02 ޑިސެމްބަރ

December 02, 2016 23
ފުރަތަމަ އެކަނިވެރިކަން، މިހާރު އެންމެންގެ ލޯބި

ދަރިފުޅަށް ޖެހިފައިވާ ހަމުގެ ބައްޔަށް ފަރުވާ ހޯދަން މީގެ އަހަރުތަކެއް ކުރިން ރަމްޒިއްޔާ ހާރޫން އިންޑިއާއަށް ދިޔައީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ބައެއްގެ ގާތަށެވެ. އެއްވެސް އެހީތެރިޔަކާ ނުލައި ހަތް އަހަރުގެ ދަރިފުޅާ އެކު އިންޑިއާއަށް ދިޔުމުން ކުރިމަތިވި ހިތްދަތިކަން އަދިވެސް އޭނާގެ ހިތަކުން ފިލައިގެންނެއް ނުދެ އެވެ.

29 ނޮވެމްބަރ

November 29, 2016 32
120 މިލިއަން، އައިޖީއެމްއެޗަށް ޒަމާނީ ބޮޑު ބަދަލެއް

މީގެ ކުރިން އެއީ ތޮއްޖެހިފައިވާ ތަނެކެވެ. އަށް އެނދުގައި އެންމެ ހާލު ބޮޑު ބަލި މީހުން ބައިތިއްބާފައި ތިބޭއިރު، އެ މީހުންގެ އެހީތެރިން މަޑުކޮށްލާނެ ވަކި ތަނެއް ވެސް ނުހުރެ އެވެ. އެނދުތައް ހުންނަލެއް ކައިރިކަމުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. ވެންޓިލޭޓަރު ގުޅާފައި އޮންނަ މީހަކަސް، ޑަޔަލިސިސް...

19 ނޮވެމްބަރ

November 19, 2016 13
ކުދިންގެ ލޮލާއި ދަތްތަކަށް މިވަނީ ކިހިނެއް؟

ކުއްޖެއްގެ ދަތް ފަނިކެއުމަކީ މާ ބޮޑު ކަމެކޭ ހިތަށް ނާރަފާނެ އެވެ. ނުވަތަ، ރަނގަޅަށް ނުފެންނަ ކުއްޖާ އައިނު އެޅުވީމާ ނިމުނީއޭ ހީވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ހެލްތު ސްކްރީނިން އިން ފެންނަނީ ސީރިއަސް މަންޒަރެކެވެ. ލޮލާއި އަނގައިގެ މައްސަލަތަކާއި އެ ނޫން ވެސް ބައެއް ކަންކަން ކަންބޮޑުވާން ޖެހޭ...

04 ނޮވެމްބަރ

November 04, 2016 2
އިންސާނާގެ ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން

އިންސާނުންނަށް ޤުދުރަތުން ލިބިފައިވާ އެކިއެކި ބާރުތަކާއި ކައުނުގައި އިންސާނާ އަށްޓަކައި ކިޔަމަންތެރި ކުރެވިފައިވާ ތަކެތީގެ ބޭނުން ހިފުމުގައި އެއް ބަޔަކީ އެމީހުންނާއި ދެންތިބި އެހެން މީހުންނަށް ވެސް އެއިން ގެއްލުން ނުވާނެ ގޮތުގައި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ. ނަމަވެސް އަނެއް ބަޔަކީ އެބަޔަކަށް ނުވަތަ އެހެން...

22 އޮކްޓޯބަރ

October 22, 2016 22
ސިއްހީ ބޮޑު ކާމިޔާބީއެއް: ސިއްރަކީ ކޮބާ؟

ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރަށް ބަލަންޏާ، އާއްމުންގެ އިތުބާރު ކުޑަވެފައި ޝަކުވާ ބޮޑެވެ. އެކަމަކު ދުނިޔޭގެ ސިއްހީ އަމާޒުތައް ހާސިލްކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ރާއްޖެ އިން އަންނަނީ ހޯދަމުންނެވެ. އެފަދަ އެއް ކަމަކީ މާބަނޑުވުމާއި ވިހެއުމާ ގުޅުން ހުރި މައްސަލަތަކުގައި އަންހެނުން މަރުވާ އަދަދު މަދުކުރުމުގައި...

21 އޮކްޓޯބަރ

October 21, 2016 25
ޒާހިލް: ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރަޔަކަށް

ގޮތް ނޭނގޭ ކަމެއްގައި ދަރިޔަކު އުފުލަމުން ދާ ވޭން ތަހައްމަލްކުރުމަކީ، ދަރިން ދެކެ ލޯބިވާ، މައިންބަފައިންނަށް ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގެ އުފާވެރިކަން ގުރުބާންކޮށް،...

October 21, 2016 1
ޑޮކް.އެމްވީ: ޑިޖިޓަލް ހެލްތުގެ ފެށުން، ބޮޑު ބަދަލެއް

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ހޯދަން އުފުލަން ޖެހޭ ތަކުލީފު އިންތިހާ އަށް ބޮޑެވެ. ބޭނުންވާ ޑޮކްޓަރަކު ޑިއުޓީގައި އިންތޯ ބަލަން ފޯނު ކުރަން ޖެހެ އެވެ. އެތައް އިރަކު ކިއޫގައި...

