13 ނޮވެމްބަރ

November 13, 2018 49
ނުރުހުމަށް މުއިއްޒުގެ ޖަވާބު: އިސްކުރީ އިޚްލާސްތެރިކަން

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓު ކައިރިން ފެނުމާ އެކު އިދިކޮޅު މީހުން އޭނާ ވަށައިލީ އެވެ. މި ސަރުކާރުގެ ފަސް އަހަރު އޭނާ އަށް ތުހުމަތުކުރެވޭ ކަންކަމުގެ އުދާސްތައް ބޭރުކޮށްލާށެވެ. ފްލެޓް ދޫކުރުމުގައި އޮޅުވާލުން ހިމެނޭ ކަމުގެ ތުހުމަތުން ފެށިގެން އެ މީހަކަށް ގޮވުނު އެއްޗެއް ގޮވީ އެވެ. އެއްވެސް އެއްޗެއް...

11 ނޮވެމްބަރ

November 11, 2018 46
ރައީސް ޔާމީން: ބާރު ގަދަ، އެކަމަކު ވޯޓުން ވީ ބަލި!

ސިޔާސީ ގޮތުން ކިރިޔާ ވެސް ނުރައްކަލެއް އޮތް ލީޑަރެއް ވިއްޔާ ލީ ޖަލަށެވެ. އެއީ އުއްތަމަފަނޑިޔާރު ހައްޔަރުކުރުން ކަމަށް ވިޔަސް ދެ ވަނަ ވިސްނުމަކަށް ނުދެ އެވެ. އަޑު އިއްވުމުގެ މުޒާހަރާތައް ދެކެ އެހާ ފޫހިވި އެވެ. ފާޑުކިއުންތައް ހުއްޓުވާނެ ގޮތްތައް ގާނޫނުގެ ނަމުގައި ހޯދި އެވެ. މިނިވަން ހުރިހާ މުއައްސާއެއް ގޮނޑި ކޮއްކޮއަކަށް ހެދި އެވެ....

10 ނޮވެމްބަރ

November 10, 2018 26
ޖުމްހޫރީ 50: ރާއްޖެއަށް ހަމަޖެހުން، ކޮން އިރަކުން؟

މިއީ ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ލިއާ ރިޕޯޓްތަކުގެ ތެރެއިން އެއް ރިޕޯޓެވެ. އޭގެ ތެރެއިން ގިނަ ރިޕޯޓްތައް މާދަމާ ކިއުންތެރިންނާ ހަމައަށް އަންނާނެ އެވެ.

08 ނޮވެމްބަރ

November 08, 2018 90
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން

ޑިމޮކްރެސީގެ ކިތަންމެ ހަރުދަނާ އުސޫލުތަކެއް ހިމަނައިގެން ދުސްތޫރެއް އެކުލަވައިލިޔަސް، އެއަށް އަމަލު ކުރަން ތިބި މީހުންގެ ހިތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން ބޮޑުވެއްޖެ ނަމަ، ޑިމޮކްރެސީއެކޭ ޑިކްޓޭޓާޝިޕެކޭ މާ ބޮޑު ތަފާތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ މާނައަކީ އެމީހަކަށް ކެވުނު ގޮތަކުން...

01 ނޮވެމްބަރ

November 01, 2018 33
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!

މިއީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނަނީ ހަމަ ހަގީގަތުގައި ވެސް ސުވަރުގޭގެ އެތައް ސިފައެއް މި ރާއްޖޭގައި ހުރީމަ އެވެ. ސުވަރުގެ އިން ލިބޭނެ އެންމެ ބޮޑު އުފަލަކީ، އެ މީހަކު ހިތަށް އަރުވާ ކޮންމެ ކަމެއް އެ ވަގުތުން ވަގުތަށް ފުރިހަމަ ވަމުން ދިއުމެވެ.

12 އޮކްޓޯބަރ

October 12, 2018 45
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"

ހދ. ނެއްލައިދޫގައި ސަރުކާރުން ތަރައްގީ ކުރި 400 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރުގެ ދެކުނު ސަރަހައްދުން މިހާރު ފެންނަނީ މުޅިން އާދަޔާ ހިލާފު މަންޒަރެކެވެ. ބަނދަރުގެ 100 ފޫޓެއްހާ ހިސާބަށް އޮތީ ދޮންވެލިގަނޑެއް ފެތުރިފަ އެވެ. ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މިހާރު ބޮޑު "ފިނޮޅެކެވެ". މޫދަށް އެރި، މަޖާކޮށްލަން ވަރަށް ހިތްގައިމު...

