09 ޖޫން

June 09, 2018 39
ދުނިޔޭގެ ކުރިމަތީގައި ބޮޑު ބައްޔެއް، އަދި ފިލާވަޅެއް!

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދައި އެތަނަށް ވަނުމަކީ ދުނިޔޭގެ ނިސްބަތުން އާދައިގެ ކަމެއް ނޫނެވެ. އދ. ގެ ދާއިމީ ފަސް މެމްބަރުން ކަމަށް ވާ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސި ވިލާތް، އަދި ފަރަންސޭސި ވިލާތާ އެކު، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ގޮތްތައް ނިންމަނީ އެ މަޖިލިހުންނެވެ. އެކަމަކު އެ މަޖިލިހުން ގޮނޑިއެއް ހޯދަން...

08 ޖޫން

June 08, 2018 15
ގޮނޑި ކާމިޔާބު ކުރާނީ ރާއްޖެތަ؟ އިންޑޮނީޝިޔާތަ؟

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުކަމުގެ މަގާމަށް ފަސް ގައުމެއް އިންތިޚާބު ކުރުން މިއަދު (ރާއްޖެ އަށް މި ރޭ) އޮންނަ އިރު، އޭގެ ތެރެއިން ވާދަވެރިކަމެއް އޮތީ ހަމަ އެންމެ ގޮނޑިއަކާ މެދުގަ އެވެ. އެއީ އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑި އެވެ.

24 މެއި

May 24, 2018 22
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟

ޒަމާނީ ޑިމޮކްރެސީގެ ސިފަތަކާ އެއްގޮތަށް ދުސްތޫރީ އޮނިގަނޑު ބިނާކޮށް ގާނޫނީ ނިޒާމު އެކަށައަޅާފައިވާ، އޭޝިޔާގެ މަދު ގައުމުތަކުގެ ވެސް އެންމެ ކުރީގައި ރާއްޖޭގެ ނަން ގުނިގެންދާނެ އެވެ. އިންތިޚާބީ މަގާމުތަކަށް މީހުން ހޮވުން އޮތީ ގިނަ ޕާޓީތައް ވާދަކުރާ ނިޒާމެއްގެ ތެރެއިންނެވެ. ދައުލަތުގެ ތިން ބާރުމެ ވަނީ މިނިވަންވެ ވަކިވެފަ އެވެ.

22 މެއި

May 22, 2018 13
ނުފޫޒެއް ނެތް، އެކަމަކު ސަރުކާރު ބޭނުން ގޮތަކަށް!

ގާނޫނުއަސާސީގައި އޮތީ މިގޮތަށެވެ؛ "އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ." އެ ކޮމިޝަން ހިންގަނީ މި އުސޫލުން ހެއްޔެވެ؟ ނުފޫޒެއްގެ ދަށު ނުވެ މިނިވަންކަމާއި ހަމަހަމަކަމާ އެކު ޒިންމާއަދާކުރޭ ހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް އެބަ އޮތް ހެއްޔެވެ؟ މިނިވަން، އިންސާފުވެރި...

15 މެއި

May 15, 2018 40
ވެރިކަމުގެ ނިޒާމެއް ނޫން، މައްސަލައަކީ މިއީ!

ތިން ބާރުގެ ތަޅާފޮޅުމެވެ. އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަނެ، މިނިވަން ކަމަށް އަރައިގަތީ އެވެ. ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މިނިވަން މުއައްސަސާތައް މިވަނީ ޒިންމާ އަދާކުރަން ނުކުޅެދިފަ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މި ހަނގުރާމައިގައި ރައްޔިތުން...

13 މެއި

May 13, 2018 38
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މަތީ ބާރަކީ ނުވަތަ އެންމެ ބާރު ގަދައީ ކޮން ބާރެއް ހެއްޔޭ ބައެއް މީހުން ސުވާލު ކުރެ އެވެ. ހަގީގަތުގައި ގާނޫނުއަސާސީން ދައުލަތުގެ ތިން ބާރު އުފަން ކޮށްދީފައިވަނީ އެއްވެސް ބާރަކުން އަނެއް ބާރުގެ މައްޗަށް ބަސް ނުކިޔޭ ގޮތަށެވެ. މާނައަކީ ތިން ބާރަކީ ވެސް، އޭގެ ޒާތުގައި މިނިވަން އަދި އެ ބާރެއްގެ...

17 އެޕްރީލް

April 17, 2018 101
މަރުހަބާ ނަޝީދު، އެކަމަކު ފުރުސަތެއް ނެތް؟!

ހަލަބޮލިވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަނެއްކާވެސް މި ބިންދާލީ ކުޑަ ރާޅެއް ނޫނެވެ؛ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމުމަކީ އާދައިގެ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ ފަސް މަހެވެ. އެހެންވެ، ޔޫއެންގެ...

08 އެޕްރީލް

April 08, 2018 93
25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!

"މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ޚާއްސަ ހުއްދައާ އެކު، ދައުވަތު ދިން ގަޑިއަށް އަޅުގަނޑުމެން ގޮސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގުގަ އެވެ. ކުރިމަތިން ވިދާ ބަބުޅަމުން ދިޔައީ، މިހާތަނަށް ރާއްޖޭގެ އެންމެ އުސް އިމާރާތެވެ. މީގެ 23 އަހަރު ކުރިން ހެދި އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ.

01 އެޕްރީލް

April 01, 2018 15
މުޒާހަރާތަކަށް ފަހު އޮތީ ކޮން މިސްރާބެއް؟

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ އެކު، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމެވެ. ވެރިކަން ބަދަލުކޮށްފައި ނޫނީ "ލޮލު ފިޔައެއް" ނުޖަހާނެ ކަމާއި މުޒާހަރާތައް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ބުނާ ބުނުން ތަކުރާރުކުރި އެވެ. ކޮންމެ މީހެއްގެ ދުލުގެ...

25 މާޗް

March 25, 2018 47
އެންމެ ބޮޑު ކުށް، ސިޔާސީ ވުން!

އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެއް ރޫޅާލުން ފުލުހުންނަށް މާ ބޮޑު ކަމަކަށެއް ނުވެ އެވެ. ނަމަވެސް ދެތިން މީހުންގެ ގުރޫޕަކުން ނުކުމެ މާރާމާރީ ހިންގުން ހުއްޓުވައެއް ނުލެވެ އެވެ. ސިޔާސީ މީހެއް ނަމަ ހެކި ހޯދަން ވެސް ވަރަށް ފަސޭހަ އެވެ. ބަންދު ކުރެވޭލެއް އެއަށް ވުރެ އަވަހެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅޭ އެތައް...

22 މާޗް

March 22, 2018 62
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!

އެ ގައުމެއްގެ އިދިކޮޅު ހުރިހާ ލީޑަރުން، ސިޔާސީ މަސްރަހުން ގެއްލުވައިލުމަކީ، ވަރަށް މަދު، ކެރޭ ވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ހަމަ ގައިމު ވެސް ރާއްޖޭގެ އިދިކޮޅު ހުރިހާ ލީޑަރުންހެން މިހާރު ވަނީ ސިޔާސީ މަސްރަހުން ގެއްލިފަ އެވެ. އެއް ބަޔަކު ހިފައި ހައްޔަރު ކޮށްފަ އެވެ. އަނެއް ބަޔަކު ޝަރުއީ ހުކުމެއްގައި ބެދިފަ އެވެ.

20 މާޗް

March 20, 2018 73
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!

ސުޕްރީމް ކޯޓުން، މި ސަރުކާރު "ސިއްސުވާލީ" މާ ބޮޑަށެވެ. ޖަލު ގޮޅިއަށް ލައިގެން އުޅުނު ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ނެރުނު ކުއްލި އަމުރުންނެވެ. ސަތޭކަ ޕަސެންޓް އިތުބާރު އޮތް މުއައްސަސާ އިން ދިން "ލަނޑުން" ސަލާމަތްވާން އޭރު ސަރުކާރަށް އޮތް ހަމައެކަނި "ހަތިޔާރަކީ" ކުއްލި ނުރައްކަލުގެ ހާލަތެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން...

