23 އެޕްރީލް

April 23, 2018 60
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި ބަސްކޮޅެވެ.

10 އެޕްރީލް

April 10, 2018 23
ރިލްވާން މައްސަލައިގެ މުހިންމު ހެއްކަކީ އިސްތައްޓެއް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. އޭނާ އަށް ވީގޮތެއް ހޯދަން އެކި ގޮތްގޮތުން ވެސް ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ. ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު އަލިމަގެއް ފެންނަ ވަރުގެ މައުލޫމާތެއް ތަހުގީގަށް މިހާތަނަށް ހޯދުނު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް...

25 މާޗް

March 25, 2018 47
އެންމެ ބޮޑު ކުށް، ސިޔާސީ ވުން!

އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެއް ރޫޅާލުން ފުލުހުންނަށް މާ ބޮޑު ކަމަކަށެއް ނުވެ އެވެ. ނަމަވެސް ދެތިން މީހުންގެ ގުރޫޕަކުން ނުކުމެ މާރާމާރީ ހިންގުން ހުއްޓުވައެއް ނުލެވެ އެވެ. ސިޔާސީ މީހެއް ނަމަ ހެކި ހޯދަން ވެސް ވަރަށް ފަސޭހަ އެވެ. ބަންދު ކުރެވޭލެއް އެއަށް ވުރެ އަވަހެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅޭ އެތައް...

21 މާޗް

March 21, 2018 16
ބަންދުގައި ތިބި މެމްބަރުން މަޖިލިހަށް ގެންދަން ޖެހޭތަ؟

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަންދޫބުން ކަމަށް ވާތީ، ރައްޔިތުން މަޖިލިހުގެ މެމްބަރުންނަށް ޚާއްސަ ރައްކާތެރިކަން ނުވަތަ ޚާއްސަ އިމްތިޔާޒްތަކެއް އޮވެ އެވެ. މެމްބަރަކު މަޖިލީހުގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން ދައުވާއެއް ނުކުރެވޭނެ އެވެ. ކުށެއް ކުރަނިކޮށް ފެންނަ ހާލަތުގައި ނޫނީ މެމްބަރަކު...

31 ޖެނުއަރީ

January 31, 2018 3
އިޖްރާއާތުގެ ގާނޫނު ދެނެގަތުން: ތައާރަފާއި މަގްސަދު

ޒަަމާނަށް އައި ބަދަލާ އެކު ޒަމާނީ ގާނޫނު އަސާސީއަކާއި އެފަދަ ގާނޫނުތަކާއި އުސޫލުތަކެއް ރާއްޖޭގައި ތައާރަފްވެފައި ވިޔަސް، މިދިޔަ ޖުލައި މަހާ ހަމަ އަށް ރާއްޖޭގައި، ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ ހަމައަށް ޖިނާއީ ޝަރީއަތްތައް ހިންގަމުން އައީ، އެތައް އަހަރެއް ކުރިން ހަދާފައި ހުރި...

24 ޖެނުއަރީ

January 24, 2018 12
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ހަ މަސް ވީ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. ފާރިސްގެ މައްސަލާގައި ގިނަ...

10 ޖެނުއަރީ

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ....

03 ޖެނުއަރީ

January 03, 2018 13
ހެދޭ ކުޑަ ގޯހަކުން ވެސް ކުށްވެރިޔާ ދޫވެދާނެ!

ކުރިން ނަމަ ޖިނާއީ ތަހުގީގުތައް ހިންގުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގަމުން އައީ ކަމާ ބެހޭ މުއައްސަސާތަކުން ހަދާފައިވާ ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެކު އެ ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ.

27 ޑިސެމްބަރ

December 27, 2017
ކުށްވެރިން އިސްލާހުވާން ލިބޭ ފުރުސަތު

ޖިނާއީ އަދުލުގެ ނިޒާމެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމާ އެކު، އެ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުމެވެ. އެކަމަކު ކުށަށް އަރައިގަންނަ ކޮންމެ މީހަކީ މިދެންނެވި ގޮތަށް އަދަބު ދޭން ޖެހޭ މީހެއް ކަމަށް ބަލައި، އެ މީހަކަށް އަދަބު ދިނުމަކީ އެކަމުން އިޖްތިމާއީ މައްސަލަތަކެއް ނިކުންނަ...

20 ޑިސެމްބަރ

December 20, 2017 6
ޖިނާއީ އިޖްރާއާތުގެ ގާނޫނުން ގެނައި މުހިންމު ބަދަލު

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ގާނޫނެކެވެ. ކުރިން ރާއްޖޭގައި ތައާރަފްވެފައި ނެތް އެތައް ކަމެއް އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ވަނީ ތައާރަފްވެފަ އެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން،...

13 ޑިސެމްބަރ

December 13, 2017 27
63 މަރު: އިންސާފު ކޮބާ؟ ހުއްޓޭނީ ކޮން އިރަކު؟

ވޭތުވެދިޔަ 16 އަހަރު ތެރޭ 63 ގަތުލެވެ. ގިނައިން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ކޮށާލާފައިވާ މީހުންނެވެ. ބައެއް ފަހަރު، އެހެން މީހެއް ކަމަށް ހީކޮށް އޮޅުމަކުން "މަރާލެވިފައިވާ" ކުށެއް ނެތް ޒުވާނުންނެވެ. އަނިޔާވެރިންގެ އަތްދަށުވި މައުސޫމް ކުޑަކުދިންނެވެ. އެ މީހުންގެ ވާހަކަ އިން މި ހަފްތާގައި ގިނަ ބަޔަކު ސިހިއްޖެ އެވެ. ރުޅިއަތުވެއްޖެ...

