20 އޯގަސްޓް

August 20, 2020 19
ކޮންޓެކްޓުތައް މަދުވިޔަސް ކޮވިޑް ކޮންޓްރޯލެއް ނުވޭ

ކޮވިޑް-19 ޖެހޭ މީހުންނާ ކޮންޓެކްޓްވާ މީހުންގެ އަދަދު ކުރިއަށް ވުރެ މަދުވެއްޖެ އެވެ. އެކަމަކު ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އަދިވެސް ގިނަކަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ރޭ ބުނިގޮތުގައި، ހިތްހަމަޖެހުމެއް ނެތެވެ.

13 އޯގަސްޓް

August 13, 2020 30
ކޮވިޑް ވެކްސިނެއް ރާއްޖެ އަށް ލިބެން އޮތް އަވަސް މަގު

އާބާދީގެ 20 ޕަސެންޓަށް ވާ ވަރަށް ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭ ޕްރޮގްރާމަކުން ބޭރުގެ އެހީގައި ވެކްސިން ލިބޭނެ 92 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ. އެ ޑޯޒްތައް ބަހާނީ ސިއްހީ ހިދުމަތާއި އިޖުތިމާއީ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކޮވިޑް ޖެހިގެން ފުރާނަ އަށް ނުރައްކާވުމުގެ ބިރު ބޮޑު މީހުންނަށް އިސްކަން ދީގެން.

09 އޯގަސްޓް

August 09, 2020 4
ފަޅުވެރިންނަށް އޮތް ޒިންމާ ވަރަށް ބޮޑު

މާލެއިން ރަށަށް ފުރަން ދިޔަ އިރު ފެރީ ލޯންޗްގެ އިންތިޒާމް ހުރީ ވަރަށް ރަނގަޅަށެވެ. ދަތުރުވެރިން ލޯންޗަށް އެރުމުގެ ކުރިން ފުރަތަމަ ވެސް ދިއްކޮށްލީ މާސްކާއި އަންގި އެވެ. ރައްކާތެރިކަމުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރަން ފޭސް ޝީލްޑް ވެސް ދިނެވެ. ހަތަރު ގަޑިއެއްހާއިރުގެ ދިގު ދަތުރުގައި އަހަރެން އިނީ އެ ހުރިހާ ރައްކާތެރިކަމުގެ...

05 އޯގަސްޓް

August 05, 2020 41
ކޮވިޑް ހާލަތު ގޯސް މިންވަރު ފަސް ޗާޓުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ނުރައްކާ ބޮޑު މީހުންނަށް ބަލި ޖެހުން އިތުރުވަމުންދާތީ ހިފެހެއްޓުންތައް އިއްޔެ ވަނީ އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ. އަދި މާސްކު އެޅުން މިދިޔަ ހަފްތާގައި މަޖުބޫރުކުރި އެވެ. އެކަމަކު މި ފިޔަވަޅުތަކުގެ އަސަރު ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. މި ވަގުތު އޮތީ ޖުލައި މަހު ކޭސްތައް މައްޗަށް...

03 އޯގަސްޓް

August 03, 2020 29
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!

ލުއިތައް ލިބުމާ އެކު، ބައެއް މީހުން ހީކުރި ގޮތާ ހިލާފަށް، ކޮވިޑް-19ގެ ބިރު ބޮޑުވެ، ދިވެހިންގެ ތެރޭގައި ހަލުއިކަމާ އެކު ފެތުރެމުން ދިއުމުގެ ނުރައްކަލާ މި އޮތީ ކުރިމަތިވެފަ އެވެ.

22 ޖުލައި

July 22, 2020 32
3،000 ކޭސް: ދިވެހިން އިތުރުވެ މަރުވުން މައްޗަށް

ބަލިމަޑުކަމުގެ ކުރީކޮޅު ފުލުފުލުން ޕޮޒިޓިވްވަމުން ދިޔައީ، ދިވެހިންނަށް ވުރެ މާ ގިނައިން، ބިދޭސީންނެވެ. އޭޕްރީލް 15ގައި މާލެ އިން ފެނުނު ކޮމިއުނިޓީ ޓްރާންސްމިޝަންގެ ފުރަތަމަ ކޭސްއަކީ ދިވެހި އަންހެނެކެވެ. އެކަމަކު އެ ހިސާބުން ރާއްޖޭގެ ކޮވިޑް-19 ކޭސްތައް ރާސްލާފައި މައްޗަށް އަރައިގެން ދިޔުމުގެ ބޮޑު ބައި އެއީ ބޭރު ގައުމުތަކުގެ...

