05 ފެބުރުއަރީ

February 05, 2019 86
ބޭރުގައި ދިރިއުޅުނަސް އާސަންދަ: އިތުރު ބުރައެއް؟

އާސަންދަ އިން ކުރާ ހޭދަ ކޮންޓްރޯލް ނުކޮށްފި ނަމަ، ޚިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ! މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، މި އިންޒާރު ދެއްވި ސަބަބުތައް ބައިވަރެވެ.

03 ފެބުރުއަރީ

February 03, 2019 59
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!

"ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ވެސް، މިއަދު އަޒުމް ކަނޑައަޅަންވީ، ދުންފަތަށް އަލްވަދާއު ކިޔައި، ފުރިހަމަ ސިއްހަތަކަށް މަރުހަބާ ކިޔުމަށް،" ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހުކުރަން މިދިއަ ބުދަދުވަހު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

02 ފެބުރުއަރީ

February 02, 2019 38
އެ ދުވަސް: އިންޑިއާއިން ރާއްޖެއަށް ދިން ހޮސްޕިޓަލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި އައިޖީއެމްއެޗު، ރަސްމީކޮށް ދިވެހި ސަރުކާރާ އިންޑިއާ އިން ހަވާލުކުރީ ފެބްރުއަރީ 2، 1994 ގަ އެވެ. އޭގެ ފަހުން މިއަދަށް 25 އަހަރު ފުރުނީ އެވެ. އެއީ އައިޖީއެމްއެޗުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށި ދުވަހެއް ނޫނެވެ. އެކަމަކު ހޮސްޕިޓަލް ނިންމައި، ރާއްޖެއާ ހަވާލުކުރުމަކީ ވެސް ތާރީޚީ...

29 ޖެނުއަރީ

January 29, 2019 164
ރީތި އިމާރާތެއް: ހިޔާނާތުގެ އަގު 1.5 ބިލިއަންގައި!

އައިޖީއެމްއެޗުގެ އާ އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވައި ދެއްވި "ފަރުވާއެއް" ކަމަށް އެ ސަރުކާރުގެ ވެރިން ވިދާޅުވި އެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކުރިއަރުވަން ގެންގުޅުއްވި ވިސްނުންފުޅާ އެކު އަރަމުން އައީ ރާއްޖޭގައި މިހާތަނަށް އެންމެ އުސް...

28 ޖެނުއަރީ

January 28, 2019 33
ސިނގިރޭޓު ހަނގުރާމައިގަ އެއް ފިޔަވަޅު ފަހަތުގައި

ލޭގެ ކެންސަރުން އަހުމަދު ހަމީދު ،47، މިންޖުވިތާ ގާތްގަނޑަކަށް އަހަރެއް ފުރުނީ އެވެ. ހަމީދު ބުނާ ގޮތުގައި ކެންސަރު ޖެހުމުން އޭނާ އާއި މުޅި އާއިލާއަށް ވެސް ލިބުނީ ބޮޑު ނިކަމެތި ކަމެކެވެ. އެ ތަޖުރިބާ އެހެން މީހަކު ކުރާކަށް ހަމީދު ނޭދެ އެވެ. ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރު ޖަހަން އޭނާ ބޭނުންވަނީ އެހެންވެ އެވެ.

20 ޖެނުއަރީ

January 20, 2019 59
ރީތި މިސާލެއް، އޭނާ ހަދިޔާ ކުރީ ކިޑްނީ!

ނުވަދިހައިގެ ތެރެ އެވެ. ލޭ ދިނުމަކީ ދިވެހިން ވަރަށް ޖެހިލުންވާ ކަމެކެވެ. އޭރު ގިނަ މީހުން އެކަމަށް އެހާ ހޭލުންތެރިއެއް ނޫނެވެ. އެކަމަކު އެއް ދިވެއްސަކު އެއްވެސް ބިރެއް ނެތި ލޭ ދެމުން އައެވެ. އޭނާ ބެލީ އިންސާނިއްޔަތު އެންމެ ކުރީގައި އޮންނަން ޖެހޭ ކަމަށެވެ.

15 ޖެނުއަރީ

January 15, 2019 215
ފަރުވާ ނުލިބި މަރު: ބިދޭސީންނަށް އެހެން ބިރެއް!

ހުން ގަދަކަމުން ކޮޅަށް ހުރެވޭވަރު ނުވިޔަސް ފިހާރައިގެ މަސައްކަތަށް ނިކުތުން ނޫން ގޮތެއް ބަންގްލަދޭޝްގެ ކޮބީރް ހުސެއިން އަށް ނެތީ އެވެ. އޭނާ ނުނިކުމެއްޖެ ނަމަ ސޭޓަކު ނެތިގެން ފިހާރަ ބަންދުކުރާނެ އެވެ. ފިހާރައިގެ ވެރިމީހާ އެ ރޯޅި އޭނާ އަށް ބާލާނެ ކަން ވެސް ކޮބީރަށް ޔަގީނެވެ. އެހެންވެ ޕެނަޑޯލް ކައިގެން ކެތްކުރުން ނޫން ގޮތެއް އޭނާ...

07 ޖެނުއަރީ

January 07, 2019 24
ދިވެހިންގެ މަރާ ގުޅިފައިވާ ނުބައި އާދަތައް

އަސްލަމް، 40، ގެ މެޔަށް އެރީ ވަރަށް ބާރު ގަދަ ތަދެކެވެ. ތަދު އެރުމުން ހީވީ އެތެރެހަށި "މެޝިނަކަށްލައި، ވަރަށް ބާރަށް ފިއްތާލާހެން" ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ އެ ތަދު އެރީ މެންދުރެވެ. އެހެންވުމާ އެކު ދެ ގުޅަ ޕެނަޑޯލް ކާލައިގެން އަސްލަމް ނިދީ އެވެ. ދެ ވަނަ ފަހަރަށް ތަދު އެރީ އިރު އޮއްސުނު ވަގުތެވެ. ޑޮކްޓަރަށް ދިޔައީ އެހާ...

23 ޑިސެމްބަރ

December 23, 2018 61
ތަކަންދޫ: ކެންސަރު އިތުރު ކުޑަ އާބާދީއެއް!

ސަމާ އަލީ، 25، އާއި އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ކުދިން ސްކޫލު ބަންދުގައި އުފަން ރަށް، ހއ. ތަކަންދޫގައި އުފާކުރަމުން އަންނައިރު އޮތް އެންމެ ބޮޑު ފަޅުކަމަކީ ބައްޕަ ދުނިޔޭގައި ނެތުމެވެ. އެކުދިންގެ ބައްޕަ މީގެ ތިން އަހަރު ކުރިން މަރުވީ ކެންސަރު ބަލީގަ އެވެ. އެ ހިތާމަ އޮތީ ހަމައެކަނި އެ އާއިލާއަކަށް ނޫނެވެ. ކެންސަރު ބަލީގައި ބައްޕަ...

10 ޑިސެމްބަރ

December 10, 2018 41
އަމީންގެ ހާސްކަމެއް ނެތް، މައްސަލަތައް ހައްލުކުރެވޭނެ!

އާ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައިގެންފައިވާ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވި އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިނުވާ ބޭފުޅަކަށް ވުމާ އެކު ކުރިމަތިވި...

19 ނޮވެމްބަރ

November 19, 2018 154
ހިލޭ ދޮންކޭލާއި ކިރު: އެކަން ކުރާނީ ކިހިނެއް؟

އަންނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާނީ، ރާއްޖޭގެ ތާރީހުގައި ވެސް، މުޅިން އާ ކަމަކާ އކެު އެވެ؛ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ އެވެ.

12 ނޮވެމްބަރ

November 12, 2018 37
އަދީބު ބޭރަށް ފޮނުވުމާއި ނުފޮނުވުމުގެ ބަހުސް

"އޭނަ ފިލިޔަދީގެން ނުވާނެ އެއްގޮތަކަށް ވެސް. އޭނާއަކީ ސުވާލު ކުރަން ޖެހޭ މީހެއް. އޭނާ ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެތީ ވަރަށް ކޮންބޮޑުވޭ."

01 ސެޕްޓެމްބަރ

September 01, 2018 13
ތަހުމީނާ: ބޮޑު އޮޕަރޭޝަނެއް، ހިތް ޝުކުރުން ފުރިފައި

ތަހުމީނާ ހަސަން އާއި މޫސާ އާދަމްގެ އުފާވެރި ދިިރިއުޅުމަށް ހިޔަނި އެޅުނީ، އެންމެ ހަގު ދަރިފުޅަށް ބަނޑުބޮޑު އިރު، ޑޮކްޓަރަށް ދެއްކުމުން ތަހުމީނާގެ އާދަޔާހިލާފު ބައްޔެއް ހުންނަކަން އެނގުމުންނެވެ. ނޭވާލާން އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން އޭރު އެނގުނީ، އޭނާގެ ހިތުން އިތުރު އަޑެއް ކިޔާކަމެވެ. އެކަމަކު މާ ބޮޑު އިތުރު އުނދަގުލެއް...

15 އޯގަސްޓް

August 15, 2018 37
ޑރ. ޝާފިއުގެ ބަސް: އިތުބާރުކުރޭ! ފަރުވާކޮށްދޭނަން!

ހިތުގެ ހިނގުން ހުއްޓުވާލައި، ހިތް ފަޅާލައިގެން އޮޕަރޭޝަން ކުރަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. ހާއްސަކޮށް އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އޮތީ 50 ޕަަސެންޓް ކަމަށް ވާ ނަމަ، ޔަގީނުން ވެސް އެކަން ކުރަން ފަސް ޖެހޭނެ އެވެ.

14 ޖުލައި

July 14, 2018 7
އާއިލާ ރޭވުން: ފޯރުކޮށްނުދެވޭ ހައްގެއް

ރާއްޖޭގައި މާބަނޑު މީހުން މަރުވާ ގިނަ ހާދިސާތަކެއްގައި އެ މީހުންގެ ފުރާނަ ސަލާމަތްކުރެވެން އޮވެ އެވެ؛ އަދި ބަލިވެއިނުމުން ރައްކާތެރިކޮށްދޭ ވަސީލަތެއް ބޭނުންކުރި ނަމަ، އެފަދަ ގިނަ ބަޔަކަށް މަރުން ސަލާމަތްވުމުގެ ފުރުސަތު ލިބުނީހެވެ.

05 ޖުލައި

July 05, 2018 19
ބަނބުކެޔޮ: ކާނާ ޔަގީންކުރަން ކުޑަ މިންވަރެއް

މާ ބޮޑު އަގެއް ހުރި އެއްޗެކޭ ބައެއް މީހުން ހިތަށް ނާރަފާނެ އެވެ. އެކަމަކު ޝާދިޔާ އިބްރާހީމް އަށް، އެންމެ ބަނބުކެޔޮ ގަހަކީ ވެސް އާއިލާއަކަށް ފަންސާހަކަށް އަހަރު ވަންދެން ފައިދާހުރި ކާނާ ފޯރުކޮށްދޭނެ ވަސީލަތެކެވެ. އަދި ކުރިމަތިވެދާނެ ދަތި ހާލަތެއްގައި ކާނެ އެއްޗެއް ލިބޭނެކަން ޔަގީންކުރަން އިންދައި ހެއްދިދާނެ މުހިއްމު ބާވަތަކެވެ.

14 ޖޫން

June 14, 2018 5
ތުއްތުކުދިންގެ ކުއްލި މަރު: އާއްމު ނޫނަސް ސަމާލުވޭ!

އަހަރު ނުފުރޭ ތުއްތުކުދިން ކުއްލިއަކަށް މަރުވުން ނުވަތަ ސަޑްން އިންފެންޓް ޑެތު ސިންޑްރޯމް (ސިޑްސް)އަކީ ބައެއް ގައުމުތަކުގައި ވަރަށް ގިނައިން ހިނގާ ކަމަކަށް ވިޔަސް ރާއްޖޭގައި އެފަދަ މަރުތައް އާއްމެއް ނޫނެވެ. އެކަމަކު ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގައި ވެސް، މަދުން ނަމަވެސް، އެފަދަ ހާދިސާތައް ހިނގަ...

17 މެއި

May 17, 2018 7
ޒުވާނުން މަސައްކަތް ނުކުރާ އެއް ސަބަބު: ބަލިވުން

ދިރިއުޅެން މަސައްކަތެއް ނުކޮށް ޒުވާނުން ތިބޭ ތަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ކަންނެތީ ހެއްޔެވެ؟ ވަޒީފާއެއް ނުލިބެނީ ހެއްޔެވެ؟ އެންމެ ފަހުގެ ބޯހިމެނުމަށް ބިނާކޮށް ޒުވާނުންގެ ހާލަތު ދެނެގެންފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި، ކަންބޮޑުވާން ޖެހޭ އެއް ސަބަބެއް ޔަގީނުން ވެސް އެބަ އޮތެވެ؛ ބަލިވުމެވެ.

15 އެޕްރީލް

April 15, 2018 37
ފާސްޓް ފުޑް އިތުރުވަނީ، ހޭލުންތެރިކުރުވުން ކޮބާ؟

ސިއްހީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އެ ބޭފުޅުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި މި ދަނީ ފާސްޓް ފުޑް ވިއްކާ ތަންތަން އިތުރުވަމުންނެވެ. އޭގެ މާނައަކީ، އެ ވިޔަފާރި ފުޅާވަމުން ދަނީ، އާންމުންގެ ޑިމާންޑް ވެސް ބޮޑުވެގެން ކަމެވެ. ހަގީގަތަކީ، އާބާދީ އަށް ބަލާއިރު، ހާއްސަކޮށް މާލޭގައި ޖަންކް ފުޑް ވިއްކާ ތަންތަން މިއޮތީ...

08 އެޕްރީލް

April 08, 2018 93
25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!

"މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ޚާއްސަ ހުއްދައާ އެކު، ދައުވަތު ދިން ގަޑިއަށް އަޅުގަނޑުމެން ގޮސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގުގަ އެވެ. ކުރިމަތިން ވިދާ ބަބުޅަމުން ދިޔައީ، މިހާތަނަށް ރާއްޖޭގެ އެންމެ އުސް އިމާރާތެވެ. މީގެ 23 އަހަރު ކުރިން ހެދި އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ.