20 ނޮވެމްބަރ

November 20, 2019 21
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ

ސުޕްރީމް ކޯޓުން "ގާނޫނު ހެދުމުގެ" މައްސަލަ އަކީ ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ފާޑުކިޔުން އަމާޒުވި މައްސަލަ އެކެވެ. އެއްވެސް ފަރާތަކުން މައްސަލަ ހުށަނާޅަނީސް އަދި މައްސަލަ ރައްދުވި ފަރާތެއް ވެސް ނެތި ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއި ގާނޫނުތަކުގައި އޮތްގޮތާ ދިމާ އިދިކޮޅަށް...

17 ނޮވެމްބަރ

November 17, 2019 16
މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުންތަ؟

ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރަކާއި ޝަރުއީ ދާއިރާއާ ދެމެދު ބޮޑެތި ކޯޅުންތަކެއް ނޯންނަ ޒަމާނެއް ނެތެވެ. ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުން ފެށިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ކުރުމުގެ ސިލްސިލާތައް ވެސް ހިންގައިފި އެވެ. ހަމަ އެ އުސޫލުން، ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި...

13 ނޮވެމްބަރ

November 13, 2019 30
ފަނޑިޔާރުންނަށް ނުފޫޒު: އަދިވެސް އިއްތިފާގެއްތަ؟

ފަނޑިޔާރުންގެ މައްޗަށް ކުރެވޭ އެކިއެކި ތުހުމަތުތަކާއި އެކި ގޮތްގޮތުން ފަނޑިޔާރުންނަށް އަންނަ ނުފޫޒުތަކުގެ ވާހަކަ އަބަދު ވެސް އަޑު އިވެ އެވެ. ވަކިން ޚާއްސަކޮށް ސިޔާސީ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ހިނގަމުންދާއިރު، މި އަޑުތައް ވަކިން ގަދަ އެވެ. އެއިރެއްގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ޝަރީއަތްތަކަށް ދައުލަތުގެ ބާރުވެރި...

23 އޮކްޓޯބަރ

October 23, 2019 32
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟

ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސުޕްރީމް ކޯޓާ ދެމެދު ކޮންމެވެސް ސިފައެއްގައި ކުރިމަތިލުންތަކެއް ނުހިނގާ އެއްވެސް ސަރުކާރެއް ނެތެވެ. ސުޕްރީމް ކޯޓު އުފެދުނު ފަހުން އެފަދަ އެތައް މަންޒަރެއް ފެނިއްޖެ އެވެ. އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ކުރީގެ ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު...

04 ސެޕްޓެމްބަރ

September 04, 2019 8
ބޮޑު ބަދަލާ ދިމާލަށް، ޖޭއެސްސީ އަދިވެސް އޮތްގޮތަށް؟!

މިދުވަސްވަރު އެންމެންގެ ސަމާލުކަން ވެސް ހުއްޓިފައި އޮތް އެއް ކަމަކީ ޝަރުއީ ދާއިރާއަށް މިހާރު އަންނަ ބަދަލުތަކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކޮށް، އާ ބޭފުޅުން އައްޔަން ކުރުމާއި ބައެއް ބޭފުޅުން ވަކިކުރުމުގެ އިތުރުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ފަދަ ޝަރުއީ ދާއިރާއާ ގުޅޭ ގިނަ...

31 ޖުލައި

July 31, 2019 12
ޝަރީއަތްތައް ނުނިމި، ބަންދުގައި އެތައް ދުވަހެއް؟!

ކޯޓުތަކުން މައްސަލަތައް ނުނިމި ލަސްވުމަކީ ވާހަކައެއް ނޫނެވެ. މަދަނީ މައްސަލަތަކަށް ވުރެ ބޮޑަށް ޖިނާއީ މައްސަލަތައް ކޯޓުތަކުން ނުނިމި އެތައް އަހަރެއް ހޭދަވާ ކަމުގެ ޝަކުވާ ބޮޑެވެ. ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް އެއްކޮޅުގައި އޮންނަނީ އަނިޔާ ލިބުނު ފަރާތުގެ ހައްގު ނުވަތަ މުޖްތަމައުގެ ހައްގެވެ. އަނެއްކޮޅުގައި އޮންނަނީ...

24 ޖުލައި

July 24, 2019 26
ޖޭއެސްސީ މިނިވަންކުރަން ބޭނުންވަނީ އުމުރުތަ؟

ޝަރުއީ ދާއިރާގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ އަންނާނީ ޖޭއެސްސީއަށް އިތުބާރު ހޯދުމުގެ ވާހަކަ އެވެ. ދާދި ފަހުން ޖޭއެސްސީގެ ތަހުގީގުތައް އާންމުކޮށް ހުޅުވާލައި، ގިނަ ޝަކުވާތަކެއް ބަލަން ފެށުމާއި މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރަން ފެށުމާއި ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކަމާ އެކު ކުރިއަށް ގެންދަން ފެށިޔަސް، އެ ކޮމިޝަނާ...

20 ޖޫން

June 20, 2019 24
ބޮޑު ކޯޅުމެއްގެ ތެރެއިން ބޮޑު ބަދަލަކާ ދިމާއަށް

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މިސާލު ޖެއްސެވީ "ކައުނާއި މުޅި ކާއިނާތުގެ ހުރިހާ ބާރެއް" ރާއްޖޭގެ ސުޕްރީމް ކޯޓުން ނަގަން އުޅޭ ވާހަކައިންނެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސިފަކުރެއްވި ގޮތުގައި އެ ކޯޓުން މަސައްކަތް ކުރަނީ "ޖުޑިޝަލް ބަޣާވާތެއް"...

06 ޖޫން

June 06, 2019 42
ޝަރުއީ ދާއިރާ އިސްލާހުކުރުމުގައި އެމްޑީޕީގެ އިމްތިހާން!

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ "މުށުތެރޭގައި" ކޮމިޝަން އޮތުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގެ ތެރެއަށް ވަދެފައި އޮތް ސިޔާސީ ނުފޫޒާ ހެދި ފަނޑިޔާރުންނާ މެދު ފިޔަވަޅު ނޭޅި ދިއުމަކީ މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި...

13 މާޗް

March 13, 2019 8
ވަކީލުންގެ ބިލް ވެސް އެންމެ ފަހުން ތާށިވެފައި؟!

ރިޔާސީ ކޮމިޝަން ބިލުގެ ވާހަކަ ގިނަ ބަޔަކަށް އަލެއް ނުވާނެ އެވެ. އާ ސަރުކާރުގެ ރިޔާސީ ބޮޑު ވައުދެއް ފުއްދުމަށްޓަކައި އުފެއްދި ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުގެ މައްސަލަ، އާ ސަރުކާރަށް ތިން މަސް ހަމަވިއިރު ވެސް ކޮޅެއްގައި ނުޖެހުނެވެ. އެކި ފަހަރު އެކި ސަބަބުތަކެވެ.

21 ފެބުރުއަރީ

February 21, 2019 12
ފަނޑިޔާރުގެ އިސްލާހު ކުރެވޭނެ، ބޭނުމީ އިހްލާސްތެރިކަން

މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ފަނޑިޔާރެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދެވި ޗެކް ރިޕަބްލިކަށް އުފަން ފަނޑިޔާރު އިވާނާ ރިލިކޯވާ ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ޖުޑިޝަރީންނެވެ. އެކަމަކު، އޭނާ ގަބޫލުކުރައްވާ ގޮތުގައި މުޅި މުޖުތަމައު...

20 ނޮވެމްބަރ

November 20, 2018 44
ޖުޑިޝަރީ އިސްލާހު ކުރުން: ރައީސަށް ބޮޑު ގޮންޖެހުމެއް

"އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކުރެވިގެންދާ ތަން ފެނުން ކަމަށް."

13 ޖޫން

June 13, 2018 4
ޖޭއެސްސީގެ ފޯމޭޝަން: ގެންނަން ޖެހޭ ބޮޑު ބަދަލު

އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިތާ 10 އަހަރު ވާން ގާތްވެފައިވާއިރު މިހާތަނަށް ވެސް އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވި އެއް ދާއިރާއަކީ ޝަރުއީ ނިޒާމެވެ. މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ނިޒާމް ހަމަޖެހިގެން ދިޔަޔަސް، އެ ނިޒާމަށް އެކި ގޮތްގޮތުން އަންނަ އެކި ފަރާތްތަކުގެ ފާޑުކިޔުން މަދުވި ކަމަށް ބުނެވޭކަށް ނެތެވެ. ފާޑުކިޔުން...

03 މާޗް

March 03, 2017 83
ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން މައިގަނޑު ތިން ހައްގެއް ކަށަވަރުކޮށްދެ އެވެ. ފުރަތަމަ ހައްގަކީ، އިންތިޚާބުތަކުގަ އާއި އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގެވެ. ދެ ވަނަ ހައްގަކީ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. ތިން ވަނަ...

10 ނޮވެމްބަރ

November 10, 2016 9
ޖޭއެސްސީގެ މެމްބަރުން ވަކާލާތު ކުރުން: މައްސަލައެއް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ސުލޫކާ ޚިލާފްވާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން އޮންނަ ކޮމިޝަނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާ މެދު އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ރޯލެެއް އަދާކުރާ ފަރާތެވެ.

21 ސެޕްޓެމްބަރ

September 21, 2016 12
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން އުޅޭ ބަޔަކު ނެތް!

ރާއްޖޭގައި އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވަނީ ޝަރުއީ ދާއިރާ އަށް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އާ ގާނޫނު އަސާސީ އައިސް، މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ ހަމަޖެހުމުގެ ކުރިން ވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ދާއިރާއަށް އަންނަ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ. ރަނގަޅު ބައެއް ތުހުމަތުތަކާއި ގޯސް...

28 އޯގަސްޓް

August 28, 2016 15
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިކަމެއް ނެތް!

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން އެންމެ ދެ މީހުން ކުރިމަތިލުމުން ރާއްޖޭގެ ޝަރުއީ ދާއިރާގެ މަތީ މަގާމަކަށް ދާން ގިނަ ބަޔަކު ޖެހިލުންވަނީތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަވާ އެތައް ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ.