11 އެޕްރީލް

April 11, 2019 120
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!

އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ފުންކޮށް ވިސްނައިގެން ކުރި ކަމެއް ހެއްޔެވެ؟ އެއީ އެޗުޑީސީގެ އޭރުގެ ވެރިންނަށް، ދިވެހިންގެ ހާލަތު ވަޒަންކުރެވުނު ގޮތް ހެއްޔެވެ؟ އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ރައްޔިތުންނަށް "ހައްގު މިންވަރު" ކަމަށް ގަބޫލުފުޅުކުރެއްވި ވަރު ހެއްޔެވެ؟

28 މާޗް

March 28, 2019 65
ހެލްމެޓާ އެކު ހުޅުމާލެ ކެފޭތަކަށް ގެއްލުން!

ބްރިޖާ އެކު އެންމެ ބޮޑު ފައިދާއެއް ކުރީ ހުޅުމާލޭގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި ރެސްޓޯރެންޓް ވިޔަފާރިތަކަށެވެ. ހާއްސަކޮށް ރޭގަނޑުގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަ ކަމަށް ވިޔަފާރިވެރިން ފާހަގަކުރެ އެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ލިންކް ރޯޑްގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އެޅުން...

07 މާޗް

March 07, 2019 43
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!

ވޭތުވެދިޔަ ނުވަ އަހަރުގެ ހިތްދަތިކަމާއި މާޔޫސްކަމުގެ ވާހަކަ ފަށާނެ ގޮތެއް އެ އާއިލާތަކަށް ނުވިސްނެ އެވެ. އިންސާފު ހޯދަން ނުވަންނަ، ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އުއްމީދެއް ނުލިބި އަދިވެސް ކުރަން ޖެހިފައި ވަނީ ހުސް ޝަކުވާ އެވެ.

18 ފެބުރުއަރީ

February 18, 2019 7
ވީލްޗެއާގައި ދުނިޔެ ބަލައިލުމުގެ ދަތުރުގައި ރާއްޖެއަށް

"އަހަންނަށް މިކަން ވަންޏާ މިކަން ނުވާނެ އެއްވެސް މީހަކު ނުހުންނާނެ. ބޭނުންވަނީ އެކަން ކުރާނެ ހިތްވަރު،" ފުރޮޅީ ގޮނޑިއެއްގައި އިން، ޕްވިންދަ ޗަވްލާ (ޕައްމޫ) ހިނިތުންވުމާ އެކު ބުނެލި އެވެ. އޭނާ އެ ބުނަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ވާހަކަ އެވެ. އެހާ އުފާވެރިކަން ގެނެސްދޭ ކަމެއްގައި، އެއްވެސް ބަޔަކު ޖެހިލުންވާން ޖެހޭ...

31 ޖެނުއަރީ

January 31, 2019 104
އަގު ބޮޑު، ގަނެވޭކަށް ނެތް، ލޯނެއް ނުލިބޭ؟

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ފެންނަނީ މަތީ ފެންވަރުގެ އެތައް ސަތޭކަ އެޕާޓްމަންޓެއް ނިމެމުން ދާ ތަނެވެ. ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އެކަމަކު މިއީ ބޯހިޔާވަހިކަމަށް ޖެހިފައިވާ އާދައިގެ މީހަކަށް އަތްފޯރާ ފަށުގައި ހުރި ތަންތަނެއް ނޫނެވެ. އެއަށް ވުރެ އަގު ބޮޑެވެ.

24 ޖެނުއަރީ

January 24, 2019 33
ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ތިން އަހަރު ފަހުން އަލުން ސުހައިލް އަހުމަދު ވަޑައިގެންނެވި އިރު އޭނާއަށް އުފުއްލަވަން ޖެހިފައި އޮތީ ކުރިއަށް ވުރެ މާ ވަރުގަދަ، މާ ނާޒުކު މަސްއޫލިއްޔަތެކެވެ؛ ކުންފުނީގެ ގާބިލްކަމާ ނުބައްދަލު ބޮޑު ދަރަނިތަކުން ސަލާމަތްކޮށް، އެޗުޑީސީ އަލުން ކޮޅަށް ޖެހުމެވެ.

