13 ޑިސެމްބަރ

December 13, 2017 27
63 މަރު: އިންސާފު ކޮބާ؟ ހުއްޓޭނީ ކޮން އިރަކު؟

ވޭތުވެދިޔަ 16 އަހަރު ތެރޭ 63 ގަތުލެވެ. ގިނައިން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ކޮށާލާފައިވާ މީހުންނެވެ. ބައެއް ފަހަރު، އެހެން މީހެއް ކަމަށް ހީކޮށް އޮޅުމަކުން "މަރާލެވިފައިވާ" ކުށެއް ނެތް ޒުވާނުންނެވެ. އަނިޔާވެރިންގެ އަތްދަށުވި މައުސޫމް ކުޑަކުދިންނެވެ. އެ މީހުންގެ ވާހަކަ އިން މި ހަފްތާގައި ގިނަ ބަޔަކު ސިހިއްޖެ އެވެ. ރުޅިއަތުވެއްޖެ...

11 އޮކްޓޯބަރ

October 11, 2017 33
ހައްޔަރުކުރާ ނަމަ ޔުނިފޯމް މަޖުބޫރު: ބޮޑު ހުރަހެއް

ޔުނިފޯމް ނާޅާ ތިބި ފުލުހުންތަކެއް ދެ މީހަކު ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ދޫކޮށްލަން ޖެހުނު ދެ މީހުންގެ ތެރޭގައި މަރުގެ ތުހުމަތެއްގައި ހައްޔަރުކުރި އެކަކު ހިމެނޭއިރު އެ މީހުން ދޫކޮށްލި ސަބަބު ގިނަ ބަޔަކު ހައިރާންކޮށްލި އެވެ.

05 ޖުލައި

July 05, 2017 13
އަދުލުގެ ނިޒާމަށް މުޅިން އާ ކަންތައްތަކެއް

އެކުލަވާލުމާއި ދިރާސާކުރުން ހިމެނޭ ގޮތަށް 10 އަހަރުގެ މަސައްކަތުން ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިއަ އާދިއްތަ ދުވަހު އަމަލްކުރަން ފެށި އިރު އޭގައި ރާއްޖެ އަށް މުޅިން އާ، އެކަމަކު ވަރަށް މުހިންމު އެތައް ބަދަލެއް ހިމެނެ އެވެ.

29 ޖޫން

June 29, 2017 8
ޖިނާއީ އަދުލުގެ ބޮޑު ބަދަލަށް ވަގުތު ކުޑަތަންވެފައި

އާ ގާނޫނު އަސާސީއާ އެކު އެންމެ ބޮޑު އެއް ބަދަލެއް އައީ ޖިނާއީ އަދުލުގެ ނިޒާމަށެވެ. ތަހުގީގު މަރުހަލާގައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށްގެން ކުށް ސާބިތު ކުރަމުން އައި އައުން ނިމުމަކަށް އައިސް، ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރަން ޖެހުނެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ދޭން...

01 ފެބުރުއަރީ

February 01, 2017 4
ހެކިން ސިއްރުކުރުން އާންމު ކަމަކަށް ވިޔަ ނުދީ!

ޝަރީއަތުގައި ހެކިބަސް ނެގުމުގެ އާންމު އުސޫލަކީ ހެކިވެރިޔާއަކީ ކާކުކަން ނުވަތަ ކޮން ބައެއްކަން އެ މައްސަލައިގެ ދެ ފަރާތަށް ވެސް އެނގިގެން ހެކިބަސް ނެގުމެވެ. ބޭނުމަކީ ވީހާ ވެސް ބޮޑަކަށް ދެ ފުށް ފެންނަ ގޮތެއްގައި އަދި އިންސާފު ގާއިމްކުރެވޭކަން ކަށަވަރުކޮށް ދިނުމެވެ. ގާނޫނުން އިސްތިސްނާ ނުކުރާ ނަމަ މިއީ ރާއްޖޭގައި ވެސް އަދި ދުނިޔޭގެ...

17 ނޮވެމްބަރ

November 17, 2016 3
ޖިނާއީ އިޖުރާއާތުގެ ގާނޫނު އިތުރު ހަ މަހަށް ގަރާޖަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ 2، 2017ގަ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރުން އިތުރު ހަ މަސް ދުވަހަށް ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅައިފަ އެވެ.