04 ޑިސެމްބަރ

December 04, 2018 6
ޔޫނިއަން ހަދަން މެމްބަރުން ފުރުސަތު ދޭތޯ ބަލަބަލައި!

ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނިމުމަކަށް އައިސް އާ ދައުރެއްގެ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން މެމްބަރުންނަށް ހަނދާންކޮށްދޭ ކަމެއް އެބަ އޮތެވެ؛ މަސައްކަތްތެރިންގެ ޖަމާއަތްތައް ހެދުމުގެ ބާރަށް ހުރަސްއަޅާ މެމްބަރުންނާ ދެކޮޅަށް އެ މީހުން ނުކުންނާނެ އެވެ!

17 ޖުލައި

July 17, 2018 80
ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް

ގައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅަން ލިބޭ ފުރުސަތުގައި ވޯޓްލުމުގެ ހައްގުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މުވައްޒަފުން މަހުރޫމް ވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފަ އެވެ. ޓޫރިސްޓް ރިސޯޓުތަކުގައި އެތައް ހާސް ދިވެހިން ވަޒީފާ އަދާކުރާއިރު މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި...

17 މެއި

May 17, 2018 7
ޒުވާނުން މަސައްކަތް ނުކުރާ އެއް ސަބަބު: ބަލިވުން

ދިރިއުޅެން މަސައްކަތެއް ނުކޮށް ޒުވާނުން ތިބޭ ތަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ކަންނެތީ ހެއްޔެވެ؟ ވަޒީފާއެއް ނުލިބެނީ ހެއްޔެވެ؟ އެންމެ ފަހުގެ ބޯހިމެނުމަށް ބިނާކޮށް ޒުވާނުންގެ ހާލަތު ދެނެގެންފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި، ކަންބޮޑުވާން ޖެހޭ އެއް ސަބަބެއް ޔަގީނުން ވެސް އެބަ އޮތެވެ؛ ބަލިވުމެވެ.

06 މެއި

May 06, 2018 26
ދެން ވެސް އޮތީ ރޯދަ އިނާޔަތް ނުލިބުމުގެ ޝަކުވާ!

ރޯދަމަސް ކައިރިވާ އިރު އަބަދުވެސް ރޯދަ އިނާޔަތުގެ ވާހަކަ ދައްކަން ފަށަ އެވެ. އަދި ވަޒީފާގައި އުޅޭ ކޮންމެ ދިވެއްސަކަށް ވެސް ހައްގު އިނާޔަތް ނުލިބުމުގެ ޝަކުވާ ވެސް ބޮޑުވެ އެވެ.

10 މާޗް

March 10, 2018 47
ޅަދަރިމައިންގެ ޝަކުވާ: 60 ދުވަހަކުން ނުފުދޭ

މާބަނޑުވީމާ އާމިނަތު ޝިޔާމް އޮފީހަށް ދިޔުން ހުއްޓާލީ އެވެ. އޮފީހުގެ ސިޔާސަތުތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރީ، ޅަދަރިމައެއްގެ ދައުރާއި ވަޒީފާގެ ޒިންމާތައް އެކުއެކީގައި އަދާކުރެވޭ ގޮތަކަށް ނޫނެވެ. އެކަމަކު، ފަހަރުގައި އާމިނަތަކީ އެހެން ބައެއް އަންހެނުންނަށް ވުރެ އެއްގޮތަކުން ނަސީބު ރަނގަޅު މައެކެވެ. ކޮންމެ ހާލެއްގައި...

08 މާޗް

March 08, 2018 18
އަންހެނުންނަށް ވެސް ފަހި އެމްއެމްއޭ: މިސާލެއް

އައިޓީ، ސެކިއުރިޓީ އަދި މެއިންޓެނެންސް ވަޒީފާއެއް ވިޔަސް، ދެ ޖިންސުގެ މީހުންނަށް ފުރުސަތު އޮތްކަން އެ ތަނުގެ އިއުލާނުތަކުގައި ލިޔެފައި އޮއްވާ ފެނިފައިވެ އެވެ. އަންހެން މުވައްޒަފަކު ޖެހިލުންވެ، ފަސް ޖެހުނަސް ހިތްވަރުދީ، ކުރިއަށް ދާން އެހީތެރިވެދޭނެ އެވެ. ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގެ މުއްދަތަކީ، މުސާރަ ލިބޭ ގޮތަށް، ހަ މަސް...

17 ޖެނުއަރީ

January 17, 2018 66
މުވައްޒަފުންގެ ހައްގުތައް ނުދިނުން، އާންމު ކަމެއް

ވަޒީފާއާ ބެހޭ ގާނޫނު އޮންނަނީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރާށެވެ. ދެ ފަރާތުގެ ހައްގުތަކާއި ޒިންމާތައް ބަޔާންކޮށް، އެއްވެސް ތަފާތު ކުރުމެއް ނެތި މުވައްޒަފުންނާ މެދު އަމަލު ކުރަން އެ ގާނޫނު ބާރު އަޅަ އެވެ. އެ ގާނޫނުން އިސްތިސްނާ ކޮށްފައިވާ ދާއިރާތައް ފިޔަވައި، އެހެން ހުރިހާ ދާއިރާތަކަށް...