12 ޖުލައި

July 12, 2020 40
ހާލަތު ދަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ އަހައި ދިނުމަށެވެ.

21 ޖޫން

June 21, 2020 58
ލޮކްޑައުންއަށް ދިއުމާއި ނުދިއުން އާންމުންގެ އަތުގައި

ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ...

19 ޖޫން

June 19, 2020 34
ރާއްޖޭގެ ކޮވިޑް ކޭސްތައް ނިސްބަތުން ގިނަވާ ދެ ސަބަބު

އަވަށްޓެރި ގައުމުތަކާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ނިސްބަތުން ވަރަށް ގިނަ. ސަބަބެއްގެ ގޮތުގައި ދެ ކަމެއް މާހިރުން ފާހަގަކުރައްވާ.

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

07 ޖޫން

June 07, 2020 37
ދެ ވަނަ ރާޅަކަށް ފުރުސަތު ނުދޭތި!

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މީހުން ކަންފަސޭހަކޮށްލައިފާނެކަމެވެ. ކޮވިޑް-19ގެ ދެވަނަ ރާޅު ބިންދާލައި، ކުރިން ކުރި މަސައްކަތް ފެނަށް ވެގެން ދަނީ އެ ކަންފަސޭހަކޮށްލުމުގެ ތެރެއިންނެވެ.

30 މެއި

May 30, 2020 42
ކޮވިޑް-19 އާ އެކު އެހެން ފަރުވާތަކަށް ހުރަސް!

އއ. ތޮއްޑު އާއި ށ. ނަރުދޫގައި އަވަސް ފަރުވާ ނުލިބުމުގެ ސަބަބުން ބަނޑަށް ދަރިފުޅު މަރުވުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގައިފި އެވެ. ދެ އާއިލާއިން ވެސް ބުނަނީ އެ ރަށްރަށުން ލިބެން ނެތް ފަރުވާ ހޯދަން އެހެން ރަށަކަށް ދާން ހުއްދައަށް އެދުމުން އެ ހުއްދަ ލިބުން ލަސްވި ކަމަށެވެ. އެހެންކަމުން އާއިލާތަކުން ކަމާ ބެހޭ ފަރާތްތަކުގެ ބޮލުގައި...

20 މެއި

May 20, 2020 7
މެޑިކަލް ޓީމަށް ތޯރިގު ދެއްވީ 100

އުމުރު ދެ ބައި ވަނީ އެވެ. ކޮވިޑް-19 ގައި އެޅި ވޭނާއި އެ ހިތްދަތި ތަޖުރިބާ މުހައްމަދު ތޯރިގް މީގެ ކުރިން ކުރައްވާފައެއް ނުވެ އެވެ. ނިއުމޯނިޔާގެ ސަބަބުން ފުއްޕާމެޔަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ހާލަތު ވަރަށް ބޮޑަށް ނާޒުކުވެ، 12 ދުވަހު އައިސީޔޫގައި ބޭއްވި އެވެ. މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވިއަސް ކޮވިޑް-19 އިން...

19 މެއި

May 19, 2020 40
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟

މި ވައިރަހަށް ފިލައިގެން އަބަދަކު ގޭތެރޭގައި ނުތިބެވޭނެ އެވެ. ކޮވިޑް-19ގެ ބިރަށް މާލެ ލޮކްޑައުންކޮށް، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ. ވަޒީފާތައް ގެއްލުމާ އެކު އާމްދަނީގެ ދޮރުތައް ބަންދުވެ ކުލި ނުދެއްކި އާއިލާތައް ބިކަވެދާނެ ކަމުގެ މާޔޫސް ކަމެވެ. މި ހާސްކަމުގައި ދިރިއުޅުން ހުއްޓި ގިނަ...

16 މެއި

May 16, 2020 17
ޝިފާނާ: ގައުމަށްޓަކައި ނުކުމެ ހުރި އެއް ވޮލަންޓިއަރު

މައިންބަފައިން ބުރަ މަސައްކަތުން އޭނާ ބަލައި ބޮޑުކުރީ އަގަކާ ނުލަ އެވެ. ކިޔެވި އިރު އާއިލާ އާއި ޓީޗަރުންނާއި މުޖުތަމައުގެ އަޅާލުމާއި ލޯބި ލިބުނީ ވެސް ހިލެ އެވެ. ނަސީބު ރަނގަޅު ކަމުން، އޭނާ ހިމެނުނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަރުކާރުގެ ހަރަދުގައި ނަރުސްކަން ކިޔަވައިދިން އެންމެ ފަހު ބެޗުގެ ދަރިވަރުންގެ ތެރޭގަ...

