24 ޖެނުއަރީ

January 24, 2019 11
ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން ފުލުހުންނަށް

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަން ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

23 ޖެނުއަރީ

January 23, 2019 14
ޖިއާންގެ މަރު: "ނިވިގެން އެދިޔައީ ހަޔާތުގެ އަލިކަން"

ބާރު އަޑަކާ އެކު މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކުން ޑރ. ފަރުޒާނާ ހުސައިން ހުންނެވީ ސިފަ ވަކިނުވާ ވަރު ވެފަ އެވެ. ގައިން ސިމެންތި ފިލުވަން އުޅުނީ އަންހެން ދަރިފުޅު ރޯޝަން ޖިއާން އޭރު ހުންނާނީ ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވީދާ އެކުގައި ކަމަށް ހީކުރެއްވުމުންނެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން މަންމަގެ އަތުން...

15 ޖެނުއަރީ

January 15, 2019 215
ފަރުވާ ނުލިބި މަރު: ބިދޭސީންނަށް އެހެން ބިރެއް!

ހުން ގަދަކަމުން ކޮޅަށް ހުރެވޭވަރު ނުވިޔަސް ފިހާރައިގެ މަސައްކަތަށް ނިކުތުން ނޫން ގޮތެއް ބަންގްލަދޭޝްގެ ކޮބީރް ހުސެއިން އަށް ނެތީ އެވެ. އޭނާ ނުނިކުމެއްޖެ ނަމަ ސޭޓަކު ނެތިގެން ފިހާރަ ބަންދުކުރާނެ އެވެ. ފިހާރައިގެ ވެރިމީހާ އެ ރޯޅި އޭނާ އަށް ބާލާނެ ކަން ވެސް ކޮބީރަށް ޔަގީނެވެ. އެހެންވެ ޕެނަޑޯލް ކައިގެން ކެތްކުރުން ނޫން ގޮތެއް އޭނާ...

10 ޖެނުއަރީ

January 10, 2019 19
މިވަރުގެ ހިދުމަތްތެރިއަކު ދެން ފެނިދާނެތަ؟

އޭނާގެ އޮފީސް ކޮޓަރިކޮޅަށް ވަނުމުން އިހުސާސްކުރެވޭނީ މާ ކުރީ ޒަމާނެއްގައި އުޅެވޭހެންނެވެ. އެތަނުގައި ކޮމްޕިއުޓަރެއް، މޯބައިލް ފޯނެއް ނުވަތަ ޒަމާނުގެ އެފަދަ އެއްވެސް ވަސީލަތެއްގެ ހިލަމެއް ނެތެވެ. ބައްތެއްޔަކަށް މުދާ އަރުވައި ބަރާކޮށްފައި އޮންނަހެން ކޮޓަރިކޮޅު ބަރާކޮށްފައި އޮންނާނީ ފޮތްތަކާއި ކަރުދާހުންނެވެ. އެތަނުގައި...

18 ޑިސެމްބަރ

December 18, 2018 40
ކޮންސްޓްރަކްޝަން ސައިޓުތައް: ނުރައްކަލުގެ ހާއްޔެއް

ހެނދުނު ސައި ބޮއިގެން ހަތް އަހަރުގެ ކުޑަ ރައުޝަން ޖިއާން ހިނގާލާފައި ދިޔައީ އޭނާގެ މަންމައާ އެކު އެވެ. މ. ނަލަހިޔާ މަންޒިލް ޕޭވްމަންޓު މަތިން ދިޔައިރު އޭނާގެ ކިބައިން ކުޑަކުއްޖެއްގެ މައުސޫމްކަމާއި އުފާވެރިކަމެވެ. އެކަމަކު އެ އުފާވެރިކަން ގެއްލިގެން ދިޔައީ އެންމެ ދެ ސިކުންތު ތެރޭގަ އެވެ: މަތިން ވެއްޓުނު 50 ކިލޯގެ ބޮޑު ސިމެންތި...

04 ފެބުރުއަރީ

February 04, 2018 10
ކުއްލި މަރުތަކުގެ ފަހަތުގައި ކޮން ކަމެއް؟

ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކުއްލި މަރުގެ ހާދިސާތައް ގިނަވުމުގެ ފަހަތުގައި އޮތް ސަބަބަކީ ދެ އެއްޗެއް ބުއިން އާއްމުވުމެވެ؛ އެއީ ދުންފަތާއި އެނާޖީ ޑްރިންކެވެ.