23 ސެޕްޓެމްބަރ

September 23, 2016 11
ކެންސަރަށް ފަހު އައްބާސްގެ އާ ހިތްވަރު: ދިގު ދުވުން

މީގެ ތިން އަހަރު ކުރިން އޭނާ އޮންނެވީ ކެންސަރު ބައްޔާ ހަނގުރާމަކުރައްވަން އެނދުމަތީގަ އެވެ. އެކަމަކު ބޮޑު ދެ އޮޕަރޭޝަނަށް ފަހު، އެކަމުން ސަލާމަތްވުމުން ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުކޮށްލެއްވި އެވެ. މިހާރު އޭނާ އަކީ ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހުރި ނަމޫނާ ހިތްވަރެކެވެ. އެހިތްވަރުގެ އެންމެ ރީތި މިސާލަކީ،...

05 ސެޕްޓެމްބަރ

September 05, 2016 20
ޒިކާ ރާއްޖޭގެ ދޮރާ ހަމައަށް، ރައްކާތެރިވޭ!

ރާއްޖެއާ 14،000 ކިލޯމީޓަރު ދުރުގައި އޮތް ބްރެޒިލްގައި ޒިކާ ފެތުރިގެން ދުނިޔޭގެ ސަމާލުކަން ލިބުނަސް ގިނަ ދިވެހިން އެކަމާ ކަންބޮޑުވެގެންނެއް ނޫޅެ އެވެ. އެހާ ދުރު ހިސާބެއްގައި އެ ބަލި ބިރަކަށް ވެގެން އުޅުނަސް، ރާއްޖެއާ ހަމައަށް ފޯރާނެ ކަމަކަށް ގިނަ މީހުން ހިއެއް ނުކުރާނެ އެވެ. އެކަމަކު ދުނިޔޭގެ ދަތުރުފަތުރަށް މިހާރު އައިސްފައިވާ...

01 އޯގަސްޓް

August 01, 2016 2
ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ބޮޑުގޯހެއް

ސްކޫލުތަކުގެ އިންޓަވަލް ގަޑީގައި ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ތިޔަ ހީކުރާ ވަރަށް ވުރެ ނުރައްކާ އަދި އޭގެ ސަބަބުން އެ ދަރިވަރުންނަށް ނުހަނު ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ބެލެނިވެރިންނަށް ފަސޭހައަކަށް ނަމަވެސް ތި ހެދޭ ބޮޑު ގޯހުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އެތައް ގޮތަކުން އަސަރުކޮށް ހޯދާ ނަތީޖާ ދަށްވާކަން ތަފާތު...

24 ޖުލައި

July 24, 2016 1
ކެންސަރަށް ދުވާލަކު ދެ ލައްކައެއްހާ ރުފިޔާ!

ރާއްޖޭގައި އެންމެ ނުރައްކާތެރި އަދި އެންމެ އާއްމު އެއް ބައްޔަކީ ކެންސަރޭ ބުނެފި ނަމަ އެއީ އާ ވާހަކައަކަށް ނުވެދާނެ އެވެ. އެކި ފަަހަރު މަތިން، އެކި ރަސްމިއްޔާތުތަކުގައި ކަމާ ބެހޭ އިދާރާތަކުން އަންނަނީ އެ ބަލީގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު މި ބައްޔަށް ކުރަން ޖެހޭ ހޭދައާ މެދު ގިނަ މީހުންނަށް ވިސްނާލެވިފައެއް ނުވެ އެވެ....

03 ޖުލައި

July 03, 2016 21
ސިއްހީ ދާއިރާގެ ބޮޑު ދުވަހެއް، ހިތްތައް ހަމަޖެހިއްޖެ

އެންމެ ފަސް މިނެޓްގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ޖެހުން މިދިޔަ ހުކުރު ދުވަހު ނިމުމަކަށް އައީ އެވެ. އައިޖީއެމްއެޗުގައި ހިތުގެ ފަރުވާ ފަށައިފި އެވެ. މިއީ، އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް މި އައީ ވަރަށް ބޮޑު އިންގިލާބެކެވެ. އާދައިގެ ފަރުވާތަކަށް ހާއްސަވެފައި އޮތް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް މިހާރު...

07 ޖޫން

June 07, 2016
ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: 35 އަހަރާއި އޭގެ ފަސް

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި ފޮތް "ސިއްހީ ހަދިޔާ"ގެ ބައެއް ބައިތަކެވެ. މި ފޮތް ނެރުނީ ސޮނީ ހާޑުވެއާގެ ހެޔޮ އެދުންތަކާ އެކު އެވެ. ކޮންމެ އަންގާރަ އަދި ބުރާސްފަތީގައި މި ބައިތައް...

24 މެއި

May 24, 2016
ހިތްވަރު އެބަހުރިތަ؟ މަންދީ އަކަށް ވެވޭތޯ ބަލަމާ!

ހެނދުނު ތެދުވެ، ރޮއްޓާއި ރިހަ އެވެ. ނުވަގަޑި އަށް ވަރުގަދަ ސައެކެވެ. މެންދުރު 12 ޖަހާއިރު އަނެއްކާ ކެއުންގަނޑެކެވެ. ދޭއް ޖަހާއިރު އެއީ އަސްލު މެންދުރު ކެއުންގަނޑުގެ ވަގުތެވެ. ތެޔޮ ހެދިކާތަކާ އެކު ހަތަރެއް ޖަހާއިރު ހަވީރު ސައެވެ. އަނެއްކާ ހައެއް ޖަހާއިރު ބަނޑުހައި ވާނެ އެވެ. ކޮންމެވެސް އެއްޗެއް ކާން ޖެހެ އެވެ. އަށެއް ޖަހާއިރު ރޭގަނޑު...