަފައިންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހާސްކަމެވެ. އެއް ދުވަހެއްގައި ދެ ފަހަރު ފިޓު ޖެހުނީ އެންމެ 14 ގަޑި އިރު ތެރޭގަ އެވެ. ހުމެއް ނައިސް އިތުރު އެހެން ކަމެއް ވެސް ދިމާނުވެ، ކުއްލިއަކަށް ފިޓު ޖެހުނީމާ އެ މީހުން އެންމެ ބޮޑަށް ބޭނުންވީ އެހެން އެވީ ކީއްވެގެންތޯ ބަލާށެވެ.

19 ނޮވެމްބަރ

November 19, 2016 13
ކުދިންގެ ލޮލާއި ދަތްތަކަށް މިވަނީ ކިހިނެއް؟

ކުއްޖެއްގެ ދަތް ފަނިކެއުމަކީ މާ ބޮޑު ކަމެކޭ ހިތަށް ނާރަފާނެ އެވެ. ނުވަތަ، ރަނގަޅަށް ނުފެންނަ ކުއްޖާ އައިނު އެޅުވީމާ ނިމުނީއޭ ހީވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ހެލްތު ސްކްރީނިން އިން ފެންނަނީ ސީރިއަސް މަންޒަރެކެވެ. ލޮލާއި އަނގައިގެ މައްސަލަތަކާއި އެ ނޫން ވެސް ބައެއް ކަންކަން ކަންބޮޑުވާން ޖެހޭ...

19 ސެޕްޓެމްބަރ

September 19, 2016 48
މި މޫނުގެ މަތިން ހަނދާން އެބަހުރިތަ؟

އައިޝަތު ޝަނާޔާ ޝަރީފް އޭ ބުނުމުން އެއީ ކޮން ކުއްޖެއް ކަން ނޭނގި ދާނެ އެވެ. އެކަމަކު އެ މޫނު ފެނުމާ އެކު އެއީ ކޮން ކުއްޖެއްކަން ނޭނގިދާނީ ވަރަށް މަދު މީހަކަށެވެ. އެއީ، މުޅި ރާއްޖެ ސިއްސުވާލި މޫނެކެވެ.

14 ޖޫން

June 14, 2016 7
ކުޑަކުޑަ ސޫޖަލް ރާއްޖޭގައި އިސްލާމް ދީނުގެ ހިދާޔަތަށް

އިންޓަވިއުކުރަން އިށީނުމާ އެކު އޭނާ އެންމެ ފުރަތަމަ ސަލާމް ގޮވާލީ އެވެ. އަމިއްލައަށް ތައާރަފްވީ އޭގެ ފަހުންނެވެ. ދެން ކިޔައިދިނީ ގުރުއާން ކިޔެވުމާއި ރޯދަ ހިފުމުގައި އޭނާގެ ތަޖުރިބާ އެވެ.

05 ޖޫން

June 05, 2016 40
ފުލުފުލުން ޕްލޭންތައް، ލޭ އޮހޮރުުވުން ކުރިއަށް!

މުޅި ގައުމުގައި އޮތީ ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ޓެގް އަޅުވައި އެ މީހުން ބަރާބަރަށް މޮނީޓަ ކުރަމުން އަންނަ ވާހަކަ އެވެ. ކޮންމެ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވަނީ ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ޓެގް އެޅުވުމަށްޓަކައި މޮނިކޮން ގާނޫނު ހިންގަން ފެށުމުން، ގޭންގް މާރާމާރީ އާއި...