15 ސެޕްޓެމްބަރ

September 15, 2018 121
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟

އިދިކޮޅު ޕާޓީތަކުގެ އިތުބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަކަށް ނެތެވެ؛ ނުފޫޒެއްގެ ދަށުވެފައިވާ ކަމުގެ ތުހުމަތާ އެކު ކޮންމެ ނިންމުމަކާ ގުޅޭ ގޮތުން ވެސް އެތައް ކަންބޮޑުވުމަކާއި ޝަކުވާތަކެވެ. ރައްދުގައި އެ ކޮމިޝަނުން ދޭ ޔަގީން ކަމަކީ، ވޭތުވެދިޔަ އިންތިޚާބުތަކާ ތަފާތުކޮށް، މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ....

11 ސެޕްޓެމްބަރ

September 11, 2018 113
ޓެކްސީ އަގަށް ތައުރީފު އެކަމަކު ޑްރައިވަރުން ޝަކުވާގައި

ސިނާމާލެ ބްރިޖް އާއްމު ދަތުރުފަތުރަށް ހުޅުވާލުމާ އެކު ބައެއް ޓެކްސީތަކުން މާލެ- ހުޅުމާލެ ދަތުރަކަށް 100ރ. އާއި 200ރ. އާ ދެމެދުގެ އަގެއް ނަގަން ފެށި އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ޝަކުވާކުރަމުންނެވެ. ބްރިޖް އާއްމުކޮށް ހުޅުވާލިއިރު ޓެކްސީތަކަށް ހާއްސަ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައެއްނާޅަ އެވެ. އެހެންވެ ޑްރައިވަރުން...

10 ސެޕްޓެމްބަރ

September 10, 2018 137
ދިއްކޮށްލި ސިއްރު ނޯޓުގައި ވެސް ވަޒީފާގެ ބިރު!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް އެމީހުންގެ ޝަކުވާ، ދިމާވަ މައްސަލަތައް ކިޔައިދެ އެވެ. އެއްބަޔަކު އެ ވާހަކަތައް ބުނަނީ އެހެން މީހަކަށް އަޑުނީވޭހާ މަޑުންނެވެ. އަނެއް ބަޔަކު ހަވާލުކުރަނީ...

30 އޯގަސްޓް

August 30, 2018 85
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް

މާލެ އާއި ހުޅުލެ، ބްރިޖަކުން ގުޅުވާލައި ދެ ރަށް އެއްކޮށްލުމަކީ ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި 2014 ގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ފަރާތުން ޗައިނާ އަށް ހުށަހެޅުއްވި ހުށަހެޅުމެވެ. އެއީ، ދިވެހިންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއެއް ކަން ތަކުރާރުކޮށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ...

29 އޯގަސްޓް

August 29, 2018 62
އާ ރަންވޭ: މުހިންމު މަޝްރޫއެއްގެ ނިމުން

ހުޅުލޭގެ ދެކުނު ކޮޅުން އާ ރަންވޭ ފެށޭ ހިސާބުގައި މަޑުކޮށްލުމާ އެކު، އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް މެދުކެނޑުމެއް ނެތި ހިނގަމުން ދާ ތަން ފެނެ އެވެ.

12 އޯގަސްޓް

August 12, 2018 119
ރައީސް ޔާމީނާއި އިބޫ: އެންމެ ބުރެއް، ތަފާތު ރޭހެއް!

ދިވެހިން، މިހާތަނަށް ތަޖުރިބާކުރި އެއް ހަގީގަތަކީ މިއެވެ؛ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވުނު ބޭފުޅަކު ނެތެވެ. ފުރަތަމަ ބުރުގައި އޮންނަނީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަނޑައެޅުމެވެ. ރައީސަކު ހޮވަނީ، އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ.

02 އޯގަސްޓް

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް...

31 ޖުލައި

July 31, 2018 26
ރީ ރަޖިސްޓްރޭޝަން ފޯމުތަކުން މަކަރާއި އޮޅުވާލުން؟!

އިދިކޮޅު ޕާޓީތަކުގެ ވިސްނުމަކީ މިއެވެ؛ މިނިވަން ކަމެއް ނެތް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހަދާނެ އެވެ. ޕްލޭން އޭ އަކީ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކެވެ. ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރުކޮށްގެން" ފުރުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހައެއް ނާޅާނެ އެވެ. ބޭނުމަކީ،...

29 ޖުލައި

July 29, 2018 44
ވައުދުތަކުގެ ދުވަސްވަރު، ވިސްނާލުން ރަނގަޅު!

އަނެއްކާވެސް މިއޮތީ "ކަޑަ ޖަހާ" ދުވަސްވަރު އައިސްފަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ކުޑަތަން ވެފައިވާއިރު ވައުދުވުމުގެ މޫސުން މިވަނީ ފެށިފަ އެވެ. އެއީ ރައްޔިތުންގެ ވޯޓުން ވެރިޔަކު އިންތިހާބު ކުރާ ހުރިހާ ގައުމެއްގައި ވެސް އޮންނަ އުސޫލެވެ. ނަމަވެސް އެކަންކަން މިނެކިރުމުގައި ދުނިޔެއަށް ހޭލުންތެރި އަދި ތައުލީމީ މީހުން...

19 ޖުލައި

July 19, 2018 62
ބާއްވަން މި އުޅެނީ ކޮން ކަހަލަ އިންތިޚާބެއް؟

ރައްޔިތުންގެ މައްޗަށް ބަސް ކިޔައި އަމުރު ހިންގާނޭ ބަޔަކު، އެ ރައްޔިތުންގެ ތެރެއިން، އެ ރައްޔިތުން އަމިއްލަ އަށް އިޚްތިޔާރު ކުރުމަކީ ޑިމޮކްރެސީގެ އެންމެ އަސާސީ ސިފަ އެވެ. އަސާސީ ހައްގުތަކުގެ ތެރެއިން ވެސް އެންމެ މުތުލަގު މިނިވަންކަމާ އެކު ކަށަވަރު ކޮށްދޭން ޖެހޭ ހައްގެވެ. ވިރާސީ ރަސްކަންތަކާއި ޚުދުމުޚުތާރު އަނިޔާވެރިކަމާއި...

16 ޖުލައި

July 16, 2018 60
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!

އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަކީ އެވެ؛ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރުގެ އިސް ވެރިންގެ ކަރަށް ބޮޑު "މަޅިއެއް ފައްތައިފި" އެވެ. މިއީ ފަސޭހަ އިން މޮހާނުލެވޭ ވަރުގެ މަޅިއެކެވެ. އިސްލާހު ކުރަން ބުނި ކަންކަން ސަރުކާރުން ނުކުރި އެވެ. ސަރުކާރުގެ ވެރިންނަށް "ހަމަ ނޭވާއެއް" ނުލެވި އުޅެނިކޮށް، މިހާރު ކުރިމަތިވެގެން...

10 ޖުލައި

July 10, 2018 17
ޖަލުތަކުގެ މަރު: އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް!

ޖަލުގައި، އެކަށީގެންވާ "ފަރުވާ ނުދީ މަރާލީ" އެވެ؛ މިއީ، އާދައިގެ ތުހުމަތެއް ނޫނެވެ. ހުކުމް ތަންފީޒުކުރާ ގައިދީންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ކުރާ މި ތުހުމަތު، އިންތިހާ އަށް ސީރިއަސް އެވެ. އެންމެ މަރެއްގައެއް ނޫނެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި އެތައް މަރެއްގައި، ޖަލު ބަލަހައްޓާ އިދާރާތަކުގެ...

05 ޖުލައި

July 05, 2018 41
މެޖޯރިޓީ ގެއްލުމުން މަޖިލީހުން ގޯހަކަށް ފަހު ގޯހެއް

ދައުލަތުގެ ތިން ބާރުގެ އިމަކީ ކޮބައިކަން ބަޔާންކުރަމުން، ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. އެ އިމުގެ ތެރޭގައި ދައުލަތުގެ ބާރުތައް ހިފަހައްޓާފައި އޮތުމުގެ ބޭނުމަކީ، ގާނޫނުއަސާސީގެ 70، 106، 142 ވަނަ މާއްދާގައި...

03 ޖުލައި

July 03, 2018 122
ރަނިން މޭޓު ނުދެއްކި ލަސްވަނީ!

ސިޔާސީ ގޮތުން ކިތަންމެހާ ވެސް އުނދަގޫ، ބޮޑެތި ބަދަލުތަކެކެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލެއްވުމެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ހަމަޖެއްސުމެވެ. އެއާއެކު، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު...