10 ފެބުރުއަރީ

February 10, 2020 15
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް

މިސްކިތުގައި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ކިތަންމެ ހެއްކެއް ހުއްޓަސް 14 އަހަރުވި އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އިންސާފެއް ނުލިބުނެވެ. މުދިމު ހުރީ މިނިވަންކަންމަތީ މުޖުތަމައަށް ދޫވެފަ އެވެ. އެ މައްސަލައިގެ އިންސާފުގެ ހުރިހާ ދޮރެއް މިހާރު ވަނީ ބަންދުވެފަ އެވެ.

22 ޖެނުއަރީ

January 22, 2020 3
ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.

19 ޖެނުއަރީ

January 19, 2020 43
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި...

January 19, 2020 33
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!

"އޮފެންޑާސް ވެބްސައިޓުގައިވާ މީހުންގެ ތެރެއިން ޖަލުގައި މިވަގުތު ނެތް މީހުން އެނގޭނެ ގޮތެއް ހަދާ ދީބަލަ. ހެޔޮނުވާނެ. އަދި އެންމެ އަވަހަށް ޖަލުން މިނިވަންވާނެ މީހުން ވެސް އެނގޭނެ...

18 ޖެނުއަރީ

January 18, 2020 17
ކުއްޖާގެ މަންމަ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި ކަމަށް ތުހުމަތުކުރާ 61 އަހަރުގެ ކާފަ، އެ ކުއްޖާގެ މަންމަ އަށް ވެސް ޖިންސީ ގޯނާކުރި މައްސަލަތަކެއް އިއްޔެ ފެންމަތިކޮށްފި...

January 18, 2020 76
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ، މަންމަގެ އާއިލާގެ ބެލުމުގެ ދަށަށް މިދިޔަ ހޯމަދުވަހު ގެންދަން މަޖުބޫރުވީ އިތުރު ގޮތެއް ނެތިގެންނެެވެ؛ މަސްތުގެ ވަބާގައި ޖެހި މުޅިން އެހެން...

03 ޑިސެމްބަރ

December 03, 2019 14
އަންހެނުންނަށް ލިބެން ޖެހޭ މާލީ މިނިވަންކަމުގެ ވާހަކަ!

މާލީ ގޮތުން އަންހެނުން މިނިވަން އަދި ފުދުންތެރި ބަޔަކަށް ވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް، ފެމެލީ ޕްރޮޓެކްޝަން އެޖެންސީން މިދިޔަ އަންގާރަ ދުވަހު ކުރި ޓްވީޓަށް މީހަކު ޖަވާބު ދިނީ ގިނަ ވާހަކަތަކެއް ކިޔައިދޭ ފޮޓޯއަކުންނެވެ. ދުވުމުގެ ރޭހަކަށް އަންހެނުންނާއި ފިރިހެނުން ތައްޔާރުވެގެން ތިބި އިރު، ފިރިހެން މީހާ ކުރިއަށް ދާން...

26 ނޮވެމްބަރ

November 26, 2019 29
ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ޖިންސީ ޝިކާރައަކަށް ހެދި ކުއްޖާ "ކައިވެންޏެއް" ކުރި ކަމުގެ ހެއްކެއް ކަމާ ބެހޭ އިދާރާތަކަށް ނުލިބުމަކީ އެކަން ނުހިނގުން ހެއްޔެވެ؟

14 އޮކްޓޯބަރ

October 14, 2019 13
ކުޑަކުދިންގެ ނަފްސާނީ ބަލި، ބޮޑުވަމުންދާ މައްސަލައެއް!

ފާތުމަތު ޝަފީގާގެ އުމުރުން ހަ އަހަރުގެ ދަރިފުޅުގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަވާން ފެށީ ސްކޫލަށް ގެންދަން ފެށުމާ އެކުގަ އެވެ. ގޭގައި އުޅޭއިރު، ވަރަށް ސިޔާސަވެފައި މަޖަލެވެ. އެކަމަކު ސްކޫލުގައި އިންނައިރު ކުރަހާ ކުރެހުންތަކުން އޭނާއަށް ފެނުނީ އެހެން މަންޒަރެކެވެ. ކުރަހާފައި ހުންނަނީ އަބަދުވެސް ދެރަވެފައި ނުވަތަ ރޯން...

14 ސެޕްޓެމްބަރ

September 14, 2019 44
ވަޒީފާ އަދާނުކުރާ އަންހެނުންގެ ވާހަކަ!

ފަތިހު ހަތަރެއް ޖަހާއިރު ހޭލައިގެން، ދަރިން ނިދިން ތެދުކޮށް ނަމާދަށާއި ސްކޫލަށް ފޮނުވައި ހެނދުނުގެ ސައި ތައްޔާރުކުރެ އެވެ. ހެދުންތައް ދޮވެ، ގޭތެރެ ފޮޅާ ސާފުކޮށް މެންދުރަށް ކައްކަ އެވެ. ސްކޫލާއި ޓިއުޝަން ގޭދޮށަށް ހިނގައި، ގޭގައި ދެން އުޅޭ މީހުންގެ ކަންކަން ބަލަހައްޓަ އެވެ. ރޭގަނޑު ނިދަން ވަންދެން އުޅެން ޖެހެނީ ކޮންމެވެސް...

03 ޖޫން

June 03, 2019 50
އެހީ ބޭނުންވާ ނިކަމެތި އެތައް އާއިލާއެއް!

ނިކަމެތި އާއިލާއަކަށް އެހީވެގެން އޭޑީކޭ ކުންފުނިން ވަނީ އާއްމުންގެ ލޯބި ހޯދައިފަ އެވެ. ފަސް ދަރިންނާ އެކު އެކަނިމާއެކަނި އުޅެމުން ދިޔަ މަޔަކަށް އެހީވެ، އެ މީހުންނަށް ގެއެއް އަޅައިދިނުމުން އާއްމުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާ އެކީގަ އެވެ. އެކަމަކު އެއާ އެކު ގިނަ ބަޔަކު ސުވާލުކުރީ މި ޒަމާނުގައި އެހާ ވެސް ނިކަމެތި ދިވެހިން...

27 މެއި

May 27, 2019 19
ކުޑަކުދިން ޖިންސީ ޝިކާރައަކަށް، ފުލުފުލުން މައްސަލަ!

ދުއްވަނީ ޖީއެން ސައިކަލެކެވެ. އުޅެނީ ޒަަމާނީ ބޮޑުބެރު ގުރޫޕެއްގަ އެވެ. ލަނީ އެންމެ ފަހުގެ ފެޝަންތަކުގެ ހެދުންތަކެވެ. އުމުރުން އަދި ވިހި އަހަރު ވެސް ނުވެ އެވެ. މިއީ ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ގަން ހިންގުވި ޒުވާނާ އެވެ.

23 ފެބުރުއަރީ

February 23, 2019 8
ތެރަޕީ ނުލިބިގެން ޝަކުވާތައް ފުނިޖެހިފައި

ތެރަޕިސްޓުން މަދުވުމާއި ޕްރައިވެޓް ތަންތަނުން ޚިދުމަތްތައް ހޯދުމުގެ އަގު ބޮޑުވުމާއި މުހިއްމު ބައެއް ޚިދުމަތްތައް ރާއްޖެ އިން އެއްގޮތަކަށް ވެސް ލިބެން ނެތުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކަށް އަބަދުވެސް ކުރިމަތިވެފައި އޮންނަ ގޮންޖެހުމެކެވެ. ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމަށް މި ސަރުކާރުން...

