30 ޖެނުއަރީ

January 30, 2018 34
ފާރިސް، ރައީސް ޔާމީނަށް އޮތް ބިރެއްތަ؟

ހެއްކެއް ނުފެނުނެވެ؛ އެކަމަކު ވެސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެ އޮންނެވީ ދެ ވަނަ ފަހަރަށް ޖަލު ގޮޅީގަ އެވެ. މިފަހަރު، އޭނާ ހައްޔަރުކުރަން ފުލުހުންނަށް އަމުރު ކުރެއްވީ، ކޯޓު އަމުރެއް ތަންފީޒުކުރުމުގެ ގޮތުން، ސީދާ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އޮފީހުން އެކަމަށް އެއްބަސްވެ އެވެ.

16 ޖެނުއަރީ

January 16, 2018 30
ޑރ. ޝިފާން: ފުން ލޯތްބަކާއެކު ދިވެހިންނަށް ހާއްސަ

މީގެ 10 އަހަރު ކުރި އެވެ. ޑރ. މުހައްމަދު ޝިފާނަށް ފެނިވަޑައިގަތީ ހިތް ދަތި މަންޒަރެކެވެ؛ އުމުރުން ދުވަސްވީ އަންހެނަކު، ކޮތަޅަކަށް ބޭސްފުޅިއެއް ލައިގެން އައިޖީއެމްއެޗުގެ އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ވަންނަނީ އެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމާއި ގޮތް ހުސްވެފައިވާ ތަނެވެ. އެތައް އިރެއްވީއިރު ވެސް އެ އަންހެން މީހާ ބޭނުންވެގެން...

09 ޖެނުއަރީ

January 09, 2018 13
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!

ރަނގަޅަށް ހިންގަމުން އައި ހޮސްޕިޓަލެއްގެ ފެންވަރު ދަށްވެ، ޚިދުމަތް މެދުކެނޑޭ ހިސާބަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. މިއީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެތައް ބަޔަކާ ގުޅިފައި އޮތް މައްސަލައެކެވެ. ހދ. ކުޅުދުއްފުށީ ޜީޖނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ކުރިމަތިވެގެން މި އުޅެނީ މި މައްސަލަ އެވެ. ޓާޝާރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ...

02 ޖެނުއަރީ

January 02, 2018 42
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟

ބޯހިޔާވަހިކަމަށް ބޭނުންވެފައި ހުންނަތާ އެތައް އަހަރެއް ފަހުން، ލިބުނު ފްލެޓު ވެސް އަތުން ބީވެ، ސަރުކާރުން އެ އޮތީީ ބީލަމަށް ލާން ނިންމައިފަ އެވެ. ހުރިހާ ހިތްދަތިކަމެއް އޮތީ، އަހްމަދު ރަޝީދު (އަސްލު ނަމެއް ނޫން)ގެ އާއިލާ އަށެވެ. އޭނާ އަށް އަދިވެސް އޮތް ގޮތަކީ، ލިބޭ އާމްދަނީ ކުއްޔަށް ހޭދަކޮށް ދިރިއުޅުމުގެ ނަމުގައި "ގަނަތެޅުމެ"ވެ....

06 ޑިސެމްބަރ

December 06, 2017 16
ހުރިހާ ކަމެއްގައި ސްޓޭމްޕް ޖެހުން، ޒިންމާއެއް ނެތް؟!

މިހާރުގެ ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އެހެންވެ ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ރިޔާސީ ނިޒާމަށެވެ. ދައުލަތުގެ ތިން ބާރު ވަކިވެ، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ފަދަ ގޮތަކަށް ގާނޫނު...

22 ނޮވެމްބަރ

November 22, 2017 16
އިދިކޮޅު ވޯޓާ ނުލައި ބަޖެޓު ފާހެއް ނުވާނެތަ؟

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް މިއަދު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވާނެ ކަމާ މެދު ބައެއް ބޭފުޅުން ޝައްކު...

November 22, 2017 15
ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟

ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ގިނަ ބަލިތަކުގެ މައިގަނޑު އެއް ސަބަބަކަށް ދުންފަތް ވެ އެވެ. ސިނގިރޭޓު ބުއިމާއި އޭގެ...

21 ނޮވެމްބަރ

November 21, 2017 98
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ބޮޑު މަންޒަރު!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުން ހުޅުމާލޭގައި އެޅުނީ 700 ފްލެޓެވެ. މި ފްލެޓްތަކުގައި އަދިވެސް މީހުންނަށް ދިރިއުޅެން ފެށޭވަރެއް ނުވެ އެވެ. ފަނަރަހާހަށް ވުރެ ގިނަ މީހުން ކުރިމަތިލީ ފްލެޓްތައް ބެހި ގޮތުން، އުފެދުނު ހައިޖާނުގަނޑު ވެސް އަދި ނުނިމެ އެވެ. މި ހަގީގަތް އޮތީ މިގޮތަށެވެ؛

17 ނޮވެމްބަރ

November 17, 2017 16
ސަރުކާރަށް ހަތަރެއް: "ކޮރަޕްޝަނާއި އަނިޔާވެރިކަން"

ބޮޑު ކޯލިޝަންއެއްގެ ތެރެއިން އުފަންވެގެން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިއަދު ހަތަރު އަހަރު ވީއިރު ސަރުކާރު ގެންނަން މަސައްކަތް ކުރި ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރާ...

November 17, 2017 47
ސަރުކާރަށް ހަތަރެއް: "ބަހާރު މޫސުމެއް"

މީގެ ކުރީ ސަރުކާރުތަކުން ނުހިންގާ ގިނަ މަޝްރޫއުތަކެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުރިހަމަކޮށްދީފި އެވެ. ބޮޑެތި އެތައް މަޝްރޫއުއެއް ނިންމުމުގެ މަސައްކަތް ހުއްޓުމެއް ނެތި...

16 ނޮވެމްބަރ

November 16, 2017 93
ގައުމު މި ހާލަތަށް ވެއްޓުނު ގޮތުގެ ހަގީގަތް

"ސަރުކާރުގައި ރަނގަޅު އެއް ކަމެއް ވެސް ނެތެވެ. ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އެއް ކަމެއް ވެސް ކުރަނީކީ ނޫނެވެ. ގައުމުގައި ހަމަޖެހުމެއް އަމާންކަމެއް ނެތެވެ. ސަރުކާރަށް ރައްޔިތުންގެ އުދާސްތަކެއް ނޭނގެ އެވެ. ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކޮށްދޭ ކަމެއް ނެތެވެ. ރައްޔިތުންގެ އަޑު ސަރުކާރަކުން ނާހަ އެވެ."

06 ނޮވެމްބަރ

November 06, 2017 66
އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ

ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ބޮޑެތި ގައުމުތަކަށް ރާއްޖެ މުހިންމު ވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އޮތް ސަރަހައްދެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކަށް ކަނޑު ދަތުރުކުރަން ބޭނުންކުރާ މުހިންމު ޕޮއިންޓެކެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ މަސްލަހަތު ރާއްޖެއާ އޮތީ...

03 ނޮވެމްބަރ

November 03, 2017 18
ނޮވެމްބަރު 3ގެ އެންމެ ކުޑަ ރަހީނުގެ ދުލުން އެ ދުވަސް

ހަތިޔާރު އަޅައިގެން ތިބި ބަޔަކު ކުއްލިއަކަށް ތިމާގެ ކުރިމައްޗަށް ޖެހިގަނެ ތިމާ ރަހީނު ކުރުމަކީ ކިހާވަރެއްގެ ބިރުވެރި ކަމެއްކަން، އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ އިހްސާސް ވެސް...

November 03, 2017 8
ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ކުރަނީ ކޮން ކަމެއް؟

މި ޖީލުގެ މީހުން މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަށް މިއަދު 29 އަހަރު ފުރުނީ އެވެ. މިހާރުގެ ކުޑަކުދިންނާއި 20 އަހަރުން ދަށުގެ ޒުވާނުންނަށް އެ ދުވަހުގެ...

31 އޮކްޓޯބަރ

October 31, 2017 115
މި މުވައްޒަފުންނަށް "ރޯޅި ބޭލުން"، އިންސާފެއް ނޫން!

ސިވިލް ސާވަންޓުން އަބަދުވެސް ކުރާ ޝަކުވާއަކީީ މިއެވެ؛ މުސާރަ ބޮޑެއް ނުކުރެ އެވެ. މުޅިން ވެސް ބަލަނީ ލިބޭ އެތިކޮޅު އުނިކުރެވޭތޯ އެވެ. ސިވިލް ސާވިސް ހަރުދަނާ ކުރަން، ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާ އެކު އަނެއްކާވެސް މި ޝަކުވާގެ އަޑު ގަދަވެއްޖެ އެވެ. ސިވިލް ސާވިސް ގަވާއިދުގެ ތަންތަންކޮޅު އިސްލާހުކޮށް، ގެންނަމުންދާ ބަދަލުތަކާ...

26 އޮކްޓޯބަރ

October 26, 2017 62
އިންތިގާލީ ސަރުކާރެއް: އަނެއްކާ އަނެއް ހުވަފެން

އިންތިގާލީ ސަރުކާރެއް ގާއިމު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ނާދިރު ހާލަތްތަކުގައި ކޮށްއުޅޭ ކަމެކެވެ. ގައުމުގައި ބޮޑު ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއް ހިނގުމަށް ފަހު، ނުވަތަ ވެރިކަން ކުރުމުގެ ނިޒާމަށް އަންނަ ބޮޑު ބަދަލަކާ ގުޅިގެން، ވެރިކަމުގެ ނިޒާމު ހަމައަކަށް އެޅުވުމަށްޓަކައި އިންތިގާލީ ސަރުކާރު...

23 އޮކްޓޯބަރ

October 23, 2017 103
ރައީސް ޔާމީން ބަލިކުރާނެ ގޮތް، އިންތިގާލީ ކެންޑިޑޭޓް!

ރިޔާސީ އިންތިހާބަށް މާ މޮޅެތި ހިސާބުތަކެއް ނުހެދިއަސް އެއް ކަމެއް ޔަގީނެވެ؛ ޕާޓީތަކުން ވަކިވަކިން ވާދަކޮށްގެން، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރުގެ ކެންޑިޑޭޓަކު އަދި ނެތެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އިން ވެސް ފެންނަން އޮތީ އެ ހަގީގަތެވެ. އެހެންވެ، އަންނަ އަހަރު ބާއްވާ އިންތިހާބަށް އޮތް އެންމެ...

17 އޮކްޓޯބަރ

October 17, 2017 74
އަނިޔާ ލިބޭ މީހުން ކަރުނާގައި، އެޗްއާރުސީއެމް ފިލާ!

ޖަލު ބަންދުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވީ، އާއިލާ އިން ދެކޭ ގޮތުގައި، ދައުލަތުގެ އިހުމާލުންނެވެ. އޭނާއާ އެކު ގޮޅީގައި ތިބި ގައިދީން ވެސް އާއްމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދިމުގެ ސަބަބުން އޭނާ މަރުވީ ގޮޅީގައި އެތައް ވޭނެއް ތަހައްމަލްކޮށްފަ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި...

12 އޮކްޓޯބަރ

October 12, 2017 14
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގެ ވެސް މާ ކުރިން، ސަރުކާރު ޒިންމާދާރު ކުރުވުމާއި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމުގެ ނިޒާމުތައް މި ރާއްޖޭގައި ގާއިމުކުރި އެވެ. އެންޓި ކޮރަޕްޝަން ބޯޑާއި، ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމަށްޓަކައި އުފެއްދި މިނިވަން ދެ މުއައްސަސާ އެވެ.

10 އޮކްޓޯބަރ

October 10, 2017 58
މި މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ؟!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު މި ސަރުކާރުން އަމަލުކުރަނީ، ބައެއް މެމްބަރުންގެ ބަހުން ނަމަ، "ހިތުހުރި" ގޮތަކަށެވެ. މި ތުހުމަތު ކުރާނެ ޖާގަ އިދިކޮޅު ފަރާތްތަކަށް ލިބެނީ މެމްބަރުންތަކެއްގެ ގޮނޑި "ގެއްލިއްޖެ" ކަމަށް ކަނޑައެޅި ގޮތުންނެވެ. މަޖިލީހުގެ ރިޔާސަތު އަބްދުﷲ މަސީހަށް ދިފާއުކޮށްދޭން ސަރުކާރުން ކުރާ މަސައްކަތާ...

17 ސެޕްޓެމްބަރ

September 17, 2017 53
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދޮގެއް ނޫނެވެ. މިދިޔަ ހުކުރު ދުވަހު އދ. ގެ ޖެނެރަލް އެސެމްބްލީގައި ވޯޓު ނެގި މައްސަލާގައި މިއަންމާގެ ރޮހިންޖާގެ މުސްލިމުންގެ ވާހަކައެއް އަދި އެ ނަމެއް ވެސް ނެތެވެ. ވޯޓު ނެގީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުން އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގެ...

14 ސެޕްޓެމްބަރ

September 14, 2017 71
ފްލެޓް ލިސްޓުން އެތައް ބަޔަކު ރުޅިގަދަވެފައި!

ލިބުނު ޕޮއިންޓުގެ އަދަދުން، އެތައް ބަޔަކު ތިބީ ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓް ކަށަވަރުކޮށްގެންނެވެ. އާއްމުކޮށްފައިވާ އުސޫލަށް ބަލާއިރު ވެސް 90 ޕޮއިންޓަށް ވުރެން މަތިން މާކްސް ލިބުނު މީހުންނަށް ފުރުސަތު ބޮޑެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރު މިދިޔަ ހޯމަ ދުވަހު ނިމުނުއިރު، ލިސްޓު ނެރެފައި އޮތީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އެ...

07 ސެޕްޓެމްބަރ

September 07, 2017 59
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިއުމުން ރާއްޖެއިން އެޅި ފިޔަވަޅަކީ އެ ގައުމާ އެކު ކުރާ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއީ އިޒުރޭލާ މެދު ކުރީގެ ސަރުކާރުން އެޅި ފަދަ ފިޔަވަޅެކެވެ. ނަމަވެސް މިއަންމާ އާއި އިޒުރޭލާ އެކު ރާއްޖެއިން ވިޔަފާރީގެ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.