19 ޖުލައި

July 19, 2016 69
ބްރިޖް: ހީކުރި ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މައި ސައިޓުން ފުރަތަމަ ވެސް އަޅައިގަތީ ރާއްޖެ އިން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަވަރުގެ ބިޔަ މެޝިންތަކާއި ކްރޭންތަކާއި އެކި ވައްތަރުގެ ދަގަނޑު ހޮޅިތަކެވެ. ބްރިޖް އަޅާ ސީސީސީސީން ސައިޓުގައި ބޭނުންކުރާ ކްރޭންތައް އެކަނި ވެސް ހައިރާންވާހާ އުހެވެ. ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ކުރިން...

15 ޖުލައި

July 15, 2016 35
އިދިކޮޅު ޕާޓީއެއް، އިދިކޮޅު ހަރަކާތަކަށް ޖާގައެއް ނެތް

ކޮންމެ ކަމެއްގައި އިދިކޮޅު ވާންޖެހޭ ހެއްޔެވެ؟ ކޮންމެ ގައުމެއްގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ހެއްޔެވެ؟ ކަންކަމާ އިދިކޮޅު ނުހެދިއްޔާ، އެއީ ޑިމޮކްރެޓިކް މުޖްތަމައަކަށް ނުވަނީ ހެއްޔެވެ؟ ޑިމޮކްރެސީއާ އެކުގައި އޮޕޮޒިޝަން އޮންނަން ޖެހޭ ހެއްޔެވެ؟ މިއީ ޒަމާންވީ ބޯދާ ވިސްނުމުގައި ބަނދެވިގެން ތިބޭ ބައެއް މީހުން މިހާރު ވެސް...

07 ޖުލައި

July 07, 2016 41
މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ކަންކަން

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ....

12 ޖޫން

June 12, 2016 46
މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް)ގެ ލިސްޓަށް ނަޒަރު ހިންގައިލީމެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ލިސްޓަށް ބަލާލުމުން، ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާނެ އަދި އަދި ސިޔާސީ ގޮތުން، މި ސަރުކާރާ އިދިކޮޅު ފިކުރަށް "ގޮސް ހުސްވެ" ހުރި ބޭފުޅެއް އަޅައެއް ނުގަތެވެ....

06 ޖޫން

June 06, 2016 28
"އުނދަގޫ" ވިޔަސް ހައްގުތަކެއް ނުހިފެހެއްޓޭނެ

މާލެއަކީ ކުޑަކުޑަ ތަންކޮޅެކެވެ. ބިންކޮޅުގެ ބޮޑުމިނަށް ބަލާއިރު، މި މާލޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ނިސްބަތް ކުރާ ނަމަ ވަކިން ކުޑަ އެވެ. އަދި އެ އެންމެން ބޭނުންކުރާ އެއްގަމު އުޅަނދުތަކާއި އެ އުޅަނދުތައް ދުއްވަން އޮތް މަގުތަކުގެ ހަނިކަމަށް ބަލާއިރު މާލެ އިންތިހާ އަށް ކުޑަ އެވެ. އެހެންކަމުން މާލޭގެ މަގުތަކުގެ ބޭނުން ކޮންމެ...

31 މެއި

May 31, 2016 83
ބޭރުގައި އުޅޭކަށް ފަސޭހައެއް ނޫން، އެކަމަކު މަޖުބޫރު!

ފަތިހު 5:30 ގައި ތެދުވެވަޑައިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިސްކަން ދެއްވަނީ ދަރިން ސްކޫލަށް ފޮނުވުމަށެވެ. އޭގެ ފަހުން އެއް ގަޑިއިރުގެ ކަސްރަތެވެ. ބައެއް ދުވަސްތައް ނިމެނީ އިނގިރޭސިވިލާތުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންނާ އެކު ބާއްވާ ބައްދަލުވުންތަކުންނެވެ.

24 މެއި

May 24, 2016
ދަރަނި ބޮޑުކުރަނީ އެނގި ތިބެގެން: ޝައިނީ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ މުއްދަތު މި މަހުގެ ނުވަ ވަނަ ދުވަހަށް ދެ ބައި ވިއިރު މިހާތަނަށް ހާސިލް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ އަކީ ކޮބައި ހެއްޔެވެ؟ ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކަށް ސަރުކާރުގެ ފަރާތުން...

23 މެއި

May 23, 2016 9
އުމަރު އަދިވެސް "ހުދު ވަލުގައި" ހިފަހައްޓައިގެން

ސިޔާސީ ދާއިރާ އަށް އުމަރު ނަސީރު ވެންނެވި އިރު އޭނާ ފެނުނީ ގޮތްދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކި މީހަކު ހިތްހަމަޖައްސަވަން ވަކި ގޮތަކަށް ވާހަކަ އަނބުރާ ނުލައްވާނެ ސިފަތަކެއްގަ އެވެ. އެކަމަކު އޭނާގެ އެ މިޒާޖު މިހާރު ވެސް އެބަ ހުރި ކަމަށް ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެމީހުންގެ ބަހުން ނަމަ "މިހާރު އުމަރު ބަދަލުވެއްޖެ" އެވެ.