21 ޑިސެމްބަރ

December 21, 2018 42
އެކަނި ދިރިއުޅޭތާ 22 އަހަރު، ބަލި އެނދުގައި އަށެއް

ސ. ހުޅުދު އަށް އުފަން، ސަމީހާ ހަސަން، 83، ބިން މައްޗަށް ވެއްޓިފައި އޮންނަ ދުވަސް ދުވަހު، އެ ގެއަށް ގޮސް ނަގައި އެހީތެރިވަނީ އަވަށްޓެރިންނެވެ. ސަމީހާގެ ފިރިއަކު، ދަރިއަކު ނެތް އިރު، އެއްބަނޑު އެއްބަފާ މުހައްމަދު ހަސަން ވެސް ހުރީ އެހީވެވޭ ހާލަތެއްގައެއް ނޫނެވެ. މުހައްމަދުގެ އުމުރުން 90 އަހަރަށް ވުރެ މަތިވެ، ގައިގެ ބާރު ވެސް ވަނީ...

12 ޖޫން

June 12, 2018 13
ބުރަޔަސް ހިތް ފުރިފައި: ސޯޝަލް ވޯކަރެއްގެ އުފާވެރިކަން

ވަޒީފާގައި ފައްޒަ ފުއާދުގެ އެކި ދުވަސްތައް ތަފާތެވެ. ބައެއް ދުވަސްތައް ނިމެނީ މަސައްކަތުގެ ގޮންޖެހުންތަކުގެ މާޔޫސްކަންމަތީގަ އެވެ. ދެން ހުންނަނީ ހިތް ފުރިގެން ފައްޒަ ގެ އަށް ދާ ދުވަސްތަކެވެ. ސޯޝަލް ވޯކަރެއްގެ ބުރަ، އުނދަގޫ ޒިންމާތައް އަދާކުރުން އޭނާގެ އުފަލަކަށް ހަދައިދެނީ އެފަދަ ދުވަސްތަކެވެ.

02 މާޗް

March 02, 2018 13
ދުވާލަކު ކުއްޖެއް، ޖިންސީ އަނިޔާ އިންތިހާގައި

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމުގެ ތާރީޚީ ފިޔަވަޅެއް ރާއްޖެ އިން ވަނީ އަޅައިފަ އެވެ. އެކަމަކު ހަރުކަށި ގާނޫނެއް ތައާރަފްކުރިތާ އަށް އަހަރު ފަހުން ވެސް ފެންނަނީ އަނިޔާ ލިބޭ ކުދިންގެ އަދަދު އިންތިހާ އަށް މަތި ކަމެވެ. މިއީ އެއް ގޮތަކުން ރަނގަޅު ކަމަކަށް ވެސް ވެދާނެ އެވެ؛ ރިޕޯޓްކޮށް،...

28 ޖެނުއަރީ

January 28, 2018 43
ހޮސްޕިޓަލުގައި އެކަނި، އަަޅާލާނެ މީހަކު ނެތް!

އައިޖީއެމްއެޗްގެ ވޯޑަކަށް ވަނުމާ އެކު ލޮލުގައި އަޅައިގަތީ ބަލިމީހުން އޮންނަ އެނދު ކައިރީގައި ބަހައްޓާފައި ހުރި ކަބަޑެއްގައި ބޯ އަޅާލައިގެން، ފުރަގަހަށް އޮތް ދުވަސްވީ ފިރިހެނެކެވެ. ބުރަކަށީގައި އަތް ޖައްސާލުމުން ބޯ ހިއްލާލައިފައި އަހަރެންގެ މޫނަށް ބަލައިލުމާ އެކު "ބޭބެ ވަރަށް ބަނޑުހައި" ކަމަށް ބުންޏެވެ.

25 ނޮވެމްބަރ

November 25, 2017 28
ސޯޝަލް ވޯކަރުންގެ އުޖޫރައެއް ނެތް ބޮޑު ޒިންމާ

އެއީ އިހުމާލާއި އަނިޔާ އިން ކުޑަކުދިން ސަލާމަތްކޮށްދޭ ބެލެނިވެރިންނެވެ. ޖިންސީ ޝިކާރަވެރިންގެ ވަކިތަކުން އެ ކުދިން މިންޖުކޮށްދޭ ހިމާޔަތްތެރިންނެވެ. ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ފިރިހެނުންގެ މަދަދުވެރިންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތެރިންނެވެ. އެކަމަކު، މުޖުތަމައުގައި ތިބި...

13 ނޮވެމްބަރ

November 13, 2017 42
ބައްޕަ، ދޮންބައްޕަ އަދި ކާފަ ވެސް ބެހުނު!

ޖިންސީ ގޯނާގެ ޝިކާރައަކަށްވެ ނަފްސާނީ މައްސަލަތަކުގެ ސަބަބުން މުޅި އުމުރަށް ނުތަނަވަސް ކަމުގައި އުޅެން ޖެހުމަކީ ރާއްޖޭގައި އާ ވާހަކައެއް ނޫނެވެ. ނަމަވެސް އެފަދަ ހާދިސާއެއްގެ ސަބަބުން ދިވެހި އަންހެން ކުއްޖަކަށް ނުހިނގި އަދި ހަނދާންތައް ފޮހެވިގެން ދިޔަ ވާހަކައެއް ނާހަމެވެ. އޭނާއަށް އެކަން ދިމާވީ ބައްޕަ އާއި ދޮންބައްޕަގެ އިތުރުން...

05 ނޮވެމްބަރ

November 05, 2017 28
އާއިލީ މައްސަލަތަކެއްގައި ތާށިވި ކުއްޖެއްގެ ހިތްވަރު

އަޅާލުން ނުލިބުމާއި އިހުމާލާއި އަނިޔާގެ ސަބަބުން ހާލުގައި ޖެހޭ ކުޑަކުދިން ތަހައްމަލްކުރާ ހަގީގަތްތައް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެނީ މަދު ފަހަރަކު އެވެ. ޚާއްސަކޮށް އެފަދަ ކުއްޖެއްގެ ދުލުން ސީދާ އެ ވާހަކަތައް ކިޔައިދޭ އަޑެއް ރާއްޖޭގައި ވަރަށް ނީވެ އެވެ. އެކަމަކު ފޭސްބުކްގައި އެއް ކުއްޖަކު ލިޔުނު ޕޯސްޓަކާ އެކު، އެފަދަ...

13 އޮކްޓޯބަރ

October 13, 2017 33
އެހެން ރަށެއްގައި އެކަނިމާއެކަނި 40 އަހަރު!

އުމުރުން މިހާރު 78 އަހަރު ވެފައިވާ އަލިތަކުރާ އެންމެ ފުރަތަމަ އޭނާ ދިމާވީ މީގެ 19 ވަރަކަށް އަހަރު ކުރިންނެވެ. އެ ދުވަހު އަލިތަކުރު އޮތީ، ސ. ހުޅުދޫގެ އަތިރިމަތީ ކުނާގަނޑެއްގެ މަތީގައި އޮށޯވެގެންނެވެ. ކައިރީގައި ފެން ފުޅިއަކާއި ކޮތަޅެއްގައި ބޭސްކޮޅެއް ހުއްޓެވެ. މީހާއަށް އޮތީ ފާނަބަސަންދު ޖެހިފަ އެވެ.

23 އޯގަސްޓް

August 23, 2017 5
އަޅާނުލުމުން ފިޔަވަޅު އެޅުން: މުހިންމު ކަމެއް

އިހުމާލުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމަކީ ގާނޫނީ ގޮތުން އެ މީހުންގެ މައިންބަފައިންނަށް ނުވަތަ ދަރިންނަށް ނުވަތަ ބަދަލުވެރިންނަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އެހެން ގައުމުތަކުގައި އެފަދަ ކަންކަމާ ޚިލާފްވާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް އޮތަސް ރާއްޖޭގައި...