07 ސެޕްޓެމްބަރ

September 07, 2017 59
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިއުމުން ރާއްޖެއިން އެޅި ފިޔަވަޅަކީ އެ ގައުމާ އެކު ކުރާ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއީ އިޒުރޭލާ މެދު ކުރީގެ ސަރުކާރުން އެޅި ފަދަ ފިޔަވަޅެކެވެ. ނަމަވެސް މިއަންމާ އާއި އިޒުރޭލާ އެކު ރާއްޖެއިން ވިޔަފާރީގެ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.

27 އޯގަސްޓް

August 27, 2017 84
ގާސިމް މަރަށް ތެޅެނީ، މުއައްސަސާތައް ބަލަހައްޓައިގެން!

އޮޅުވާލުމެއް ނޫނެވެ؛ ހަމަ ހަގީގަތުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ވަރަށް ސީރިއަސް އެވެ. އެކަށީގެންވާ އަވަސް ފަރުވާއެއް ނުލިބިއްޖެ ނަމަ، ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު އެބައޮތެވެ. މިއީ އެތަކެއް ޑޮކްޓަރުން ދެއްވާފައިވާ ލަފައެކެވެ. ޑޮކްޓަރުންގެ ލިޔެކިޔުންތަކުން އެ އޮތީ ފެންނާށެވެ. އެކަމަކު...

23 އޯގަސްޓް

August 23, 2017 5
އަޅާނުލުމުން ފިޔަވަޅު އެޅުން: މުހިންމު ކަމެއް

އިހުމާލުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމަކީ ގާނޫނީ ގޮތުން އެ މީހުންގެ މައިންބަފައިންނަށް ނުވަތަ ދަރިންނަށް ނުވަތަ ބަދަލުވެރިންނަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އެހެން ގައުމުތަކުގައި އެފަދަ ކަންކަމާ ޚިލާފްވާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް އޮތަސް ރާއްޖޭގައި...

22 އޯގަސްޓް

August 22, 2017 73
ތަރައްގީއާ އެކު މި ހަގީގަތް ގަބޫލު ކުރާކަށް ނުވޭތަ؟

ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ރައީސް އަބްދުﷲ ޔާމީން މިވަނީ ފައްޓަވައި ދެއްވައިފަ އެވެ. ބްރިޖާއި އެއާޕޯޓާއި އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސެވެ. ރަށްރަށުގައި ފެނާއި ނަރުދަމަ އާއި މަގު ހެދުމެވެ. މިހެން ގޮސް ތަރައްގީގެ އެތައް މަޝްރޫއެކެވެ. އިންތިހާބުތަކުގެ ކެމްޕޭނަށް...

15 އޯގަސްޓް

August 15, 2017 56
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. އެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ޕޯސްޓަރުތައް ހަރުކޮށް، ވެހިކަލް ބުރުތަކާއި އެއްވުންތަކާއި ޖަގަހަތައް ވެސް ހުޅުވަނީ އެވެ. އެކަން ކަމަށް މަގުތައް ވެސް ބަންދުކުރަނީ އެވެ. އެއްވެސް މައްސަލައެއް ނޫނެވެ. އިންތިހާބު ކާމިޔާބުވާނީ ކެމްޕޭން ވެސް...

08 އޯގަސްޓް

August 08, 2017 59
ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!

މީގެ ތިން އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ، އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތަކުން އިވުނު އެންމެ ފަހު ބަހަކީ "އޭނާ ވީ ތަނެއް އަދިވެސް ނޭނގެ" އެވެ.

06 އޯގަސްޓް

August 06, 2017 72
މުލައްދަނޑީގެ ބާރު ނޫން ބާރެއް ސަރުކާރުގެ ނެތް!

މިހާރު މި އަޑުއިވެނީ މުޅިން އާ ވާހަކަ އެކެވެ. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ވަށައިގެން ބިއްލޫރި ކޮއްޓެއް ޖަހައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން އުޅޭ ވާހަކަ އެވެ. އެއީ މިހާރު ރިޔާސަތު މޭޒާ ހަމައަށް ވަޑައިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅު މެމްބަރުން ހުއްޓުވުމަށެވެ. އެގޮތަށް...

01 އޯގަސްޓް

August 01, 2017 117
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!

ސިފައިންގެ ބޮޑު ފައުޖެއް އެ ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަށާލައިގެންނެވެ. ސަރުކާރުގެ އޯޑަރަށް، އެމަނިކުފާނުގެ ހިމާޔަތުގައި އަތް ގުޅާލައިގެންނެވެ. މެމްބަރުންނަށް، މަސީހު ފެނިވަޑައިނުގަތަސް އަދި ރިޔާސަތުގައި އިންނަވައި ވިދާޅުވާ އެއްޗެއް އަޑު އިވިވަޑައިނުގަތަސް ވަރިހަމަ އެވެ. ޝަރަފުވެރި ގޮނޑީގައި...

27 ޖުލައި

July 27, 2017 56
މިނިވަން ދުވަހުގެ ބޮޑު ސުވާލު، ގާނޫނުއަސާސީ ކޮބާ؟

ދިވެހި ދިދަ ހޫރުވައި، ގައުމީ ލަވަ ކިޔައި ރަސްމިއްޔާތުތައް ބާއްވައި ކުޅިވަރުތައް ކުޅުމަކީ ފުރިހަމަ މިނިވަންކަން އޮތުން ހެއްޔެވެ؟ ސަަރުކާރާއި ސަރުކާރަށް ސަޕޯޓްކުރާ މީހުންނަށް، އޭގެ ޖަވާބަކީ، އާއެކޭ އެވެ.

18 ޖުލައި

July 18, 2017 53
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!

ޕީޕީއެމް އުފެއްދިތާ އަހަރު ދުވަހުގެ ތެރޭގައި ވެރިކަމަށް އައުމަކީ އެ ޕާޓީން ހޯދި ފަޚުރުވެރި ކާމިޔާބީއެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެމްގެ ކަންކަން ތަރުތީބުވިލެއް ފުރިހަމަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުން ރައްޔިތުންގެ މަޖިލީހުގެ ސާފު...

13 ޖުލައި

July 13, 2017 24
ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ހުރޭތަ؟

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި، ދުސްތޫރީ މައްސަލަ އަކީ ކޮބައިކަން މާނަކޮށްދެމުން ބުނެފައިވެ އެވެ؛ "ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ، އެ ކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް...

06 ޖުލައި

July 06, 2017 34
45 ދަރަޖަ އަށް މަސްރަހު ހޫނުވުމަކީ، އިންޒާރެއް!

ޕާލަމެންޓުގެ މެމްބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕާޓީގެ 10 މެމްބަރަކު ޕާޓީގެ ސިޔާސަތާ ދެކޮޅަށް ފާޅުގައި ނުކުތުމަކީ ކޮންމެ ގައުމެއްގައި ވިޔަސް އާދައިގެ ކަމެއް ނޫނެވެ. އަދި އަމުދުން ޕާލަމެންޓްގެ ރައީސަކީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅަކަށް ވާއިރު، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓް މެމްބަރުންތަކެއް އޭނާއާ ދެކޮޅަށް ތެދުވުމަކީ ގައުމެއްގެ...

04 ޖުލައި

July 04, 2017 55
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟

ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މަޖިލިސް ބައެއް މެމްބަރުން ހީކުރި ގޮތާ މުޅިން ޚިލާފެވެ؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލާގައި، ޕީޕީއެމްގެ 10 މެމްބަރުންނާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގައިފި އެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، މަޖިލީހުގެ 45...

30 ޖޫން

June 30, 2017 53
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ބަދަލުވަމުންދާ ގޮތާ މެދު އެންމެ ފުންކޮށް ވިސްނަވާނެ އެއް ބޭފުޅަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ހިނގާ ބައިބައިވުންތަކާއި އެމަނިކުފާނުގެ އެމްޑީޕީ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ ދެމެދު މިހާރު އުފެދިފައިވާ ގުޅުމާ މެދު އެންމެ...

27 ޖޫން

June 27, 2017 78
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟

ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ...

21 ޖޫން

June 21, 2017 124
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!

ހައްޖުގެ މާތް އަޅުކަމާ ގުޅޭ ކަންކަމުގައި މިފަހަރު ވެސް މަކަރާއި ހީލަތެވެ؛ މިއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. މިފަހަރު ކުރިމަތިވި މައްސަލަ ވަކިން ބޮޑެވެ. ކުރިން ފެންމަތިވަނީ ކުންފުނިތަކުގެ އޮޅުވާލުންތަކެވެ. މި އަހަރު ކުންފުނިތަކަށް ހުއްދަ ދޫކުރުމާ ހިސާބުން އިސްލާމިކް މިނިސްޓްރީން މިއޮތީ ގޯސް ހަދައިފަ އެވެ. ހައްޖުގެ ކަންކަމުގައި އެ...

04 ޖޫން

June 04, 2017 22
އާ ކައުންސިލްތަކާ ދެމެދު ވެސް ސިޔާސީ "ބޮޑު ފާރު"

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ އިސް މެމްބަރު އަހުމަދު ނިހާން ވިދާޅުވި ވާހަކަ މަތިން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ އެވެ. މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމް ކޯލިޝަނުން ވާދަކުރި ކެންޑިޑޭޓުން ތައާރަފު ކުރުމުގެ ޖަލްސާގައި ނިހާން...

01 ޖޫން

June 01, 2017 38
ޔާމީންގެ މަރުގެ ތަހުގީގު ވެސް ހަމަ އެ ދިމާލަށް؟!

ސޯޝަލްމީޑިއާ އެކްޓިވިސް އަދި ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަރުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ. އެ މީހުންނަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހޯދައި ފުލުހުން އަންނަނީ ފޮރެންސިކް ތަހުލީލުތަކެއް ކުރަމުންނެވެ. މިއީ، އެ މައްސަލާގައި ފުލުހުން މިހާތަނަށް މައުލޫމާތު...

09 މެއި

May 09, 2017 84
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އަމަލީ ގޮތުން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވީ މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމުން ކުރިމަތިލި ކެންޑިޑޭޓުންނަށެވެ. ގާތްގަނޑަކަށް އެ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ހަފުލާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ....

07 މެއި

May 07, 2017 199
މިއީ ބޮޑު ބައްޔެއް، ސަރުކާރަށް ބޮޑު ލަދެއް!

ވޯޓުލުން ފެށުމާ ހަމައަށް، ހުރިހާ ބާރަކާއި ނުފޫޒެއް ސަރުކާރު ފަޅީގަ އެވެ؛ އިލެކްޝަންސް ކޮމިޝަން ކޮންޓްރޯލްކުރި އެވެ. އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރުން އޮތީ ހަނިކޮށްފަ އެވެ. އެންމެ ކުޑަމިނުން، ފާރެއްގައި ޕޯސްޓަރެއް ހިއްޕާލުން ވެސް އޮތީ ދަތިކޮށްފަ އެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކަށް...