20 އެޕްރީލް

April 20, 2017 15
ގާނޫނަށް އިހުމާލުވުން، މުޅި ގައުމަށް ފެތުރިފައިވާ ބައްޔެއް

ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި ސިޔާދަތީ ބާރު ލިބިގެންވަނީ ދުސްތޫރަށެވެ. މާނައަކީ އާންމު ރައްޔިތުންނެކޭ އެއް ފަދައިން، ދައުލަތުގެ ތިން ބާރު ވެސް ބޯލަނބައި ކިޔަމަންވާން ޖެހޭނީ ގާނޫނުއަސާސީއަށެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓޭނީ އެ ގޮތުގެ މަތިން ކަމަށްވާތީ އެވެ.

18 އެޕްރީލް

April 18, 2017 89
އެއްކަހަލަ މައްސަލަތަކެއް، ސަރުކާރުގެ އަމަލުތައް ތަފާތު

ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޝަރީއަތަށެވެ. މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް ކުރަނީ ރިޝްވަތުގެ ތުހުމަތެވެ. އެ ތުހުމަތާ އެކު އެކި ފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކޮށް، ތަހުގީގު ނިންމަން ދެ...

16 އެޕްރީލް

April 16, 2017 63
ކުރީގެ އެޓޮލްސް މިނިސްޓްރީ "އަތުވެއްޖެ"

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ދަށަށް ރަށްރަށުގެ ހުރިހާ ބާރެއް އެއްކޮށް، މާލެ އިން އަންގައިގެން ކަންކަން ކުރުމުގެ ޒަމާންވީ އުސޫލު ދޫކޮށްލުމެވެ. ރަށްރަށަށް ގިނަ ބާރުތަކެއް ދިނުމެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެކި...

04 އެޕްރީލް

April 04, 2017 39
ސިޔާސީ ކުށްވެރިންނެއް ނެތް! އެކަމަކު މި ކުރަނީ ކީއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތިން އަހަރު ވެރިކަން ކުރެއްވި ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ސިޔާސީ މަގްސަދެއްގަ އެވެ.

28 މާޗް

March 28, 2017 109
ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަގާމުން ވަކިކުރަން ވޯޓަށް އަހަންވިއިރު އިލެކްޓްރޯނިކް ސިސްޓަމްތަކުގައި މައްސަލަ ޖެހުނީ އެވެ. މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންނަށް ފެނިވަޑައިގަތް ހައްލަކީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން އެ ގޮތަށް...

24 މާޗް

March 24, 2017 49
މާޗު 27: އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ ވޯޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސަރުކާރަށް ނާކާމިޔާބު ވެއްޖެ ނަމަ، އެއީ މި ސަރުކާރަށް...

15 މާޗް

March 15, 2017 60
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު، ޝައުގުވެރި އެތައް ބަދަލެއް ސިޔާސީ މަސްރަހުން ފެނުން އެކަށީގެންވެ އެވެ. ފޯރީގައި ހިނގާ އެ މަސައްކަތުގެ ތެރެއިން، މަޖިލީހަށް އެ މައްސަލަ ހުށަހެޅިޔަސް، އާއްމުންނަށް މި ފެނުނީ އޭގެ ތެރެއިން ވަރަށް ކުޑަ މަންޒަރެކެވެ.

09 މާޗް

March 09, 2017 84
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހައިރާންވާވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ؛ ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި އެތައް ހައްގެއް ނިގުޅައިގެންފި އެވެ. ސަރުކާރު ބޭނުންވާ ގޮތަކަށް އެތައް ކަމެއްގައި "ރަބަ ސްޓޭމްޕް" ޖަހައި ދީފި އެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހުރިހާ ދޮރެއްހެން ބަންދުކޮށްފި އެވެ. "ކުރާނެ މަސައްކަތެއް...

03 މާޗް

March 03, 2017 83
ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން މައިގަނޑު ތިން ހައްގެއް ކަށަވަރުކޮށްދެ އެވެ. ފުރަތަމަ ހައްގަކީ، އިންތިޚާބުތަކުގަ އާއި އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގެވެ. ދެ ވަނަ ހައްގަކީ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. ތިން ވަނަ...

28 ފެބުރުއަރީ

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13...

27 ފެބުރުއަރީ

February 27, 2017 50
ފ. އަތޮޅުގައި ކުރަން އުޅެނީ ކޮން ކަމެއް؟

ފ. އަތޮޅަށް ވާން މިއުޅެނީ ކިހިނެއް؟ ހަމަ ވިއްކާލަނީތަ؟ ނޫނީ ބިޔަ އިންވެސްޓްމަންޓެއް ގެންނަން އުޅެނީތަ؟ މި ދުވަސްވަރު ގިނަ ބައެއްގެ ހިތުގައި މި ސުވާލުތައް އުފެދި، އަތޮޅުގެ ބައެއް މީހުންގެ ނުތަނަވަސްކަން ވަނީ ކުރިމަތިވެފަ އެވެ. އެ ސުވާލުތަކުގެ ޖަވާބެއް ނުލިބެ އެވެ. އެއީ ކިހިނެއް ވާން އުޅޭ ކަމެއް ކަން ވެސް އަދި އޭގެ ހަގީގަތެއް ވެސް...

23 ފެބުރުއަރީ

February 23, 2017 54
ދައުލަތުގެ އެއްވެސް ބާރަކަށް އިތުބާރު ކުރެވޭތަ؟

ސިޔާސީ ތަފާތު ވިސްނުންތަކާ އެކު އުޅެން ޖެހިފައިވާ ނަމަ، އަބަދު ވެސް އިވޭނީ ފާޑުކިޔުމެވެ. އެއް ބަޔަކު ކުރާ ކަމަކާ މެދު އަނެއް ބަޔަކު ހިތްހަމަނުޖެހި އެ ކަމުގެ ޝަކުވާ ކުރާ އަޑެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، ވާދަވެރި ސިޔާސީ ބޭފުޅުން ރައްޔިތުންނަށް އެކަމެއް ވިސްނައިދޭނީ ނުރަނގަޅު ގޮތެއްގަ އެވެ. ނަމަވެސް ސިޔާސީ...

20 ފެބުރުއަރީ

February 20, 2017 142
އަޅުގަނޑު ނެތް ނަމަ ރައީސަކީ އަދީބު: އުމަރު

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާއި އުމަރު ނަސީރު ވާދަކުރެއްވިއިރު، ޔާމީނަށް އޭރު އުމަރު ދެއްވި ބަހުގެ ހަމަލާތަކާއި ކުރެއްވި ތުހުމަތަކަށް ފަހު، ގިނަ ބަޔަކަށް ހީވީ އޭނާ އަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު ހަތުރަކަށް ވާނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ފެނުނީ...

06 ފެބުރުއަރީ

February 06, 2017 61
މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރަން އިދިކޮޅު އެންމެން ގުޅިގެން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ؛ އޭގެ ބަދަލުގައި ފެންނަނީ، އެމްޔޫއޯގެ ތެރެއިން ފިކުރު ބައިބަޔަށް އިއްތިހާދުވެގެން އުޅޭ މަންޒަރެވެ. އެކަމަކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ކުރީގެ ރައީސް...

02 ފެބުރުއަރީ

February 02, 2017 12
ނުކުޅެދެނީ އެ ކުދިންނެއް ނޫން، މުޖްތަމައު

ޖިސްމާނީ އައިބެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން، އެތައް ކަމަކުން މަހުރޫމްވެފައިވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. އާދައިގެ ކުދިންނާ އެއް ކްލާހެއްގައި ކިޔެވުން ދަތިވެ އެވެ. އެތައް ތަކުލީފެއް އުފުލައިގެން ކިޔެވުނަސް، ވަޒީފާއެއް ލިބުމަކީ ވެސް ގިނަ ފަހަރު ނާދިރު ކަމެކެވެ. ނުވި ތާކަށް، އެފަދަ...

24 ޖެނުއަރީ

January 24, 2017 82
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި...

22 ޖެނުއަރީ

January 22, 2017 33
ޑޮލަރުގެ މުއާމަލާތް ގަވައިދާ ޚިލާފު، ފިޔަވަޅެއް ނޭޅޭ!

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އަމިއްލަ ބަޔަކަށް ދިން ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ނުލިބި، ޝަރީއަތާ ހަމައަށް މައްސަލަ ދިޔަ އިރު އެ މުއާމަލާތްތަކުން މުޅިން ވެސް ފެންނަނީ ގަވައިދާ ހިލާފަށް ކޮށްފައިވާ އަމަލްތަކެވެ. ފެނަކަ އަށް އެއް މިލިއަން ޑޮލަރު އަދި ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު...

18 ޖެނުއަރީ

January 18, 2017 31
ދޮޅު އަހަރު ނިމިއްޖެ، ޚިޔާނާތުގެ ތަހުގީގެއް ނުނިމުނު!

ގައުމު ސިއްސުވާލި ބޮޑު ޚިޔާނާތުގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ތަހުގީގުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް މިދިޔަ އަހަރުގެ މެދު ތެރޭގައި ހާމަކުރުމަށް ފަހު...

12 ޖެނުއަރީ

January 12, 2017 19
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ ވެސް، އޭރުގެ ވެރިކަން ކުރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގި ސިޔާސީ ކޯޅުންތަކެއްގެ ތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ވިސްނުމެއްގަ އެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އަދި ހިންގަން ވެސް އުނދަގޫ...

04 ޖެނުއަރީ

January 04, 2017 31
ޓެކްސީ ބޯޑުތައް، ތޮއްޖެހުން ބޮޑުކުރުމުގެ އާ ފުރުސަތު

މާލޭގެ މަގެއްގެ މައްޗަށް ނިކުމެއްޖެ މީހަކު މިނިޓެއްގެ ތެރޭގައި ބޯހާސްވާނެ އެވެ؛ ވެހިކަލްތަކުން މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. ވެހިކަލް ކިއޫއެއްގައި ސިކުންތެއް މަޑުކުރަން ޖެހުނަސް ކަންފަތް ފަޅައިގެންދާ ވަރަށް ބަރުގޮނު އަޅާނެ އެވެ. ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނޯވެ އެވެ. ހުރިހާ ވެހިކަލްތަކެއް ފަޅާލާފައި ވެސް ގިނަ...