31 ޑިސެމްބަރ

December 31, 2017 6
އަހަރުގެ އާޓިކަލްގެ އެންމެ ފުނަށް!

ސެޕްޓެމްބަރު 28، 2017ގެ ރޭ މުޅި ގައުމު ސިއްސުވައިލީ ހުޅުމާލޭގައި ވަރަށް ޒުވާން ދެ ކުއްޖަކު މަރުވި ހަބަރަކާ އެކު އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އަދި އުމުރުން 23 އަހަރުގެ އަހަރެމެންގެ ޒުވާން ނޫސްވެރިޔާ މުހަންމަދު ޔާމީނަށް އެކަން މާ ބޮޑަށް ވެސް ތަފާތު ކަމަކަށް ވި އެވެ. ހުޅުމާލޭގައި ހިނގި ކަމަކަށް ވެފައި، އޭނާ ވެސް ދިރިއުޅެނީ...

30 ސެޕްޓެމްބަރ

September 30, 2017 32
ކަށުކަމާކެމީގެ ބުރަ ލުއިކޮށްދިން އެއްބައިވަންތަކަން

އާއިލާގެ މީހަކު މަރުވެގެން އުޅޭ ހިތްދަތި އުނދަގޫ ވަގުތު އެ މީހެއްގެ ކަށުކަމާކެމީގެ ކަންކަމާ އުޅުމަކީ ކޮޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ކަމަށް ބޭނުންވާ ސާމާނު ހޯދުމަކީ މާލޭގައި އާންމު މީހަކަށް ބޮޑު ތަކުލީފެކެވެ. އެއް ގެއިން ސަންދޯކެއް، އަނެއް ގެއިން ވެލިކޮޅެއް، އެހެން ދިމާލަކުން ކަފަ އާއި ކަފުނާއި ކުނާ ފަދަ...

20 އޯގަސްޓް

August 20, 2017 9
އާތިފަކީ އާދައިގެ މީހެއް ނޫން، އެއަށް ވުރެ މާ ހާއްސަ

ޔަގީންވާ އެއް ކަމެއް އެބައޮތެވެ؛ ހދ. ހަނިމާދޫގައި ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި މާލެ ވަޑައިގެން މަޝްހޫރު މިއުޒީޝަން/ ލަވަކިޔުންތެރިޔާ އަދި ސިފައިންގެ މޭޖާ އަހުމަދު އާތިފް ވަރަށް ގިނަ މީސް މީހުންނާ ބައްދަލު ކުރެއްވި ކަމެވެ. އަދި އެ ބައްދަލުވުންތަކުގައި، މިއަދު އޭނާ އަވަހަރާވުމާ ދާދި ގުޅުން ހުރި ވާހަކަތަކެއް ވެސް ދެއްކެވި...

23 މެއި

May 23, 2017 37
އިންޒާރު: ކުއްލި މަރުތައް ގިނަވަނީ!

ބައްޔެއް ހުރިކަން ނޭނގި ނުވަތަ ދުރާލާ ސިއްހީ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި މީހުން މަރުވާ ހާދިސާތައް ފަހަކަށް އައިސް ދަނީ ތަކުރާރުވަމުންނެވެ. ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ކުއްލިއަކަށް މަރުވެގެން ދަނޑުމައްޗަށް ވެއްޓިދާނެ އެވެ. ހެނދުނު ނިދާ ނުހޭލައިގެން ބަލާ އިރު މަރުވެފައި އޮވެދާނެ އެވެ. މިފަދަ ހާދިސާތަކަކީ، ދިވެހިންގެ...

12 އެޕްރީލް

April 12, 2017 48
ރައުދާގެ މަރުގެ މައުލޫމާތުން ޓްވިޓާ މައިތިރިކުރެވުނުތަ؟

ރައުދާ އާތިފްގެ މަރާ ބެހޭ ގޮތުން އުފެދިފައިވާ އެންމެ ބޮޑެތި ސުވާލުތަކަށް ދިވެހި ފުލުހުން އިއްޔެ ޖަވާބުދީފި އެވެ. އެއީ ގަތުލެއް ނޫން ކަމަށް ސީދާ ނުބުންޏަސް، ބަންގްލަދޭޝް އަށް ގޮސްގެން ކުރި ތަހުގީގަށް ފަހު، ފުލުހުންނަށް ގަބޫލުކުރެވެނީ އެގޮތަށް ކަން ވަރަށް ސާފެވެ. މާނައަކީ، މީހަކު ނުވަތަ ބަޔަކު އޭނާ މަރާލުމަށް ވުރެ ފުރުސަތު ބޮޑީ...

09 މާޗް

March 09, 2017 24
"އެތައް އެކުވެރިންނެއް ވަކިވެދިޔައީ މާ އަވަހަށް"

- ވޭތުވެދިޔަ ދެ އަހަރާއި މި އަހަރު މަރުވި ތެލެސީމިއާ ކުދިންނާއި ޒުވާނުންގެ އަދަދު 13 އަށް އަރާ

07 ފެބުރުއަރީ

February 07, 2017 27
ޒިޔާދާގެ ހުވަފެންތަކާ އެކު ދޮށީ ދަރިފުޅު އާ ފެށުމަކަށް

ޒުވާން މަންމަ ޒިޔާދާ ނައީމް މަރުވި އިރު ޒިދާން އިބްރާހީމް ހުސެން އަށް 17 އަހަރެވެ. އެ މައްސަލައިގައި ބައްޕަ ހައްޔަރުކުރި ހިސާބުން މަންމަ އާއި ބައްޕަ ވެސް ގެއްލުނީ އެވެ. އާއިލާގެ އެންމެ ދޮއްޓަށް ހުރި ޒިދާން އަށް، ފުރަތަމަ ދުވަހު ވެސް، އޭނާގެ ޒިންމާ ބޮޑުކަން އިހުސާސްކުރެވުނެވެ.

05 ފެބުރުއަރީ

February 05, 2017 37
ލިބުނު 12 ދަރިން ވެސް މަރު!

ދެމަފިރިންގެ މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ. އެ މީހުންގެ ޒުވާން އިރު ހަޔާތުގައި ހިނގާފައިވާ، ކަރުނުން ލޯ ތެމުނު، ޝަކުވާ އިން ހިތް ފުރުނު، އެކަމަކު ކެތްތެރިކަމުން ނަމޫނާ ދައްކައިދިިން ހާދިސާތައް އެނގޭނީ މަދު ބަޔަކަށެވެ. މިއަދު ފިރިމީހާގެ އުމުރުން 83 އަހަރެވެ. އަނބިމީހާ 77 އަހަރެވެ.

08 ޖެނުއަރީ

January 08, 2017 37
"ފެނުނުއިރު ހީވީ ދެމަފިރިން ނިދާފައި ތިބިހެން"

ރޭ ނިދަން ވަން ގޮތަށް، މިއަދު މެންދުރުވި އިރު ވެސް ގާސިމް ޝާހިދާއި އޭނާގެ އަންހެނުން ރަޒީނާ އިބްރާހިމްގެ ހަބަރެއް ނުވި އެވެ؛ ކޮންމެ ރެއަކު ވެސް ދަމު ނަމާދުކޮށްގެން ނިދާފައި ފަތިސް ނަމާދަށް ދެމަފިރިން ހޭލަ އެވެ. ނަމަވެސް މިއަދު ދަމަކަށް އިރު އެރި އިރު ވެސް ނުފެނި ގިނަ އިރު ވާތީ، ދޮރުގައި ތަކުރާރުކޮށް ޓަކި ޖެހުމުން ވެސް ނުހުޅުވި...

10 އޮކްޓޯބަރ

October 10, 2016 13
ނާޝިދު: ވަކިނުވެވޭވަރުގެ ހަނދާންތަކެއް ދޫކުރެއްވި

ހުރިހާ މިއުޒީޝަނުން ވެސް އިއްތިފާގުވާ ކަމެއް އޮވެ އެވެ؛ ފުލޫ ނާޝިދު (އަހުމަދު ނާޝިދު) ވަރުގެ ހުނަރުވެރި މިއުޒީޝަނަނަކު މި ފަސްގަނޑަކުން އަދި އުފަނެއް ނުވެ އެވެ. އެ އިއްތިފާގުވުން އެ އަންނަނީ، ނާޝިދުގެ ކިބައިގައި ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ގިނަ ސިފަތަކެއް ހުރެގެންނެވެ. އޭނާގެ އަޚުލާގެވެ؛ ރީތި ރާގުތަކަކާއި މިއުޒިކްގެ...