12 ސެޕްޓެމްބަރ

September 12, 2018 54
މަގުމަތީގެ ގާނޫނުތައް: އަމަލްކުރަން ދަސްނުވި އެއްޗެއް!

އެންމެ ހަތަރު ލައްކަ މީހުންގެ މި ކުޑަ އާބާދީގައި އިޖްތިމާއީ މައްސަލަތަކުގެ އަދަދު ކިޔަން ޖެހެނީ ހާހުންނެވެ. އެހާ ވެސް ގިނަ އެވެ. އެތައް މިލިއަން މީހުން އުޅޭ ގައުމުތަކުގައި މިފަދަ މައްސަލަތައް ބޮޑު ނުވާ މިންވަރަށް ރާއްޖޭގައި އެކަންކަން އޮތީ ބޮޑުވެ، ފެތުރިފަ އެވެ. ހައްލު ކުރުމަށްޓަކައި ކުރި މަސައްކަތުގެ އެދެވޭ ނަތީޖާއެއް އަދި...

06 ސެޕްޓެމްބަރ

September 06, 2018 81
އެތައް ބައެއްގެ ސުވާލު: ދިވެހިންގެ އޯގާތެރިކަން ކޮބާ؟

ދިވެހިންނަކީ އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ނެތް ބަޔަކަށް ވީ ހެއްޔެވެ؟

September 06, 2018 18
ނުހައްގު މުއްސަނދިކަން ކުށަކަށް ނުހަދަނީ ކީއްވެ؟

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް...

30 އޯގަސްޓް

August 30, 2018 18
ފަރިތަ ނުވެވުނު 49 ވަނަ މާއްދާ: ކީއްވެ؟

ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ހުޅުމާލޭގައި ކުޑަކުދިންތަކެއް އަންހެން ކުއްޖަކަށް ބުލީކުރާ ވީޑިއޯއެއް އާންމުވެ، ފުލުހުން ބަލަން ފެށި މައްސަލައަށެވެ. އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުދިންނަކީ ކޮން ބައެއް ކަން އެނގޭއިރު، އެ މީހުން ހައްޔަރު ނުކުރުމަކީ ފުލުހުންނަށް ކުރިމަތިވި އެންމެ ބޮޑު ފާޑުކިޔުމެވެ....

05 އޯގަސްޓް

August 05, 2018 32
ރިލްވާންގެ މައްސަލަ ނާކާމިޔާބުވުން: ޒިންމާވާނީ ކާކު؟!

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވާން ގާތްވީ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި މީހަކު ފޮރުވުމުގެ އެންމެ ނުރައްކާތެރި މައްސަލާގައި ރިލްވާނަށް ވީ ގޮތެއް މިއަދާ ހަމައަށް ވެސް ހޯދިފައެއް ނެތެވެ. ރިލްވާން ވަގަށް ނެގީ ކަމެއް، މަރާލީ ކަމެއް، ނުވަތަ އެކަން ކުރީ ކޮން ބައެއް ކަން ވެސް އަދި އޭނާ ދުނިޔޭގައި ހުރިކަން...

11 ޖުލައި

July 11, 2018 13
ޕީނަލް ކޯޑަށް ގެންނަ އިސްލާހު: ރަނގަޅު ބަދަލެއްތަ؟

ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ގާނޫނުލް އުގޫބާތް އުވާލުމަށް ފަހު ޒަމާނީ ގާނޫނުލް އުގޫބާތެއް ރާއްޖެ އަށް ގެންނަން ޖެހުނީ ވަރަށް މުހިންމު ސަބަބުތަކަށް ޓަކަ އެވެ. މީގެ 60 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގައި ހުރި ޒަމާނާ ނުގުޅޭ ކުށްތަކާއި އަދަބުތަކުގެ ސަބަބުން ކުރިމަތިވަމުން އައި މައްސަލަތައް އޭރު...

06 ޖޫން

June 06, 2018 12
ސިއްރު ހެކިން:ދެކޮޅަށް ވެސް ވިސްނަން ޖެހޭ މައްސަލައެއް

ޖިނާއީ މައްސަލަތަކުގައި ހެކިން ސިއްރު ކުރާތީ ވަރަށް ބޮޑު ފާޑުކިއުމެއް ޝަރުއީ ނިޒާމަށް މިހާރު ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް ގާނޫނީ ބޭފުޅުންގެ މެދުގައި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހެކިން ސިއްރު ކުރުމާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓާ އެކު މަޝްހޫރު ގާނޫނީ...

23 އެޕްރީލް

April 23, 2018 60
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި ބަސްކޮޅެވެ.

10 އެޕްރީލް

April 10, 2018 23
ރިލްވާން މައްސަލައިގެ މުހިންމު ހެއްކަކީ އިސްތައްޓެއް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. އޭނާ އަށް ވީގޮތެއް ހޯދަން އެކި ގޮތްގޮތުން ވެސް ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ. ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު އަލިމަގެއް ފެންނަ ވަރުގެ މައުލޫމާތެއް ތަހުގީގަށް މިހާތަނަށް ހޯދުނު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް...

25 މާޗް

March 25, 2018 47
އެންމެ ބޮޑު ކުށް، ސިޔާސީ ވުން!

އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެއް ރޫޅާލުން ފުލުހުންނަށް މާ ބޮޑު ކަމަކަށެއް ނުވެ އެވެ. ނަމަވެސް ދެތިން މީހުންގެ ގުރޫޕަކުން ނުކުމެ މާރާމާރީ ހިންގުން ހުއްޓުވައެއް ނުލެވެ އެވެ. ސިޔާސީ މީހެއް ނަމަ ހެކި ހޯދަން ވެސް ވަރަށް ފަސޭހަ އެވެ. ބަންދު ކުރެވޭލެއް އެއަށް ވުރެ އަވަހެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅޭ އެތައް...

