31 މެއި

May 31, 2018 48
ނުހުއްޓުވުނު ޕްރައިމަރީ، ސިޔާސީ ބޮމެއް

އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވާ އެއް ކަމެއް އޮވެ އެވެ. އެއީ އެމްޑީޕީއަކީ ޕާޓީއެއް ނޫނެވެ. އެއީ ވަކި ސިޔާސީ ފިކުރެކެވެ. އެ ޕާޓީ އަށް ވަންނަ ކޮންމެ މީހަކު ޕާޓީއާ ގުޅެނީ އެ ފިކުރާ ގަޔާވެ އެ ފިކުރު ގަބޫލު ކުރެވިގެންނެވެ.

24 މެއި

May 24, 2018 22
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟

ޒަމާނީ ޑިމޮކްރެސީގެ ސިފަތަކާ އެއްގޮތަށް ދުސްތޫރީ އޮނިގަނޑު ބިނާކޮށް ގާނޫނީ ނިޒާމު އެކަށައަޅާފައިވާ، އޭޝިޔާގެ މަދު ގައުމުތަކުގެ ވެސް އެންމެ ކުރީގައި ރާއްޖޭގެ ނަން ގުނިގެންދާނެ އެވެ. އިންތިޚާބީ މަގާމުތަކަށް މީހުން ހޮވުން އޮތީ ގިނަ ޕާޓީތައް ވާދަކުރާ ނިޒާމެއްގެ ތެރެއިންނެވެ. ދައުލަތުގެ ތިން ބާރުމެ ވަނީ މިނިވަންވެ ވަކިވެފަ އެވެ.

22 މެއި

May 22, 2018 13
ނުފޫޒެއް ނެތް، އެކަމަކު ސަރުކާރު ބޭނުން ގޮތަކަށް!

ގާނޫނުއަސާސީގައި އޮތީ މިގޮތަށެވެ؛ "އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ." އެ ކޮމިޝަން ހިންގަނީ މި އުސޫލުން ހެއްޔެވެ؟ ނުފޫޒެއްގެ ދަށު ނުވެ މިނިވަންކަމާއި ހަމަހަމަކަމާ އެކު ޒިންމާއަދާކުރޭ ހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް އެބަ އޮތް ހެއްޔެވެ؟ މިނިވަން، އިންސާފުވެރި...

29 މާޗް

March 29, 2018 49
އިބޫ ކެންޑިޑޭޓަކަށް ފައްކާވެފައި؟

ޖުމްހޫރީ މައިދާނުން ހައްޔަރުކޮށް ޖަލަށް ލައިފި ސިޔާސީ ލީޑަރަކު ވިއްޔާ ވެރިކަން ކުރާނެ ކަމަށް ބުނާ ސަމާސާ ވާހަކަ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާ ގުޅުވާލުމުން އެހާ ސަމާސާއެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ ހުރިހާ މަގަކުން ހިންގެވި އިރު ވެސް އިބޫ އަށް މިހާތަނަށް...

27 މާޗް

March 27, 2018 66
އިބޫ ޖަލުގައި: ހިކުމަތްތެރި ލީޑަރު ގުޑުވައެއް ނުލެވޭނެ

ސިޔާސީ މަސައްކަތުގައި ގައުމަށް ނަމޫނާއެކެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަހަތަށެވެ. ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ވިސްނުން ތޫނު ބޭފުޅެކެވެ. އެއްވެސް މީހަކާ މެދު ޒާތީ ކަމެއް ނުބާއްވަވަ އެވެ. ސުލްހަވެރިކަމާއި އުސޫލްތަކަށް ލޯބި ކުރައްވަ އެވެ. އެހާމެ މަޑުމައިތިރިވެފައި ނިންމުންތައް...

20 މާޗް

March 20, 2018 73
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!

ސުޕްރީމް ކޯޓުން، މި ސަރުކާރު "ސިއްސުވާލީ" މާ ބޮޑަށެވެ. ޖަލު ގޮޅިއަށް ލައިގެން އުޅުނު ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ނެރުނު ކުއްލި އަމުރުންނެވެ. ސަތޭކަ ޕަސެންޓް އިތުބާރު އޮތް މުއައްސަސާ އިން ދިން "ލަނޑުން" ސަލާމަތްވާން އޭރު ސަރުކާރަށް އޮތް ހަމައެކަނި "ހަތިޔާރަކީ" ކުއްލި ނުރައްކަލުގެ ހާލަތެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން...

01 ފެބުރުއަރީ

February 01, 2018 54
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި އެބަ ހުއްޓެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.

04 ޖެނުއަރީ

January 04, 2018 53
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟

ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 30-120 ދުވަހާ ދެމެދުގެ މުއްދަތެއްގައި ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެ މުއްދަތަށް ބަލާއިރު، އަދި ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ނަމަ، މި އަހަރުގެ ޖުލައި 12 އާއި 21 ވަނަ ދުވަހާ ދެމެދު ރިއާސީ އިންތިޚާބު...

24 ޑިސެމްބަރ

December 24, 2017 33
އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟

ޖަރުމަނުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ނުކުންނަ ކެންޑިޑޭޓަކަށް ހަދަން އެ ޕާޓީން ބޭނުންވާ ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ވިދާޅުވީ، އެއް ބަޔަކަށް، ވަރަށް މުހިންމު ވާހަކައެކެވެ. އެއީ އިދިކޮޅު...

10 ޑިސެމްބަރ

December 10, 2017 93
އުމަރަކީ "ތޫފާނެއް"؟

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މި ހަފުތާގައި ސޮއިކުރައްވާނެކަން އިއުލާން ކުރެއްވުމާ އެކު، އިދިކޮޅު ހަރަކާތަށް، ޚާއްސަކޮށް އެ ޕާޓީ އަށް ވަނީ "ތޫފާނެއް" ކުރިމަތިވެފަ އެވެ. ޖޭޕީގެ ބައެއް އެކްޓިވިސްޓުން، އެ ޕާޓީއާ އުމަރު ގުޅިވަޑައިގަތުން ސިފަކުރަނީ ވެސް އަންނަ "ތޫފާނެއް"ގެ ގޮތުގަ އެވެ. އަނެއް ބަޔަކު...

19 ނޮވެމްބަރ

November 19, 2017 57
އެއް ކެންޑިޑޭޓް ފޯމިއުލާ - ފަސޭހައެއް ނުވާނެ

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް، އެ ހަރަކާތުގެ އިސް ހަތަރު ލީޑަރުން ގާތްގަނޑަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ. މިހާތަނަށް އެންމެ ސާފުކޮށް އެކަން އިއުލާން ކޮށްފައި ވަނީ އެމްޑީޕީން ކަމަށް ވާއިރު، އަދާލަތު ޕާޓީން ނިންމާފައި ވަނީ ކޯލިޝަން...

16 ނޮވެމްބަރ

November 16, 2017 93
ގައުމު މި ހާލަތަށް ވެއްޓުނު ގޮތުގެ ހަގީގަތް

"ސަރުކާރުގައި ރަނގަޅު އެއް ކަމެއް ވެސް ނެތެވެ. ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އެއް ކަމެއް ވެސް ކުރަނީކީ ނޫނެވެ. ގައުމުގައި ހަމަޖެހުމެއް އަމާންކަމެއް ނެތެވެ. ސަރުކާރަށް ރައްޔިތުންގެ އުދާސްތަކެއް ނޭނގެ އެވެ. ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކޮށްދޭ ކަމެއް ނެތެވެ. ރައްޔިތުންގެ އަޑު ސަރުކާރަކުން ނާހަ އެވެ."

07 ނޮވެމްބަރ

November 07, 2017 40
އެންމެ ކެންޑިޑޭޓެއްތަ؟ ނުވަތަ ގިނަ ކެންޑިޑޭޓުންތަ؟

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަން ޖެހޭނީ އިންތިގާލީ ރައީސެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހު އެމަނިކުފާނުގެ ހިޔާލުފުޅު ދޫކުރެއްވި ނަމަވެސް، މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، އެއީ މާ އޮށްޓަރު ހުރި ވާހަކައެއް ކަމަކަށް ނުވެ އެވެ. އެހެން ބުނަން ޖެހެނީ އެމަނިކުފާނު އެހެން...

26 އޮކްޓޯބަރ

October 26, 2017 62
އިންތިގާލީ ސަރުކާރެއް: އަނެއްކާ އަނެއް ހުވަފެން

އިންތިގާލީ ސަރުކާރެއް ގާއިމު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ނާދިރު ހާލަތްތަކުގައި ކޮށްއުޅޭ ކަމެކެވެ. ގައުމުގައި ބޮޑު ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއް ހިނގުމަށް ފަހު، ނުވަތަ ވެރިކަން ކުރުމުގެ ނިޒާމަށް އަންނަ ބޮޑު ބަދަލަކާ ގުޅިގެން، ވެރިކަމުގެ ނިޒާމު ހަމައަކަށް އެޅުވުމަށްޓަކައި އިންތިގާލީ ސަރުކާރު...

23 އޮކްޓޯބަރ

October 23, 2017 103
ރައީސް ޔާމީން ބަލިކުރާނެ ގޮތް، އިންތިގާލީ ކެންޑިޑޭޓް!

ރިޔާސީ އިންތިހާބަށް މާ މޮޅެތި ހިސާބުތަކެއް ނުހެދިއަސް އެއް ކަމެއް ޔަގީނެވެ؛ ޕާޓީތަކުން ވަކިވަކިން ވާދަކޮށްގެން، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރުގެ ކެންޑިޑޭޓަކު އަދި ނެތެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އިން ވެސް ފެންނަން އޮތީ އެ ހަގީގަތެވެ. އެހެންވެ، އަންނަ އަހަރު ބާއްވާ އިންތިހާބަށް އޮތް އެންމެ...

15 އޯގަސްޓް

August 15, 2017 56
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. އެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ޕޯސްޓަރުތައް ހަރުކޮށް، ވެހިކަލް ބުރުތަކާއި އެއްވުންތަކާއި ޖަގަހަތައް ވެސް ހުޅުވަނީ އެވެ. އެކަން ކަމަށް މަގުތައް ވެސް ބަންދުކުރަނީ އެވެ. އެއްވެސް މައްސަލައެއް ނޫނެވެ. އިންތިހާބު ކާމިޔާބުވާނީ ކެމްޕޭން ވެސް...

02 އޯގަސްޓް

August 02, 2017 49
މާރާމާރީތައް އިތުރުވަނީ، ހައްލެއް ނުހޯދުނު!

މާރާމާރީތަކާއި މީހުުން މެރުން ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާވެސް މިއީ އެފަދަ ދުވަސްވަރެކެވެ. ދެ ހަފުތާގެ ތެރޭގައި މާލޭގައި އެތައް މާރާމާރީ ހިންގައި، ދެ ޒުވާނަކު މަރާލައިފި އެވެ. މިދިޔަ އަހަރު އެއް ދުވަހެއްގެ ތެރޭގައި، ބަދަލު ހިފުމުގެ ގޮތުން، ދެ ކުއްޖަކު މަރާލި އެވެ. ރާއްޖޭގައި ހިނގާ މާރާމާރީތަކާއި މީހުން...

31 ޖުލައި

July 31, 2017 16
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް

އެއް ބަޔަކު ސިފަކުރާ ގޮތުގައި މިދިޔަ ހޯމަ ދުވަހަކީ، ގާނޫނުއަސާސީ އަށް ފައިން އަރައި ވެއްޔާ މޮޑެލި ދުވަހެކެވެ. ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި އެއްވެސް މެންބަރަކު މަޖިލީހަށް ވަނަ ނުދީ މަޖިލިސް ހިސޯރު ކުރުމުންނެވެ. ފުލުހުންގެ ބަޔަކު، މަޖިލީހުގެ މެމްބަރުންތަކެއް އެއްވެސް ތަނަކަށް ދިޔަ ނުދީ، ފަނޑިޔާރު...

06 ޖުލައި

July 06, 2017 34
45 ދަރަޖަ އަށް މަސްރަހު ހޫނުވުމަކީ، އިންޒާރެއް!

ޕާލަމެންޓުގެ މެމްބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕާޓީގެ 10 މެމްބަރަކު ޕާޓީގެ ސިޔާސަތާ ދެކޮޅަށް ފާޅުގައި ނުކުތުމަކީ ކޮންމެ ގައުމެއްގައި ވިޔަސް އާދައިގެ ކަމެއް ނޫނެވެ. އަދި އަމުދުން ޕާލަމެންޓްގެ ރައީސަކީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅަކަށް ވާއިރު، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓް މެމްބަރުންތަކެއް އޭނާއާ ދެކޮޅަށް ތެދުވުމަކީ ގައުމެއްގެ...

04 ޖުލައި

July 04, 2017 55
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟

ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މަޖިލިސް ބައެއް މެމްބަރުން ހީކުރި ގޮތާ މުޅިން ޚިލާފެވެ؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލާގައި، ޕީޕީއެމްގެ 10 މެމްބަރުންނާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގައިފި އެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، މަޖިލީހުގެ 45...