25 ނޮވެމްބަރ

November 25, 2017 28
ސޯޝަލް ވޯކަރުންގެ އުޖޫރައެއް ނެތް ބޮޑު ޒިންމާ

އެއީ އިހުމާލާއި އަނިޔާ އިން ކުޑަކުދިން ސަލާމަތްކޮށްދޭ ބެލެނިވެރިންނެވެ. ޖިންސީ ޝިކާރަވެރިންގެ ވަކިތަކުން އެ ކުދިން މިންޖުކޮށްދޭ ހިމާޔަތްތެރިންނެވެ. ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ފިރިހެނުންގެ މަދަދުވެރިންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތެރިންނެވެ. އެކަމަކު، މުޖުތަމައުގައި ތިބި...

21 އޮކްޓޯބަރ

October 21, 2017 114
ކުނި އުކާ މީހުންނަށް ޖެހި ޖޯކު މަޖަލެއް ނުވި

ހަލާލު ގޮތުގައި ފައިސާ ހޯދާ ކޮންމެ މީހަކީ ގަދަރުވެރިއެކެވެ؛ ސޯޝަލް މީޑިއާގައި ދިވެހިން މި ވަގުތު ބުނަމުން ގެންދާ ވާހަކައަކީ މި އެވެ.

16 މެއި

May 16, 2017 173
އަންހެނުންނަށް ބެގީއެއް ނުކުރެވޭނެއޭ؟!

ފިރިހެނުން ބެގީކުރުން ހުއްދަވެފައި އަންހެނުން ބެގީކުރުން މަނާވާންވީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލު އުފެދި ބޮޑު ބަހުސަކަށް ބަދަލުވީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ހެދުން އަޅަންވީ ގޮތުގެ ގަވާއިދަށް ގެނައި އިސްލާހަކާ އެކު އެވެ. އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް، ބުޑު ފާޅުވާ ކަހަލަ ހެދުން އެޅުން މިހާރު މަނަ އެވެ. އެ...

01 މެއި

May 01, 2017 63
ދިވެހި ޓޫރިޒަމްގައި ދިވެހިންނަށް ނެތް ފުރުސަތު

ގަމީސް ޔުނީފޯމްގެ ޖީބުގައި ބެޖެއް ހުއްޓެވެ. ކައިރިން ބަލައިލުމުން އެއީ "30 އަހަރުގެ ޚިދުމަތުގެ ބެޖް" ކަން އެނގުނެވެ. ރެސްޓޯރެންޓްގެ އެ މުވައްޒަފަށް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރިސޯޓް ފުރަތަމަ ހުޅުވީއްސުރެ އޭނާ ވަޒީފާ އެ އަދާކުރަނީ، ތެދުވެރިކަމާއި، ކިޔަމަންތެރިކަމާ އެކު، އެ ތަނުގަ އެވެ. ވަޅުން ފެން ނަގައިގެން ގެންގޮސް...

21 އެޕްރީލް

April 21, 2017 14
ވަޒީފާ ބާޒާރުގެ އަދަދުތައް، އެކި ވެރިން އެކި ގޮތަށް!

ސަރުކާރުގެ އެއް އަމާޒަކީ ވަޒީފާގެ ފުރުސަތުތައް ފަސް އަހަރުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން 94،000 ވަޒީފާ އުފައްދައި ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުމެވެ. އެކަމަކު މިހާރު އުފެދިގެން އުޅޭ ބަހުސަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް އުފެއްދި ވަޒީފާތަކުގެ އަދަދެވެ. ރައީސް ޔާމީން ވިދާޅުވާ އަދަދަކާއި މިނިސްޓަރުން...

08 މާޗް

March 08, 2017 50
ނުސީދާކޮށް ކުރާ ބޮޑު ތަފާތު

އަންހެނުންނާއި ފިރިހެނުން ތަފާތުކުރާ ކަމަށް، ވަޒީފާ ދޭ ބައެއް ފަރާތްތަކުން އެއްބަސްވޭ

03 ނޮވެމްބަރ

November 03, 2016 4
އުރީދޫގެ ބްރިގޭޑް، މަސައްކަތަށް ހިތްޖައްސައިފި

އޮފީސް އޮފީސްތަކުގެ ތެރެއިން އިވެނީ އެއްކަހަލަ އަޑެކެވެ. ފެންނަނީ ވެސް ހަމަ އެއްކަހަލަ މަންޒަރެކެވެ. ކީބޯޑުގައި ތަޅާ އަޑާއި ބާރު ހިނގުމުގައި ކޮޅުކޮޅުމައްޗަށް ހިނގާ މީހުންނެވެ. އެ މީހަކާ ހަވާލުކުރެވިފައިވާ މަސައްކަތަކައިގެން އަވަދިނެތި އުޅޭ ތަނެވެ. ހެނދުނު 8:00 ގައި އޮފީހަށް ވަތް ގޮތަށް އަދި އެ ތަނުން ބޭރަށް ދާނެ ވަގުތެއް ނުވާ...