21 މާޗް

March 21, 2018 16
ބަންދުގައި ތިބި މެމްބަރުން މަޖިލިހަށް ގެންދަން ޖެހޭތަ؟

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަންދޫބުން ކަމަށް ވާތީ، ރައްޔިތުން މަޖިލިހުގެ މެމްބަރުންނަށް ޚާއްސަ ރައްކާތެރިކަން ނުވަތަ ޚާއްސަ އިމްތިޔާޒްތަކެއް އޮވެ އެވެ. މެމްބަރަކު މަޖިލީހުގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން ދައުވާއެއް ނުކުރެވޭނެ އެވެ. ކުށެއް ކުރަނިކޮށް ފެންނަ ހާލަތުގައި ނޫނީ މެމްބަރަކު...

31 ޖެނުއަރީ

January 31, 2018 3
އިޖްރާއާތުގެ ގާނޫނު ދެނެގަތުން: ތައާރަފާއި މަގްސަދު

ޒަަމާނަށް އައި ބަދަލާ އެކު ޒަމާނީ ގާނޫނު އަސާސީއަކާއި އެފަދަ ގާނޫނުތަކާއި އުސޫލުތަކެއް ރާއްޖޭގައި ތައާރަފްވެފައި ވިޔަސް، މިދިޔަ ޖުލައި މަހާ ހަމަ އަށް ރާއްޖޭގައި، ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ ހަމައަށް ޖިނާއީ ޝަރީއަތްތައް ހިންގަމުން އައީ، އެތައް އަހަރެއް ކުރިން ހަދާފައި ހުރި...

24 ޖެނުއަރީ

January 24, 2018 12
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ހަ މަސް ވީ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. ފާރިސްގެ މައްސަލާގައި ގިނަ...

10 ޖެނުއަރީ

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ....

03 ޖެނުއަރީ

January 03, 2018 13
ހެދޭ ކުޑަ ގޯހަކުން ވެސް ކުށްވެރިޔާ ދޫވެދާނެ!

ކުރިން ނަމަ ޖިނާއީ ތަހުގީގުތައް ހިންގުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގަމުން އައީ ކަމާ ބެހޭ މުއައްސަސާތަކުން ހަދާފައިވާ ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެކު އެ ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ.

27 ޑިސެމްބަރ

December 27, 2017
ކުށްވެރިން އިސްލާހުވާން ލިބޭ ފުރުސަތު

ޖިނާއީ އަދުލުގެ ނިޒާމެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމާ އެކު، އެ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުމެވެ. އެކަމަކު ކުށަށް އަރައިގަންނަ ކޮންމެ މީހަކީ މިދެންނެވި ގޮތަށް އަދަބު ދޭން ޖެހޭ މީހެއް ކަމަށް ބަލައި، އެ މީހަކަށް އަދަބު ދިނުމަކީ އެކަމުން އިޖްތިމާއީ މައްސަލަތަކެއް ނިކުންނަ...

20 ޑިސެމްބަރ

December 20, 2017 6
ޖިނާއީ އިޖްރާއާތުގެ ގާނޫނުން ގެނައި މުހިންމު ބަދަލު

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ގާނޫނެކެވެ. ކުރިން ރާއްޖޭގައި ތައާރަފްވެފައި ނެތް އެތައް ކަމެއް އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ވަނީ ތައާރަފްވެފަ އެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން،...

13 ޑިސެމްބަރ

December 13, 2017 27
63 މަރު: އިންސާފު ކޮބާ؟ ހުއްޓޭނީ ކޮން އިރަކު؟

ވޭތުވެދިޔަ 16 އަހަރު ތެރޭ 63 ގަތުލެވެ. ގިނައިން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ކޮށާލާފައިވާ މީހުންނެވެ. ބައެއް ފަހަރު، އެހެން މީހެއް ކަމަށް ހީކޮށް އޮޅުމަކުން "މަރާލެވިފައިވާ" ކުށެއް ނެތް ޒުވާނުންނެވެ. އަނިޔާވެރިންގެ އަތްދަށުވި މައުސޫމް ކުޑަކުދިންނެވެ. އެ މީހުންގެ ވާހަކަ އިން މި ހަފްތާގައި ގިނަ ބަޔަކު ސިހިއްޖެ އެވެ. ރުޅިއަތުވެއްޖެ...

04 ޑިސެމްބަރ

December 04, 2017 26
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

ބޮޑުންނާއި ކުށްވެރިންގެ ގުޅުން އެއީ ސިއްރެއް ނޫނެވެ. ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ފައިސާ ދީގެން ގޭންގުތައް ލައްވައި އަނިޔާވެރި އަމަލުތައް ހިންގުވާކަން ވެސް ދިރާސާ އިން އެނގި ލިޔެފައި ވެސް ވެ އެވެ. މި ހަގީގަތަށް ބަލާ އިރު، ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި އިންތިޚާބުގެ ދަނޑިވަޅުތަކުގައި ކުށްކުރުން އިތުރުވެގެން ދާކަން އެއީ...

22 ނޮވެމްބަރ

November 22, 2017 20
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދޭނެތަ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު...

09 ނޮވެމްބަރ

November 09, 2017 4
ޝާފިއުގެ އޯޑިއޯ ގާނޫނީ ހެއްކަކަށް ވުމުގެ ބަހުސް!

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގައި، މީހަކު ދެއްކި ވާހަކައެއްގެ އޯޑިއޯއެއްގެ މައްސަލަ ފާރިސްގެ ވަކީލުން މިވަނީ ފެންމަތިކޮށްފަ އެވެ. ރިޝްވަތުގެ އެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ އަހުމަދު ޝާފިއު އެހެން މީހަކާ...