23 ނޮވެމްބަރ

November 23, 2020 4
ބެސްޓްފްރެންޑުންގެ ވާދަވެރިކަން، މޮޅު ނަތީޖާއާ ހަމައަށް

މަރިޔަމް ސާއިފާ ރަޝީދާއި ނަބާހް ރަޝާ އިސްމާއިލްގެ މި ގާތް ރަހުމަތްތެރިކަން ފެށުނީ ކަލާފާން ސްކޫލުގެ ގްރޭޑު ހަތަކުންނެވެ. ކްލާހުގައި އިށީންނަ ތަން ބަދަލުވި ދުވަހެއްގައި ކައިރިކައިރިން ދެ ދަރިވަރުންނަށް ޖާގަ ލިބުމާ އެކު، އެކަން ވީ އާ ރަހުމަތްތެރިކަމަކަށް އޮތް ފުރުސަތަކަށެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު އޭ ލެވެލް ނިންމުމާ...

16 ނޮވެމްބަރ

November 16, 2020 15
ތައުލީމީ ގާނޫނު: ތައުލީމީ ދާއިރާއަށް ބޮޑު އުއްމީދެއް

ހުއްދަ ނެތި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ޤުރުއާން ކްލާސްތަކެވެ. ރަޖިސްޓްރީއެއް ނެތި ކިޔަވައިދޭ ޕްރީ ސްކޫލުތަކެވެ. ފެންވަރު ކަށަވަރުކުރެވޭނެ ރަނގަޅު ނިޒާމެއް ނެތި ޖީލެއް ބިނާކުރުމުގެ މުހިއްމު ޒިންމާ އަދާކުރަމުން އަންނަ ޓީޗަރުންނެވެ؛ މި ހުރިހާ މައްސަލަތަކުގެ ހައްލު މިހާރު ގުޅިފައިވަނީ، މިިދިޔަ އަންގާރަ ދުވަހު ރައީސް...

25 އޮކްޓޯބަރ

October 25, 2020 13
ލޮކްޑައުންގައި ވެސް ކެންގަރޫކިޑްސް ހުއްޓުމެއް ނެތް!

ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުން ހާސްކަމުގެ ތެރެއަށް ވެއްޓިފައި އޮއްވާ ބެލެނިވެރިންނަށް އިތުރު ނުތަނަވަސްކަމެއް ގެނުވި އެއްކަމަކީ، ތުއްތު ދަރިވަރުން ސްކޫލަށް ނުދެވި "ގޭގައި ބަންދުވެފައި" ތިބެން ޖެހުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީގޮތުން އެ ކުދިންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކެވެ.

07 އޮކްޓޯބަރ

October 07, 2020 23
ޑރ. އަންވަރު: ތައުލީމު ފެތުރުއްވުމުގައި ބައި ގަރުނު

"ކޮލެޖުގައި މަސައްކަތް ކުރިއަސް ހިތް އަދި ވެސް އޮތީ ސްކޫލުގައި،" ރާއްޖޭގައި މިވަގުތު ހުންނެވި ތައުލީމީ ދާއިރާގެ އެންމެ ބޮޑު އެއް ތަޖުރިބާކާރު، ޑރ. އަހުމަދު އަންވަރު ވިދާޅުވި އެވެ. އޭނާ އެގޮތަށް އެ ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ. މަޖީދިއްޔާގެ ގްރޭޑު ނުވައެއްގައި އުޅުއްވި އިރު 1971 ގައި އެހެން ކުދިންނާއި މީހުންނަށް...

05 އޮކްޓޯބަރ

October 05, 2020 34
ސްކޫލުތައް ފަޅަށް، ޓީޗަރުންނަށް ބުރަ!

ތައުލީމީ ދާއިރާއަށް ވެސް ތަފާތު އަހަރެކެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބޮޑު ބިރުވެރިކަމާ އެކު އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ތައުލީމީ ދާއިރާއަށެވެ. ދިގު މުއްދަތަކަށް ސްކޫލުތައް ބަންދުކުރުމާ އެކު އޮންލައިންކޮށް ކިޔަވައިދިނުމަކީ މީގެ ކުރިން ޓީޗަރުން ތަޖުރިބާކުރި ކަމެއް ނޫނެވެ؛ ދަރިވަރުންނަށް ވެސް މުޅިން އާ...

21 ސެޕްޓެމްބަރ

September 21, 2020 22
ސްކޫލަށް ނުދާތާ ހަ މަސް، ކުދިންގެ އުޅުމަށް ބަދަލު!

ބައެއް ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިންގެ ފަރާތުން ފެންނަ ތަފާތުތަކެވެ. ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކު ބުނީ މީގެ ކުރިން ފަސް އަހަރުގެ ކޮއްކޮއާ އެކު ކުޅެ، މަޖާކޮށް ސަކަރާތް ޖަހައި އުޅުނު އުޅުން ބަދަލުވެއްޖެ ކަމަށެވެ. ކިޔެވުން މަތިން ވެސް ފޫހިވެއްޖެ އެވެ.