04 ޑިސެމްބަރ

December 04, 2017 26
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

ބޮޑުންނާއި ކުށްވެރިންގެ ގުޅުން އެއީ ސިއްރެއް ނޫނެވެ. ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ފައިސާ ދީގެން ގޭންގުތައް ލައްވައި އަނިޔާވެރި އަމަލުތައް ހިންގުވާކަން ވެސް ދިރާސާ އިން އެނގި ލިޔެފައި ވެސް ވެ އެވެ. މި ހަގީގަތަށް ބަލާ އިރު، ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި އިންތިޚާބުގެ ދަނޑިވަޅުތަކުގައި ކުށްކުރުން އިތުރުވެގެން ދާކަން އެއީ...

22 ނޮވެމްބަރ

November 22, 2017 20
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދޭނެތަ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު...

09 ނޮވެމްބަރ

November 09, 2017 4
ޝާފިއުގެ އޯޑިއޯ ގާނޫނީ ހެއްކަކަށް ވުމުގެ ބަހުސް!

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގައި، މީހަކު ދެއްކި ވާހަކައެއްގެ އޯޑިއޯއެއްގެ މައްސަލަ ފާރިސްގެ ވަކީލުން މިވަނީ ފެންމަތިކޮށްފަ އެވެ. ރިޝްވަތުގެ އެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ އަހުމަދު ޝާފިއު އެހެން މީހަކާ...

11 އޮކްޓޯބަރ

October 11, 2017 33
ހައްޔަރުކުރާ ނަމަ ޔުނިފޯމް މަޖުބޫރު: ބޮޑު ހުރަހެއް

ޔުނިފޯމް ނާޅާ ތިބި ފުލުހުންތަކެއް ދެ މީހަކު ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ދޫކޮށްލަން ޖެހުނު ދެ މީހުންގެ ތެރޭގައި މަރުގެ ތުހުމަތެއްގައި ހައްޔަރުކުރި އެކަކު ހިމެނޭއިރު އެ މީހުން ދޫކޮށްލި ސަބަބު ގިނަ ބަޔަކު ހައިރާންކޮށްލި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 13
ތަހުގީގުތަކުގައި ޕީޖީގެ ދައުރު ފުޅާކުރަން ޖެހިފައި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަކި ފަރާތަކަށް ބުރަ ނުވާ، މިނިވަން މަގާމެއްގެ ގޮތުގައި ގާނޫނު އަސާސީގައި ހަމަޖައްސާފައި އޮންނަނީ މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެއީ ޖިިނާއީ ތަހުގީގުތަކާއި ދައުވާތަކާ ގުޅޭ ކަންކަމަކީ އިންސާފުވެރިކޮށް، ގާނޫނާ އެއްގޮތަށް ކުރެވޭ ކަމެއް ކަން ކަށަވަރު ކުރުމާ އެކު އަސާސީ ހައްގުތައް ދެމެހެއްޓުމަށް ބާރު...

26 ސެޕްޓެމްބަރ

September 26, 2017 36
އެންމެ ނުރައްކާ ތުހުމަތުކުރެވޭ މީހުން އުދުހެނީ

ސީރިއަސް މައްސަލައެއްގައި، މިސާލު ނަގަން މި ޖެހެނީ ސިޔާސީ ކަންތައްތަކަކާ ގުޅުވައިގެންނެވެ. ރިޝްވަތު ދިނުމުގެ ތުހުމަތަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ސިޔާސީ ޕޯޑިއަމެއްގައި ދެއްކި ވާހަކައެއް ކޮރަޕްޝަންގެ އަމަލަކަށްވެ ކުށް...

03 އޯގަސްޓް

August 03, 2017 54
ކުށްވެރިންގެ ރާއްޖެ: ޒިންމާވާންޖެހޭ ކުށްވެރިޔަކީ ކޮބާ؟

"ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި ގައުމު ކަމުގައި އަހަރެމެން އެއް އިރެއްގައި ގަބޫލުކުރީމެވެ."

02 އޯގަސްޓް

August 02, 2017 49
މާރާމާރީތައް އިތުރުވަނީ، ހައްލެއް ނުހޯދުނު!

މާރާމާރީތަކާއި މީހުުން މެރުން ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާވެސް މިއީ އެފަދަ ދުވަސްވަރެކެވެ. ދެ ހަފުތާގެ ތެރޭގައި މާލޭގައި އެތައް މާރާމާރީ ހިންގައި، ދެ ޒުވާނަކު މަރާލައިފި އެވެ. މިދިޔަ އަހަރު އެއް ދުވަހެއްގެ ތެރޭގައި، ބަދަލު ހިފުމުގެ ގޮތުން، ދެ ކުއްޖަކު މަރާލި އެވެ. ރާއްޖޭގައި ހިނގާ މާރާމާރީތަކާއި މީހުން...

29 ޖޫން

June 29, 2017 8
ޖިނާއީ އަދުލުގެ ބޮޑު ބަދަލަށް ވަގުތު ކުޑަތަންވެފައި

އާ ގާނޫނު އަސާސީއާ އެކު އެންމެ ބޮޑު އެއް ބަދަލެއް އައީ ޖިނާއީ އަދުލުގެ ނިޒާމަށެވެ. ތަހުގީގު މަރުހަލާގައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށްގެން ކުށް ސާބިތު ކުރަމުން އައި އައުން ނިމުމަކަށް އައިސް، ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރަން ޖެހުނެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ދޭން...