03 އެޕްރީލް

April 03, 2017 38
ޓްރީ ޓޮޕް ހޮސްޕިޓަލް، މަތީ ފެންވަރުގެ ނަމޫނާއަކަށް

މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބިޔަ އެއް އިމާރާތެވެ. ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ގްރޫޕް ހިއްސާވާ ކުންފުނިން އަޅަމުން އަންނަ އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެވެ.

25 މާޗް

March 25, 2017 102
މާދަމާ ދަރިން ސްކޫލަށް ފޮނުވާނަންތަ؟

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތިން ދުވަހުގެ ތަފާސްހިސާބުތަކުގެ ނަތީޖާ ދައްކަނީ މި ގޮތަށެވެ؛ ސްވައިން ފްލޫ ކޮންޓްރޯލެއް ނުވެ އެވެ. އެކަމަކު އިއްޔެ އެ ތަފާސްހިސާބުތައް ނުނެރޭތީ ބުރާސްފައްޗާއި ހުކުރު ދުވަހު ރޯގާގެ ހާލަތެއް ނޭނގެ އެވެ. އެލާޓް ލެވެލް އަދިވެސް އޮތީ ތިނެއްގަ އެވެ.

15 މާޗް

March 15, 2017 16
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް

އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ...

14 މާޗް

March 14, 2017 70
އާދައިގެ ރޯގާ ކުއްލިއަކަށް ނުރައްކާވެ ހުސް ޝަކުވާ

އިއްޔެ ރޭ އިރާކޮޅުން ފެށިގެން ފެތުރެން ފެށީ ރާއްޖޭގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިގެން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ވާހަކަ އެވެ. މި އަޑުތަކާ އެކު އާންމުންގެ ކަންބޮޑުވުން އިތުރުވެ ނޫސްވެރިން މަސައްކަތް ފެށީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހޮސްޕިޓަލްތަކަށް ގުޅައިގެން ހަގީގަތް ހޯދާށެވެ؛ މައުލޫމާތެއް...

13 މާޗް

March 13, 2017 27
ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ އެއް ފިހާރައިގެ ދޮރުމަތީގައި ދާދިފަހުން ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަޔަކު ދިގު ކިޔޫއެއްގައި ޖެހިފައި ތިއްބާ ވަރަށް ގިނަ ބަޔަކަށް ފެންނާނެ އެވެ. މިއިން އެނގުނު އެއްޗަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހައްދުން ނެއްޓިފައި...

01 މާޗް

March 01, 2017 26
އެމްއާރު ވެކްސިނާއި އޯޓިޒަމްއާ ގުޅުމެއް ނެތް

ވެކްސިނަކީ އޯޓިޒަމަށް މަގުފަހިކުރާ އެއްޗެއް ކަމަށް ބުނާ ލިޔުންތައް އިންޓަނެޓުގައި ގިނަ އެވެ. އެއީ ބައެއް ދިވެހިން ވެސް ގަބޫލުކުރާ ވާހަކައެކެވެ. ރާއްޖެއަކީ ހިމަބިހި ނެތް ގައުމަކަށް ހަދަން މިހާރު ފަށައިގެން އުޅޭ ވެކްސިން ކެމްޕެއިނުގެ ކުރިން ވެސް ބައެއް މީހުންގެ ހިތުގައި އެ ކަންބޮޑުވުން އޮތީ އުފެދިފަ އެވެ. އެ ސަބަބާ ހެދި،...

22 ފެބުރުއަރީ

February 22, 2017 84
ކަރުގައި ތާށިވި ރުފިޔާ ނަގަން އުފުލަން ޖެހުނު ތަކުލީފު

ށ. ފޭދޫގެ ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި މިދިޔަ ހަފުތާގައި ތާށިވި ރުފިޔާއެއް ނުނެގިގެން އާއިލާ އިން ޖެހުނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާށެވެ. ފޭދޫ ސިއްހީ މަރުކަޒުން އެކަން ނުވުމުން ދަތުރު ހަދައިގެން ދިޔައީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެންމެ އުތުރުގެ ތިން އަތޮޅަށް ޚާއްސަ އެ ހޮސްޕިޓަލުން ވެސް އެކަން...

16 ޖެނުއަރީ

January 16, 2017 41
އާސަންދައާ ގުޅިފައިވާ ތަންތަނަށް ފައިސާގެ ދަތިކަން

ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ގިނަ ތަންތަން މިހާރު ބަރޯސާވެފައި ވަނީ ސަރުކާރުން ހިންގާ އިންޝުއަރެންސް ޚިދުމަތް، އާސަންދައިގެ މައްޗަށެވެ. އެ ނިޒާމްގެ ތެރެއަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ބައެއް ކްލިނިތަކާއި ގިނަ އަދަދެއްގެ ބޭސްފިހާރަތައް ވެސް ވަނީ ވަދެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އާސަންދައިގައި ބައިވެރިނުވެ...

01 ޖެނުއަރީ

January 01, 2017 1
85 އަހަރުގެ ދުވުންތެރިޔާ، ސައިންސްވެރިންނަށް ރަނެއް

އޭނާގެ ފައިގެ ބާރާއި ފުއްޕާމޭގެ ވަރުގަދަކަމުން ސައިންސްވެރިން ތިބީ ހައިރާންވެފަ އެވެ. އުމުރުން 85 އަހަރުގެ މީހަކާ އަޅާބަލާ އިރު އެޑް ވައިޓްލޮކްގެ ދުވުން ހިމަނަން ޖެހެނީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގަ އެވެ. މިދިއަ އޮކްޓޯބަރު މަހު 85 އަހަރު ފުނުއިރު ޓޮރޮންޓޯ ވޯޓާފްރޮންޓް މެރެތަން ރޭސް ތިން ގަޑިއިރާއި 56 މިނިޓް، 34 ސިކުންތުން ނިންމުމަކީ...

18 ޑިސެމްބަރ

December 18, 2016 9
އޭޑީކޭގެ މެޑިކަލް ރިޕޯޓް އަލުން ބަލައިގަންނަން ފަށައިފި

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލުކުރަން އިމިގްރޭޝަނުން އަލުން ފަށައިފި އެވެ.

03 ޑިސެމްބަރ

December 03, 2016 29
ސްޓޫޑިއޯގައި ފޮޓޯ ނެގި ފަހުން ޖެހުނީ ފިޓް، ވިސްނާލާ!

ހަތް މަހުގެ އާނަ ޒައިދު އިބްރާހިމަށް ފިޓު ޖެހުމަކީ އޭނާގެ މައިންބަފައިންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހާސްކަމެވެ. އެއް ދުވަހެއްގައި ދެ ފަހަރު ފިޓު ޖެހުނީ އެންމެ 14 ގަޑި އިރު ތެރޭގަ އެވެ. ހުމެއް ނައިސް އިތުރު އެހެން ކަމެއް ވެސް ދިމާނުވެ، ކުއްލިއަކަށް ފިޓު ޖެހުނީމާ އެ މީހުން އެންމެ ބޮޑަށް ބޭނުންވީ އެހެން އެވީ ކީއްވެގެންތޯ ބަލާށެވެ.

02 ޑިސެމްބަރ

December 02, 2016 23
ފުރަތަމަ އެކަނިވެރިކަން، މިހާރު އެންމެންގެ ލޯބި

ދަރިފުޅަށް ޖެހިފައިވާ ހަމުގެ ބައްޔަށް ފަރުވާ ހޯދަން މީގެ އަހަރުތަކެއް ކުރިން ރަމްޒިއްޔާ ހާރޫން އިންޑިއާއަށް ދިޔައީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ބައެއްގެ ގާތަށެވެ. އެއްވެސް އެހީތެރިޔަކާ ނުލައި ހަތް އަހަރުގެ ދަރިފުޅާ އެކު އިންޑިއާއަށް ދިޔުމުން ކުރިމަތިވި ހިތްދަތިކަން އަދިވެސް އޭނާގެ ހިތަކުން ފިލައިގެންނެއް ނުދެ އެވެ.

29 ނޮވެމްބަރ

November 29, 2016 32
120 މިލިއަން، އައިޖީއެމްއެޗަށް ޒަމާނީ ބޮޑު ބަދަލެއް

މީގެ ކުރިން އެއީ ތޮއްޖެހިފައިވާ ތަނެކެވެ. އަށް އެނދުގައި އެންމެ ހާލު ބޮޑު ބަލި މީހުން ބައިތިއްބާފައި ތިބޭއިރު، އެ މީހުންގެ އެހީތެރިން މަޑުކޮށްލާނެ ވަކި ތަނެއް ވެސް ނުހުރެ އެވެ. އެނދުތައް ހުންނަލެއް ކައިރިކަމުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. ވެންޓިލޭޓަރު ގުޅާފައި އޮންނަ މީހަކަސް، ޑަޔަލިސިސް...

19 ނޮވެމްބަރ

November 19, 2016 13
ކުދިންގެ ލޮލާއި ދަތްތަކަށް މިވަނީ ކިހިނެއް؟

ކުއްޖެއްގެ ދަތް ފަނިކެއުމަކީ މާ ބޮޑު ކަމެކޭ ހިތަށް ނާރަފާނެ އެވެ. ނުވަތަ، ރަނގަޅަށް ނުފެންނަ ކުއްޖާ އައިނު އެޅުވީމާ ނިމުނީއޭ ހީވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ހެލްތު ސްކްރީނިން އިން ފެންނަނީ ސީރިއަސް މަންޒަރެކެވެ. ލޮލާއި އަނގައިގެ މައްސަލަތަކާއި އެ ނޫން ވެސް ބައެއް ކަންކަން ކަންބޮޑުވާން ޖެހޭ...

04 ނޮވެމްބަރ

November 04, 2016 2
އިންސާނާގެ ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން

އިންސާނުންނަށް ޤުދުރަތުން ލިބިފައިވާ އެކިއެކި ބާރުތަކާއި ކައުނުގައި އިންސާނާ އަށްޓަކައި ކިޔަމަންތެރި ކުރެވިފައިވާ ތަކެތީގެ ބޭނުން ހިފުމުގައި އެއް ބަޔަކީ އެމީހުންނާއި ދެންތިބި އެހެން މީހުންނަށް ވެސް އެއިން ގެއްލުން ނުވާނެ ގޮތުގައި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ. ނަމަވެސް އަނެއް ބަޔަކީ އެބަޔަކަށް ނުވަތަ އެހެން...

22 އޮކްޓޯބަރ

October 22, 2016 22
ސިއްހީ ބޮޑު ކާމިޔާބީއެއް: ސިއްރަކީ ކޮބާ؟

ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރަށް ބަލަންޏާ، އާއްމުންގެ އިތުބާރު ކުޑަވެފައި ޝަކުވާ ބޮޑެވެ. އެކަމަކު ދުނިޔޭގެ ސިއްހީ އަމާޒުތައް ހާސިލްކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ރާއްޖެ އިން އަންނަނީ ހޯދަމުންނެވެ. އެފަދަ އެއް ކަމަކީ މާބަނޑުވުމާއި ވިހެއުމާ ގުޅުން ހުރި މައްސަލަތަކުގައި އަންހެނުން މަރުވާ އަދަދު މަދުކުރުމުގައި...

21 އޮކްޓޯބަރ

October 21, 2016 25
ޒާހިލް: ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރަޔަކަށް

ގޮތް ނޭނގޭ ކަމެއްގައި ދަރިޔަކު އުފުލަމުން ދާ ވޭން ތަހައްމަލްކުރުމަކީ، ދަރިން ދެކެ ލޯބިވާ، މައިންބަފައިންނަށް ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގެ އުފާވެރިކަން ގުރުބާންކޮށް،...

October 21, 2016 1
ޑޮކް.އެމްވީ: ޑިޖިޓަލް ހެލްތުގެ ފެށުން، ބޮޑު ބަދަލެއް

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ހޯދަން އުފުލަން ޖެހޭ ތަކުލީފު އިންތިހާ އަށް ބޮޑެވެ. ބޭނުންވާ ޑޮކްޓަރަކު ޑިއުޓީގައި އިންތޯ ބަލަން ފޯނު ކުރަން ޖެހެ އެވެ. އެތައް އިރަކު ކިއޫގައި...

23 ސެޕްޓެމްބަރ

September 23, 2016 11
ކެންސަރަށް ފަހު އައްބާސްގެ އާ ހިތްވަރު: ދިގު ދުވުން

މީގެ ތިން އަހަރު ކުރިން އޭނާ އޮންނެވީ ކެންސަރު ބައްޔާ ހަނގުރާމަކުރައްވަން އެނދުމަތީގަ އެވެ. އެކަމަކު ބޮޑު ދެ އޮޕަރޭޝަނަށް ފަހު، އެކަމުން ސަލާމަތްވުމުން ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުކޮށްލެއްވި އެވެ. މިހާރު އޭނާ އަކީ ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހުރި ނަމޫނާ ހިތްވަރެކެވެ. އެހިތްވަރުގެ އެންމެ ރީތި މިސާލަކީ،...

05 ސެޕްޓެމްބަރ

September 05, 2016 20
ޒިކާ ރާއްޖޭގެ ދޮރާ ހަމައަށް، ރައްކާތެރިވޭ!

ރާއްޖެއާ 14،000 ކިލޯމީޓަރު ދުރުގައި އޮތް ބްރެޒިލްގައި ޒިކާ ފެތުރިގެން ދުނިޔޭގެ ސަމާލުކަން ލިބުނަސް ގިނަ ދިވެހިން އެކަމާ ކަންބޮޑުވެގެންނެއް ނޫޅެ އެވެ. އެހާ ދުރު ހިސާބެއްގައި އެ ބަލި ބިރަކަށް ވެގެން އުޅުނަސް، ރާއްޖެއާ ހަމައަށް ފޯރާނެ ކަމަކަށް ގިނަ މީހުން ހިއެއް ނުކުރާނެ އެވެ. އެކަމަކު ދުނިޔޭގެ ދަތުރުފަތުރަށް މިހާރު އައިސްފައިވާ...

01 އޯގަސްޓް

August 01, 2016 2
ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ބޮޑުގޯހެއް

ސްކޫލުތަކުގެ އިންޓަވަލް ގަޑީގައި ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ތިޔަ ހީކުރާ ވަރަށް ވުރެ ނުރައްކާ އަދި އޭގެ ސަބަބުން އެ ދަރިވަރުންނަށް ނުހަނު ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ބެލެނިވެރިންނަށް ފަސޭހައަކަށް ނަމަވެސް ތި ހެދޭ ބޮޑު ގޯހުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އެތައް ގޮތަކުން އަސަރުކޮށް ހޯދާ ނަތީޖާ ދަށްވާކަން ތަފާތު...