06 ނޮވެމްބަރ

November 06, 2019 2
އާއްމު ސިއްހަތަށް އިސްނެގުމުގައި ނައިފަރުގެ ތަޖުރިބާ

ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އާއްމު އުސޫލަކީ ބަލިވެގެން ދާ މީހާއަށް ފަރުވާ ކުރުމެވެ. ބަލި މީހުންގެ އަދަދު ގިނަވިޔަސް، އެ މާހައުލު ބަލައި ބަލީގެ ސަބަބު ނަައްތައިލަން މަަސަައްކަތް ކުރުމަކީ އަދި ހޮސްޕިޓަލްގެ ޒިންމާއެއް ކަމަކަށް ނުބަލަ އެވެ. އެކަމަކު ޅ. އަތޮޅު ހޮސްޕިޓަލް މިކަމުގައި ތަފާތެވެ.

05 ނޮވެމްބަރ

November 05, 2019 3
ކޮމިއުނިޓީ ހެލްތުކެއާ އަލުން ދިރުވުމުގެ ޕްލޭނެއް

ފެމިލީ ހެލްތު ވޯކަރުންނާއި ކޮމިއުނިޓީ ހެލްތު ވޯކަރުން ރާއްޖެއަށް ފުރަތަމަ ތައާރަފްވި ދުވަސްވަރު އެއީ ވަރަށް މަސައްކަތް ބުރަ ބައެކެވެ. އޭރު ރަށްރަށުން ފުރައިގެން ހޮސްޕިޓަލަކަށް ދާނީ ހެލްތު ވޯކަރު އެގޮތަށް ލަފާ ދިނީމަ އެވެ. އެކަމަކު މިހާރު ގިނަ މީހުން އެންމެ ފުރަތަމަ ވެސް ދައްކަން ބޭނުންވަނީ ސްޕެޝަލިސްޓް ޑޮކްޓަރަކަށެވެ.

04 ނޮވެމްބަރ

November 04, 2019 7
އާއްމު ސިއްހަަތާ މެދު ބައެއް މިނިސްޓަރުންގެ ކަންބޮޑުވުން

ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހުރިހާ ދާއިރާތަކަކުން އިސް ފަރާތްތައް ބައިވެރިވެގެން މިއަދު ފެށި "އާއްމު ސިއްހަތުގެ ބޮޑު މަހާސިންތާ" ގައި ސިއްހީ ދާއިރާގެ ބޭފުޅުންގެ އިތުރުން އާއްމު ސިއްހަަތަށް އަސަަރު ކުރުވާނެ އެހެން ދާއިރާތައް ވެސް ތަމްސީލު ކުރެ އެވެ. މަހާސިންތާގެ ފުރަތަމަ ސެޝަންގައި މަދަނީ...

18 ޖޫން

June 18, 2019 186
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!

މުޅި ތަން އޮތީ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފަ އެވެ. އެއް ފަރާތުގައި ހޭނައްތާ ކޮޓަރި އެވެ. އަނެއް ފަރާތުގައި، އޮޕަރޭޝަނަށް ފަހު ރަނގަޅު ވަންދެން ބާއްވާ ވޯޑެވެ. މެދުގައި ހުރީ ހަތަރު ތިއޭޓަރެވެ. އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ މި ޒަމާނުގެ މެޝިނަރީޒެވެ. މިއީ، މާލޭގައި ހުރި ރާއްޖޭގެ އެންމެ އުސް އިމާރާތުގެ 12 ވަނަ...

28 އެޕްރީލް

April 28, 2019 30
ދިވެހިން ކާންވީ ގޮތް ފުރަތަމަ ފަހަރަށް

ކްރީމް ކްރޭކަރު ބިސްކޯދު ކިތަންމެ ކަމުދިޔަޔަސް، ސަރުބީ އާއި ލޮނު ގިނަކަމުން، އެއީ އަބަދު ކާން ހެޔޮވާ ވަރު އެއްޗެއް ނޫނެވެ. އެކަމަކު ދޭތެރެއަކުން ދެތިން ބިސްކޯދު ކާލެވިދާނެ އެވެ. ޖޫސް ގިރީމާ މޭވާގައި ހުންނަ ނަރު (ފައިބަ) ނެތިގެންދާނެތީ އާއި ޖޫހަށް ހަކުރު އެޅުން ރަނގަޅު ނުވާނެތީ އެންމެ ފައިދާހުރި ގޮތަކީ މޭވާ އޮތް ގޮތަށް ކާލުމެވެ....

