18 އޮކްޓޯބަރ

October 18, 2018 50
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟

ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިގަންވާ އެންމެ ބޮޑު ބާރު ކަމުގައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުންކޮށް، ފަސް އަހަރަށް ފަހު ދިވެހި ރައްޔިތުން އެ އޮތީ އެ މީހުންގެ ބަސް އިއްވައިފި އެވެ. ނަމަވެސް، ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް، ރައްޔިތުންގެ އެ ނިންމުމާ ނުރުހެވިގެން، އިންތިޚާބު ބާތިލު ކުރުމަށް...

17 އޮކްޓޯބަރ

October 17, 2018 62
ސުޕްރީމް ކޯޓުގެ ނިންމުމަށް މުޅި ގައުމު އިންތިޒާރުގައި

މި ފަހަރުގެ ރިޔާސީ އިންތިޚާބު ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތެވެ. އެއް ކަމަކީ މީގެ ކުރީގެ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނަސް، މިފަހަރު އެއް ބުރުން ނަތީޖާ ކޮޅެއްގައި ޖެހުމެވެ. ދެވަނަ ކަމަކީ އެންމެ ބޮޑު ތަފާތަކުން އެއް ކެންޑިޑޭޓް މޮޅުވުމެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު އޮތެވެ.

16 އޮކްޓޯބަރ

October 16, 2018 27
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

އެންމެންގެ ކުރިމަތީގައި ހެދީ ޖާދޫއެއް ހެއްޔެވެ؟ ރިޔާސީ އިންތިޚާބު އޮޅުވާލި ގޮތް ކަމަށް ބުނެ ޕީޕީއެމުން މި ދައްކަނީ، ވޯޓު ލުމާއި ގުނުމުގައި ޖާދޫ ހެދި ކަމަށް ސިފަވާ ފަދަ ތުހުމަތުތަކެކެވެ. ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމީނަށް ރަނގަޅު ފާހަގަ ޖެހުމުން، އެ ފާހަގަ ފޮހެވި، ވާދަވެރި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ...

11 އޮކްޓޯބަރ

October 11, 2018 35
ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅުއްވާ!

މީގެ ފަސް އަހަރު ކުރިން 2013 ގައި ބޭއްވި ރިއާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ ނޮވެމްބަރު 11، 2018ގެ ނިޔަލަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމަށް މީހަކު ހޮވުމަށެވެ. އެއީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކޮށްދީ ދުސްތޫރީ އިމުގެ ތެރެއިން ވެރިކަން ކޮށްދޭނެ ކަމުގެ އުންމީދުގަ އެވެ.

10 އޮކްޓޯބަރ

October 10, 2018 52
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިއިރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. އިލެކްޝަންސް ކޮމިޝަނާ މެދު އިތުބާރު ނެތް ވާހަކަ އާއި އިންތިޚާބުގައި އޮޅުވާލުމުގެ ކަންތައްތައް ހިނގަން އުޅޭ ވާހަކަ އެވެ. ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ނަގަމުންދާ...

04 އޮކްޓޯބަރ

October 04, 2018 91
ހިތް ތިރިކުރުމަށް ޖަރީމާތައް ހަނދާން ނައްތައިލާނީތޯ؟

އަހަރުތަކަކަށް ފަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، މިދިޔަ ހަފުތާގައި ފުރާނަ އެޅި އަލުން ދިރެން ފަށައިފި އެވެ. އެތައް ހާސް ރައްޔިތުންނެއްގެ ޝަކުވާތަކާއި އާދޭސްތައް އިވޭ ކަމަށް ވެސް ނުހަދައި އަހަރުތަކަކު އޮތުމަށް ފަހު، ރައްޔިތުންނަށް މާ ހެޔޮ އެދޭ، ނުފޫޒެއްގެ ދަށު ނުވެ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން ކުރާ ތަނެއް...

03 އޮކްޓޯބަރ

October 03, 2018 57
"ބަލި ގަބޫލުނުކުރެވެނީއެއް ނޫން"! ދެން ކޮން ކަމެއް؟

ރިޔާސީ އިންތިޚާބަށް ފަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ؛

19 ސެޕްޓެމްބަރ

September 19, 2018 49
2 މަސް، 153 ރަށް: އިބޫގެ ތަޖުރިބާ، އިހްސާސް!

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަގަދަ މަރުހަބާ އެވެ؛ ސަލާން ކުރަން ދިގު ސަފުތަކާއި ސެލްފީ ނެގުމުގެ ގިނަ ހުށަހެޅުންތަކެވެ. ރައްޔިތުންނާ އެންމެ ގާތުން، ބައްދަލުވުންތަކާއި ޖަލްސާތަކެވެ. ރައްޔިތުން ބަންޑުކޮށްލާ ޖަޒުބާތުތަކާ އެކު...

15 ސެޕްޓެމްބަރ

September 15, 2018 121
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟

އިދިކޮޅު ޕާޓީތަކުގެ އިތުބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަކަށް ނެތެވެ؛ ނުފޫޒެއްގެ ދަށުވެފައިވާ ކަމުގެ ތުހުމަތާ އެކު ކޮންމެ ނިންމުމަކާ ގުޅޭ ގޮތުން ވެސް އެތައް ކަންބޮޑުވުމަކާއި ޝަކުވާތަކެވެ. ރައްދުގައި އެ ކޮމިޝަނުން ދޭ ޔަގީން ކަމަކީ، ވޭތުވެދިޔަ އިންތިޚާބުތަކާ ތަފާތުކޮށް، މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ....

07 ސެޕްޓެމްބަރ

September 07, 2018 88
ކުރިމަތި ނުލިޔަސް އޮފިޝަލުންނަށް! މެޖޯރިޓީ ޕީޕީއެމް؟!

ހއ. އަތޮޅުގެ [ނަން އުނިކޮށްފައި] ރަށަކުން ފަށާނަމެވެ؛ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު އޮފިޝަލަކަށް ވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން، އެ ރަށުން ވެސް ޝައުގުވެރިވި ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަަމަކު އިލެކްޝަންސުން ގަބޫލުކުރާ ޝަރުތު ހަމަނުވާތީވެ، އޮފިޝަލަކަށް ވާން އޭގެ ތެރެއިން އެކަކަށް ވެސް ފުރުސަތެއް...

29 އޯގަސްޓް

August 29, 2018 68
ވޯޓަށް ރިޝްވަތު ދިނުމުގެ މައި ދޮރާށި ހުޅުވާފައި!

ވޯޓު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ހަދިޔާ ދިނުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެއްޗެއް ދީފައި އެކަން ނިންމާލަނީއެއް ނޫނެވެ. ވޯޓު ގަންނަ ފަރާތަށް އެ ވޯޓު ލިބޭނެކަން ކަށަވަރު ވެސް ކުރެ އެވެ. އެ ޔަގީންކަން ހޯދަން ބޭނުންކުރާ މައިގަނޑު އުކުޅަކީ އެކަން ސާބިތުވާނެ ވަކި ކަހަލަ ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ޖަހަން...

19 އޯގަސްޓް

August 19, 2018 49
އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟

ހުދު މުހުތާރު ވެރިކަން ހިންގާ ގައުމުތަކާއި ވެރިކަމުގެ ނިޒާމުގައި "ގޮތެއްފޮތެއް" ނެތް ގައުމުތަކުގައި ބާއްވާ އިންތިހާބުތަކާއި ނިންމާ އެކި ނިންމުތައް ސައްހަތޯ ބަލަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އެފަދަ ގަައުމުތަކަށް އެ ދާއިރާތަކުން އެހީތެރިކަމެއް ވެސް ނުދެ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް...

02 އޯގަސްޓް

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް...

31 ޖުލައި

July 31, 2018 26
ރީ ރަޖިސްޓްރޭޝަން ފޯމުތަކުން މަކަރާއި އޮޅުވާލުން؟!

އިދިކޮޅު ޕާޓީތަކުގެ ވިސްނުމަކީ މިއެވެ؛ މިނިވަން ކަމެއް ނެތް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހަދާނެ އެވެ. ޕްލޭން އޭ އަކީ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކެވެ. ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރުކޮށްގެން" ފުރުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހައެއް ނާޅާނެ އެވެ. ބޭނުމަކީ،...

19 ޖުލައި

July 19, 2018 62
ބާއްވަން މި އުޅެނީ ކޮން ކަހަލަ އިންތިޚާބެއް؟

ރައްޔިތުންގެ މައްޗަށް ބަސް ކިޔައި އަމުރު ހިންގާނޭ ބަޔަކު، އެ ރައްޔިތުންގެ ތެރެއިން، އެ ރައްޔިތުން އަމިއްލަ އަށް އިޚްތިޔާރު ކުރުމަކީ ޑިމޮކްރެސީގެ އެންމެ އަސާސީ ސިފަ އެވެ. އަސާސީ ހައްގުތަކުގެ ތެރެއިން ވެސް އެންމެ މުތުލަގު މިނިވަންކަމާ އެކު ކަށަވަރު ކޮށްދޭން ޖެހޭ ހައްގެވެ. ވިރާސީ ރަސްކަންތަކާއި ޚުދުމުޚުތާރު އަނިޔާވެރިކަމާއި...

17 ޖުލައި

July 17, 2018 80
ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް

ގައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅަން ލިބޭ ފުރުސަތުގައި ވޯޓްލުމުގެ ހައްގުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މުވައްޒަފުން މަހުރޫމް ވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފަ އެވެ. ޓޫރިސްޓް ރިސޯޓުތަކުގައި އެތައް ހާސް ދިވެހިން ވަޒީފާ އަދާކުރާއިރު މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި...

08 ޖުލައި

July 08, 2018 51
ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ...

31 މެއި

May 31, 2018 48
ނުހުއްޓުވުނު ޕްރައިމަރީ، ސިޔާސީ ބޮމެއް

އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވާ އެއް ކަމެއް އޮވެ އެވެ. އެއީ އެމްޑީޕީއަކީ ޕާޓީއެއް ނޫނެވެ. އެއީ ވަކި ސިޔާސީ ފިކުރެކެވެ. އެ ޕާޓީ އަށް ވަންނަ ކޮންމެ މީހަކު ޕާޓީއާ ގުޅެނީ އެ ފިކުރާ ގަޔާވެ އެ ފިކުރު ގަބޫލު ކުރެވިގެންނެވެ.

22 މެއި

May 22, 2018 13
ނުފޫޒެއް ނެތް، އެކަމަކު ސަރުކާރު ބޭނުން ގޮތަކަށް!

ގާނޫނުއަސާސީގައި އޮތީ މިގޮތަށެވެ؛ "އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ." އެ ކޮމިޝަން ހިންގަނީ މި އުސޫލުން ހެއްޔެވެ؟ ނުފޫޒެއްގެ ދަށު ނުވެ މިނިވަންކަމާއި ހަމަހަމަކަމާ އެކު ޒިންމާއަދާކުރޭ ހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް އެބަ އޮތް ހެއްޔެވެ؟ މިނިވަން، އިންސާފުވެރި...

11 މާޗް

March 11, 2018 71
މުޅި ނިޒާމް ބޮއްސުންލާފައި، ރަނގަޅުކުރާނީ ކިހިނެއް؟

ސަރުކާރުން ބޭނުންގޮތަކަށް ބޭނުން ކަމެއް، ބޭނުން ކޮންމެ އިރެއްގައި ވެސް ކުރަނީ އެވެ. އެއީ ގާނޫނެއް ބަދަލުކުރަން ވިޔަސް، ހުކުމެއް ނެރެން ވިޔަސް އަދި ހައްގުތަކެއް ހިފަހައްޓަން ވިޔަސްމެ އެވެ. އެކަމަށް ނޫނެކޭ ބުނެވޭނެ ހަމަ އެއްގޮތެއް ވެސް ނެތީ އެވެ. ސަރުކާރު ޒިންމާދާރު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާތަކަށް ކޮންމެ ގޮތެއް...