14 މެއި

May 14, 2020 10
ހުސެއިން އަބްދުﷲ: ރާއްޖޭގެ ވިޔަފާރީގެ އެއް ތަނބު

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ގައުމުގެ ނިޒާމުތަކަށް ގެންނެވި މުހިންމު އެއް ބަދަލަކީ ސަރުކާރުން ކުރަމުން އަންނަ ގިނަ ވިޔަފާރިތަކެއް ދޫކޮށްލެވުމެވެ. ކުރިން، އިމްޕޯޓް...

May 14, 2020 40
މަބްރޫކް: ބޭނުންވި ގޮތަށް އެންމެ ގާތުގައި

ކޮވިޑް-19ގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒްގެ ވާހަކަތައް ކޮންމެ ދުވަހަކު އަޑުއެހުމަކީ ރާއްޖެ މިއޮތް ބަލިމަޑުކަމުގައި، މިހާރު އާއްމުންގެ ދިރިއުޅުމުގެ އެއްބަ އެވެ. ކިޔައިދީ،...

12 މެއި

May 12, 2020 18
އަތޮޅު ހޮސްޕިޓަލްތައް ތައްޔާރު، އެންމެން މާލެއަކަށްނޫން

ކޮވިޑް-19 އިން ރައްކާތެރިވާން ދުރާލައި ފިޔަވަޅު އަޅަމުން އައި ނަމަވެސް މާލޭގައި ބަލި ފެތުރެން ފެށިއިރު، އެންމެ ފުރިހަމަ އަށް ތައްޔާރެއް ނުވެވެ އެވެ. އެކަށީގެންވާ މިންވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން ވެސް މިހާތަނަކަށް ނެތެވެ. މި މަހުގެ 31 ގައި ޕީކަށް އަރާނެ ކަމަށް ބަލާއިރު، ހޮސްޕިޓަލްތަކަށް ނުތަކާވަރަށް ފަރުވާ ދޭން ޖެހިދާނެ ކަމުގެ...

07 މެއި

May 07, 2020 64
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟

މާލޭގައި ކޮވިޑް-19 ފެތުރުމާ އެކު އެންމެ ނުރައްކާ ބޮޑުވާނެ އެއް ބަޔަކީ، އޭރު ވެސް ފެންނަން އޮތް ގޮތުގައި ، ބިދޭސީ މަސައްކަތްތެރިންނެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި، އެ މީހުންގެ ނިކަމެތި ދިރިއުޅުމަކީ ސިއްރެއް ނޫނެވެ. ކުޑަ ކޮޓަރިތަކުގައި ޑިއުޓީ ބަހައިގެން 50 މީހުން ނިދުމަކީ އެ މީހުންނަށް ކުރިމަތި ކުރުވި...

05 މެއި

May 05, 2020 16
ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާގެ ތަޖުރިބާ

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ބައެއް މީހުން އިންތިހާ އަށް ދެރަވެ، މާޔޫސްވެ އެވެ. ފުރާނަ ސަލާމަތް ނުވާނެ ކަމުގެ ވިސްނުން ސިކުނޑީގައި ވަށާލަ އެވެ. ގޮތް ނޭނގޭ، އަދި މިހާތަނަށް ބޭހެއް ވެސް ނުހޯދޭ ބައްޔަކަށް ވުމުންނެވެ.

04 މެއި

May 04, 2020 18
"ނިއު ނޯމަލް"އަކީ ކޮބާ؟

ކޮރޯނާވައިރަސްއާ އެކު މިހާރު މުޅި ދުނިޔެ ވެސް ގާތްގަނޑަކަށް މި އޮތީ ބަދަލުވެފަ އެވެ. ރާއްޖެ ވެސް އެ ހާލަތަށް ވެއްޓިއްޖެ އެވެ. މި ރޯގާގެ ނިމުމުގެ ކޮޅުމަތި އަދިވެސް ފެންނަން ނެތުމާ...

May 04, 2020 34
އަމިއްލަ އަށް އެކަހެރިވެ ސަލާމަތްކޮށްދިނީ މުޅި ރަށް

މި ވައިރަސް އޭނާގެ ގައިން އެހެން މީހަކަށް ފެތުރޭކަށް ބޭނުމެއް ނުވެ އެވެ؛ މުޅި ދުނިޔެ ނާމާންކުރަމުން ކޮވިޑް-19 ރާއްޖެއާ ހިސާބަށް ވެސް އައިއިރު، ހއ. އުލިގަމުގެ މި 27 އަހަރުގެ ޒުވާނާ ހުރީ...