05 ފެބުރުއަރީ

February 05, 2020 9
ގޯސް ހެދީ މަޖިލީހުން، ސުޕްރީމް ކޯޓުން ބުނާނީ ކީކޭ؟!

ސިއްރު ހެކިންގެ މައްސަލަ އެއް ދުވަސްވަރެއްގައި ގައުމީ މައްސަލައަކަށް ވާ މިންވަރަށް މީހުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ކުރިމަތިވި އެވެ. އެއްވެސް ހަމައެއް ނެތި، ސިޔާސީ މީހުންނާ ދެކޮޅަށް ސިއްރު ހެކިން ބޭނުންކޮށްގެން ބޮޑެތި އެތައް ދައުވާއެއް ސާބިތުކޮށް، ޖަލު ހުކުމްތައް އޭރު އިއްވަމުން ދިޔަ އެވެ. އެކަމާ ކަންބޮޑުވުންތައް...

15 ޖެނުއަރީ

January 15, 2020 6
މަތީ ކޯޓުތައް އިޖްރާއާތު ގާނޫނަށް ވުރެ މަތީގައި؟!

ލިޔެފައިވާ ތަފްސީލީ އުސޫލެއް ނުވަތަ އިޖްރާއާތެއް ނެތި ޝަރީއަތް ކުރި ޒަމާން މިހާރު ހިނގައްޖެ އެވެ. ޖިނާއީ އެކި މައްސަލަތަކުގައި އެކި ގޮތަށް ކޯޓުތަކުން އަމަލުކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނައީ ޖިނާއީ އިޖްރާއާތުގެ ގާނޫނުންނެވެ. އާދައިގެ މީހަކަށް ވިޔަސް، އަދި ސިޔާސީ ބޭފުޅެއްގެ މައްސަލައަކަށް ވިޔަސް މިހާރު ހިނގާނީ އެއް...

12 ޖެނުއަރީ

January 12, 2020 26
ޔާމީނަކީ ކުށްވެރިއެއް، ކަފާލާތު ދޭނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައި ކޯޓުގައި އެދިވަޑައިގަތުމުން އެކަން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރެއްވުމާ އެކު، ގާނޫނީ ބަހުސެއް މި ވަނީ އުފެދިފަ އެވެ.

18 ޑިސެމްބަރ

December 18, 2019 10
އިންސާފު ހޯދުމުގެ "އަގު" ލިބޭނެ ގޮތެއް ނެތް!

އެއްވެސް އެއްޗެއް ނުވަތަ ޚިދުމަތެއް ހިލެއެއް ނުލިބެ އެވެ. ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެ އެވެ. ބޭސްފަރުވާ އާއި ތައުލީމު ފަދަ ބައެއް ޚިދުމަތްތައް އާންމުންނަށް ހިލޭ ލިބުނަސް، އޭގެ އަގު ދައުލަތުން ނުވަތަ ކޮންމެވެސް އެހެން ފަރާތަކުން އަދާކުރުމަކީ ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެއޭ ބުނެވޭ ސަބަބެވެ. އިންސާފަކީ ވެސް މިފަދަ...

26 ޖޫން

June 26, 2019 21
ފެބްރުއަރީ 1ގެ އަމުރުގެ ބަހުސަށް ނިމުމެއް ނެތް؟!

މިދިޔަ އަހަރުގެ ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުން މުޅި ރާއްޖެ ސިއްސުވާލި އެވެ. އެކި މައްސަލަތަކުގައި ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރަން އަމުރުކޮށް، އޭރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައެޅުމުގެ އިތުރުން އެހެން...

15 މެއި

May 15, 2019 53
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!

ދީބާޖާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭން މީގެ ހަތަރު އަހަރު ކުރިން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ވެސް މި ވަނީ ފަށައިފަ އެވެ. އެ މީހަކަށް ގަބޫލުކުރެވޭ ގޮތެއްގެ މައްޗަށް ފާޑުކިޔުމާއި ތުހުމަތުކުރުން ނޫން ކަމެއް މިހާރު ނެތެވެ.