15 ސެޕްޓެމްބަރ

September 15, 2020 64
ޕްރިންސިޕަލުންގެ އުސޫލު: ރަނގަޅުތަ؟ ނުވަތަ ގޯސްތަ؟

ތައުލީމީ ދާއިރާގެ ހުންގާނުގައި ހިފަހައްޓައިގެން ތިބި ޕްރިންސިޕަލުންގެ އޮނިގަނޑެއް ނެތި މަސައްކަތްކުރާތާ ފަސް އަހަރެވެ. އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން މި ސަރުކާރުގައި ވެސް އެދިއްޖެ އެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އޮއްވައި، ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމާ ބެހޭ އުސޫލެއް...

07 ސެޕްޓެމްބަރ

September 07, 2020 21
މުސްތަފާ، ދަތި ދުވަސްވަރެއްގައި ޣިޔާސުއްދީން ހުންގާނަށް

ތައުލީމީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ވިސްނުމެއް އޭރު ނެތެވެ. ނަމަވެސް މަޖީދިއްޔާ ސްކޫލުން އޯ ލެވެލް ނިންމާލެއްވުމަށް ފަހު މަންމަގެ ރަށް، ސ. ހިތަދުއަށް އަލީ މުސްތަފާ ބަދަލުވެ އޭރުގެ ސ. އަތޮޅު ތައުލީމީ މަރުކަޒު ނުވަތަ މިހާރުގެ ޝަރަފުއްދީން ސްކޫލުގައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ތައުލީމީ...

31 އޯގަސްޓް

August 31, 2020 8
ރިސްލާ: އުއްމީދުކުރި ވަރަށް ވުރެ ވެސް މަތީ ނަތީޖާއެއް

ދުވަހުގެ ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރިއަސް އައިޝަތު ރިސްލާ އުމަރު އުއްމީދުކޮށްގެން ހުރީ ރައީސްގެ ސްކޮލަޝިޕް ލިބޭނެ ކަމަކަށް ނޫނެވެ. އެކަމަކު އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާއާ އެކު މިދިޔަ އަހަރު މުޅި ރާއްޖެއިން އެއް ވަނަ ހޯދި ހަތް ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ.

27 އޯގަސްޓް

August 27, 2020 15
އަހަރު ދަންމާލިޔަސް ފިލާވަޅުތައް ފުރިހަމަކުރެވޭނެބާ؟

މިއީ އެއްވެސް މީހަކު ހިތަށް ވެސް އެރި ފަދަ ހާލަތެއް ނޫނެވެ. މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނައި ކޮވިޑް-19އާ އެކު ތައުލީމީ ނިޒާމް ގާތްގަނޑަކަށް ހުއްޓި ދަރިވަރުންގެ ތަރުބިއްޔަތަށް އެރި ލޮޅުމުން ސަލާމަތެއް ނުވެވެ އެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި ކޮވިޑްގެ ސަބަބުން 1.1 ބިލިއަން ދަރިވަރުންގެ ކިޔެވުމަށް ވަނީ އަސަރުކޮށްފަ އެވެ. އެއާ އެކު...

20 އޯގަސްޓް

August 20, 2020 48
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެވެ. މި ގަރުނުގެ ހުރިހާ ކަމެއް ވެސް ބަރޯސާވަނީ އިންޓަނެޓަށެވެ. އިންޓަނެޓުގެ ބޭނުންތެރިކަން އެންމެ ބޮޑުވެގެން ދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މި ބޮޑު ބަލިމަޑުކަމުން ރައްކާތެރިކަން ހޯދަން ގޭ ބަންދުގައި ތިބެން ޖެހުމުންނެވެ؛ ސްކޫލުތަކާއި އޮފީސްތައް ވެސް...

21 ޖުލައި

July 21, 2020 14
އިރުޝާދު އެކަން ކޮށްފި، ދެން ވެސް ކިޔެވުމުގައި

އަތުން އެހާ ބޮޑު ހަރަކާތެއް ނުކުރެވެ އެވެ. ހިނގުމުގެ ނަސީބުން ވަނީ މަހުރޫމްވެފަ އެވެ. އެއީ ކިޔެވުމަށް އޮތް ހުރަހެއް ކަމަށް ދެކޭ ނަމަ އިރުޝާދު ގާސިމް މިއަދު އޮންނާނީ އެނދުމަތިވެފަ އެވެ. އެކަމަކު އެ ގޮންޖެހުންތަކާ އެކު ވެސް އުފަން ރަށް، ށ. މަރޮށިން މިދިޔަ އަހަރު އޯ ލެވެލް ނިންމާލީ، އިމްތިހާނު ހެދި އަށް ކުދިންގެ ތެރެއިން ނަތީޖާ އެންމެ...

