12 އެޕްރީލް

April 12, 2020 15
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟

މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު، ޖޫން 3، 2020 ގައި ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްވަނީ، މެއި 3، ގެ ކުރިން އިންތިޚާބު ބޭއްވުމަށެވެ. އެކަމަކު މުޅި ދުނިޔެއަށް ފެތުރިފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވާން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު ރާއްޖޭގައި އަޅަމުން އަންނަ...

30 މާޗް

March 30, 2020 28
ބިރެއް ނުފިލާ، މުހިންމީ ރައްޔިތުންގެ އެއްބާރުލުން

ކިރިޔާ ކަމެއް ދޫކޮށްލެވިއްޖެ ނަމަވެސް ގޯހުން ހިނގައިދާނެ އެވެ! ކަރަންޓީންގައި ތިބި އިޓަލީގެ ދެ މީހަކު، ޓެސްޓްގެ ނަތީޖާ އައުމުގެ ކުރިން ރާއްޖެ އިން ފުރުވާލުމަކީ، މިހާތަނަށް ހެދި އެންމެ ބޮޑު ގޯހެވެ. އަދި އެ ގޯހާ އެކު، އެހެން ބައެއް ކަންކަން ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފަ އެވެ. ބަދަލު ވެސް ކޮށްފި އެވެ. އެ ކޭސްއާ އެކު...

28 މާޗް

March 28, 2020 77
ތައްޔާރުވާން މަޑުކުރި ނަމަ ރާއްޖެ ވެސް އަތުނުވީސް!

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅު ނާޅައި، މަޑުކޮށްގެން ތިބި ގައުމުތަކުގެ ހާލަތު އެ އޮތީ އަތުނުވާ ހިސާބުގަ އެވެ! ކޮންމެ ދުވަހަކު އެތައް ބަޔަކު ވައިރަހަށް ޕޮޒިޓިވްވެ، ކޮވިޑް-19 ގައި މަރުވާ ރޭޓް ވެސް ދަނީ މަތިވަމުންނެވެ. މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ މި ނުރައްކަލުން ރާއްޖެ އަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ...

19 ފެބުރުއަރީ

February 19, 2020 69
ބޭކާރު، ހަރަދު ބޮޑު ތަރައްގީ!

ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު، ހދ. އަތޮޅުގައި 19،500 އަށް ވުރެ ގިނަ މީހުން އުޅޭއިރު، އެ އަތޮޅުގެ ކައުންސިލްތައް ހިންގުމަށް ދައުލަތުން ހަރަދުކޮށްފައިވަނީ ބޮލަކަށް 2،700 ރުފިޔާގެ ނިސްބަތުންނެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު، ވ. އަތޮޅުގައި ދިރިއުޅެނީ 1،800 މީހުންނެވެ. އެކަމަކު އެ އަތޮޅުގެ ކައުންސިލްތަކަށް ކުރި ހަރަދު، ބޮލަކަށް...

13 ފެބުރުއަރީ

February 13, 2020 43
އެމްއޭސީއެލްގެ ސިޓީ، ބޯޑުުގެ ނިންމުމެއް ނޫން؟!

އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ، އެންމެ ސިޓީއެއްގެ މައްޗަށް ކުއްލިއަކަށް އެނބުރެން ފަށައިފި އެވެ. އަދި އެއީ ކިހާ ބުރަދަނެއް ހުރި، އެ ފޮނުވުމުގެ އަޑީގައި ވެސް ބޮޑު ރޭވުމެއް އޮތް ލިއުމެއްތޯ ވެސް މިހާރު މި ވަނީ ސުވާލު އުފެދިފަ އެވެ.

31 ޑިސެމްބަރ

December 31, 2019 35
މަރު ކޮމިޝަންގެ މިސްރާބާއި އިތުބާރު ގެއްލެނީ؟!

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ތިން މަރެއްގެ ފުނަށް ވާސިލްވާން މަރު ކޮމިޝަނުން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކުރީ މުހިއްމު މައުލޫމާތުތަކެކެވެ. އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާ ތިން މަރުގެ ހަގީގަތާއި އެއް މަރު އަނެއް މަރާ ގުޅިފައިވާ މިންވަރެވެ. މިވެނިއެވެނި ބަޔަކީ ގާތިލުންނާއި އެހީތެރިންނާއި ފާރަވެރިން...

