03 އޯގަސްޓް

August 03, 2020 29
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!

ލުއިތައް ލިބުމާ އެކު، ބައެއް މީހުން ހީކުރި ގޮތާ ހިލާފަށް، ކޮވިޑް-19ގެ ބިރު ބޮޑުވެ، ދިވެހިންގެ ތެރޭގައި ހަލުއިކަމާ އެކު ފެތުރެމުން ދިއުމުގެ ނުރައްކަލާ މި އޮތީ ކުރިމަތިވެފަ އެވެ.

21 ޖޫން

June 21, 2020 58
ލޮކްޑައުންއަށް ދިއުމާއި ނުދިއުން އާންމުންގެ އަތުގައި

ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ...

20 ޖޫން

June 20, 2020 53
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ހޮޓާ/ރެސްޓޯރަންޓް/ކެފޭތަކުގެ ވެރިންނަށް، ކޮވިޑް-19 ގެ ވިލާގަނޑު ކެހިލާ އިރު، އޮތީ ދަރަންޏާއި ކަންބޮޑުވުމެވެ.

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

14 ޖޫން

June 14, 2020 17
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ...

08 ޖޫން

June 08, 2020 69
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގަދަ މޫސުމުގައި އެންމެ ފަސޭހައިން ދެވެން އޮތީ އެ އަތޮޅު ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ފަރުވާ...

01 ޖޫން

June 01, 2020 18
ނަފްސާނީ ބަލިތަކަށް ވެސް ލުޔެއް ބޭނުންވޭ

ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ނަފްސާނީ އުނދަގޫތަކަށް ހައްލު ހޯދުމަށް ހެދި ވައިބާ ގުރޫޕަށް މެސެޖު ކުރާ އެއް ބަޔަކީ ކުރީ ސަފުގައި މި ބައްޔާ ހަނގުރާމަ ކުރާ މީހުންނެވެ. ގެއަށް ނުދެވި ވަކި އިމާރާތެއްގައި އެ މީހުން ތިބެން ޖެހޭއިރު އާއިލާގެ ރައްކާތެރިކަމާ މެދު އެ މީހުން ފިކުރު ކުރެ...

27 މެއި

May 27, 2020 57
ނިއު ނޯމަލްގައި އުޅެވޭނެ އަޚްލާގު އެބަހުރިތަ؟

މިދިއަ 100 އަހަރު ތެރޭގައި ވެސް ދުނިޔެ ދުށް އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށްވާ ކޮވިޑް-19 އިން ދިރިއުޅުމުގެ އެތައް ކަމެއް ބަދަލު ކޮށްލައިފި އެވެ. ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިނެއް ލިބެން އެތައް މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭތީ މިހާރު އޮތީ އެ ބައްޔާ އެކު އުޅެން ދަސްކުރަން ޖެހިފަ އެވެ. އެއީ މިހާރު މިކިޔާ "ނިއު ނޯމަލް" އެވެ. އެންމެ...

21 މެއި

May 21, 2020 38
އިގްތިސާދު ދިރުވުން: ކުރީގެ ދެ ގަވަރުނަރުންގެ ވާހަކަ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި އިގްތިސާދު ހަމައަަކަށް އެޅުވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށެވެ. މަރުކަޒީ ބޭންކްގެ ގަވަރުނަރުކަން ކުރައްވާފައިވާ، ކުރީގެ ދެ ގަވަރުނަރުން ކަމަށްވާ ކުރީގެ ނައިބު ރައީސް އަބްދުﷲ...

19 މެއި

May 19, 2020 40
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟

މި ވައިރަހަށް ފިލައިގެން އަބަދަކު ގޭތެރޭގައި ނުތިބެވޭނެ އެވެ. ކޮވިޑް-19ގެ ބިރަށް މާލެ ލޮކްޑައުންކޮށް، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ. ވަޒީފާތައް ގެއްލުމާ އެކު އާމްދަނީގެ ދޮރުތައް ބަންދުވެ ކުލި ނުދެއްކި އާއިލާތައް ބިކަވެދާނެ ކަމުގެ މާޔޫސް ކަމެވެ. މި ހާސްކަމުގައި ދިރިއުޅުން ހުއްޓި ގިނަ...

18 މެއި

May 18, 2020 68
ގޭބަންދުގައި މަހެއް: ހިތްދަތި، މާޔޫސް ދިރިއުޅުމެއް

ކޮރޯނާވައިރަސްއާ ހެދި މާލެ ލޮކްޑައުންކޮށް، ގޭގައި ބަންދުވެފައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ތޮއްޖެހިފައިވާ ވެރިރަށުގައި، ކުދިކުދި ތަންކޮޅުގައި އުޅޭ މީހުންގެ މި ދިރިއުޅުން، ފަހަރެއްގައި އަހަރެން ކަހަލަ ރަށެއްގައި ދިރިއުޅޭ މީހަކަށް ވަޒަން ނުކުރެވިދާނެ އެވެ. އެކަމަކު، އެ ފަދަ ބައެއް އާއިލާތަކާ ވާހަކަ ދައްކައިލުމުން،...

04 މެއި

May 04, 2020 18
"ނިއު ނޯމަލް"އަކީ ކޮބާ؟

ކޮރޯނާވައިރަސްއާ އެކު މިހާރު މުޅި ދުނިޔެ ވެސް ގާތްގަނޑަކަށް މި އޮތީ ބަދަލުވެފަ އެވެ. ރާއްޖެ ވެސް އެ ހާލަތަށް ވެއްޓިއްޖެ އެވެ. މި ރޯގާގެ ނިމުމުގެ ކޮޅުމަތި އަދިވެސް ފެންނަން ނެތުމާ އެކު، ކުރީގެ އާދަތަކަށް އަނބުރާ ދެވޭކަށް ނެތެވެ. ދެން އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތަށް،...

23 އެޕްރީލް

April 23, 2020 9
ގޭބަންދުގައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، އަހަރެމެންގެ ދިރިއުޅުން ވެސް ބަދަލުވެއްޖެ އެވެ. މާލޭ ސަރަހައްދުގެ ދެ ލައްކައެއްހާ އާބާދީ މި ތިބީ ގޭގަ އެވެ. ޒަރޫޒީ ބޭނުންތަކުގައި ވެސް ބޭރަށް ނުކުންނަން އޮތީ ހުރަސްތަކެވެ. ބައެއް މީހުންނަށް ނަފްސާނީ މައްސަލަތައް ވެސް އެބަ ކުރިމަތިވެ އެވެ.