09 ފެބުރުއަރީ

February 09, 2018 23
މި މަންޒަރުތައް ދިވެހިންނަށް ފެންނަން ޖެހެނީ ކީއްވެ؟

ވަކިވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް، ދުންފަތުން ލިބޭ ގެއްލުންތައް ދައްކައިދޭ މަންޒަރުތައް ސިނގިރޭޓް ފޮށީގެ ބޭރުގައި ޖަހަން ގަވާއިދެއް ހެދިތާ ދުވަސްތަކެއް ވެއްޖެ އެވެ. މިދިޔަ ޖެނުއަރީ 1 އިން ފެށިގެން އެ ގަވާއިދަށް އަމަލުކުރެވޭ ވަރަށް، ދުންފަތް ކޮންޓްރޯލްކުރާ ބޯޑުން ހުރިހާ ކަމެއް ފުރިހަމަކުރި އެވެ. އެކަމަކު ދުންފަތުގެ...

04 ފެބުރުއަރީ

February 04, 2018 10
ކުއްލި މަރުތަކުގެ ފަހަތުގައި ކޮން ކަމެއް؟

ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކުއްލި މަރުގެ ހާދިސާތައް ގިނަވުމުގެ ފަހަތުގައި އޮތް ސަބަބަކީ ދެ އެއްޗެއް ބުއިން އާއްމުވުމެވެ؛ އެއީ ދުންފަތާއި އެނާޖީ ޑްރިންކެވެ.

16 ޖެނުއަރީ

January 16, 2018 30
ޑރ. ޝިފާން: ފުން ލޯތްބަކާއެކު ދިވެހިންނަށް ހާއްސަ

މީގެ 10 އަހަރު ކުރި އެވެ. ޑރ. މުހައްމަދު ޝިފާނަށް ފެނިވަޑައިގަތީ ހިތް ދަތި މަންޒަރެކެވެ؛ އުމުރުން ދުވަސްވީ އަންހެނަކު، ކޮތަޅަކަށް ބޭސްފުޅިއެއް ލައިގެން އައިޖީއެމްއެޗުގެ އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ވަންނަނީ އެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމާއި ގޮތް ހުސްވެފައިވާ ތަނެވެ. އެތައް އިރެއްވީއިރު ވެސް އެ އަންހެން މީހާ ބޭނުންވެގެން...

10 ޖެނުއަރީ

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ....

09 ޖެނުއަރީ

January 09, 2018 13
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!

ރަނގަޅަށް ހިންގަމުން އައި ހޮސްޕިޓަލެއްގެ ފެންވަރު ދަށްވެ، ޚިދުމަތް މެދުކެނޑޭ ހިސާބަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. މިއީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެތައް ބަޔަކާ ގުޅިފައި އޮތް މައްސަލައެކެވެ. ހދ. ކުޅުދުއްފުށީ ޜީޖނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ކުރިމަތިވެގެން މި އުޅެނީ މި މައްސަލަ އެވެ. ޓާޝާރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ...

12 ޑިސެމްބަރ

December 12, 2017 49
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟

މި ފަހުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރަކީ، އުތުރުގެ ތިން އަތޮޅު ވެސް ސިއްހީ ދާއިރާ އިން ބަރޯސާވެފައި އޮންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކަ އެވެ. ހއ، ހދ އަދި ށ،. އަތޮޅުގެ ރަށްރަށުން ވެސް ކޮންމެ ދުވަހަކު އެ ރަށަށް ޑޮކްޓަރަށް ދައްކަން...

17 ނޮވެމްބަރ

November 17, 2017 9
އުފަންވީ މާ އަވަހަށް: އުއްމީދު އަދި އެތައް ފިލާވަޅެއް

ބަނޑަށް 24 ހަފްތާގައި އަހްޔާން އުފަންވި އިރު ބަރުދަނުގައި ހުރީ އެންމެ 642 ގްރާމެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ފަރުވާ ދޭން ޖެހި ތިން މަސް ވަންދެން އެންއައިސީޔޫގައި އޭނާ ބޭއްވި އެވެ. މިހާރު އަހްޔާންއަކީ ލަވަ އަޑުއަހަން ލޯބިކުރާ، ފީކޯތް ކުޅެން ފޯރި ހުންނަ، އުފާވެރި ކުއްޖެކެވެ. އޭނާގެ މަންމަ ޝާހިދާގެ ބަހުން ނަމަ "ދުވަހަކު ވެސް...

14 ނޮވެމްބަރ

November 14, 2017 116
ޑޮކްޓަރުންތަކެއްގެ ޝަކުވާ: މިހާ ތަފާތު ކުރަނީ ކީއްވެ؟

ސިއްހީ ދާއިރާ އަށް އަންނަނީ ބޮޑެތި ބަދަލުތަކެކެވެ؛ މި ކުރިއެރުންތަކާ އެކު ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ނުލިބުމުވެ. ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ދިވެހި، މޮޅު ޑޮކްޓަރުން ޕްރައިވެޓް ސެކްޓަރުގައި ނުވަތަ ރާއްޖެ ދޫކޮށް އެހެން ގައުމުތަކުގައި މަސައްކަތް ކުރުމަކީ މި ދާއިރާ އަށް ކުރިމަތިވެފައި...

