03 ޖޫން

June 03, 2020 100
ގޮތް ހުސްވެ އެހީ އަށް އެދުން، ހިތްދަތި ހާލަތެއް

މާލޭގައި ކާނެ އެއްޗެއް ނުލިބި، ހާލުގައި ޖެހިގެން އެހީ އަށް އެދޭ އާއިލާތައް ދަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން ޖެންޑާ މިނިސްޓްރީން ކޮންމެ ދުވަހަކު ކާބޯތަކެތި ފޯރުކޮށްދޭ މީހުންގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ވަޒީފާ ގެއްލި ކުރިމަތިވި ހާސްކަމުގައި ގިނަ ބަޔަކު މަގުމަތިވީ އެވެ. އިތުރު ތަކުލީފަކަށް ވީ...

18 މެއި

May 18, 2020 68
ގޭބަންދުގައި މަހެއް: ހިތްދަތި، މާޔޫސް ދިރިއުޅުމެއް

ކޮރޯނާވައިރަސްއާ ހެދި މާލެ ލޮކްޑައުންކޮށް، ގޭގައި ބަންދުވެފައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ތޮއްޖެހިފައިވާ ވެރިރަށުގައި، ކުދިކުދި ތަންކޮޅުގައި އުޅޭ މީހުންގެ މި ދިރިއުޅުން، ފަހަރެއްގައި އަހަރެން ކަހަލަ ރަށެއްގައި ދިރިއުޅޭ މީހަކަށް ވަޒަން ނުކުރެވިދާނެ އެވެ. އެކަމަކު، އެ ފަދަ ބައެއް އާއިލާތަކާ ވާހަކަ ދައްކައިލުމުން،...

16 މެއި

May 16, 2020 17
ޝިފާނާ: ގައުމަށްޓަކައި ނުކުމެ ހުރި އެއް ވޮލަންޓިއަރު

މައިންބަފައިން ބުރަ މަސައްކަތުން އޭނާ ބަލައި ބޮޑުކުރީ އަގަކާ ނުލަ އެވެ. ކިޔެވި އިރު އާއިލާ އާއި ޓީޗަރުންނާއި މުޖުތަމައުގެ އަޅާލުމާއި ލޯބި ލިބުނީ ވެސް ހިލެ އެވެ. ނަސީބު ރަނގަޅު ކަމުން، އޭނާ ހިމެނުނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަރުކާރުގެ ހަރަދުގައި ނަރުސްކަން ކިޔަވައިދިން އެންމެ ފަހު ބެޗުގެ ދަރިވަރުންގެ ތެރޭގަ...

07 މެއި

May 07, 2020 64
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟

މާލޭގައި ކޮވިޑް-19 ފެތުރުމާ އެކު އެންމެ ނުރައްކާ ބޮޑުވާނެ އެއް ބަޔަކީ، އޭރު ވެސް ފެންނަން އޮތް ގޮތުގައި ، ބިދޭސީ މަސައްކަތްތެރިންނެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި، އެ މީހުންގެ ނިކަމެތި ދިރިއުޅުމަކީ ސިއްރެއް ނޫނެވެ. ކުޑަ ކޮޓަރިތަކުގައި ޑިއުޓީ ބަހައިގެން 50 މީހުން ނިދުމަކީ އެ މީހުންނަށް ކުރިމަތި ކުރުވި...

03 މެއި

May 03, 2020 18
ވައިރަސް ފެތުރޭ މިންވަރުގެ ސާފު މަންޒަރެއް ފެނިދާނެތަ؟

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ގޮތުގެ ސާފު އަންދާޒާއެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ފުރަތަމަ ދުވަހު ވެސް ބައެއް މީހުންގެ ހިތަށް ބައެއް ސުވާލުތައް އެރި އެވެ. އެއް ސުވާލަކީ ރަނގަޅަށް ޓެސްޓް ކުރެވި ލިޔެކިއުމުން އެ އަދަދުތައް ބަރާބަރަށް، އަވަހަށް ނުފެންނަންޏާ ވާނީ ކިހިނެއް ހެއްޔެވެ؟

02 މެއި

May 02, 2020 31
މާލެ، އަލިފާން ބޮމަކުން ބަލީގެ ބޮމަކަށް

މިދިއަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ، ވެރިރަށް މާލެ ކުރިމަތިލީ އަލިފާނުގެ ބޮޑު ހުޅަކާ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ނިންވާލެވުނު އިރު، އެކެއްގެ ފުރާނަ ގެއްލި، އެތައް ގެއެއް އަލުން ބޭނުންނުކުރެވޭ ވަރަށް އަނދާހުލިވި އެވެ.

29 އެޕްރީލް

April 29, 2020 23
ހޮސްޕިޓަލުން އޭނާ ފިލީ! ދެން ފެތުރުނީ ޝިގެއްލާ!

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއެކެވެ. ދަތުރަކަށް ފަހު މާލެ އައި އިރު އޭނާ ބޭރަށް ހިންގަ އެވެ. ސެންޓްރަލް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. ރޭގަނޑު އޭނާ އެތަނުން ފިލަ އެވެ. ހެންވޭރުކޮޅު ގެއެއްގައި މަޑުކުރެ އެވެ. އެގޭގެ ބައެއް މީހުން ބޭރަށް ހިންގަން ފެށި އެވެ. އެންމެ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހަކަށް...

23 އެޕްރީލް

April 23, 2020 9
ގޭބަންދުގައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، އަހަރެމެންގެ ދިރިއުޅުން ވެސް ބަދަލުވެއްޖެ އެވެ. މާލޭ ސަރަހައްދުގެ ދެ ލައްކައެއްހާ އާބާދީ މި ތިބީ ގޭގަ އެވެ. ޒަރޫޒީ ބޭނުންތަކުގައި ވެސް ބޭރަށް ނުކުންނަން އޮތީ ހުރަސްތަކެވެ. ބައެއް މީހުންނަށް ނަފްސާނީ މައްސަލަތައް ވެސް އެބަ ކުރިމަތިވެ އެވެ.

16 އެޕްރީލް

April 16, 2020 11
ލޮކްޑައުންގައި ފުރަތަމަ ދުވަސް

ގާތްގަނޑަކަށް ދެ ލައްކަ މީހުން އެއްފަހަރާ ގޭގައި ބަންދުވީ އެވެ.

02 އެޕްރީލް

April 02, 2020 25
ފުރަތަމަ ކުޑަ ކާފިއު: އެންމެން ވެސް ސަމާލުވޭ!

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ރަސްމީ ފަރާތްތަކުން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މިވަނީ ކާފިއު ހިންގައިފަ އެވެ. މިއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، މިހާތަނަށް މާލެ ސަރަހައްދުގެ އާންމުންގެ...

01 އެޕްރީލް

April 01, 2020 87
ޓެކްސީތައް ހުއްޓި ޑްރައިވަރުންގެ ޖީބު ހުލިވަނީ!

މާލޭގައި 25 އަހަރު ހޭދަކޮށް، ޓެކްސީ ދުއްވާތާ 20 އަހަރު ވީ އިރު ވެސް، މިވަރުގެ ކަމަކާ ހަސަން އަލީ (އަސްލު ނަމެއް ނޫން) އަށް ދިމައެއް ނުވެ އެވެ. މީގެ ކުރިން ހެނދުނު ހަތެއް ޖަހާއިރު ޓެކްސީ އަށް އަރާއިރު އެ ދުވަހެއްގެ އާމްދަނީ އޭނާ އަށް އޮންނަނީ އަންދާޒާ ކުރެވިފަ އެވެ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ އެވެ. ސިކުނޑީގައި އަބަދުހެން...

29 ޑިސެމްބަރ

December 29, 2019 98
ކުލި ކޮންޓްރޯލްކުރުމުގެ ބަހުސް: އެއީ ވާނެ ކަމެއްތަ؟

ވެރިރަށް މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅޭ މީހުންގެ ޝަކުވާތައް ބިނާވެފައި އޮންނަނީ ކުލީގެ އަގުބޮޑުކަމުގެ މަައްޗަށެވެ. ކުލި ކޮންޓްރޯލްކުރަން ޖެހޭ ކަމާއި ސަރުކާރުން އެކަމާ މެދު ފިޔަވަޅު އަޅަން މާލޭގައި ގެދޮރު ނެތް އެތައ ބަޔަކު ގޮވަމުން އަންނަތާ އެތައް ދުވަހެކެވެ. ދާދި ފަހުން އުފެއްދި މާލޭ ޓެނެންޓްސް ޔޫނިއަން...

22 އޮކްޓޯބަރ

October 22, 2019 47
ސަލްޓަން ޕާކު ފަޅުވެ، އަޅާނުލެވޭ ކަމުގެ ޝަކުވާ!

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ އެކި ޕްރޮޖެކްޓުތަކުގެ ތެރެއިން، އެންމެ ބޮޑަށް ޕްރޮމޯޓް ކުރި އެއް ތަނަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން، ސަލްޓަން ޕާކުގައި ހެދި ވިންޓަ ތީމް ޕާކެވެ. އެތަން އޭރުގެ ސަރުކާރުން ފާހަގަކުރީ ރާއްޖެއަށް ސްނޯ ފައިބައި، ފިނި މޫސުމުގެ އިހުސާސް ކުރެވޭނެ ފަދަ ތަނެއްގެ ގޮތުގަ އެވެ.

03 އޮކްޓޯބަރ

October 03, 2019 14
އިިންޑަސްޓްރިއަަލް ޒޯން: ދަގަނޑު ކުނިގޮނޑެއް!

