02 މެއި

May 02, 2020 31
މާލެ، އަލިފާން ބޮމަކުން ބަލީގެ ބޮމަކަށް

މިދިއަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ، ވެރިރަށް މާލެ ކުރިމަތިލީ އަލިފާނުގެ ބޮޑު ހުޅަކާ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ނިންވާލެވުނު އިރު، އެކެއްގެ ފުރާނަ ގެއްލި، އެތައް ގެއެއް އަލުން ބޭނުންނުކުރެވޭ ވަރަށް އަނދާހުލިވި އެވެ.

29 އެޕްރީލް

April 29, 2020 23
ހޮސްޕިޓަލުން އޭނާ ފިލީ! ދެން ފެތުރުނީ ޝިގެއްލާ!

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއެކެވެ. ދަތުރަކަށް ފަހު މާލެ އައި އިރު އޭނާ ބޭރަށް ހިންގަ އެވެ. ސެންޓްރަލް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. ރޭގަނޑު އޭނާ އެތަނުން ފިލަ އެވެ. ހެންވޭރުކޮޅު ގެއެއްގައި މަޑުކުރެ އެވެ. އެގޭގެ ބައެއް މީހުން ބޭރަށް ހިންގަން ފެށި އެވެ. އެންމެ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހަކަށް...

23 އެޕްރީލް

April 23, 2020 9
ގޭބަންދުގައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، އަހަރެމެންގެ ދިރިއުޅުން ވެސް ބަދަލުވެއްޖެ އެވެ. މާލޭ ސަރަހައްދުގެ ދެ ލައްކައެއްހާ އާބާދީ މި ތިބީ ގޭގަ އެވެ. ޒަރޫޒީ ބޭނުންތަކުގައި ވެސް ބޭރަށް ނުކުންނަން އޮތީ ހުރަސްތަކެވެ. ބައެއް މީހުންނަށް ނަފްސާނީ މައްސަލަތައް ވެސް އެބަ ކުރިމަތިވެ އެވެ.

15 އެޕްރީލް

April 15, 2020 37
ރައީސަށް ކީރިތިކުރެއްވުނު ވަގުތުކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްވި ތަގުރީރުގެ ވަކި ހިސާބަކުން، ރައްޔިތުންގެ ކުރިމަތީގައި ސީދާ ކީރިތިކުރައްވަނިއްޔޭ ބުނެވޭހާ...

April 15, 2020 8
ޓެގުގެ ބަސް: "ހޯދީ ތައްޔާރުވާން ވަގުތުކޮޅެއް"

މި ވައިރަސް އާއްމުންގެ ތެރޭގައި ފެތުރިއްޖެ ނަމަ ރާއްޖެ އަށް ވާނީ ކިހިނެއް ހެއްޔެވެ؟

14 އެޕްރީލް

April 14, 2020 4
"ހޮޓް ޒޯން"ގައި ދިރިހުރުމާއި މަރުގެ ހަނގުރާމަ

"ބަލިމީހުންތަކުން ފުރިފައިވާ ކޮޓަރީގައި އޮތް ކޮންމެ މީހެއްގެ ލޮލުން ވެސް ފެންނަނީ ބިރުވެރިކަމެވެ. އޮކްސިޖަން މާސްކްގެ މަތިން ބަލަމުން އެ ދަނީ ގެނބެމުން ދާ މީހެއްގެ ނޭވާ ހާސްވާ ބީދައިން، އެހާމެ އުނދަގުލުން ނޭވާލަމުންނެވެ. މަރުުވުމުގެ ކުރިން، ގާތް އެކަކާ ވެސް ބައްދަލުވެދާނެތޯ، އެއިން ކޮންމެ މީހެއްގެ ހިތަށް ވެސް އަރާނެ އެވެ."

13 އެޕްރީލް

April 13, 2020 26
އެންމެން ބިރުން ދުރަށް! ހިތްދަތިކަމެއް

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދޭ ގޮތުގެ ބައެއް ވާހަކަތައް، އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހަސަން "މިހާރު"އާ ހިއްސާކޮށްދެއްވި އިރު، އެންމެ އުނދަގޫ...

April 13, 2020 24
ސްޕެއިންގައި ދިވެއްސަކު ކުރި ތަޖުރިބާ ދިވެހިންނަށް

މިދިޔަ ފެބުރުއަރީ 29ގައި، ބަޔޯމެޑިކަލް އިންޖިނިއަރު މުހައްމަދު އަންވަރު ސްޕެއިނަށް ފުރީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެ، މިހާ ބޮޑު ބަލިމަޑުކަމަށް ވެދާނެ ކަމަށް...

11 އެޕްރީލް

April 11, 2020 54
ކޮވިޑް19 ޖެހުނު ދިވެހި ޑޮކްޓަރުގެ ތަޖުރިބާ އާއި ލަފާ

އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ ދިވެހި ޑޮކްޓަރެއް ކަމަށް މުހައްމަދު ރަޒީމް އޭނާގެ އަނބިކަނބަލުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެގެން މީގެ ދެ ހަފުތާ ކުރިން ފޭސްބުކްގައި އެކަން ހާމަކުރެއްވި އެވެ. އޭރު ރަޒީމްގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެކަމަކު އޭރު ވެސް ރަޒީމް އެއް ކަމެއް...

09 އެޕްރީލް

April 09, 2020 64
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެންމެ ހާލު ބޮޑުވި، އިޓަލީގެ 80 އަހަރުގެ ޓޫރިސްޓު ހޮސްޕިޓަލުން ދޫކޮށްލަން، ދިވެހި ޑޮކްޓަރުންގެ ޓީމު އޭނާއާ ބައްދަލުކުރުމުން އުފަލުން ރޮއިގަތީ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އިނދެ ޑޮކްޓަރުންގެ ގާތުގައި، އޭނާ ބުނީ، އަމިއްލަ ގައުމުގައި ހުރި ނަމަ، އޭނާ އާއި އަންހެނުންގެ ފުރާނަ ވެސް ސަލާމަތްވާނެ ކަމުގެ...

07 އެޕްރީލް

April 07, 2020 14
ކޮންޓެކްޓް ޓްރޭސިން: އެކަކު ވެސް ދޫވިޔަ ނުދޭ

ކޮވިޑް-19 އަށް ކޮންޓެކްޓް ޓްރޭސިން ގިނަ ގައުމުތަކުގައި ފަށަނީ ވައިރަހަށް މީހަކު ޕޮޒިޓިވް ވާ ހިސާބުންނެވެ. އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ފަރުވާކުޑަކުރި މިންވަރު ބަލަން ނުތިބެ ރާއްޖެ އިން ވައިރަހަށް ތައްޔާރުވަމުން އައީ، ކަންކަން ދަސްކުރަމުންނެވެ. އެކި ގައުމުތަކުގެ ތަޖުރިބާ އިން ރާއްޖޭގައި މިހާތަނަށް ކުރި ކާމިޔާބު އެއް...

05 އެޕްރީލް

April 05, 2020 41
އެ ގައުމުތަކަށް ވީ ގޮތް ވިސްނާލާފައި ގޭގައި ތިބޭ!

ކޮވިޑްް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކާއި ނަތީޖާއަށް ބަލައިލާ ނަމަ ޗއިނާ އާއި އެމެރިކާއަކީ ދެ މިސާލެވެ. ބިލިޔަނަކަށް ވުރެ މީހުން އުޅޭ ޗައިނާގެ އާބާދީ އެމެރިކާއަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ ބޮޑެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވެސް އެމެރިކާ އޮތީ ކުރީގަ އެވެ. މުއްސަނދީ ވެސް އެމެރިކާ އެވެ. މި...

02 އެޕްރީލް

April 02, 2020 25
ފުރަތަމަ ކުޑަ ކާފިއު: އެންމެން ވެސް ސަމާލުވޭ!

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ރަސްމީ ފަރާތްތަކުން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މިވަނީ ކާފިއު ހިންގައިފަ އެވެ. މިއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، މިހާތަނަށް މާލެ ސަރަހައްދުގެ އާންމުންގެ...

April 02, 2020 5
މިއީ ކޮރޯނާވައިރަސް، މި ފޮޓޯ ދުށިންތަ؟

މި ފޮޓޯ މިހާރު ކިތައް ފަހަރަކު ފެނިއްޖެ ހެއްޔެވެ؟ ޓީވީތަކުގެ އެތައް ޕްރޮގްރާމެއްގެ ފަހަތުން މި މަންޒަރު ދައްކާލަ އެވެ. މި ފޮޓޯ ހިމެނޭ އެތައް ޓްވީޓެއް، އެތައް ލީފްލެޓެއް،...

April 02, 2020 63
ފުރަތަމަ ކޭސް: ކުއްލި ހާސްކަމާއި ބިރުވެރިކަމެއް

އިޓަލީގެ އެ ޓޫރިސްޓް ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ފެށުމާ އެކު ހެން ބަލިވި އެވެ. އޭރު ހަލުވިކަމާ އެކު ފެތުރި ގައުމުތައް ބިރުވެރިކަމެއްގެ ތެރޭގައި ހުއްޓުމަކަށް ގެންނަމުން...

01 އެޕްރީލް

April 01, 2020 18
ދުނިޔެއަށް ބޮޑު ބަދަލެއް، އާ އާދަތަކެއް!

ޒަމާނާ އެކު ބައެއް ސަގާފަތްތައް ވެސް ފަސްދީ ދިޔަ ނަމަވެސް، ރޯދަ މަހަށް މަރުހަބާ ކިޔަން އެވާ ތައްޔާރީތަކަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. ރޯދަ މަހަށް ކުޑަތަން ވަމުން އަންނަ އިރު، އާދައިގެ މަތިން އެންމެން ވެސް އުޅޭނީ މާހެފުންތައް ރޭވުމުގަ އެވެ. ރަހުމަތްތެރިންނާ ބައްދަލުކޮށް، މަޖާ ނެގުމުގަ އެވެ.

30 މާޗް

March 30, 2020 28
ބިރެއް ނުފިލާ، މުހިންމީ ރައްޔިތުންގެ އެއްބާރުލުން

ކިރިޔާ ކަމެއް ދޫކޮށްލެވިއްޖެ ނަމަވެސް ގޯހުން ހިނގައިދާނެ އެވެ! ކަރަންޓީންގައި ތިބި އިޓަލީގެ ދެ މީހަކު، ޓެސްޓްގެ ނަތީޖާ އައުމުގެ ކުރިން ރާއްޖެ އިން ފުރުވާލުމަކީ، މިހާތަނަށް ހެދި އެންމެ ބޮޑު ގޯހެވެ. އަދި އެ ގޯހާ އެކު، އެހެން ބައެއް ކަންކަން ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފަ އެވެ. ބަދަލު ވެސް ކޮށްފި އެވެ. އެ ކޭސްއާ އެކު...

28 މާޗް

March 28, 2020 77
ތައްޔާރުވާން މަޑުކުރި ނަމަ ރާއްޖެ ވެސް އަތުނުވީސް!

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅު ނާޅައި، މަޑުކޮށްގެން ތިބި ގައުމުތަކުގެ ހާލަތު އެ އޮތީ އަތުނުވާ ހިސާބުގަ އެވެ! ކޮންމެ ދުވަހަކު އެތައް ބަޔަކު ވައިރަހަށް ޕޮޒިޓިވްވެ، ކޮވިޑް-19 ގައި މަރުވާ ރޭޓް ވެސް ދަނީ މަތިވަމުންނެވެ. މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ މި ނުރައްކަލުން ރާއްޖެ އަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ...

25 މާޗް

March 25, 2020 31
މިއީ ހިމޭން ވަގުތު ކޮޅެއް، ހިންދެމިލާކަށް އަދި ނުވޭ!

"އަޅުގަނޑުމެންނަށް މިހާރު މި ތިބެވެނީ ވެދާނެ ތޫފާނެއްގެ ތެރޭގައި އޮތް ހިމޭން ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް،" ކޮރޯނާވައިރަސްއާ ގުޅިގެން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި އެ ބަސްކޮޅުގައި ގިނަ ބަޔަކަށް އަޅައިގަތެވެ. ސޯޝަލް މީޑިއާގައި...

24 މާޗް

March 24, 2020 96
އިޓަލީން ދިވެހި ޑޮކްޓަރު: މިއީ މަރުގެ ވައިރަހެއް!

ނުރައްކާތެރި ކޮރޯނާވައިރަސް އެންމެ ބޮޑަށް މިހާރު ފެތުރިފައިވާ އިޓަލީގެ އުތުރުގައި އޮންނަ ރޮވީގޯގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރު، އޭނާގެ ވަށައިގެންވާ މާހައުލު ސިފަކުރެއްވީ މިހެންނެވެ؛

20 މާޗް

March 20, 2020 3
މިހާރު މި އޮތް ހާސްކަމުން އަރައިގަންނާނީ ކިހިނެއް؟

މުޅި ދުނިޔެއާ އެކު ރާއްޖެ ވެސް މިވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. ކޮވިޑް-19 ގެ ބާރު ފެތުރުންތަކާ އެކު މުޅިންހެން އުޅެން ޖެހިފައި މިވަނީ ބިރެއްގެ ތެރޭގަ އެވެ. މިއީ އެންމެންގެ ވެސް ހާލެވެ. ނަފްސާނީ އެކި ބަލިތައް ހުންނަ މީހުންނަށް އެ ބިރުވެރިކަން އިތުރަށް ބޮޑުވެ އިތުރު މައްސަލަތަކާ ކުރިމަތިވެ އެވެ.

18 މާޗް

March 18, 2020 22
ބަދަލުކުރަންވީ އާދަތައް، ދޫކޮށްލަންވީ ބޯހަރުކަން

ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރަން ޖެހުނީ އާދައިގެ ބަލިމަޑުކަމަކާ ގުޅިގެނެއް ނޫނެވެ. މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރިގެން ގޮސް، ބައިނަލްއަގްވާމީ މިންގަނޑުތަކުން ދުނިޔެއަށް ނުރައްކާތެރި ވަބާއެއް (ޕެންޑެމިކް) ގޮތުގައި ކަނޑައެޅި ކޮރޯނާ ވައިރަސްގަ އެވެ. އެންމެ...

17 މާޗް

March 17, 2020 54
ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދީ! ފިޔަވަޅު އަޅާ!

ހުރިހާ ރައްޔިތުންގެ ވެސް ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. އެންމެން ވެސް ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. ވަޒީފާގެ ބިރުވެރިކަން މި ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އަންނަ މަހު ވެސް މުސާރަ...

March 17, 2020 25
ކޮވިޑް-19: ފަރުދީ ޒިންމާގައި އެ ދައްކަނީ ނަމޫނާ!

ގއ، ކޮނޑޭއަށް މިހާރު ހިނގައްޖެ ނަމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ އެ ރަށު އަތިރިމަތީގައި ބަހައްޓާފައި ހުރި އަތް ދޮންނަ ތައްޓެވެ. އަތިރިމަތީގެ ދެ ސަރަހައްދެއްގައި، ރަށަށް...

15 މާޗް

March 15, 2020 33
އިޓަލީގައި ދިވެއްސެއްގެ ތަޖުރިބާ: އެއް އަޒުމެއްގައި

އާދައިގެ ދުވަހެއް ނަމަ، ހެނދުނު 8:30 ގައި އާތިފާ އަލީ އޮފީހަށް ވަޑައިގަންނަވާނެ އެވެ. އިޓަލީގެ ރޯމްގައި ހުންނަ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާގެ މައި އޮފީހުގައި، ފިރިކަލުންނާ އެކު އޭނާ މަސައްކަތް ކުރައްވާއިރު ދެ އަހަރުގެ އަންހެން ދަރިފުޅު ގެންދަނީ އެ އިދާރާގައި ހުންނަ ޑޭކެއާ ސެންޓަރަށެވެ. ދަރިފުޅާ އެކު އެނބުރި ގެއަށް...