13 މާޗް

March 13, 2018 30
ސިޔާސީ މަޝްވަރާ ބޮޑު އަރަތަކަށް!

ވަރަށް ބޮޑު ތެދެކެވެ؛ މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް 12 ފަހަރަށް ދައުވަތު ދީފި އެވެ. އެކަމަކު، މިއިން ކޮންމެ ގޮވާލުމެއްގައި ވެސް ސަރުކާރުން ދައްކަނީ އެއް ބަހަނާއެކެވެ. އެއީ، މަޝްވަރާތަކުގައި ކުށްވެރިން ބައިވެރި ނުކުރުމެވެ.

05 މާޗް

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު އޮންނަ ސަރުކާރެއް ބުނާހާ ގޮތެއް ހަދާ ކަމުގެ ޝަކުވާ އެވެ. ތަހުގީގުތަކުން ފެށިގެންގޮސް މީހުން ހައްޔަރުކުރުމާ ހަމައަށް ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ...

27 ފެބުރުއަރީ

February 27, 2018 65
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވި ގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ އިސް ވެރިން ނުވަތަ ރާއްޖެއާ މެދު ފިޔަވަޅެއް ނޭޅި އެވެ. އެހެންކަމުން، ސަރުކާރަށް އެއްވެސް ހާސްކަމެއް، ޕްރެޝަރެއް ވެސް ނެތެވެ. ކުރިއަށް އޮތް ތަނުގައި ވެސް އީޔޫ އަށް އެއް ކަމެއް ވެސް ނުކުރެވޭނެ އެވެ. ބޭކާރު ކަންބޮޑުވުންތަކާއި އިންޒާރުތައް ދިނުން...

22 ފެބުރުއަރީ

February 22, 2018 49
ރިޔާސީ ބަޔާނުގައި އެތައް ހުސްކަމެއް

ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިއާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެކެވެ.

20 ފެބުރުއަރީ

February 20, 2018 39
އަދަދު ހަމައެއް ނުވި، މިއީ "ބާތިލް" ހާލަތެއް؟!

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން އެއް ކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ؛ އެއީ، އެ ގަރާރު ފާސްކުރަން، މަޖިލީހުގައި 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ ކަމެވެ. ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ވެސް އެކަން ވަރަށް ސާފެވެ. އެ...

13 ފެބުރުއަރީ

February 13, 2018 75
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި...

02 ފެބުރުއަރީ

February 02, 2018 11
އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް ނެތް!

ސުޕްރީމް ކޯޓުގެ ވަރުގަދަ ހުކުމް ނެރުނުތާ މިހާރު 17 ގަޑިއިރު ވީ އެވެ. އެކަމަކު ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ކަންތައްތަކެއް ތަންފީޒު ކުރަން އައި އަމުރު އަދި އޮތީ އޮތްތާނގަ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް އެ މުއައްސަސާތަކަކުން ނުފެނެ އެވެ. އެކަމަކު އަމުރު ތަންފީޒު ނުކުރާނަމެކޭ ވެސް، އެ...

30 ޖެނުއަރީ

January 30, 2018 34
ފާރިސް، ރައީސް ޔާމީނަށް އޮތް ބިރެއްތަ؟

ހެއްކެއް ނުފެނުނެވެ؛ އެކަމަކު ވެސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެ އޮންނެވީ ދެ ވަނަ ފަހަރަށް ޖަލު ގޮޅީގަ އެވެ. މިފަހަރު، އޭނާ ހައްޔަރުކުރަން ފުލުހުންނަށް އަމުރު ކުރެއްވީ، ކޯޓު އަމުރެއް ތަންފީޒުކުރުމުގެ ގޮތުން، ސީދާ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އޮފީހުން އެކަމަށް އެއްބަސްވެ އެވެ.