28 ނޮވެމްބަރ

November 28, 2020 18
ތަޖުރިބާކާރުން ވިދާޅުވަނީ ކަރަންޓީނު ލުއިކުރެވޭނެ ކަމަށް

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގައި އެންމެ އުނދަގޫ ކަމަކަށް ވެފައި ވަނީ ކަރަންޓީނުވެގެން ތިބެން ޖެހުމެވެ. ރާއްޖޭގައި ވެސް ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ މާލޭގައި ތިބި މީހުން ރަށްރަށަށް ދާން ބޭނުންވިޔަސް ރަށަށް ގޮސް ދެ ހަފުތާގެ ބަންދެއްގައި ތިބެން ޖެހޭއިރު ބައެއް މީހުންނަށް މި އުސޫލު ނުހިނގާ ކަމުގެ ޝަކުވާ...

11 އޮކްޓޯބަރ

October 11, 2020
ނަފްސާނީ ދުޅަހެޔޮކަމަށް މިއީ މުހިއްމު ވަގުތެއް!

މަސައްކަތުގެ މާހައުލުގައި އޭނާއަށް އޮތީ ފުރައްސާރަ އާއި ނުރުހުމެވެ. ފަރުވާކުޑަ ވާހަކަ އާއި ކަންތައްތައް ހަނދާން ނައްތައިލާ ވާހަކަ ދައްކަނީ އޮފީހުގެ ވެރިން އެކަންޏެއް ނޫނެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ މީހުން ވެސް ދައްކަނީ އެވާހަކަ އެވެ. އެއިން އެއްވެސް ވާހަކައަށް އޭނާގެ ޖަވާބެއް ނެތެވެ. ކަމެއް ވާހެން ވެސް އޭނާއަށް ހީނުވެ އެވެ.

09 އޮކްޓޯބަރ

October 09, 2020 7
އަދަދުތައް ދަށަށް–މިއީ އެންމެ ސަމާލުވާންވީ ވަގުތު

މާލޭގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު އަހަރެމެން އެންމެން ދެ މަހެއްހާ ދުވަހު ފުރަބަންދުގައި ތިބެން ޖެހުނެވެ. އެ ފުރަބަންދުން ވީއްލުމާ އެކު އަހަރެމެންނަށް ހީވީ، މިކަމުން ދެން މި އަރައިގަނެވުނީހެންނެވެ. ސަރުކާރުން ވަރަށް ބޮޑު ލުއިތަކެއް ދިން ވެސް މެ އެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވާން ހަމަ ފެށުމާ އެކު...

02 އޮކްޓޯބަރ

October 02, 2020 11
ގެސްޓު ހައުސްތައް ހުޅުވަނީ – އަހަރެމެން ތައްޔާރުތަ؟

ކޮވިޑުގެ ސަބަބުން އިގުތިސާދީ ގޮތުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި ލިބެމުންދާ އެއް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފަ އެވެ. އެއީ އެންމެ ސަބަބަކާ ހުރެ އެވެ؛ ޓޫރިސްޓުން އައުން ހުއްޓުމުންނެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރެވެ. ޓޫރިޒަމް ބަރޯސާވެފައި އޮތީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު...

28 ސެޕްޓެމްބަރ

September 28, 2020 3
ރަށަށް ތިޔަ ދަނީ ކޮވިޑް ހިފައިގެންތަ؟

ރަށް ކައިރި ސަރަހައްދުން ވަދު މަސްވެރިކަން ކުރާ މަސްވެރިން، ފަތިސްނަމާދު ކޮށްގެން އެ މީހުންގެ ދޯނިތަކާއި ޑިންގީތަކުގައި ފުރައިފި އެވެ. ރޭނުމާއި ސިމެންތި ޖެހުން ފަދަ މަސައްކަތްތައް ރަށުތެރެއިން ހޯދައިގެން ކުރާ މީހުން އިރުއެރުމާ އެކީ މިސްރާބު ޖެހީ ސައިހޮޓާތަކަށެވެ. މަސައްކަތެއް ކޮށްލާނެ މީހަކު ހޯދަން ބޭނުންވާ މީހުން ވެސް އެއްވީ...

26 ސެޕްޓެމްބަރ

September 26, 2020 2
ގެ އަށް ކޮވިޑް ވައްދާ މީހަކަށް އަހަރެން ނުވާނަން

ކޮވިޑްގެ ބަދަލުވަމުންދާ ހާލަތްތަކާ އެކު ރާއްޖެ އަށް ވެސް އޭގެ ދެ ވަނަ ރާޅެއް މި ވަނީ ބިންދާލައިފަ އެވެ. މިހާރު އެ ރާޅުގެ ބާނިތަކުގެ ތެރެއިން ނުކުމެ، ކޮންމެވެސް ވަރަކަށް ހައްލެއް ލިބެމުން އައިސް، ޕޮޒިޓިވްވާ މީހުން މަދުވަމުން އައި ނަމަވެސް، އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުން އަތް ދޫކޮށްލެވޭކަށް ނެތެވެ. ކޮވިޑް-19 އިން...

19 ސެޕްޓެމްބަރ

September 19, 2020 6
އަހަންނަށް ކޮވިޑް ހުއްޓުވިދާނެތަ؟

ކޮވިޑް-19 ހުއްޓުވަން ކުރެވޭނީ ކޮން ކަމެއްތޯ ބައެއް މީހުން އަދިވެސް ސުވާލު ކުރެ އެވެ. އެ މީހުން ދެކޭ ގޮތުގައި، ފަރުދީ ފެންވަރުގައި އެކަމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެފަދަ އެކަކީ އަބްދުއްރަހީމް، 40، އެވެ. އޭނާ ދެކޭ ގޮތުގައި، އޭނާ ކިތަންމެ ބޮޑަކަށް ރައްކާތެރިވެގެން އުޅުނަސް މުޖުތަމައުގެ ތެރޭގައި އެ ބަލި މިހާރު ފެތުރިފައި އޮތް...

18 ސެޕްޓެމްބަރ

September 18, 2020 3
ކޮވިޑުގެ ސިއްހީ ނުރައްކާ ހީކުރާ ވަރަށް ވުރެ މާ ބޮޑު

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 30 މިލިއަން އަރައިފި އެވެ. މަރުވި މީހުންގެ އަދަދު އެއް މިލިއަން ފަހަނައަޅަނީ އެވެ. ނިސްބަތުން ބަލާއިރު މަރުވާ އަދަދު މަދު ނަމަވެސް މީގައި ހުރި ނުރައްކަލަށް ސަމާލުވާން ކެނޑިނޭޅި ތަޖުރިބާކާރުން އެދެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

15 ސެޕްޓެމްބަރ

September 15, 2020 3
އެހެން މީހުން ސަލާމަތްކުރަން މިއީ ނަމޫނާއެއް

ރާއްޖޭގައި އެންމެ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރުނީ މިދިޔަ އޮގަސްޓްމަހު އެވެ. އެ މަހު މާލެ އިން ރާއްޖޭގެ އެހެން ރަށްތަކަށް ފުރަބަންދު ހޯމް ކަރަންޓީނަށް 2،705 މީހުން ދިޔަ އެވެ. އޭގެ ތެރެއިން 121 މީހަކު ކޮވިޑަށް ފައްސިވި އެވެ. އެކަމަކު ޕޮޒިޓިވް ޚަބަރަކީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި މި ބަލި ފެތުރިފައި ނުވުމެވެ. ހޯމް ކަރަންޓީނުގައި...

14 ސެޕްޓެމްބަރ

September 14, 2020 14
ރަށަށް ތިޔަ ދަނީ ބަލި ވެސް ހިފައިގެން

ކޮވިޑް-19 ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ފެތުރެމުން ދިޔައިރު، އެ ގައުމުތަކުގެ ބައެއް މީހުން ދުށް ގޮތުގައި އެ ބަލި ރާއްޖޭގައި ކޮންޓްރޯލްކުރާކަށް މާ އުނދަގުލެއް ނުވާނެ އެވެ. ގުދުރަތީ ގޮތުން، ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައި އޮތުމަކީ، ފަސޭހައިން ގައިންގަޔަށް އަރާ މި ބަލިން ރައްކާތެރިވުމަށް އޮތް ނަސީބެއް ކަމަށް އެ...

01 ސެޕްޓެމްބަރ

September 01, 2020 63
ފަރުވާ އަށް ނޭރުވުން: އިންސާނިއްޔަތުކަމެއް ނެތް!