22 ޖެނުއަރީ

January 22, 2019 139
އެންމެ ހިނދުކޮޅަކުން ދިރިއުޅުން ފުނޑުފުނޑު!

ދެކެވެމުންދިޔަ ވާހަކައިގައި އުމަރު ސަލީމް ބައިވެރިވަމުން ގެންދިޔަ އެވެ. ނުހަނު އުނދަގުލުންނެވެ. ދަމަމުން، ލަސްލަހުން އުމަރު ދޭތެރެއަކުން އެ ބުނެލާ އެތި ދޭހަވާ މީހަކަށް އެ ތަނުގައި ހުރީ އޭނާގެ އަނބިމީހާ އެކަންޏެވެ. މާ ބޮޑު ހަރަކާތެއް ނެތި ގޮނޑީގައި ލެނގިލައިގެން އިން ފިރިމީހާގެ އަތުގެ ހަރުވެފައި ހުރި އިނގިލިތައް އިރުއިރުކޮޅާ...

13 ޖެނުއަރީ

January 13, 2019 49
ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ ފުރަތަމަ ދުވަސް

މިއީ ތައުލީމީ ދާއިރާއަށް އަނެއްކާވެސް ތާރީޚީ ދުވަހެކެވެ؛ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވާ ދުވަހެވެ. މިއަދު ކިޔަވައިދޭން ފަށާ ހުޅުމާލޭގެ "ހުރަވީ ސްކޫލް" އަކީ ރާއްޖޭގައި މިހާތަނަށް ހެދި އިމާރާތުގެ ގޮތުން އެންމެ ބޮޑު ސްކޫލެވެ.

20 ޑިސެމްބަރ

December 20, 2018 82
ހުޅުމާލޭ ބީޗު ކޮފީ މޭޒުތަކުން ފުރިފައި، ޝަކުވާ ބޮޑު!

ކުރިން ނަމަ ހުޅުމާލޭ ބީޗުގައި، އެހެން ބައެއްގެ "އުނދަގުލެއް" ނެތި، ހިނގާލައި، ރާޅުފަށުގައި މަޑުކޮށްލައި، އިށީދެލައިގެން އިނދެ ވަގުތުތައް ހޭދަކޮށްލަން އެކަކު ވެސް ޖެހިލުމެއް ނުވެ އެވެ. އެކަމަކު ސިނަމާލެ ބްރިޖާ އެކު ހުޅުމާލެއަށް ކުރިމަތިވި ތޮއްޖެހުންތަކުން ކޮފީ މޭޒުތަކަށް ބާރު ބޮޑުވެ، މިހާރު އެ ބޮޑު ބީޗުގެ ކޮންމެ ހިސާބަކުން ވެސް...

18 ސެޕްޓެމްބަރ

September 18, 2018 14
ހުޅުމާލޭގެ ފުރަތަމަ ރަށްވެހިންގެ ހަނދާންތައް

މިއަދު އައިމިނަތު ހުސެން، އޭނާގެ އާއިލާއާ އެކު ހުޅުމާލޭން މާލެ އެ ދަނީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް ހުރަސްކޮށް، ބަހުގަ އެވެ. އެކަމަކު މާލޭގެ މަލަމަތި ފެނުމާ އެކު، އޭނާގެ ހަނދާނަށް އަންނަނީ މީގެ 14 އަހަރު ކުރި އެވެ. މާލޭގެ މަސްވެރިންގެ މައިޒާނުގައި ހަދާފައި ހުރި ކުޑަކުޑަ "ޓާމިނަލަކުން" ޓިކެޓް ގަނެގެން،...

17 ސެޕްޓެމްބަރ

September 17, 2018 25
ޓެކްސީގެ ހިދުމަތް، ޒަމާނީ ބަދަލަކަށް ބޭނުންވެފައި

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ޓެކްސީ ހިދުމަތް ހޯދަނީ އޮންލައިންކޮށެވެ. ހާއްސަކޮށް ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިހާރު އޫބާ އަދި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ގްރެބް ޓެކްސީ ހިދުމަތް ތައާރަފްކުރުމުން ގިނަ ބައެއްގެ މެދުގައި ވަނީ ވަރަށް މަގުބޫލު ހިދުމަތަކަށް ވެފަ އެވެ.

11 ސެޕްޓެމްބަރ

September 11, 2018 113
ޓެކްސީ އަގަށް ތައުރީފު އެކަމަކު ޑްރައިވަރުން ޝަކުވާގައި

ސިނާމާލެ ބްރިޖް އާއްމު ދަތުރުފަތުރަށް ހުޅުވާލުމާ އެކު ބައެއް ޓެކްސީތަކުން މާލެ- ހުޅުމާލެ ދަތުރަކަށް 100ރ. އާއި 200ރ. އާ ދެމެދުގެ އަގެއް ނަގަން ފެށި އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ޝަކުވާކުރަމުންނެވެ. ބްރިޖް އާއްމުކޮށް ހުޅުވާލިއިރު ޓެކްސީތަކަށް ހާއްސަ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައެއްނާޅަ އެވެ. އެހެންވެ ޑްރައިވަރުން...

10 ސެޕްޓެމްބަރ

September 10, 2018 29
ބްރިޖާއެކު ހުޅުމާލޭގެ ކެފޭ، ރެސްޓޯރަންޓްތައް ފުރިއްޖެ

ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވާލުމުން، މިހާރު މިއޮތީ މާލެ އާއި ހުޅުމާލެ ގުޅި އެއް ފަސްގަނޑަކަށްވެފަ އެވެ. މީގެ ފައިދާ، ހުޅުމާލޭގެ ވިޔަފާރިތަކުން މިހާރު ފެންނަން ފަށައިފި އެވެ. ހޫނު މަސްރޮއްޓާއި ތާޒާ ހެދިކާ ލިބެން ހުންނަ އަތިރިމަތީގެ ކެފޭތައް މިހާރު ހަވީރު ގަޑީގައި އޮންނަނީ ފުރި ބާރުވެފަ އެވެ. މީގެ ކުރިން އާއްމުކޮށް ހުކުރު...

03 ސެޕްޓެމްބަރ

September 03, 2018 40
ދަތުރުކުރުމުގެ ފީ: ބްރިޖާ ގުޅިފައިވާ މިހާރުގެ ބަހުސް

މާލެ އާއި ހުޅުލެއާ ދެމެދު ހެދި "ސިނަމާލެ ބްރިޖް" ހުޅުވައިފި އެވެ. ނަމަވެސް ނޭނގޭ އެއް ކަމެއް އަދި އެބަ އޮތެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ނަގާ ފީ އެވެ. އެތައް ބައެއްގެ ބަހުސަކަށް މިހާރު އެ އޮތީ އެ މައުލޫ އެވެ.

16 ޖޫން

June 16, 2018 10
އީދު ފެން ކުޅި: ތަޖުރިބާނުކޮށް ދޫކޮށްލާކަށް ނުވާނެ

ބަށި ކޯޓެއް ގޮތަށް ހަތަރެސް ކަނަށް އަޅާފައި އޮންނަ ކޯޓެކެވެ. ކޯޓުގެ މެދުގައި އެއް ޓީމުގެ ކުޅުންތެރިން ތިބޭއިރު، އިދިކޮޅު ޓީމުގެ ކުޅުންތެރިން ކޯޓު ބޭރުގައި، އެމީހުންނަށް ހާއްސަކުރެވިފައިވާ ރޮނގުގެ ކައިރީގައި ތިބެ އެވެ. އިދިކޮޅު ޓީމުގެ ބޭނުމަކީ، ފެން ކޮތަޅުން ޖަހައިގެން އެތެރޭގައި ތިބި މީހުން ބޭރު ކުރުމެވެ. ކޯޓުގެ ދެ ފަރާތުގައި...

01 މާޗް

March 01, 2018 58
ޓްރީ ޓޮޕް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް

ކުރިން ނަމަ އޭނާގެ އިންޓަވިއު ބިނާކުރީހީ އާކިޓެކްޗާގެ ދާއިރާ އިންނާއި ޓޫރިޒަމްގެ ސިނާއަތުގެ މައްޗަށެވެ. ނަމަވެސް ކެމެރާ ކުރިމަތީގައި، "މިހާރު"ގެ ނޫސްވެރިންނާ އެކު އަހުމަދު ސަލީމް (ގަދަގޭ ސަލީމް) ގާތްގަނޑަކަށް ގަޑިއެއްހާ އިރު ހޭދަކުރެއްވީ އެ ދެ ދާއިރާގެ ވާހަކަ ދައްކަވާކަށެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް ތަރައްގީކުރި އެންމެ މަތީ...

16 ފެބުރުއަރީ

February 16, 2018 37
ހުޅުމާލޭ ކަންމަތިން ހެދިކާ ވިޔަފާރި!

ހުޅުމާލެ އިން އާންމުކޮށް މިހާރު ފެންނަ އެންމެ ތަފާތު މަންޒަރަކީ މިއީ އެވެ. ފްލެޓުތަކުގެ ތިރީގައި އޮންނަ ހުސް ބިމުގައި މޭޒާއި ގޮނޑި ބަހައްޓައިގެން ހަވީރު ގަޑީގައި އަންހެންވެރިން ފޯރީގައި ހެދިކާ ވިއްކުމެވެ. އެއް ބަޔަކު ގްރޫޕް ހަދައިގެން ހެދިކާ ވިއްކާއިރު، އަނެއް ބަޔަކު ވަކިންނެވެ.

15 ޖެނުއަރީ

January 15, 2018 46
ހުޅުމާލޭގެ އާބާދީ ބޮޑުވަނީ، ފެރީ ނިޒާމު ސުމެއް!

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ދަތުރުކުރާ ތަނަކީ ހުޅުމާލެ އެވެ. ތަފާތު ބޭނުންތަކުގައި ހުޅުމާލެ އާއި މާލެއާ ދެމެދު 25،000 ވަރަކަށް މީހުން ފެރީގައި ދަތުރުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

08 ޖެނުއަރީ

January 08, 2018 208
ބޯހިޔާވަހިކަމަށް އާދޭސްކޮށްގެން ހޯދި ފްލެޓްތައް ކުއްޔަށް

އެންމެ ފަހުން ހުޅުމާލޭން ދޫކުރަން ނިންމި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެ އެންމެންނަކީ ވެސް، ހުރިހާ ޝަރުތުތަކަކުން ވެސް، ބޯހިޔާވަހިކަމެއް ނެތް ކަމަށް ސާބިތުވި މީހުންނެވެ. ނަމަވެސް ފްލެޓްތައް ލިބުނު މީހުން އަމަލު ކުރަމުންދާ ގޮތުން، އެއީ ހަގީގަތުގައި ވެސް އެ ފްލެޓްތައް ހައްގުވާ މީހުންތޯ މިހާރު ވަނީ ސުވާލު...

02 ޖެނުއަރީ

January 02, 2018 39
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟

ބޯހިޔާވަހިކަމަށް ބޭނުންވެފައި ހުންނަތާ އެތައް އަހަރެއް ފަހުން، ލިބުނު ފްލެޓު ވެސް އަތުން ބީވެ، ސަރުކާރުން އެ އޮތީީ ބީލަމަށް ލާން ނިންމައިފަ އެވެ. ހުރިހާ ހިތްދަތިކަމެއް އޮތީ، އަހްމަދު ރަޝީދު (އަސްލު ނަމެއް ނޫން)ގެ އާއިލާ އަށެވެ. އޭނާ އަށް އަދިވެސް އޮތް ގޮތަކީ، ލިބޭ އާމްދަނީ ކުއްޔަށް ހޭދަކޮށް ދިރިއުޅުމުގެ ނަމުގައި "ގަނަތެޅުމެ"ވެ....