11 ޖޫން

June 11, 2019 144
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟

ތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މި އަހަރަށް ފާސްކުރި އިރު އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށެވެ. އެކަމަށް ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އަހަރުގެ ދެ ވަނަ ކުއާޓަރު ނިމި ތިން ވަނަ ކުއާޓަރާ ކުރިމަތިލާއިރު، އަދި...

17 ފެބުރުއަރީ

February 17, 2019 17
މަސް ކިރަން ލަންކާއަށް: ދެކޮޅު ޖެހޭނެ ކަމެއްތަ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކޮށްގެން އެންމެ ގިނައިން އަތުލައިގަންނަނީ ސްރީ ލަންކާ މަސްބޯޓްތަކެވެ. ނުއަގުގައި ދިވެހިންގެ އަތުން މަސް ގަނެ އެކްސްޕޯޓް ކުރުމުގައި ވެސް ލަންކާ މީހުން އުޅެނީ ވަރަށް ކުރީގަ އެވެ. އެ ހާލަތުގައި އޮއްވައި ސްރީ ލަންކާ އާއި ރާއްޖޭގެ ކަނޑު ސަރަހައްދު ދެ ގައުމަށް ބޭނުން ކުރެވޭނެ ގޮތްތަކެއް...

06 ޖެނުއަރީ

January 06, 2019 2
މި އަހަރު ދުނިޔޭގެ އިގްތިސާދަށް އަތުވެދާނެ 10 ބަދަލު

އެއް ގައުމު އަނެއް ގައުމުގެ އިގްތިސާދަށް އަންނަ ބަދަލުތަކުން މުޅި ދުނިޔެއަށް އޭގެ އަސަރު ކުރެ އެވެ. އާ އަހަރެއް ފެށުނު އިރު ވޯލްޑް އިކޮނޮމިކް ފޯރަމުން ވަނީ މި އަހަރު ހިނގާނެ ކަމަށް ބެލެވޭ 10 ކަމެއް ފާހަގަކޮށްފަ އެވެ.

18 ޑިސެމްބަރ

December 18, 2018 8
މައްސަލަ ބަލަންވާނެ، އެކަމަކު ދާއިރާ ހުއްޓިގެން ނުވާނެ

ކޮންސްޓްރަކްޝަން ސައިޓެއްގައި ހިނގާދިޔަ ހިތާމަވެރި ހާދިސާ އަށް ފަހު އަނެއްކާ ވެސް މިވަނީ "ބްލޭމް ގޭމް" ފެށިފަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ވަނީ ދިއްކުރަން ފަށައިފަ އެވެ.

13 ޑިސެމްބަރ

December 13, 2018 12
ބަނދަރު ބޮއްސުންލާފައި، އަވަސް ހައްލެއް ބޭނުންވޭ!

މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ރަނގަޅުކުރަން ޖެނުއަރީ 2017 ގައި 140 މިިލިއަން ރުފިޔާ ހޭދަކޮށްގެން ހާއްސަ ވެހިކަލްތަކެއް ގެނައުމުން، ބޮޑު ހައްލެއް ލިބޭނެ ކަމަށް ކުރި އުއްމީދު މިހާރު ވަނީ ފެނަށް ވެފަ އެވެ. ބަނދަރުގެ ކަންކަމަށް ހާއްސަ އެ ވަހިކަލްތަކުގެ ތެރެއިން ގިނަ ވެހިކަލްތައް ހަލާކުވެ، ރާއްޖޭގެ އެންމެ ބޮޑު ބަނދަރު އަނެއްކާ...

04 ނޮވެމްބަރ

November 04, 2018 88
ދަރަނި ދެއްކުން: އާ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް!

ސްރީލަންކާއަށް މަޖުބޫރުވީ ހަމްބަންޓޯޓާ ބަނދަރު އެތަނުގެ ބޮޑު ހިއްސާއާ އެކު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޭށެވެ. ޒެމްބިއާގެ ބައިނަލްއަގުވާމީ އެއާޕޯޓް، ކެނެތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޖެހުނީ ހަމަ އެ ހާލެވެ. ޗައިނާގެ އަތުން ނަގާފައިވާ މާސިންގާ ދަރަނި ދެއްކުމަށް އެނޫން ގޮތެއް އެ ގައުމުތަކަށް ނެތީ އެވެ....

24 ޖުލައި

July 24, 2018 66
65 އަހަރުން މަތީގެ އިނާޔަތް ބޮޑުކުރަން ޖެހޭ ބާ؟

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް 2،000 ރުފިޔާގެ އިނާޔަތެއް 2009ގައި ދޭން ފެށި އިރު އެމްޑީޕީ ސަރުކާރުން ހާމަކުރީ އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތަކާއި ތަޖުރިބާގެ އަގު ވަޒަންކޮށް ހައްގުތައް ރައްކާތެރިކުރުމުގެ ބޭނުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ބަސްފުޅުން ނަމަ، ގައުމީ ތަރައްގީގެ މުހިއްމު މަސްއޫލިއްޔަތު އަދާކޮށްފައި ދޮށީ...

04 ޖުލައި

July 04, 2018 48
މާލެ އަތޮޅު ފުރިއްޖެ، ދުރު ހިސާބުތައް ފަޅަށް!

މިހާރު މާލެ ކައިރީގައި ހުރި ހުރިހާ ފަޅު ރަށެއް ހެން ރިސޯޓު ހަދަން ކުއްޔަށްދީފި އެވެ. އޭގެ އިތުރުން ހިއްކައިގެން ރިސޯޓެއް ހެދޭނެ ހެން ހީވާ ހުރިހާ ފަޅެއްހެން ވެސް ވަނީ ރިސޯޓު ހަދަން އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.

21 މެއި

May 21, 2018 20
ކިޔާނެ އަގެއް ކިޔާލާ، ކުރާނެ ކަމެއް ނެތް!

ރޯދަމަސް ފެށުމާ އެކު ބާޒާރުގެ ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ ގިނަ ބައެއްގެ އެބަ އޮތެވެ. ލޯކަލް މާރުކޭޓުން ދިމަވާ އާންމުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އެކަމަކު ރޯދަމަހަށް ވުމާ އެކު އެއްޗެހި ނުގަނެ ވާކަށް ވެސް ނެތެވެ.

09 އެޕްރީލް

April 09, 2018 22
ވަގުތުކޮޅު ކުޑަކަމުގެ ޝަކުވާ ވިޔަފާރިވެރިންކުރަނީ

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މާލޭގެ މަގުތަކުގައި މުދާ އުފުލުން މަނާކުރުން ވެގެންދިޔަައީ ވިޔަފާރިވެރިންނަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. މިއީ ވިޔަފާރިވެރިންނަށް ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެ އެވެ.

26 ޖެނުއަރީ

January 26, 2018 72
މާލެ - ރާއްޖެތެރެ ބަހުސް ކޮން މިސްރާބަކަށް؟

އެއް ބަޔަކަށް އެއީ ފިތުނައަކެވެ. އެކަމަކު އެ ވާހަކަ ދައްކާ މީހުންގެ ފަރުވާލެއް ނެތެވެ. އެ މީހުންނަށް، މާލެ އާއި ރަށްފުށުގެ ފަރަގު އެއީ ނަފީ ނުކުރެވޭނެ ހަގީގަތެކެވެ.

07 ޑިސެމްބަރ

December 07, 2017 22
ނުކުރެވި އޮތް ކަމަކީ ޗައިނާއާ އެކު މިނިވަން ވިޔަފާރި!

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް ވަނަ އަހަރު ގުނަމުން ދާއިރު، ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުން ނަމަ އެ މަނިކުފާނަކީ "800 މިލިއަން ގެންގުޅޭ މީހެއް" ވީމާ، އެ މަނިކުފާނަށް ކުރިމަތި ކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާނީ ވެސް މިލިއަނުންނާއި ބިލިއަނުން އަގު...

18 ސެޕްޓެމްބަރ

September 18, 2017 11
ޓޫރިޒަމްގައި ސުވަރުގެއެއްގެ ދަރަޖައިން ރާއްޖެ ވެއްޓެނީ

މިއީ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގެ ނޫސްވެރިޔާ އެސް ޕުވަނެސްވަރީ ލިޔުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.

31 ޖުލައި

July 31, 2017 32
އެނބޫދޫފަޅުގެ ތަރަައްގީ 800 މިލިއަން ޑޮލަރަށް އަރާނެ

މިތަނުގައި ރުކެއް، ގަހެއް އަދި އިމާރާތެއް ވެސް ނެތެވެ. މިއީ ކުރިން ބޮޑު ސިންގާ ފަޅެކެވެ. ނަމަވެސް މިހާރު މި ފަޅު ހިއްކައިގެން ބޮޑު ރަށެއްގެ ސިފަ އަންނަނީ ޖެހެމުންނެވެ. މިއީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ހިތްގައިމު ޓޫރިޒަމް މަންޒިލަށް ވެދާނެ ތަނެކެވެ.

27 ފެބުރުއަރީ

February 27, 2017 50
ފ. އަތޮޅުގައި ކުރަން އުޅެނީ ކޮން ކަމެއް؟

ފ. އަތޮޅަށް ވާން މިއުޅެނީ ކިހިނެއް؟ ހަމަ ވިއްކާލަނީތަ؟ ނޫނީ ބިޔަ އިންވެސްޓްމަންޓެއް ގެންނަން އުޅެނީތަ؟ މި ދުވަސްވަރު ގިނަ ބައެއްގެ ހިތުގައި މި ސުވާލުތައް އުފެދި، އަތޮޅުގެ ބައެއް މީހުންގެ ނުތަނަވަސްކަން ވަނީ ކުރިމަތިވެފަ އެވެ. އެ ސުވާލުތަކުގެ ޖަވާބެއް ނުލިބެ އެވެ. އެއީ ކިހިނެއް ވާން އުޅޭ ކަމެއް ކަން ވެސް އަދި އޭގެ ހަގީގަތެއް ވެސް...

08 ފެބުރުއަރީ

February 08, 2017 31
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ."

11 ނޮވެމްބަރ

November 11, 2016 29
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ އެންމެ ފާހަގަކުރެވޭ ކަމަކީ ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކޮށް ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދީފައިވުމެވެ. މި ހިނގާ 2016 ވަނަ އަހަރަށް ވުރެ، އަންނަ އަހަރުގެ ރިކަރަންޓް ޚަރަދު 11 ޕަސެންޓް ދަށް ކުރުމަށް ބަޖެޓްގައި...

17 އޮކްޓޯބަރ

October 17, 2016 46
ދަރަނި މައްޗަށް، އަދިވެސް މައްޗަށް، ކަންބޮޑެއްނުވޭ؟

ސަރުކާރުގެ ހަރަދުތައް މަހުން މަހަށް ދެކޮޅުޖެއްސޭ މިންވަރަށް އާމްދަނީއެއް ނުލިބެ އެވެ. އެއަށް ވުރެ ހަރަދުތައް ބޮޑެވެ. ރަށްރަށުގެ ބަނދަރާއި ނަރުދަމާ އަދި މަގު ހެދުމާއި މާލޭގައި އިންޑަސްޓްރިއަލް ވިލެޖާއި ހުޅުލެ ބްރިޖާއި އައިޖީއެމްއެޗާއި ފިނޭންސް މިނިސްޓްރީގެ ބިޔަ ބިލްޑިންގް ހެދުން ފަދަ މަޝްރޫއުތަކަށް ކުރަން ޖެހޭ ހަރަދުތަކާ ހެދި...

29 އޯގަސްޓް

August 29, 2016 41
ހައްލެއް ނެތް، ޑޮލަރުގެ ކަޅު ބާޒާރު ކުރިއަށް!

ދިވެހިންގެ އާންމު ބޭނުންތަކަށް އެތެރެކުރަން ޖެހޭ އެއްޗިއްސަށް މަހަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭނުންވެ އެވެ. އެކަމަކު ވިޔަފާރިވެރިން ބޭނުންވާ މިންވަރާ ގާތަކަށް ވެސް ބޭންކުތަކުން ޑޮލަރެއް ނުލިބެ އެވެ. ބޭންކްތަކުން ޑޮލަރު މާރުކުރުމުގެ ބަދަލުގައި ޑޮލަރު ހުރި މީހުން އެ އެއްޗެހި އަޅާލަނީ ކަޅު ބާޒާރަށެވެ.

31 ޖުލައި

July 31, 2016 23
ބޭރަށް ބަރޯސާ ނުވެ ހަމަ އެއްގޮތެއް ވެސް ނެތް!

މިއުޅެނީ ރާއްޖެއަށް ބޭނުންވާ ވަރަށް ފިޔާކޮޅެއް ވެސް ނުހެއްދިގެންނެވެ. ކާލަން ބޭނުންވާ މިންވަރުގެ ފިޔާކޮޅު ވެސް ޖެހެނީ އަވަށްޓެރި އިންޑިއާއިން ގެންނާށެވެ. ރާއްޖެއަށް ފުދޭ މިންވަރާ ކައިރިއަށް ވެސް ކުކުޅު ބިހެއް ވެސް ލިބެނީ އިންޑިއާއިން ގެނެސްގެންނެވެ. ވަށައިގެން ކަނޑު އޮތަސް ދިވެހިން ބޭނުންވާ ގަރުދިޔަކޮޅު ކައްކާލަން ހިކި...