13 ޖުލައި

July 13, 2020
ކޮވިޑަށް ފަހު މަތީ ތައުލީމަށް އަންނާނީ ކޮން ބަދަލެއް؟

ކޮވިޑް-19އާ އެކު އެކި ދާއިރާތަކަށް އަންނަ ބޮޑެތި ބަދަލުތައް އެބަ ފެނެ އެވެ. ޓެކްނޮލޮޖީގެ ބޭނުންތެރިކަން، އޭގެ ކުރިން އެކަމާ މެދު ވިސްނާލާފައި ނެތް އެތައް ބަޔަކަށް، އެނގުނެވެ. އޭގެ ތެރެއިން މަތީ ތައުލީމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު، ތަޖުރިބާކާރުންގެ މެދުގައި މިހާރު ވަނީ ބަހުސް ފެށިފަ އެވެ.

02 ޖުލައި

July 02, 2020 22
ވަދެވިގެން ނުވާނެ ސައިޓުތައް ކުޑަކުދިންގެ އަތްމަތީގައި

ހިފެހެއްޓުމެއް ނެތި ކުޑަކުދިންގެ އަތްމައްޗަށް އިންޓަނެޓު ދޫވުމާއި ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތް ކުދިންނަށާއި މައިންބަފައިންނަށް ނޭނގުމުގެ ކަންބޮޑުވުންތައް ބޮޑުވެއްޖެ އެވެ. ކޮވިޑްގެ ބަންދުގައި ކުޑަކުދިން ކިޔެވުމަށާއި މުނިފޫހިފިލުވަން އިންޓަނެޓު ބޭނުންކުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި މި މައްސަލަ...

01 ޖުލައި

July 01, 2020 3
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ

މާދަމަ އަށް ގައުމުގައި ރަނގަޅު ޖީލެއް ބިނާކުރަން ބޭނުން ނަމަ، މިއަދުގެ ކުޑަކުދިންނަށް ރަނގަޅު ތައުލީމެއް ދޭން ޖެހެ އެވެ. އެ ޒިންމާ އުފުލަން ތިބީ ޓީޗަރުންނެވެ. އެހެންވެ އެ ޓީޗަރުންނަށް ރަނގަޅު މުސާރައަކާއި ވަޒީފާގެ ޔަގީންކަމާއި އިހުތިރާމް ދޭން ޖެހެ އެވެ. އެކަމަކު، ފެންނަ މަންޒަރުތަކަށް ބަލާއިރު ކުރިއަށް އޮތީ ޓީޗަރުންނަށް ބަނަ...

29 ޖޫން

June 29, 2020 4
ކިޔެވުމުގައި ނަމޫނާއެއް، ބާސްކެޓްބޯޅައިގައި ތަރިއެއް

އުމުރުން ކިތަންމެ ހަގަސް އަމްރާ މުހައްމަދު އާމިރުގެ އުއްމީދުތައް ހުރީ ވަރަށް އުހުގަ އެވެ. ކިޔަވައި ނިންމައިގެން ޑޮކްޓަރަކަށް ވުމުގެ ހުވަފެންތަކާ އެކު، އޭނާގެ ދެން އޮތް އުއްމީދަކީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ އަށް ވުމެވެ. ކިޔެވުމުން ރަން ވަނަތައް ހޯދަމުން އޭނާ މިހާރު ވެސް އަންނަނީ ބާސްކެޓްބޯޅަ ކޯޓުގައި ވިދަމުންނެވެ.

26 ޖޫން

June 26, 2020 6
ރާއްޖޭގައި ކޮވިޑްގެ އަސަރު 91،000 ދަރިވަރުންނަށް

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުން ދައްކައިފި އެވެ.

25 ޖޫން

June 25, 2020 7
ސްކޫލް ހުޅުވާއިރު އެނގެން ޖެހޭ ފަސް ކަމެއް

އާ އާއްމު ހާލަތަށް ރާއްޖެ ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެންމެ ބޮޑު އެއް ބަދަލަކީ އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާލުން. ބަލިމަޑުކަމާ މެދު މައިންބަފައިން ކަންބޮޑުވޭ. އެކަމަކު ސްކޫލްތަކުގައި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ އިރު ސިއްހީ މާހިރުން ވިދާޅުވަނީ މި ހާލަތަށް ކުދިން ތައްޔާރުކުރަން...

14 ޖޫން

June 14, 2020 17
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ...

14 މެއި

May 14, 2020 20
ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ލޮކްޑައުން ނިމިދާނެ ކަމުގެ ކޮޅުމަތި ކޮންމެވެސް ވަރަކަށް ފެންނާތީ އެއީ ހިތަށް ލިބޭނެ ހަމަޖެހުމެކެވެ. އެކަމަކު ލޮކްޑައުނަށް ފަހު ވެސް، ވަކި މުއްދަތެއް ވަންދެން އުޅެން ޖެހޭނީ އާއްމު އާދަތަކާ ބީރަށްޓެހި ދިރިއުޅުމެއް ކަމާ މެދު ޝައްކެއް ނެތެވެ. މަގުމަތީގައި އުޅޭއިރާއި މަސައްކަތުގެ މާހައުލާއި...