ކޮވިޑް-19 ދެކެ ބިރުން، އެކަކު އަނެކަކަށް އަޅާނުލައި ހިތްދަތި އެތައް ކަމެއް ހިންގާފައި އެބަހުއްޓެވެ. ބަލި ޖެހޭ މީހުންނާއި ފަރުވާގައި އުޅޭ ސިއްހީ ޚިދުމަތްތެރިންނާ މެދު ތަފާތުކުރުން ވެސް ގެންގުޅެ އެވެ. މި ވިސްނުމުގެ ތެރެއިން، ބަލީގައި ބޮޑުވަރުވެދާނެ މީހަކު ފަރުވާ އިން މަހްރޫމްކޮށް ގއ. ވިލިނގިލީގައި ބަޔަކު އިއްޔެ ހިންގީ ލަދުވެތި،...

17 އޯގަސްޓް

August 17, 2020 19
ކޮންޓެކްޓް ޓްރޭސިން: މިހާރު އެންމެ ބުރަ ކަންތައް

މިދިޔަ އޭޕްރީލް މަހު މާލޭގައި ކޮވިޑް-19 ފެތުރެން ފެށިއިރު، ބަލި ޖެހޭ މީހުންނާއި އެ މީހުންނާ ދިމާވި އަދި ގުޅުން އޮތް މީހުން ދެނެގަންނާކަށް މާ ބޮޑު ގޮންޖެހުމެއް ނެތެވެ. އޭރު މާ ބޮޑަށް ބަލި އާއްމުވެފައި ނުވާތީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މީހުން ހޯދާކަށް އުނދަގުލެއް ނޫނެވެ. ބަލި ދެކެ ޖެހިލުންވެ، ކިރިޔާ އަލާމާތެއް ފެނުނަސް ރިޕޯޓު...

05 އޯގަސްޓް

August 05, 2020 41
ކޮވިޑް ހާލަތު ގޯސް މިންވަރު ފަސް ޗާޓުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ނުރައްކާ ބޮޑު މީހުންނަށް ބަލި ޖެހުން އިތުރުވަމުންދާތީ ހިފެހެއްޓުންތައް އިއްޔެ ވަނީ އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ. އަދި މާސްކު އެޅުން މިދިޔަ ހަފްތާގައި މަޖުބޫރުކުރި އެވެ. އެކަމަކު މި ފިޔަވަޅުތަކުގެ އަސަރު ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. މި ވަގުތު އޮތީ ޖުލައި މަހު ކޭސްތައް މައްޗަށް...

03 އޯގަސްޓް

August 03, 2020 29
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!

ލުއިތައް ލިބުމާ އެކު، ބައެއް މީހުން ހީކުރި ގޮތާ ހިލާފަށް، ކޮވިޑް-19ގެ ބިރު ބޮޑުވެ، ދިވެހިންގެ ތެރޭގައި ހަލުއިކަމާ އެކު ފެތުރެމުން ދިއުމުގެ ނުރައްކަލާ މި އޮތީ ކުރިމަތިވެފަ އެވެ.

12 ޖުލައި

July 12, 2020 40
ހާލަތު ދަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ އަހައި ދިނުމަށެވެ.

21 ޖޫން

June 21, 2020 58
ލޮކްޑައުންއަށް ދިއުމާއި ނުދިއުން އާންމުންގެ އަތުގައި

ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ...

19 ޖޫން

June 19, 2020 34
ރާއްޖޭގެ ކޮވިޑް ކޭސްތައް ނިސްބަތުން ގިނަވާ ދެ ސަބަބު

އަވަށްޓެރި ގައުމުތަކާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ނިސްބަތުން ވަރަށް ގިނަ. ސަބަބެއްގެ ގޮތުގައި ދެ ކަމެއް މާހިރުން ފާހަގަކުރައްވާ.

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

08 ޖޫން

June 08, 2020 69
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގަދަ މޫސުމުގައި އެންމެ ފަސޭހައިން ދެވެން އޮތީ އެ އަތޮޅު ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ފަރުވާ...

07 ޖޫން

June 07, 2020 37
ދެ ވަނަ ރާޅަކަށް ފުރުސަތު ނުދޭތި!

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މީހުން ކަންފަސޭހަކޮށްލައިފާނެކަމެވެ. ކޮވިޑް-19ގެ ދެވަނަ ރާޅު ބިންދާލައި، ކުރިން ކުރި މަސައްކަތް ފެނަށް ވެގެން ދަނީ އެ ކަންފަސޭހަކޮށްލުމުގެ ތެރެއިންނެވެ.