12 ނޮވެމްބަރ

November 12, 2017 61
ޑރ. ނާޒަށް ޑރ. މުޒުނީ ދެއްވި ފުރިހަމަ ފަރުވާ

އައިޖީއެމްއެޗަކީ އަބަދުވެސް އެތައް ބައެއްގެ ފާޑުކިޔުމާއި ޝަކުވާތަކާއި ރުޅިވެރިކަން އަމާޒުވާ ހޮސްޕިޓަލެކެވެ. އެކަމަކު އެ ތަނުގެ ހުރިހާ ކަމެއް ގޯހެކޭ ނުބުނެވޭނެ އެވެ. އެއް ކަމަކީ ކަށީގެ ޑިޕާޓްމެންޓުން ދޭ ޚިދުމަތްތަކެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރު އަލީ މުޒުނީ ރޭ ހިއްސާކުރެއްވި ވާހަކަ އޭގެ ހެއްކަކަށް ފުދެ އެވެ.

28 އޮކްޓޯބަރ

October 28, 2017 46
ދަރިއަކަށްޓަކައި މަޔަކަށް ވެވޭނީ މިވަރުގެ ގުރުބާނީއެއް

ބެންކޮކުގައި ފަރުވާ ދިނުމަށް ފަހު، ރާއްޖެ އަންނަނިކޮށް ހާލު ސީރިއަސް ވެގެން، އިބްރާހިމް ޒާހިލް އައިޖީއެމްއެޗުގައި އެޑްމިޓް ކުރި ހަބަރު ލިބުމުން އޭނާއާ ބައްދަލުކުރަން ހޮސްޕިޓަލަށް ދިޔައީމެވެ. ޒާހިލް އޮތް އައިސީޔޫގެ ކުރިމައްޗަށް އެރި އިރު، އޭނާގެ މަންމަ، ރަމްޒިއްޔާ ހާރޫން ހުއްޓެވެ.

18 ސެޕްޓެމްބަރ

September 18, 2017 47
ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރިން: އަަލަމް

ތ. ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރު، އަލަމް އައްބާސް، 23، އާންމުކޮށް ފުޓްބޯޅަ ކުޅެން ގޮހެއް ނޫޅެ އެވެ. ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ކުޅެން އުޅެނިކޮށް އޭނާއަށް ކުރިމަތިވީ، އިންސާނަކަށް ވަރަށް މަދުން ނޫނީ ދިމާނުވާނެ ފަދަ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ؛ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ...

31 އޯގަސްޓް

August 31, 2017 71
ރާއްޖޭގައި މިހިރީ މާމުއި އުފައްދާފައި!

މީގެ 17 އަހަރު ކުރިން މި މަސައްކަތް ވީ ފްލޮޕެވެ. އެކަމަކު ހިތްވަރު ދޫނުކޮށް މާލޭގެ މި އާއިލާގެ ތިން ބެއިން އަނެއްކާ ވެސް މި މަސައްކަތުގައި އަތުކުރި އޮޅާލި އެވެ. ހަތަރު ވަރަކަށް ފަހަރު ޓްރައިކުރުމަށް ފަހު މަންޒަރު މިހާރު މިއޮތީ ވަރަށް ފޮނިކޮށް ފެންނާށެވެ! އެ ގޭގައި މިހާރު ފުޅިފުޅީގައި ބަންދުކޮށްފައި އެހުރީ އެންމެ ތާޒާ މާމުޔެވެ....

28 އޯގަސްޓް

August 28, 2017 23
ސިއްހީ ހިދުމަތްތެރިޔާ އާންމުންގެ ދީލަތި އެހީއަށް!

އައިޖީއެމްއެޗުން އެއީ ވަރަށް އާންމު މޫނެކެވެ. ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އޭނާ ހުރީ ހިނިތުންވުމާ އެކު އާންމުންގެ ހިދުމަތުގަ އެވެ. އެކަމަކު މިހާރު އޭނާ މި އެދެނީ އާންމުންގެ އެހީތެރި ކަމަށެވެ. އައިމިނަތު މުހަންމަދު (އައިންތު) އަކީ ދެ ކިޑްނީ ފެއިލްވުމުގެ ފަހު ސްޓޭޖުގައި ހުރި މީހެކެވެ. އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އަންނަ...

27 އޯގަސްޓް

August 27, 2017 84
ގާސިމް މަރަށް ތެޅެނީ، މުއައްސަސާތައް ބަލަހައްޓައިގެން!

އޮޅުވާލުމެއް ނޫނެވެ؛ ހަމަ ހަގީގަތުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ވަރަށް ސީރިއަސް އެވެ. އެކަށީގެންވާ އަވަސް ފަރުވާއެއް ނުލިބިއްޖެ ނަމަ، ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު އެބައޮތެވެ. މިއީ އެތަކެއް ޑޮކްޓަރުން ދެއްވާފައިވާ ލަފައެކެވެ. ޑޮކްޓަރުންގެ ލިޔެކިޔުންތަކުން އެ އޮތީ ފެންނާށެވެ. އެކަމަކު...

05 އޯގަސްޓް

August 05, 2017 52
މަންމަގެ އާދޭސް: ޒާހިލަށް ހެޔޮ ދުއާކޮށްދީ!

އައިޖީއެމްއެޗުގެ އައިސީޔޫގެ ކުރިމަތީގައި ރަމްޒިއްޔާ ހާރޫން މަޑުކޮށްލައިގެން ހުރި އިރު، އޭނާގެ މޫނުމަތިން ކަންބޮޑުވުމާއި ހިތާމަ އިންތިހާއަށް ފެނެ އެވެ. ކަރުދާސްތަކެއް އަޅާފައި ހުރި ފައިލެއް ހިފައިގެން، ފިރިމީހާއާ އެކު އެތަނުގައި މަޑުކޮށްލައިގެން ހުރި އިރު، އޭނާގެ ހުރިހާ ވެސް އުއްމީދެއް ގުޅިފައިވަނީ އައިސީޔޫގައި އޮތް އޭނާގެ...

26 ޖޫން

June 26, 2017 64
އަހަރެމެން އެހެން ރަށަކަށް ބަދަލުކޮށްދީ!

މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ކޮންމެހެން ފުރިހަމަވެފައި ހުންނަން ޖެހޭ އަސާސީ ހިދުމަތްތަކެއް ހުރެ އެވެ. ފުރަތަމަ ކަމަކަށް ލަފައިފުރޭނެ ލުއިފަސޭހަ އިންތިޒާމެކެވެ. ދެ ވަނަ ކަމަކަށް ތައުލީމް ލިބޭނެ އިންތިޒާމެވެ. އަދި ތިން ވަނަ ކަމަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެވެ.

24 ޖޫން

June 24, 2017 43
އެއްމާބަނޑު 4: ހަމަ އެ މީހުން އެދިއެދި ތިބި އަދަދު

ފުރަތަމަ ސްކޭންގެ ނަތީޖާ އެނގުނު ވަގުތު ފާތިމަތު ސުމީތާ ފެށީ ރޯށެވެ. އެއްމާބަނޑު ތިން ކުދިން ބަނޑުއަޅައި ވިހާނީ ކިހިނެއްކަން ހިތަށް ވެސް ގެންނަން އެ ހިނދުކޮޅުގައި ނޭނގި ބިރުހީވީ ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ ސުމީތާ، 27، އާއި އޭނާގެ ފިރިމީހާ އަހުމަދު އަޝްފާގު، 29، ބޭނުންވި ގޮތެވެ.-- މުޅިއަކުން އެހެނެއް ވެސް ނޫނެވެ. ބަލިވެއިންކަން...

19 ޖޫން

June 19, 2017 16
ދުންފަތުގެ އިންޒާރެއް! މި ފަހަރު އޮފީސްތަކަށް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ފަރާތުން އޮފީހަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް (އަހަރަކު ބޮލަކަށް 3،077 ޑޮލަރު) ފާހަގަކުރެވެނީ ސިނގިރޭޓް ބޯން ނަގާ ބްރޭކްތަކުގެ ސަބަބުން.

23 މެއި

May 23, 2017 37
އިންޒާރު: ކުއްލި މަރުތައް ގިނަވަނީ!

ބައްޔެއް ހުރިކަން ނޭނގި ނުވަތަ ދުރާލާ ސިއްހީ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި މީހުން މަރުވާ ހާދިސާތައް ފަހަކަށް އައިސް ދަނީ ތަކުރާރުވަމުންނެވެ. ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ކުއްލިއަކަށް މަރުވެގެން ދަނޑުމައްޗަށް ވެއްޓިދާނެ އެވެ. ހެނދުނު ނިދާ ނުހޭލައިގެން ބަލާ އިރު މަރުވެފައި އޮވެދާނެ އެވެ. މިފަދަ ހާދިސާތަކަކީ، ދިވެހިންގެ...

20 އެޕްރީލް

April 20, 2017 38
މަރުގެ ތުންފަތްމަތިން ސަލާމަތްވި މާބަނޑުމީހާ

އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫގައި މާބަނޑު އަނބިމީހާގެ ހާލު ސީރިއަސް ވުމުން، އަހުމަދު މުހައްމަދު ،39، އަށް ޑޮކްޓަރުން ދިނީ އަނބިމީހާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ ވަރަށް ކުޑަ އުއްމީދެކެވެ. މައިމީހާ އާއި ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ބަނޑަށް ހަތް މަހުގައި ސިޒޭރިއަން ހަދައި ދަރިފުޅު ނަގަން ޖެހުނެވެ. އަދި...