22 އެޕްރީލް

April 22, 2019 9
މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވިދާނެ ކަމަކަށް، މީގެ ދެތިން އަހަރު ދުވަހު ކުރިއަށް ބެއްޔަސް، ދަރިވަރުންގެ ހިތަކަށް ނާރާނެ އެވެ. ނަމަވެސް ތައުލީމީ ދާއިރާއަށް އަންނަ ބޮޑު ކުރިއެރުންތަކާ އެކު އެ ބިންގާ މިހާރު ވަނީ އަޅައިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ފެށި އެމްބީބީއެސްގެ ފުރަތަމަ ކޯސް، ގައުމީ ޔުނިވާސިޓީގެ ހިޔާވަހިކަމުގައި...

17 އެޕްރީލް

April 17, 2019 52
ވެކްސިން ޖެހުން ދަށަށް، ކަންބޮޑުވާންވީ ކިހާ ވަރަކަށް؟

ވެކްސިންގެ ރައްކާތެރިކަމާ މެދު ޝައްކުކުރުމާއި ވެކްސިން ޖެހުމާ ދެކޮޅުހެދުމުގެ އަޑުތައް ރާއްޖޭގައި ވެސް ވަރަށް ގަދަވެއްޖެ އެވެ. އެއީ ހަމައެކަނި ވާހަކަތަކެއް ނޫންކަން އެނގެނީ ވެކްސިން ދެވޭ އަދަދަށް އައިސްފައިވާ ހީނަރުކަމުންނެވެ.

05 ފެބުރުއަރީ

February 05, 2019 87
ބޭރުގައި ދިރިއުޅުނަސް އާސަންދަ: އިތުރު ބުރައެއް؟

އާސަންދަ އިން ކުރާ ހޭދަ ކޮންޓްރޯލް ނުކޮށްފި ނަމަ، ޚިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ! މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، މި އިންޒާރު ދެއްވި ސަބަބުތައް ބައިވަރެވެ.

02 ފެބުރުއަރީ

February 02, 2019 38
އެ ދުވަސް: އިންޑިއާއިން ރާއްޖެއަށް ދިން ހޮސްޕިޓަލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި އައިޖީއެމްއެޗު، ރަސްމީކޮށް ދިވެހި ސަރުކާރާ އިންޑިއާ އިން ހަވާލުކުރީ ފެބްރުއަރީ 2، 1994 ގަ އެވެ. އޭގެ ފަހުން މިއަދަށް 25 އަހަރު ފުރުނީ އެވެ. އެއީ އައިޖީއެމްއެޗުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށި ދުވަހެއް ނޫނެވެ. އެކަމަކު ހޮސްޕިޓަލް ނިންމައި، ރާއްޖެއާ ހަވާލުކުރުމަކީ ވެސް ތާރީޚީ...

10 ޑިސެމްބަރ

December 10, 2018 41
އަމީންގެ ހާސްކަމެއް ނެތް، މައްސަލަތައް ހައްލުކުރެވޭނެ!

އާ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައިގެންފައިވާ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވި އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިނުވާ ބޭފުޅަކަށް ވުމާ އެކު ކުރިމަތިވި...

08 އެޕްރީލް

April 08, 2018 93
25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!

"މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ޚާއްސަ ހުއްދައާ އެކު، ދައުވަތު ދިން ގަޑިއަށް އަޅުގަނޑުމެން ގޮސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގުގަ އެވެ. ކުރިމަތިން ވިދާ ބަބުޅަމުން ދިޔައީ، މިހާތަނަށް ރާއްޖޭގެ އެންމެ އުސް އިމާރާތެވެ. މީގެ 23 އަހަރު ކުރިން ހެދި އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ.

11 ފެބުރުއަރީ

February 11, 2018 26
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުން އުނދަގޫ ކަމަކަށް!

އަބަދުވެސް ހުންނަނީ ހިތް ބިރުގެންފަ އެވެ. ކުރާ އެއްވެސް ކަމެއް ކާމިޔާބު ވެދާނެ ކަމުގެ އުންމީދެއް ނެތެވެ. ތިމާއަކީ ބޭކާރު މީހެއްގެ އިހުސާސް އަބަދުވެސް ކުރެވެ އެވެ. މީހަކު އެއްޗެއް ބުނެފި ނަމަ ނުވަތަ ކަމެއް ހިނގައިފި ނަމަ އެކަމެއް މާނަކުރެވެނީ އަމިއްލަ މީހާ ކުށްވެރި ކޮށްގެނެވެ. އަބަދުވެސް ބޭނުންވަނީ އެހެން މީހުންނާ އެކަހެރިވެ...

16 ޖެނުއަރީ

January 16, 2018 30
ޑރ. ޝިފާން: ފުން ލޯތްބަކާއެކު ދިވެހިންނަށް ހާއްސަ

މީގެ 10 އަހަރު ކުރި އެވެ. ޑރ. މުހައްމަދު ޝިފާނަށް ފެނިވަޑައިގަތީ ހިތް ދަތި މަންޒަރެކެވެ؛ އުމުރުން ދުވަސްވީ އަންހެނަކު، ކޮތަޅަކަށް ބޭސްފުޅިއެއް ލައިގެން އައިޖީއެމްއެޗުގެ އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ވަންނަނީ އެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމާއި ގޮތް ހުސްވެފައިވާ ތަނެވެ. އެތައް އިރެއްވީއިރު ވެސް އެ އަންހެން މީހާ ބޭނުންވެގެން...

09 ޖެނުއަރީ

January 09, 2018 13
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!

ރަނގަޅަށް ހިންގަމުން އައި ހޮސްޕިޓަލެއްގެ ފެންވަރު ދަށްވެ، ޚިދުމަތް މެދުކެނޑޭ ހިސާބަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. މިއީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެތައް ބަޔަކާ ގުޅިފައި އޮތް މައްސަލައެކެވެ. ހދ. ކުޅުދުއްފުށީ ޜީޖނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ކުރިމަތިވެގެން މި އުޅެނީ މި މައްސަލަ އެވެ. ޓާޝާރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ...

12 ޑިސެމްބަރ

December 12, 2017 49
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟

މި ފަހުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރަކީ، އުތުރުގެ ތިން އަތޮޅު ވެސް ސިއްހީ ދާއިރާ އިން ބަރޯސާވެފައި އޮންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކަ އެވެ. ހއ، ހދ އަދި ށ،. އަތޮޅުގެ ރަށްރަށުން ވެސް ކޮންމެ ދުވަހަކު އެ ރަށަށް ޑޮކްޓަރަށް ދައްކަން...

22 ނޮވެމްބަރ

November 22, 2017 15
ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟

ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ގިނަ ބަލިތަކުގެ މައިގަނޑު އެއް ސަބަބަކަށް ދުންފަތް ވެ އެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ. ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތަކެވެ. ފަރުވާއަށް އާސަންދައިން އެތައް މިލިއަން ރުފިޔާއެއް...

22 ފެބުރުއަރީ

February 22, 2017 84
ކަރުގައި ތާށިވި ރުފިޔާ ނަގަން އުފުލަން ޖެހުނު ތަކުލީފު

ށ. ފޭދޫގެ ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި މިދިޔަ ހަފުތާގައި ތާށިވި ރުފިޔާއެއް ނުނެގިގެން އާއިލާ އިން ޖެހުނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާށެވެ. ފޭދޫ ސިއްހީ މަރުކަޒުން އެކަން ނުވުމުން ދަތުރު ހަދައިގެން ދިޔައީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެންމެ އުތުރުގެ ތިން އަތޮޅަށް ޚާއްސަ އެ ހޮސްޕިޓަލުން ވެސް އެކަން...

26 ސެޕްޓެމްބަރ

September 26, 2016 9
ރަށްރަށުގެ ސިއްހީ ހާލަތު: ރަނގަޅު ފަރުވާއެއް ބޭނުން!

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެންމެ ބޮޑު އެއް ހަބަރަކަށް ވެފައި އޮތީ ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ގޮތުގެ ވާހަކަ އެވެ.