27 ނޮވެމްބަރ

November 27, 2018 54
ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ހައްޔަރުކޮށްގެން ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދެ ކަމެއް ސާފުވި އެވެ؛ އެއް...

21 ޖޫން

June 21, 2018 84
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް

މީގެ އަހަރުތަކެއް ކުރިން، ސިޔާސީ ބޭފުޅުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ފެށި ހިސާބުން މުޅި ގައުމުގައި ދައްކަން ފެށީ އެއް ވާހަކައެކެވެ. ފަޓާސްބަރިއެއް ހެން ޝަރީއަތުގެ އަޑުއެހެންތައް ބާއްވައި މައްސަލަތައް ނިންމާ ވާހަކަ އެވެ. ތުހުމަތުން ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ވާހަކަ އެވެ. ދިފާއުގައި ހުށަހަޅާ...

03 މެއި

May 03, 2018 35
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!

"... ދިވެހި ދައުލަތުގެ ހައްގުގައި އަޅުގަނޑު މިއަދު ހުރިހާ ބޭފުޅުންނަށް ދަންނަވަން ވެއްޖެ ކޮންމެ ފަރާތަކުން، ޚާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް އައި ނަމަވެސް އެ އަމުރަކީ ސައްހަ އަމުރެއްތޯ، ގާނޫނީ ހުދޫދުގެ ތެރޭގައި، އެ ބޭފުޅުންގެ އިޚްތިސާސްގެ ތެރެއިން އައި އަމުރެއްތޯ ވިސްނައި ފިކުރުކޮށް އަޑު އުފުލުމުގެ ޖާގަ އެބަ އޮތް." މިއީ،...

23 އެޕްރީލް

April 23, 2018 60
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި ބަސްކޮޅެވެ.

14 ފެބުރުއަރީ

February 14, 2018 7
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް

އިސްތިއުނާފު ކުރުމުގެ ނިޒާމަށް ގެނައި އެންމެ ފާހަގަކުރެވޭ ބަދަލަކީ ހައި ކޯޓުގެ ދެ ގޮތްޕެެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނު 2014 ގައި އިސްލާހުކުރުމެވެ. އެ ބަދަލު އެގޮތަށް ގެނައީ ފަސޭހަ އިން އިސްތިއުނާފްގެ މަރުހަލާ އަށް ދެވޭނެ މަގު ރައްޔިތުންނަށް ތަނަވަސްކޮށް ދިނުމަށް ކަމަށް ވިޔަސް އޭރު އެ...

24 ޖެނުއަރީ

January 24, 2018 12
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ހަ މަސް ވީ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. ފާރިސްގެ މައްސަލާގައި ގިނަ...

19 އޮކްޓޯބަރ

October 19, 2017 19
ހައި ކޯޓުގެ ގޮފިތަކުގެ ނިޒާމަށް މިވީ ކިިހިނެއް!

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އިސްތިއުނާފްގެ ނިޒާމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ގޮފިތައް އުފައްދަން ގާނޫނުގައި ކަނޑައެޅުމެވެ. ކޯޓުތަކުގެ ގާނޫނަށް ޑިސެމްބަރު، 2014 ގައި ގެނައި އިސްލާހުގެ ދަށުން އެ ބަދަލު ގެނައީ ރައްޔިތުންނަށް ފަސޭހައިން އިސްތިއުނާފްގެ ނިޒާމު ބޭނުން ކުރުމުގެ ފުރުސަތު...

06 ސެޕްޓެމްބަރ

September 06, 2017 26
ޝާފިއު ދޫވުމާ އެކު، ފާރިސަށް އޮތީ ކޮން ފުރުސަތެއް؟

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ދެ މަސް ވާން ގާތްވީ އެވެ. އޭނާ ބަންދުގައި ހުންނަތާ އިއްޔެ އަށް 50 ދުވަސް ވީ އެވެ. ފާރިސަށް ކުރަނީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން...

18 ޖޫން

June 18, 2017 15
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަދިވެސް މަދު

ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ހަމަޖެއްސީ ފަސޭހައިން އަދި އަވަސް ކަމާ އެކު އިސްތިއުނާފް މަރުހަލާގެ ބޭނުން ހިފުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭރު ވެސް އެ ބަދަލާ މެދު ގާނޫނީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

17 މެއި

May 17, 2017 57
ހައި ކޯޓުގެ ހުކުމުން ކެޕްޓަނުންނަށް ބިރުވެރި މެސެޖެއް

ރާއްޖޭގައި މަސްތުވާތަކެތީގެ ކުށްތަކަކީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ އަދި ފަސޭހައިން ސާބިތު ކުރެވޭ މިންގަނޑަކުން އޮންނަ ކަމެކެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތެވެ. ބޭނުމަކީ އެ ކުށުގެ ސަބަބުން މުޖްތަމައު އަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމެވެ. އެފަދަ މައްސަލަތަކުގައި ގާނޫނީ ގޮޅިއަށް...

11 މެއި

May 11, 2017 41
ވާހަކަ ނުދެއްކޭ ވަރަށް ޒާތީ މިނިވަންކަން ހިފެހެއްޓޭތަ؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަކީ މިހާރު ކުށެއްގެ ތުހުމަތުގައި ޝަރީއަތަށް ހާޒިރުކުރާ ބޭފުޅެކެވެ. މި ވެއަތުވެ ދިޔަ ވިއްސަކަށް ދުވަހު ގާސިމް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. އެހެންކަމުން އޭނާ މިނިވަންކޮށް ދޫކޮށްލާ ނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އަށް...

13 އެޕްރީލް

April 13, 2017 53
ހައްޔަރު ކުރެވުނީ "އޮޅިގެން"، ދެން ވާނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމުން، ބަޔަކު ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅެން ފެށީ ކީއްވެ ހެއްޔެވެ؟ އިއްޔެ ހަތުރުންގެ ގޮތުގައި ތިބި އެންމެން، އެކައްޗެއް ކިޔައި ގާސިމްގެ ދިފާއުގައި ނުކުމެ ކޮންމެ ރެއަކު ސަރުކާރަށް އެވަރަށް "ބަވަނީ" ގާސިމް ނޫން...

15 ފެބުރުއަރީ

February 15, 2017 14
އިސްތިއުނާފް ލަސްވަމުން ގޮސް އޭގެ ބޭނުން ކެނޑެނީ؟

ކޯޓެއްގެ ނިންމުމެއް އިސްތިއުނާފް ކުރުމަކީ އެ ނިންމުމެއްގެ ސަބަބުން ހައްގެއް ގެއްލޭ ކަމަށް ގަބޫލު ކުރެވޭ ފަރާތަށް ޝަރުއީ މަރުހަލާގައި ދީފައި އޮންނަ މުހިންމު ފުރުސަތެކެވެ. ދަށު ކޯޓަކުން މީހަކާ މެދު ނުވަތަ ބަޔަކާ މެދު އެޅި ފިޔަވަޅު ތަންފީޒުވެގެން ނިމޭއިރު ވެސް ނުވަތަ އޭގެ މުއާމަލާތް ކެނޑޭއިރު ވެސް އިސްތިއުނާފް މަރުހަލާއިން ގޮތެއް...

20 ޑިސެމްބަރ

December 20, 2016 15
އިންތިހާބުގެ އިސްތިއުނާފްގައި "ބުރެކި" ޖެހިފައި!

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އިންތިހާބުތައް ލަސްވުމަކީ ކަށަވަރުކޮށްދީފައި ހުރި ހައްގުތައް ގެއްލޭނެ ކަމެކެވެ؛ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ވެސް އެހެންވެ އެވެ. އެ މައްސަލަ އިސްތިއުނާފް...