22 ނޮވެމްބަރ

November 22, 2016 60
އަސާސީ ހައްގެއް ހަނިކުރުމުގެ އެހެން ބޮޅެއް

ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެކެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި، މި ހައްގު ނިގުޅައިގަނެވޭ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް، ސަރުކާރަށް ތާއީދު ކުރައްވާ...

20 ނޮވެމްބަރ

November 20, 2016 169
ބޮޑު ހިޔާނާތް ފަޅާއަރުވާލެވުނީތީ ފަހުރުވެރިވޭ: ގާސިމް

އޭނާގެ ދިރިއުޅުން ވަރަށް އާދައިގެ އެވެ؛ ވަރަށް ކުޑަކުޑަ، ހަމަ ވަރަށް އާދައިގެ އެޕާޓްމަންޓެއްގައި ތިން ކުދިންނާއި އަނބިމީހާއާ އެކު ދިރިއުޅެމުން ދަނީ، ހާސްކަމުގެ ތެރޭގަ އެވެ. ބީއެމްއެލްގެ މެނޭޖަރެއްގެ ވަޒީފާގައި ހުއްޓާ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ފަޅާއަރުވާލަން ހިތަށް ގެނައިއިރު ވެސް، އެ އާއިލާ އަށް...

11 ނޮވެމްބަރ

November 11, 2016 29
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ އެންމެ ފާހަގަކުރެވޭ ކަމަކީ ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކޮށް ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދީފައިވުމެވެ. މި ހިނގާ 2016 ވަނަ އަހަރަށް ވުރެ، އަންނަ އަހަރުގެ ރިކަރަންޓް ޚަރަދު 11 ޕަސެންޓް ދަށް ކުރުމަށް ބަޖެޓްގައި...

08 ނޮވެމްބަރ

November 08, 2016 31
އީސީގެ މިނިވަންކަމާ މެދު ބޮޑެތި ތުހުމަތުތަކެއް؟

ރާއްޖޭގައި އަލަށް، އީ ވޯޓިން ތައާރަފް ކުރަން އުޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކުރި ފާޑުކިޔުންތަކަށް ކޮމިޝަނުން ދިން ރައްދަކީ މި އެވެ؛ "ކޮމިޝަން މިނިވަންތޯ ނުވަތަ އިތުބާރު ކުރެވޭތޯ ކަނޑައެޅޭނީ އިންތިހާބެއް ބޭއްވީމަ އެވެ. މި ކޮމިޝަނުން އަދި އިންތިހާބެއް ނުބާއްވަމެއް ނޫން ހެއްޔެވެ؟".

31 އޮކްޓޯބަރ

October 31, 2016 54
މަޖިލިސް މެމްބަރުން އަދިވެސް ދާނީ ދެ ބައިވަމުން

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ދެ ބައިވިިއިރު ގިނަ ބައެއް ސަމާލުކަން ހުއްޓިފައި ވަނީ އެ ޕާޓީ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ނަގާ ކޮޅަކާ މެދުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ މައި ޕާޓީގަ އެވެ.

30 އޮކްޓޯބަރ

October 30, 2016 92
މައުމޫންގެ ތާއީދު ގެއްލުން، ކިހާ ބޮޑު ގޮންޖެހުމެއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ބޮޑު އިއްތިހާދަކާ އެކުގަ އެވެ. އެކަމަކު، ދުވަސްކޮޅެއް ފަހުން އެ އިއްތިހާދު ރޫޅި، ނަޝީދު އެކަނިވެރިވި އެވެ. އެ މަނިކުފާނުގެ ވެރިކަން ވެއްޓުނު އިރު ފަހަތްޕުޅުގައި މާ ގިނަ ސިޔާސީ ލީޑަރުންނެއް ނެތެވެ. ފަހަރަކު ބޭފުޅަކު ދުރަށް ޖެހިވަޑައިގަންނަވަމުން ގޮސް، އެންމެ ފަހުން ނަޝީދު...

28 އޮކްޓޯބަރ

October 28, 2016 61
2018 ގައި ވާދަކުރަން ތިބީ ކޮން ބައެއް؟

ގާނޫނުއަސާސީ ބުނާ ގޮތުން ނަމަ، 2018ގެ ޖޫން މަހާއި އޮކްޓޫބަރު މަހާ ދެމެދު ރިއާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން ޖެހެ އެވެ. އެއީ ނޮވެމްބަރު 11، 2018 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނޭ ރައީސަކު އިންތިހާބު ކުރުމަށެވެ. އެހެންކަމުން އަންނަ ރިއާސީ އިންތިހާބުގައި ވޯޓު ލުމާ ދެމެދު ބާކީ އޮތީ އެއް އަހަރާއި ހަތް...

25 އޮކްޓޯބަރ

October 25, 2016 12
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.

11 އޮކްޓޯބަރ

October 11, 2016 126
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!

ކާޑުގެ ސަބްސިޑީ ފޯމު ފެނުމާ އެކު މުހައްމަދު ސަމީރު، 41، ގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ގިނަކަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ރުޅި އައުން ހައްގެވެ؛

02 އޮކްޓޯބަރ

October 02, 2016 61
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެކަން މިދިޔަ ބުރާސްފަތިދުވަހު އިއުލާން ކުރުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ކެކިގެން ހިނގައިދާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ޖޭޕީން 2018 ގެ ރިޔާސީ އިންތިހާބަށް ނުކުންނަށް، އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު، ކެންޑިޑޭޓަކަށް ހަދަން ބޭނުންވާ، ޖޭޕީގެ...

22 ސެޕްޓެމްބަރ

September 22, 2016 26
ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް

"ޤާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް"، މި ނަމުގައި މަޒުމޫނުތަކެއް ލިޔަން މި ގަސްދުކުރީ އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި ޤާނޫނީ ދާއިރާގައި މި ހޭދަކުރި ފަންސަވީހަކަށް އަހަރު ލިބިފައިވާ ތަޖުރިބާގެ އަލީގައި އާއްމުންގެ ހިޔާލު ހޯދައި، ދިރާސާތަކެއް ކުރުމުގެ ވިސްނުމުގަ އެވެ. ބޭނުންވަނީ ސިޔާސީ އޮއިވަރުގައި ނުޖެހި ބިނާކުރަނިވި...

06 ސެޕްޓެމްބަރ

September 06, 2016 145
އާ ޑޮކިއުމެންޓްރީ ދެކެ ސަރުކާރު ބިރުން، ކީއްވެ؟

ރާއްޖެއާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް"އާ އެކު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި މިހާރު އޮތީ ޑިފެންސަށް ކުޅުމެވެ. ކޮރަޕްޝަނާއި ޖަރީމާތައް އެ ޑޮކިއުމެންޓްރީން ފަޅާއަރާނެ ކަމަށް އަލް ޖަޒީރާ އިން ބުނުމާ އެކު ސަރުކާރު ޕްރެޝަރަށް ވެއްޓުނެވެ. ޓީވީތަކުން ވަގުތު ހޯދައިގެން މުޅިން ވެސް ފެންނަނީ ވަޒީރުންނާއި...

30 އޯގަސްޓް

August 30, 2016 54
"ރައްޔިތުންގެ މީޑިއާ" އަބަދުވެސް ސަރުކާރު ކޮޅުގައި!

ހިޔާލުފާޅުކުރުން ހުއްޓުވުގެ ގާނޫނު ތަސްދީގުކުރުމާ އެކު، ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސެއްގެ "އަބުރު ކަތިލައި" ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) ގެނެސްދިން ރިޕޯޓުން އެތަނުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރު އެނގުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ މާނަ...