29 ޑިސެމްބަރ

December 29, 2019 98
ކުލި ކޮންޓްރޯލްކުރުމުގެ ބަހުސް: އެއީ ވާނެ ކަމެއްތަ؟

ވެރިރަށް މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅޭ މީހުންގެ ޝަކުވާތައް ބިނާވެފައި އޮންނަނީ ކުލީގެ އަގުބޮޑުކަމުގެ މަައްޗަށެވެ. ކުލި ކޮންޓްރޯލްކުރަން ޖެހޭ ކަމާއި ސަރުކާރުން އެކަމާ މެދު ފިޔަވަޅު އަޅަން މާލޭގައި ގެދޮރު ނެތް އެތައ ބަޔަކު ގޮވަމުން އަންނަތާ އެތައް ދުވަހެކެވެ. ދާދި ފަހުން އުފެއްދި މާލޭ ޓެނެންޓްސް ޔޫނިއަން...

17 ޑިސެމްބަރ

December 17, 2019 90
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!

ހަރުކަށި ފިކުރުގެ މޫތައް، ރާއްޖޭގެ އެކި ކަންކޮޅުގައި ވަރުގަދަކޮށް، އަނިޔާވެރި އަމަލުތަކުގެ "ހާއްޔަކަށް" މި ކުޑަ ގައުމު ވެސް ހަދައިފި އެވެ. ކަމާ ބެހޭ އިދާރާތަކުން ފުރަތަމަ ފަހަރަށް އިއްޔެ އާއްމުކުރި، ވޭތުވެދިޔަ 12 އަހަރުގެ މައުލޫމާތުން ތިލަވީ ރާއްޖެ އޮތް ބިރުވެރި ހާލަތެވެ!

05 ޑިސެމްބަރ

December 05, 2019 54
އަންހެނުންނަށް 33 ޕަސެންޓް، މައްސަލައަކީ ކޮބާ؟

ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ދައްކާ ބަހަނާތަކަށް އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ޖައްސަވާ މިސާލު ރަނގަޅެވެ. އަންހެނުން ތިބެންވީ ރަށުތެރެ ސާފުކޮށް، މައި ސަރުކާރުގެ ވަފުދުތައް ރަށަށް އެރުމުން، މާފަތި އަޅުވައި ކެއުން ތައްޔާރުކުރަން އެކަންޏެއް ނޫނެވެ. ރަށްރަށުގައި، ނިންމުންތައް ނިންމާ...

28 ނޮވެމްބަރ

November 28, 2019 13
އެއްވެ އުޅުމަށް ހުރަސްއެޅި ގާނޫނު މިހާރު "އޯކޭ"؟

އެއްވެ އުޅުމުގެ ހައްގު ބޭނުންކޮށްގެން ސަރުކާރު ޖަވާބުދާރީކުރުވުމަކީ، ނުވަތަ ވަކި ކަމެއް ސަރުކާރާއި އާންމުންގެ ސަމާލުކަމަށް ގެންނަން އުޅުމަކީ ކުށެއް ހެއްޔެވެ؟ ކުރިއާލައި، ދައުލަތުގެ އެއްވެސް ފަރާތަކަށް އެންގުމަކާ ނުލައި، އެއްވެއުޅުމުގެ ހައްގު ގާނޫނުއަސާސީން ދީފައި އޮތީ، އެއީ ކުށަކަށް ނުވާތީ އެވެ. އެކަމަކު މިއީ އާ...

06 ނޮވެމްބަރ

November 06, 2019 14
އިންތިގާލީ އިންސާފު:ދައުލަތް ވެސް ޒިންމާކުރުވަނީ

ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅަަށް ފާޅުކުރާ އާދައިގެ ޚިޔާލެއްގެ ސަބަބުން ވެސް ތުހުމަތުތަކެއްކޮށް، ހައްޔަރުކުރަނީ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތަސް، ކޮންމެވެސް ސަބަބެއް "ދެއްކުމަށް ފަހު" އެތައް ދުވަހެއް ވަންދެން ބަންދުގައި ބަހައްޓައި، ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެ...

22 އޮކްޓޯބަރ

October 22, 2019 57
އޭސީސީގެ މެސެޖް ވަރުގަދަ، ސަރުކާރަށް ވެސް ނޫނެކޭ!

ކޮރަޕްޝަނާ ދެކޮޅަށް، މި ސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސެ"ވެ. އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އޮތީ ރައްޔިތުންނަށް ދީފަ އެވެ. މިއީ، އިޚްލާސްތެރި ނިޔަތެއް ނަމަ، ކޮރަޕްޝަނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ މަސައްކަތާއި ތަހުގީގުތަކަށް ވެސް ނުފޫޒު ނުފޯރުވާށެވެ.

13 އޮކްޓޯބަރ

October 13, 2019 43
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟

ކުދި ވިޔަފާރިތަކަށް "ބިރަކަށް" ވެފައި އޮތް މީރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ހިމަނާފައި ވަނީ އެހެންވެ އެވެ.

08 އޮކްޓޯބަރ

October 08, 2019 31
ޝާހިދުގެ ގިނަ ވާހަކަތަކެއް: ރާއްޖެ ކުރީ ސަފުގައި

"އެއްވެސް ގައުމަކަށް މިހާރަކު ނުކުރޭނެ ބުނާކަށް މިވެނި ގައުމަކާ ގުޅުން ކަނޑާލާށޭ. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދު މިތިބީ މާ ގަދަކޮށް. ފަހަތުގައި ފިލައެއް ނޫން. ރާއްޖެ މިއޮތީ އެހެން ގައުމުތަކާ އެއް ސަފެއްގައި."

29 ސެޕްޓެމްބަރ

September 29, 2019 6
ސިޓީބިޓީއެއް ނޫން، ސޯޝަލް މީޑިއާ!

ސޯޝަލް މީޑިއާގެ ބާރު ރާއްޖޭގައި ވެސް ގަދަކަން އެނގޭ އެތައް ކަމެއް ދިމާވެ އެވެ. ދައުލަތުގެ މުއައްސަސާތަކަށް ސިޓީބިޓީ ފޮނުވައިގެން، އޭގެ ޖަވާބު ހޯދަން ހިނގާތާ އެތައް ދުވަހެއް ވާއިރު ޖަވާބު ނުލިބުނަސް، ސޯޝަލް މީޑިއާގައި އެވާހަކަ ފަތުރާލާ ހިސާބުން ކަމާ ބެހޭ މުއައްސަސާތަކުން ޖަވާބުދާރީވާން ފަށަ އެވެ. ސޯޝަލް މީޑިއާގައި ހަމަ އެއްޗެއް...

24 ސެޕްޓެމްބަރ

September 24, 2019 50
އެއާޕޯޓުގައި އޮންނަ ވަރުގެ ފަޔަ ލޮރީއަކުން ފުދޭތަ؟

ބާރު ގަދަ ގޮވުންތަކަކާ އެކު ކެމިކަލް ގުދަނުގައި ރޯވެ، މުޅި ސަރަހައްދަށް އޮތީ ހުޅުގަނޑު ފެތުރިފަ އެވެ. އެމްއެންޑީއެފްގެ ފަޔަމަނުންތައް ދުވެފައި ވަދެގަތީ އިމާރާތްތަކުގެ ތެރެއަށެވެ. އަނދައަނދައި ހުރި އަލިފާންގަނޑުން އެނބުރި ނުކުމެވޭނެ ކަމުގެ ޔަގީން ކަމެއް ނެތަސް ބެލީ ތާށިވެފައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ....

09 ސެޕްޓެމްބަރ

September 09, 2019 50
ކައުންސިލް އިންތިހާބު: މުހިންމީ ގާބިލް މީހާ!

އަނެއްކާ ވެސް އާ އިންތިޚާބެއް ބޯމަތިވަނީ އެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިއުލާން ކުރުމާއެކުހެން، އެކި ގޮތްގޮތުން މީހުން މިހާރު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އިންތިޚާބާ ދިމާކޮށް، އިދިކޮޅު ޕީޕީއެމުން ރަށްރަށަށް ދަތުރުތައް ފަށާފައިވާއިރު،...

07 ސެޕްޓެމްބަރ

September 07, 2019 24
ފުވައްމުލަކުގެ މޭޔަރު އުއްމީދުން ފުރިފައި!

މީގެ ދެ އަހަރު ކުރިން ސިޓީއެއްގެ ދަރަޖަ ލިބުން ފިޔަވައި ފުވައްމުލަކަށް ލިބުނު ކުރިއެރުމެއް ނެތެވެ. ކުރީ ސަރުކާރުތަކުގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ރަށުގެ ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ. ސިއްހަތާއި ތައުލީމާއި އިގުތިސޯދީ ގޮތުން ބެލިކަމަށް ވިއަސް އެހެން ރަށްރަށާ ފުވައްމުލަކާ މާ ބޮޑު ތަފާތެއް ނެތެވެ؛ ފެނާއި ނަރުދަމާ އަޅާދީފައި...

02 ސެޕްޓެމްބަރ

September 02, 2019 60
އާމްދަނީގެ 5 ޕަސެންޓް ކައުންސިލަށް! ސަރުކާރަށް ސާބަސް

ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށްލީ ނަމެއްގަ އެވެ. ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގާތާ އަށް އަހަރު ވެފައިވީ ނަމަވެސް ހާލަތު ބަދަލެއް ނުވެ އެވެ. އަދިވެސް އޮތީ މައި ސަރުކާރަށް އާދޭސް ދެންނެވުމެވެ!