ހަތަރު ފުރޮޅު ނެތް "ބާވެފައި" އޮތް ޓެކްސީއެކެވެ. ޕާކްކޮށްފައި ހުރި ގިނަ ލޮރީތަކުގައި ދަބަރު ޖަހައި "ބާ ދަގަނޑަށް" ކިރަން ޖެހޭ ހާލަތުގަ އެވެ. ގިނަ ޕިކަޕްތައް ހުރީ "ގުޑުވާނުލެވޭ" ވަރަށް ހަރުވެފަ އެވެ. ބައެއް ލޮރީތައް އޮތީ ކުނިތަކުން ފުރިފަ އެވެ. އެ ތަނުން ކުނި ނޫން އެއްޗެއް ނުފެނެ އެވެ.

13 ސެޕްޓެމްބަރ

September 13, 2019 15
ފެނާ އެކު ފަޅަށް ކިސަޑު! އެތައް މައްސަލައެއް!

ފަލަ ހޮޅިތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުން ހިނގައި ބިނގާވެ އުޅެން ދަތިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ދަތިތައް ގިނަ އެވެ. އެކަންކަން ހައްލުނުވެ އޮށްވައި އަނެއްކާވެސް މިވަނީ އެފަދަ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ:...

18 އޯގަސްޓް

August 18, 2019 5
އެސްޓީއޯ ޕަވާމިކްސް: ކޮންސްޓްރަކްޝަނަށް ބޮޑު ފަސޭހައެއް

މާލޭގައި ގެއާ ކައިރި ހިސާބެއްގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާ ނަމަ، ރޭގަނޑުގެ ނިދުން ހަރާބުވީ އެވެ. ދަގަނޑު ބުރިކުރާ އަޑާއި ސިމެންތި ގާނާ އަޑުން ސަލާމަތެއް ނުވާނެ އެވެ. އެ ހިސާބުން އެ ނިމުނީއެއް ވެސް ނޫނެވެ. ޕޭވްމަންޓް މަތީގައި ތިން ހަތަރު ދުވަސްވަންދެން ބަރިބަރި އަށް ޖަހާފައި ހުންނަ ސިމެންތި ބަސްތާތަކުން އަރާ ހިރަފުހާއި،...

12 އޯގަސްޓް

August 12, 2019 51
މަހަކު އެއް ދުވަހު ފައިމަގުގައި ނޫޅެވޭނެތަ؟

މަހަކު އެއް ފަހަރު، ވަކި ގަޑިތަކެއްގައި މާލޭގެ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ހަދަން ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން އިއުލާނުކުރުމާ އެކު އާއްމުންގެ ހިޔާލު ދެ ބައިވި އެވެ. އެއް ބަޔަކު ބުނަނީ މާލޭގައި ހިނގާފައި ނޫޅެވޭނެ ކަމަށެވެ. ދާން ޖެހޭ ތަންތަން ދުރުވެފައި، މާލޭގައި ބައި ގިނަ ވުމުގެ ސަބަބުން...

28 ޖުލައި

July 28, 2019 70
ހުނަރުވެރިކަމުން ފުރިފައި އޮތް ފުޅަނދުބުރެއް!

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ފުޅަނދުބުރު ބެލުމަށް އެންމެ ގިނަ ބަޔަކު ޖަމާވީ މަޖީދީ މަގަށެވެ. މަގުގެ ދެ ފަރާތުގައި ގިނަ ބަޔަކު ފުރި ބާރުވި އިރު، އެމީހުންގެ މޫނު މަތިން ފެނުނީ ހިނިތުންވުމެވެ. މިނިވަން ދުވަހޭ ބުނެފި ނަމަ، މާލޭގައި އެންމެ ގިނަ މީހުން އިންތިޒާރު ކުރާ އެއް ކަމަކީ ފުޅަނދުބުރު ކަމަށް ވުމުން...

31 މެއި

May 31, 2019 118
މަސްތުވާތަކެތީގެ ހާލި ދަގަނޑު ދޮރުތަކުގެ ފަހަތުގައި!

އެގޭގޭގައި ހުންނަނީ ފަލަ ދަގަނޑުން ހަދާފައި ހުންނަ ދޮރުތައް ހަރުކޮށްފަ އެވެ. ހުރިހާ ދޮރެއް ބަންދުކޮށްފައި ހުންނަނީ ދަގަނޑު ގޭޓްތަކުންނެވެ. އެއީ ފުލުހުން އެ ތަންތަން ރެއިޑް ކުރާއިރު ވެސް ފަސޭހައިން ނުވަދެވޭނެ ގޮތް ހެދުމަށެވެ. ދޮރުތައް ހަލާކުކުރަން ނަގާ ވަގުތަކީ މަސްތުވާތަކެތި ފޮރުވަން ލިބޭ ފުރުސަތެކެވެ.

12 މެއި

May 12, 2019 13
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!

ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށް ވާ ރޯޝަން ޖިއާންގެ ފުރާނަ ގެއްލުނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިފަ އެވެ. އެ ހާދިސާ މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށި އެވެ. އެމައްސަލާގައި އިހުމާލުވީ ކުންފުނީގެ ވެރިންނާ ދެކޮޅަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ....