06 މާޗް

March 06, 2018 18
އޭ ލެވެލްގެ އެއް ވަނަ: އަބަދުވެސް ކިޔަވަން މޮޅު

އޯ ލެވެލް އާއި އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދޭނީ ބުރަ މަސައްކަތުންނެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެ ނަޒަރުން ބަލާއިރު އޭ ލެވެލްގައި ފަސް އޭ ސްޓާ ހޯދުމަކީ އަދި މާ ބޮޑު މަސައްކަތެކެވެ. މި ފަހަރު އޭ ލެވެލްގައި އެންމެ ވިދުން ގަދަވި ތިން ދަރިވަރުންގެ މަސައްކަތަށް ބަލައިލަމާ ހެއްޔެވެ؟

18 ޖެނުއަރީ

January 18, 2018 50
ދެ ހަމަލާ އިން އަނެއްކާވެސް ބިރުވެރިކަމެއް!

ސްކޫލުގައި ދެ ދަރިވަރެއްގެ މެދުގައި ޖެހޭ މައްސަލައެއްގެ ބަދަލުހިފަން ގޭންގްތަކަށް ނިސްބަތްވާ މީހުން ގޮވައިގެން ގޮސް ސްކޫލަށް ވަދެ ދަރިވަރުންނަށް ހަމަލާ ދޭ ހިސާބަށް ކަންކަން ދިއުމަކީ ބޮޑު ބިރެކެވެ. އެކަމަކު ވޭތުވެދިޔަ ދެ ދުވަހު ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ވަނީ ނުރައްކާތެރި ދެ ހަމަލާ ދީފަ އެވެ.

12 ޑިސެމްބަރ

December 12, 2017 1
ސްކޫލު ގައިޑު: އިތުރު ހަރަކާތްތަކުގައި ވެސް ނަމޫނާއެއް

ބައެއް ދަރިވަރުންނާއި ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި އެންމެ މޮޅީ، އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދާ ކުއްޖާ އެވެ. އަދި އެ ނަތީޖާ ހޯދުމަށް ވީހާ ވެސް ގިނަ ވަގުތެއް ކިޔެވުމުގައި ހޭދަކުރަން ޖެހެ އެވެ. ސްކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައި މާ ބޮޑަށް ބައިވެރިވެ އުޅުމަކީ ކިޔަވަން ވަގުތު ހޯދަން ދަތިވާނެ ކަމެކެވެ. އެކަމަކު މިއީ...

09 ނޮވެމްބަރ

November 09, 2017 44
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: އުފާވެރި މޫނުތަކެއް

މިއީ ރާއްޖޭގެ އެންމެ ވާދަވެރި ސްކޫލުތަކެވެ. ކިޔެވުމުގެ އިތުރުން އިންޓަ ސްކޫލު އެކި މުބާރާތްތަކުގައި ވެސް އެންމެ ވިދާލާ އަދި ފާހަގަކޮށްލެވޭ ސްކޫލުތަކެވެ. އެކަމަކު އެ ފެންނަ ވިދުމަށް ވުރެ، މި ސްކޫލުތަކުގެ އަންހެން ޕްރިންސިޕަލުންގެ ގުޅުން މާ ބަދަހި އެވެ.

26 ޖޫން

June 26, 2017 64
އަހަރެމެން އެހެން ރަށަކަށް ބަދަލުކޮށްދީ!

މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ކޮންމެހެން ފުރިހަމަވެފައި ހުންނަން ޖެހޭ އަސާސީ ހިދުމަތްތަކެއް ހުރެ އެވެ. ފުރަތަމަ ކަމަކަށް ލަފައިފުރޭނެ ލުއިފަސޭހަ އިންތިޒާމެކެވެ. ދެ ވަނަ ކަމަކަށް ތައުލީމް ލިބޭނެ އިންތިޒާމެވެ. އަދި ތިން ވަނަ ކަމަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެވެ.

17 ޖޫން

June 17, 2017 23
ކެންދޫ އައްޔަބެ: މިވަރުގެ ޚިދުމަތްތެރިޔަކު އެބަހުރިތަ؟

ބ. ކެންދޫ އެއްގަމުގޭ އަލީ ހުސެން (އައްޔަބެ) އަކީ ކުރިންސުރެ ވެސް އެ ރަށު ރައްޔިތުންނަށް ނަމޫނާއެކެވެ. މިހާރު އުމުރުން 80 އަހަރު ފުރި، ބަލި އެނދުގައި އޮންނަން ޖެހިވަޑައިގަތް ނަމަވެސް، އޭނާ ދެކެ ކެންދޫ މީހުން ވާ ލޯތްބަކަށް ބަދަލެއް ނާދެ އެވެ. ރަށުގެ ވެރިންނަށް ވުރެ ވެސް މީހުން އޭނާއަށް ގަދަރު ކުރެ އެވެ.

16 ޖޫން

June 16, 2017 19
ދިވެހި ބަހުގެ ލޯބީގައި ޑިޒައިނަރަކު ދައްކާ ތަފާތު

ކުޑަކުދިންނާ ގުޅޭ ކަހަލަ ދިވެހި ފޮތްތަކާއި އަދަބީ ސާމަނު ވަރަށް މަދެވެ. މިހާރުގެ ކުދިން ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަވާ އެއް ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ. އާމިނަތު ޝަރީހާން އިބްރާހީމް ބޭނުންވަނީ އެކަން ބަދަލުކުރާށެވެ.

07 ޖޫން

June 07, 2017 27
ސީއެޗްއެސްއީ އުފައްދަން މާ ދުރުން އައި ޕްރިންސިޕަލް

އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާ އެކު އަޅުގަނޑު އެކި ދިމަދިމާލަށް ނަޒަރު ހިންގާލީމެވެ. އެތެރޭގައި ތިބި ހައެއްކަ މީހުންގެ ތެރެއިން ހޯދަން ބޭނުންވީ 94 އަހަރުގެ މީހެކެވެ. އަވަސް އަވަހަށް ސޯފާ އިން ތެދުވެ އިނގިރޭސި ބަހުން މަރުހަބާ ކީ އޭނާކަން ގަބޫލުކުރަން ސިކުނޑި ދެކޮޅުހެދި އެވެ.

12 މެއި

May 12, 2017 70
ކޮންމެ މުނާސަބަތަކަށް ކޮސްޓިއުމެއް މުހިއްމުތަ؟

ގައުމީ ހެދުމާއި ކާޓޫން ކެރެކްޓާތަކުން ފެށިގެން ގޮސް އެކި ކަހަލަ ދިރޭއެއްޗެއްސާއި ބޭރުގެ ސަގާފަތްތަކާއި މޫސުންތައް ރަމްޒުކޮށްދޭ ހެދުންތަކެވެ. ދަރިވަރުން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އެވެ. ނަލަ ހެދިލައިގެން ތިބޭ ގޮތް ހިތްގައިމެވެ. ކުދިންތައް އެހާމެ ލޯތްބެވެ.

29 އެޕްރީލް

April 29, 2017 27
ދަރިވަރުންގެ ލޯތްބާ އެކު އުމުރުގެ ބޮޑު ބައި ރާއްޖޭގައި

އެ މީހުން ބުނާ ގޮތުން މާލޭގެ ކޮންމެ އިދާރާއަކަށް ދިޔަޔަސް އެ މީހުން ކިޔަވައިދިން ދަރިވަރަކާ ދިމާވެ އެވެ. "ސާ" އޭ ކިޔާފައި މަގުމަތިން މީހަކު ގޮވާނުލާ ދުވަހެއް މަދު ވާނެ އެވެ. އަމިއްލަ ގައުމާއި އާއިލާ ދޫކޮށްލާފައި ރާއްޖޭގައި އުޅޭތާ އެތައް އަހަރެއް ވީ ނަމަވެސް، އެ ބީރައްޓެހިކަން އެ މީހުންނަށް އިހުސާސް ނުވަނީ މި ސަބަބާ ހުރެ އެވެ.

25 މާޗް

March 25, 2017 102
މާދަމާ ދަރިން ސްކޫލަށް ފޮނުވާނަންތަ؟

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތިން ދުވަހުގެ ތަފާސްހިސާބުތަކުގެ ނަތީޖާ ދައްކަނީ މި ގޮތަށެވެ؛ ސްވައިން ފްލޫ ކޮންޓްރޯލެއް ނުވެ އެވެ. އެކަމަކު އިއްޔެ އެ ތަފާސްހިސާބުތައް ނުނެރޭތީ ބުރާސްފައްޗާއި ހުކުރު ދުވަހު ރޯގާގެ ހާލަތެއް ނޭނގެ އެވެ. އެލާޓް ލެވެލް އަދިވެސް އޮތީ ތިނެއްގަ އެވެ.

17 ފެބުރުއަރީ

February 17, 2017 25
ތައުލީމާ ބެހޭ ބިލަށް މެމްބަރުންގެ ރުހުމާއި ނުރުހުން

ތައުލީމާ ބެހޭ ބިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ޓީޗަރުން ބޮޑު "މަޅިއެއްގައި" ޖައްސުވައި، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ސްކޫލްތައް ގެންނަން ރާވާ ސިޔާސީ ރޭވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެކަމަކު ސަރުކާރުގެ މެމްބަރުންގެ ރައުޔު ތަފާތެވެ. އެ މެމްބަރުންގެ ނަޒަރުގައި ތައުލީމީ ދާއިރާ އާ ހަރުފަތަކަށް...

15 ފެބުރުއަރީ

February 15, 2017 6
ބެޔާން މިޔުނިކްގެ އަގުވަޒަންކުރުން ޣިޔާސުއްދީނަށް

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ގޭގޭގައި ބޭނުންކުރާ ޕްލާސްޓިކް އުކައެއް ނުލާނެ އެވެ. އެ އެއްޗެހި ފޮނުވަނީ ރާއްޖެ އިން ބޭރަށެވެ. އެޑިޑާސް އިން މިދިޔަ ނޮވެމްބަރު މަހު ނެރުނު ޚާއްސަ ދެ ޖާޒީ ބައެއް ތައްޔާރުކުރަން އެ ޕްލާސްޓިކް ވަނީ ބޭނުންކޮށްފަ އެވެ.

08 ޖެނުއަރީ

January 08, 2017 13
މޮޅު ދަރިވަރަކަށް ވާނީ ކިހިނެއް؟ އުގެއިލްގެ 5 ނަސޭހަތް

ތައުލީމީ އާ އަހަރެއް އަބަދުވެސް ފެށެނީ އާ އުއްމީދުތަކަކާ އެކީގަ އެވެ. އެކަމަކު ފުރަތަމަ ދުވަހުގެ އަޒުމުގައި ދެމިތިބެވެނީ ކިތައް ދަރިވަރުންނަށް ހެއްޔެވެ؟

January 08, 2017 25
ގޮންޖެހުމެއް ނެތް، ދިރާސީ އާ އަހަރަކަށް

ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގައި މިއަދު ފެށިއިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ. ދިރާސީ އަހަރު ފެށީ...

January 08, 2017 65
އިސްކަންދަރުގެ މަގްބޫލުކަން އެހާ ބޮޑީ ކީއްވެ؟

މާލޭގައި ޑިމާންޑް ވަކިން ބޮޑު އެއް ސްކޫލެއްގެ ގޮތުގައި އިސްކަންދަރު ސްކޫލް ފާހަގަކުރެވެ އެވެ. ގްރޭޑް 1-10 އަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން ގިނަ ބައެއްގެ އެއް ވަނަ...

01 ޑިސެމްބަރ

December 01, 2016 10
ބިލަބޮންގް: މޮޅު ކަރިކިއުލަމެއް، ގިނަ ފުރުސަތުތަކެއް

ރާއްޖޭގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް ކޮންމެ ސްކޫލެއްގައި ވެސް ކިޔަވައިދިނުން ތަފާތުވެފައި، އަމިއްލަ ގޮތްތަކެއް ހުރެ އެވެ. އެކަމަކު މި ހުރިހާ ސްކޫލުތަކުގެ ތެރެއިން، މާލޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލު، ބިލަބޮންގް ހައި ތަފާތު ވަނީ އެ ސްކޫލުގައި އޮންނަ ވަރުގަދަ ކަރިކިއުލަމާއި ދަރިވަރުންނަށް ހުރި ފުރުސަތުތައް...

15 އޮކްޓޯބަރ

October 15, 2016 55
ދިވެހި ބަސް ދެކެ ފޫހިވަނީ ކީއްވެ؟

އެންމެ ތުއްތު ކުދިންނަށް އެކަށީގެންވާ ކަހަލަ ދިވެހި ފޮތެއް ގަންނަން ނުލިބޭ ވާހަކަ ބުނާ އިރަށް ރައްޓެއްސަކު އެހީ ދަރިފުޅަށް "ދިވެހި ދަސްކޮށްދެނީ ކީއްކުރަން"ތޯ އެވެ. އެހެން ރައްޓެއްސަކު އޭނާގެ ތުއްތު ދަރިފުޅާ މުޅިން ވެސް ވާހަކަދައްކަނީ އިނގިރޭސި ބަހުންނެވެ. ދުވަހަކު ވެސް ދިވެހި ދަސްކޮށްދޭކަށް ގަސްދެއް ނުކުރެ އެވެ.

15 އޯގަސްޓް

August 15, 2016 11
ބުރަ މަސައްކަތުން މުޅި ގައުމަށް ހޯދައިދިން ފަހުރު

އާއިލާ އާއި ގައުމު ފަހުރުވެރިވާ ފަދަ ދަރިވަރުންތަކަކަށް ވުމަކީ ކޮންމެ ކުއްޖެއްގެ ވެސް އަޒުމެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ދިން އޯ ލެވެލް ޓޮޕް ޓެން އެޗީވާސް އެވޯޑު ހަފުލާއިން ފެނުނީ އެ އަޒުމުގައި މަސައްކަތްކޮށް، ކާމިޔާބު ހޯދި ދަރިވަރުންތަކެކެވެ.

08 އޯގަސްޓް

August 08, 2016 7
ބުލީކުރުން: އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން

ފުރާވަރަށް އެރުމާ އެކު މޫނަށާއި ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށި އެވެ. ސްކޫލަށް ދިއުމުން ކްލާސް ކުދިންނާއި މަގުމަތިން ދިމާވާ މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ކުރުން ދިމާވާން ފެށި އެވެ. އަމިއްލަ ނަފުސަށް ކުރަމުން އައި އިތުބާރު ގެއްލި މީހުންގެ ކުރިމައްޗަށް ނިކުންނަން ފަސްޖެހެން ފަށައިފި އެވެ. ސްކޫލުގައި ހިންގާ...

01 އޯގަސްޓް

August 01, 2016 2
ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ބޮޑުގޯހެއް

ސްކޫލުތަކުގެ އިންޓަވަލް ގަޑީގައި ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ތިޔަ ހީކުރާ ވަރަށް ވުރެ ނުރައްކާ އަދި އޭގެ ސަބަބުން އެ ދަރިވަރުންނަށް ނުހަނު ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ބެލެނިވެރިންނަށް ފަސޭހައަކަށް ނަމަވެސް ތި ހެދޭ ބޮޑު ގޯހުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އެތައް ގޮތަކުން އަސަރުކޮށް ހޯދާ ނަތީޖާ ދަށްވާކަން ތަފާތު...

17 ޖޫން

June 17, 2016
ރައިއްކޮ: ހިތްވަރާ އެކު އަބަދުވެސް އުއްމީދުގައި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މާ ބޮޑު ފުރުސަތެއް ނެތް ކަމަށް ގަބޫލުކުރި އިރެއް ވެސް ދިޔަ އެވެ. އެ ކުދިން ތިބެން ޖެހޭނީ ގޭގައި ކަމާއި ތައުލީމީ ގޮތުން ވެސް މާ އުހަށް ނޭރޭނެ ކަމަށް މުޖުތަމައު ވެސް ގަބޫލުކުރި އެވެ. މިހާރު އެކަން ވަނީ ބަދަލުވެފަ އެވެ. ކަލާފާނު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ މުހައްމަދު ރައިޝާން...