23 އޯގަސްޓް

August 23, 2016 46
ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރަނީ ކިހާ ވަރަކަށް؟

ވެރިކަމުގެ މި ހިނގާ ފަސް އަހަރަށް ޕީޕީއެމުން ހުށަހެޅި މެނިފެސްޓޯގައި ވައުދުތައް ބައިވަރެވެ. އިގްތިސާދީ ހެޔޮ ބަދަލުތައް ގެނައުމާ އެކު އަތޮޅުތަކާއި ރަށްތަކާއި ވަކިވަކި ފަރުދުންގެ ޖީބުތައް ތަނަވަސްވާނެ ގޮތްތަކެވެ. އެކި ދާއިރާތަކުން ފަސް އަހަރު ތެރޭގައި ގައުމަށް އަންނާނެ ހެޔޮ ބަދަލުތަކާއި އެކަން ކުރާނެ މުއްދަތުތައް ވެސް ވަކިވަކިން...

16 އޯގަސްޓް

August 16, 2016 11
ހައްގުތަކާ ހެދި "ކުށްވެރި"، ގާނޫނުއަސާސީ ކޮށައިމަށަނީ

ހިޔާލުފާޅުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކުށެއް ހެއްޔެވެ؟ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމަކީ އަބުރަށް އަރައިގަތުން ހެއްޔެވެ؟ ސަރުކާރުގެ މިސްރާބު ގޯސް ނަމަ، އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައި އެކަން ހަނދާން ކޮށްދިނުމަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން...

26 ޖުލައި

July 26, 2016 25
ގައުމޭ، ރައްޔިތުންނޭ މި ކިޔަނީ ގައުމުދެކެ ލޯބިވާތީތަ؟

ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ވެސް ހުރިހާ ކަމެއް ކުރަނީ "ގައުމު" ނިވާފަތްގަނޑެއްގެ ގޮތުގައި ދައްކައިގެންނެވެ. އެކި ނިންމުންތައް ނިންމާއިރު ހަރުއަޑުން ގޮވަނީ ގައުމު ދެކެ ލޯބިން، ގައުމަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ. އެކަމަކު އެހެން ބުނާ އިރު ވެސް އާންމުން ތުންތަޅުވާލަ އެވެ. އެއީ ހަގީގަތް ނޫން ކަން...

19 ޖުލައި

July 19, 2016 69
ބްރިޖް: ހީކުރި ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މައި ސައިޓުން ފުރަތަމަ ވެސް އަޅައިގަތީ ރާއްޖެ އިން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަވަރުގެ ބިޔަ މެޝިންތަކާއި ކްރޭންތަކާއި އެކި ވައްތަރުގެ ދަގަނޑު ހޮޅިތަކެވެ. ބްރިޖް އަޅާ ސީސީސީސީން ސައިޓުގައި ބޭނުންކުރާ ކްރޭންތައް އެކަނި ވެސް ހައިރާންވާހާ އުހެވެ. ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ކުރިން...

15 ޖުލައި

July 15, 2016 35
އިދިކޮޅު ޕާޓީއެއް، އިދިކޮޅު ހަރަކާތަކަށް ޖާގައެއް ނެތް

ކޮންމެ ކަމެއްގައި އިދިކޮޅު ވާންޖެހޭ ހެއްޔެވެ؟ ކޮންމެ ގައުމެއްގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ހެއްޔެވެ؟ ކަންކަމާ އިދިކޮޅު ނުހެދިއްޔާ، އެއީ ޑިމޮކްރެޓިކް މުޖްތަމައަކަށް ނުވަނީ ހެއްޔެވެ؟ ޑިމޮކްރެސީއާ އެކުގައި އޮޕޮޒިޝަން އޮންނަން ޖެހޭ ހެއްޔެވެ؟ މިއީ ޒަމާންވީ ބޯދާ ވިސްނުމުގައި ބަނދެވިގެން ތިބޭ ބައެއް މީހުން މިހާރު ވެސް...

07 ޖުލައި

July 07, 2016 41
މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ކަންކަން

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ....

12 ޖޫން

June 12, 2016 46
މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް)ގެ ލިސްޓަށް ނަޒަރު ހިންގައިލީމެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ލިސްޓަށް ބަލާލުމުން، ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާނެ އަދި އަދި ސިޔާސީ ގޮތުން، މި ސަރުކާރާ އިދިކޮޅު ފިކުރަށް "ގޮސް ހުސްވެ" ހުރި ބޭފުޅެއް އަޅައެއް ނުގަތެވެ....