17 އޯގަސްޓް

August 17, 2019 27
ކުރިން 96 ކިލޯ، މިހާރު 60: ބޭނުންވަނީ ހިތްވަރު!

ނިދިން ހޭލާ އިރު، ދެ ފަޔަށް ތަދުވާތީ ހިނގައެއް ނުގަނެވެ އެވެ. ކުޑަ ހުޅުގައި ރިއްސަ އެވެ. ތެދުވެ ރަނގަޅަށް ހިނގައިގަތުމަށް 10 މިނިޓު ހޭދަވެ އެވެ. ގިނައީ ބޯ އަނބުރާ ދުވަސްތަކެވެ. ހިނގާފައި ތަންތަނަށް ދިއުމަކީ ބޮލުގެ ރިހުމެކެވެ. ހަށިގަނޑު އެހާ ބޮޑަށް ފަލަވުމުގެ ސަބަބުން މީހާ ހެލިފެލިވެ އުޅުމަކީ ބޮޑު ބުރައެކެވެ. ބޭނުންވީ އަބަދު...

08 އޯގަސްޓް

August 08, 2019 6
ހިތުގެ އޮޕަރޭޝަނަށް އަހަރެއް، އިތުބާރު ހޯދިއްޖެ!

މީގެ އެއް އަހަރު ކުރިން، ތަހުމީނާ ހަސަން ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކުރީ ފުރާނަ ސަލާމަތް ކުރުމަށް އެ ނޫން ގޮތެއް ނެތިގެންނެވެ. ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަނަށް ވުމުން އޭނާ ޖެހިލުން ވެސް ވި އެވެ. ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ޑޮކްޓަރުން އެ ދުވަހު ދިނީ 50 ޕަސެންޓް ޔަގީންކަމެވެ....

23 ޖުލައި

July 23, 2019 96
އާ ހޮސްޕިޓަލާ އެކު އައްޑޫ އިންގިލާބީ ބަދަލަކަށް!

މި ވަދެވުނީ، 2011 ގައި އައްޑޫގައި ސާކް ސަމިޓު ބޭއްވި ދަރުބާރުގެ އަށެވެ. ސަރަހައްދީ ގައުމުތަކުގެ ވެރިންގެ އެ ބޮޑު ބައްދަލުވުމަށް އިމާރާތްކުރި ކޮންވެންޝަން ސެންޓަރެވެ. އެކަމަކު މިހާރު މިއީ ބޮޑު ޓާޝަރީ ހޮސްޕިޓަލެކެވެ.

18 ޖޫން

June 18, 2019 184
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!

މުޅި ތަން އޮތީ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފަ އެވެ. އެއް ފަރާތުގައި ހޭނައްތާ ކޮޓަރި އެވެ. އަނެއް ފަރާތުގައި، އޮޕަރޭޝަނަށް ފަހު ރަނގަޅު ވަންދެން ބާއްވާ ވޯޑެވެ. މެދުގައި ހުރީ ހަތަރު ތިއޭޓަރެވެ. އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ މި ޒަމާނުގެ މެޝިނަރީޒެވެ. މިއީ، މާލޭގައި ހުރި ރާއްޖޭގެ އެންމެ އުސް އިމާރާތުގެ 12 ވަނަ...

05 ޖޫން

June 05, 2019 7
ޔޫލީ: ތެރަޕިސްޓެއްގެ ގޮތުގައި އުފަލުން

ބައެއް މީހުން ވަކި ކަމަކުން ހާއްސަ ވަނީ އެކަމަށް ނިޔަތްގަނެގެން، ކުރިންސުރެ އުއްމީދުތަކެއް ކޮށްގެންނެއް ނޫނެވެ. ވަކި ކަމެއް ކުރާ ތަނެއްގައި އުޅެން ފެށުމުން ވެސް ޝައުގުވެރިކަން އުފެދި އެ ދާއިރާއަށް ވަދެވެ އެވެ. އައިޝަތު ޔޫލިއާ ލަތީފް (ޔޫލީ) އަކީ އެފަދަ ނަމޫނާއެކެވެ.

25 މެއި

May 25, 2019 76
މީހެއްގެ ފުރާނަ ސަލާމަތްކުރަން ޕޭ ލީވެއް ދެވިދާނެތަ؟

ހަ ބެއިންގެ ތެރެއިން ހަމައެކަނި ހުރި އަންހެން ކުއްޖާގެ ދެ ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވުމުން ކޮއްކޮއަށްޓަކައި އިސްވެ ނުކުތީ އަބްދުލް މުހުސިން އަހުމަދު، 37، އެވެ. ކޮއްކޮގެ ފުރާނަ ސަލާމަތް ކުރުމަށް ކިޑްނީ ހަދިޔާ ކުރި އެވެ. އެ ބޮޑު ގުރުބާނީ ވުމުގައި މުހުސިނަށް ދިމާވި ގޮންޖެހުންތައް ވަރަށް ވެސް ބޮޑެވެ. އެންމެ ބޮޑު ދައްޗަކަށް...

01 މެއި

May 01, 2019 51
ވަރުބަލިވެ އަވަދިވަމުންދާ މަސައްކަތްތެރިން

ހިދުމަތުގެ މައިގަނޑު ދާއިރާތަކުގައި ދިވެހި މަސައްކަތްތެރިން ތިބީ ވަރުބަލިވެ، ހިތްވަރުއެލިފަ އެވެ. މަސައްކަތު ވަގުތު ދިގުވުމާއި ޒިންމާތައް ގިނަވުމާއި ވަޒީފާއަށްޓަކައި އަމިއްލަ ދިރިއުޅުން ގުރުބާން ކުރަން ޖެހުމުގެ އުދާހުގަ އެވެ. އެކަށޭނަ އުޖޫރައެއް ނުލިބުމުގެ ހިތްހަމަނުޖެހުމުގަ އެވެ.

28 އެޕްރީލް

April 28, 2019 25
ދިވެހިން ކާންވީ ގޮތް ފުރަތަމަ ފަހަރަށް

ކްރީމް ކްރޭކަރު ބިސްކޯދު ކިތަންމެ ކަމުދިޔަޔަސް، ސަރުބީ އާއި ލޮނު ގިނަކަމުން، އެއީ އަބަދު ކާން ހެޔޮވާ ވަރު އެއްޗެއް ނޫނެވެ. އެކަމަކު ދޭތެރެއަކުން ދެތިން ބިސްކޯދު ކާލެވިދާނެ އެވެ. ޖޫސް ގިރީމާ މޭވާގައި ހުންނަ ނަރު (ފައިބަ) ނެތިގެންދާނެތީ އާއި ޖޫހަށް ހަކުރު އެޅުން ރަނގަޅު ނުވާނެތީ އެންމެ ފައިދާހުރި ގޮތަކީ މޭވާ އޮތް ގޮތަށް ކާލުމެވެ....

22 އެޕްރީލް

April 22, 2019 9
މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވިދާނެ ކަމަކަށް، މީގެ ދެތިން އަހަރު ދުވަހު ކުރިއަށް ބެއްޔަސް، ދަރިވަރުންގެ ހިތަކަށް ނާރާނެ އެވެ. ނަމަވެސް ތައުލީމީ ދާއިރާއަށް އަންނަ ބޮޑު ކުރިއެރުންތަކާ އެކު އެ ބިންގާ މިހާރު ވަނީ އަޅައިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ފެށި އެމްބީބީއެސްގެ ފުރަތަމަ ކޯސް، ގައުމީ ޔުނިވާސިޓީގެ ހިޔާވަހިކަމުގައި...

17 އެޕްރީލް

April 17, 2019 52
ވެކްސިން ޖެހުން ދަށަށް، ކަންބޮޑުވާންވީ ކިހާ ވަރަކަށް؟

ވެކްސިންގެ ރައްކާތެރިކަމާ މެދު ޝައްކުކުރުމާއި ވެކްސިން ޖެހުމާ ދެކޮޅުހެދުމުގެ އަޑުތައް ރާއްޖޭގައި ވެސް ވަރަށް ގަދަވެއްޖެ އެވެ. އެއީ ހަމައެކަނި ވާހަކަތަކެއް ނޫންކަން އެނގެނީ ވެކްސިން ދެވޭ އަދަދަށް އައިސްފައިވާ ހީނަރުކަމުންނެވެ.

15 އެޕްރީލް

April 15, 2019 41
ބަލިމަޑުކަމެއް ކުރިމަތި ނުވަނީސް ތައްޔާރުވާން ވެއްޖެ!

ފުރަތަމަ އެންމެން ވެސް ހީކުރީ އެއީ ހަމަ އާދައިގެ ރޯގާއެއް ކަމަށެވެ. ހުމާ އެކު އަރިދަފުސް ރޯގާ މާ ބޮޑަށް ފެތުރެން ފެށީ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، އެނގުނީ އެއީ ސްވައިން ފްލޫ ކަމެވެ. އޭގެ މާ ބޮޑު މައުލޫމާތެއް ނޭނގި ހުއްޓައި، ގިނަ ބަޔަކު އެ ރޯގާއަށް ޕޮޒިޓިވް ވި އެވެ. މީގެ ދެ އަހަރު ކުރިން ކުރިމަތިވި އެ ބަލިމަޑުކަމުން...

03 އެޕްރީލް

April 03, 2019 80
ބޭހަކުން ބީރުވި ދަރިފުޅުގެ ހައްގުގައި 12 އަހަރު

ތިން އަހަރުގެ އައިޝަތު އިޔާން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ހުން އައިސްފައި އަތެއް ދުޅަވެގެންނެވެ. ދެ ފަހަރު މަތިން އެ އަތް ފަޅާލައި ފަރުވާދެމުން ދަނިކޮށް އޭނާ ރުޅި ގަދަވާން ފެށި އެވެ. ކަންފަތަށް ކޮއްޕާފައި ހުރީ ކޯއްޗެއްތޯ މަންމަ އާއި ބައްޕަ ގާތު ސުވާލުކުރަން ފެށި އެވެ. ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން އިޔާންގެ ދެ...

26 މާޗް

March 26, 2019 6
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!

މިހާތަނަށް އައިޖީއެމްއެޗާއި ސަރުކާރުން ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެމުން އައީ މުޅިންހެން ބޭސް ދީގެންނެވެ. އެއީ ގިނަ ބަޔަކު ފަރުވާއަށް ދާން ބޭނުންނުވާ އެއް ސަބަބެވެ. ބޭހުގެ ބަދަލުގައި ނުވަތަ ބޭހާ އެކު ދޭން ޖެހޭ ތެރަޕީގެ ފަރުވާނުދޭތީ އެވެ. ހަމައެއާ އެކު ނަފްސާނީ ބައްޔާ މެދު އުފެދިފައިވާ...

25 މާޗް

March 25, 2019 46
ވެކްސިނަކީ ރައްކާތެރިވުމެއް. ދެކޮޅުނުވޭ!

"ވެކްސިނުގެ ސަބަބުން އޯޓިޒަމަށް މަގުފަހިވެ އެވެ. ތުއްތު ކުދިންގެ ގަޔަށް ކަށިހެރުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެކެވެ. ބަލިތަކުން ދިފާއުވާން ވެކްސިން ދިން ނަމަވެސް އެކަމުން އިތުރު ބަލިތައް ޖެހެ އެވެ."

10 މާޗް

March 10, 2019 21
އާންމުންގެ ޝަކުވާ މަދުކުރުމާ އެކު އާ ހައްލުތަކަކަށް

އާސަންދައަކީ މިއަދު ކޮންމެ ދިވެއްސަކާ ވެސް ގުޅިފައިވާ އެންމެ ބޮޑު އެއް ހިދުމަތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތައާރަފްކުރި އާސަންދަ އިތުރަށް ތަރައްގީކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ގައި އެ ހިދުމަތަށް "ހުސްނުވާ އާސަންދަ" ވެސް ކިޔެވެ.

05 ފެބުރުއަރީ

February 05, 2019 87
ބޭރުގައި ދިރިއުޅުނަސް އާސަންދަ: އިތުރު ބުރައެއް؟

އާސަންދަ އިން ކުރާ ހޭދަ ކޮންޓްރޯލް ނުކޮށްފި ނަމަ، ޚިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ! މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، މި އިންޒާރު ދެއްވި ސަބަބުތައް ބައިވަރެވެ.

03 ފެބުރުއަރީ

February 03, 2019 59
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!

"ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ވެސް، މިއަދު އަޒުމް ކަނޑައަޅަންވީ، ދުންފަތަށް އަލްވަދާއު ކިޔައި، ފުރިހަމަ ސިއްހަތަކަށް މަރުހަބާ ކިޔުމަށް،" ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހުކުރަން މިދިއަ ބުދަދުވަހު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

02 ފެބުރުއަރީ

February 02, 2019 38
އެ ދުވަސް: އިންޑިއާއިން ރާއްޖެއަށް ދިން ހޮސްޕިޓަލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި އައިޖީއެމްއެޗު، ރަސްމީކޮށް ދިވެހި ސަރުކާރާ އިންޑިއާ އިން ހަވާލުކުރީ ފެބްރުއަރީ 2، 1994 ގަ އެވެ. އޭގެ ފަހުން މިއަދަށް 25 އަހަރު ފުރުނީ އެވެ. އެއީ އައިޖީއެމްއެޗުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށި ދުވަހެއް ނޫނެވެ. އެކަމަކު ހޮސްޕިޓަލް ނިންމައި، ރާއްޖެއާ ހަވާލުކުރުމަކީ ވެސް ތާރީޚީ...

29 ޖެނުއަރީ

January 29, 2019 164
ރީތި އިމާރާތެއް: ހިޔާނާތުގެ އަގު 1.5 ބިލިއަންގައި!

އައިޖީއެމްއެޗުގެ އާ އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވައި ދެއްވި "ފަރުވާއެއް" ކަމަށް އެ ސަރުކާރުގެ ވެރިން ވިދާޅުވި އެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކުރިއަރުވަން ގެންގުޅުއްވި ވިސްނުންފުޅާ އެކު އަރަމުން އައީ ރާއްޖޭގައި މިހާތަނަށް އެންމެ އުސް...

28 ޖެނުއަރީ

January 28, 2019 33
ސިނގިރޭޓު ހަނގުރާމައިގަ އެއް ފިޔަވަޅު ފަހަތުގައި

ލޭގެ ކެންސަރުން އަހުމަދު ހަމީދު ،47، މިންޖުވިތާ ގާތްގަނޑަކަށް އަހަރެއް ފުރުނީ އެވެ. ހަމީދު ބުނާ ގޮތުގައި ކެންސަރު ޖެހުމުން އޭނާ އާއި މުޅި އާއިލާއަށް ވެސް ލިބުނީ ބޮޑު ނިކަމެތި ކަމެކެވެ. އެ ތަޖުރިބާ އެހެން މީހަކު ކުރާކަށް ހަމީދު ނޭދެ އެވެ. ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރު ޖަހަން އޭނާ ބޭނުންވަނީ އެހެންވެ އެވެ.