04 ޖުލައި

July 04, 2017 55
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟

ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މަޖިލިސް ބައެއް މެމްބަރުން ހީކުރި ގޮތާ މުޅިން ޚިލާފެވެ؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލާގައި، ޕީޕީއެމްގެ 10 މެމްބަރުންނާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގައިފި އެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، މަޖިލީހުގެ 45...

30 ޖޫން

June 30, 2017 53
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ބަދަލުވަމުންދާ ގޮތާ މެދު އެންމެ ފުންކޮށް ވިސްނަވާނެ އެއް ބޭފުޅަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ހިނގާ ބައިބައިވުންތަކާއި އެމަނިކުފާނުގެ އެމްޑީޕީ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ ދެމެދު މިހާރު އުފެދިފައިވާ ގުޅުމާ މެދު އެންމެ...

21 މެއި

May 21, 2017 24
ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުގެ ބޮޑު މަންޒަރު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އެކި ފަރާތްތަކުން މާނަކުރަމުން ދަނީ އެކި ގޮތްގޮތަށެވެ. ނަތީޖާތައް މުޅިން ސާފުނުވަނީސް، މައި ދެ ޕާޓީން ވެސް އިންތިޚާބު ކާމިޔާބުވެއްޖެކަމަށް ދައުވާކުރި އެވެ. ކަމުގެ އަސްލަށް ރިޢާޔަތް ކުރުމެއް ނެތި، އިންތިޚާބުގެ ނަތީޖާ ތަފާތު އެކި ގޮތްގޮތަށް މާނަކުރަމުން ދާއިރު، އެވާހަކަތަކުގައި...

10 މެއި

May 10, 2017 26
ބާރެއް ނެތް، މެޖޯރިޓީ ލިބިގެން ކަމެއް ވާނެތަ؟

އެތައް ފަހަރަކު ފަސްވުމަށް ފަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައ އިދިކޮޅު އެމްޑީޕީން މިވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެ ޕާޓީން މިވަނީ ހޯދައިފަ އެވެ. ދަތި އުނދަގޫތަކާ އެކު ވެސް އެމްޑީޕީ އަށް ލިބުނީ ބޮޑު...

09 މެއި

May 09, 2017 84
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އަމަލީ ގޮތުން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވީ މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމުން ކުރިމަތިލި ކެންޑިޑޭޓުންނަށެވެ. ގާތްގަނޑަކަށް އެ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ހަފުލާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ....

08 މެއި

May 08, 2017 43
އިންތިޚާބު ކާމިޔާބުކުރީ ކޮން ބައެއް؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަނުން އަދި އިއުލާން ނުކުރިޔަސް ޕާޓީތަކާއި މީޑިއާ އިން ދަނީ ނަތީޖާތައް ހާމަކުރަމުންނެވެ. އެކަމަކު ސިޔާސީ ދެ ފަޅިން ހާމަކުރާ އަދަދުތަކުގެ ފަރަގު ހައިރާންވާހާ ބޮޑެވެ. ކޮންމެ ބަޔަކު ވެސް ކިޔަނީ، އިންތިޚާބު ކާމިޔާބުކުރީ އެ ބަޔަކުކަން ދައްކައިދޭ އަދަދުތަކެކެވެ.

07 މެއި

May 07, 2017 199
މިއީ ބޮޑު ބައްޔެއް، ސަރުކާރަށް ބޮޑު ލަދެއް!

ވޯޓުލުން ފެށުމާ ހަމައަށް، ހުރިހާ ބާރަކާއި ނުފޫޒެއް ސަރުކާރު ފަޅީގަ އެވެ؛ އިލެކްޝަންސް ކޮމިޝަން ކޮންޓްރޯލްކުރި އެވެ. އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރުން އޮތީ ހަނިކޮށްފަ އެވެ. އެންމެ ކުޑަމިނުން، ފާރެއްގައި ޕޯސްޓަރެއް ހިއްޕާލުން ވެސް އޮތީ ދަތިކޮށްފަ އެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކަށް...

04 އެޕްރީލް

April 04, 2017 39
ސިޔާސީ ކުށްވެރިންނެއް ނެތް! އެކަމަކު މި ކުރަނީ ކީއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތިން އަހަރު ވެރިކަން ކުރެއްވި ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ސިޔާސީ މަގްސަދެއްގަ އެވެ.

26 މާޗް

March 26, 2017 94
މައުމޫނާއި ނަޝީދު އެއްގަލަކަށް، ބޮޑު ނިންމުމެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ސިޔާސީ ގޮތުން އެއްގަލަކަށް އަރުއްވައި، އެއް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް، މީގެ ހައެއްކަ މަސް ކުރިއަށް ބެއްޔަސް، ގަބޫލުކުރާނީ މަދު ބައެކެވެ. އެކަމަކު މިދިޔަ ހުކުރުދުވަހު އެ ދެ ބޭފުޅުން އެކަން ކުރައްވައި، ރާއްޖޭގެ ސިޔާސީ ތާރީޚުގެ...

24 މާޗް

March 24, 2017 49
މާޗު 27: އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ ވޯޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސަރުކާރަށް ނާކާމިޔާބު ވެއްޖެ ނަމަ، އެއީ މި ސަރުކާރަށް...

28 ފެބުރުއަރީ

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13...

16 ފެބުރުއަރީ

February 16, 2017 154
ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟

އަންނަ އަހަރުގެ ރިއާސީ އިންތިޚާބާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޓިކެޓްގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ނަމަ، އެ ޕާޓީގެ ފަރާތުން އެހެން މީހަކު ވާދަ ނުކުރާނެ ކަމަށެވެ.

08 ފެބުރުއަރީ

February 08, 2017 31
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ."

06 ފެބުރުއަރީ

February 06, 2017 61
މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރަން އިދިކޮޅު އެންމެން ގުޅިގެން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ؛ އޭގެ ބަދަލުގައި ފެންނަނީ، އެމްޔޫއޯގެ ތެރެއިން ފިކުރު ބައިބަޔަށް އިއްތިހާދުވެގެން އުޅޭ މަންޒަރެވެ. އެކަމަކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ކުރީގެ ރައީސް...

03 ފެބުރުއަރީ

February 03, 2017 92
ޕާޓީން އަޅުގަނޑު ނޫން ކެންޑިޑޭޓެއް ނުނެރޭނެ: ނަޝީދު

އެމްޑީޕީގެ އާއްމު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މައްސަލަ އެވެ؛ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން، ސްރީ ލަންކާގައި މިވަނީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ޕާޓީގެ އެކި ގުނަންތަކާއި ގައުމީ މަޖިލީހުގައި މަޝްވަރާކުރީ، 2018 ގެ އިންތިހާބުގައި ވާދަކުރުމަށް ރައީސް މުހައްމަދު ނަޝީދަށް...

31 ޖެނުއަރީ

January 31, 2017 47
އެމްޑީޕީ ގައުމުން ބޭރުގައި، ބަދަލެއް ފެންނާނެތަ؟

އެމްޑީޕީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެވެ؛ ޖަލްސާތަކާއި އެއްވުންތަކާއި މުޒާހަރާތަކަށް އެތައް ހާސް ބަޔަކު އެ ޕާޓީން ނެރެފައިވެ އެވެ. ކެމްޕޭންތަކުގެ ފޯރިގަދަ އެވެ. ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި މިހާތަނަށް، އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް...

26 ޖެނުއަރީ

January 26, 2017 111
އިދިކޮޅު ހަމައެކަނި ކެންޑިޑޭޓަކީ "ތިމަން މަނިކުފާނު"

ރިއާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާ އިރު، އެންމެން ވެސް ދައްކަނީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުންގެ ވާހަކަ އެވެ. އެއް ބަޔަކު ސުވާލު އުފައްދަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެދާނެ ކަމާ މެދުގަ އެވެ. އަނެއް ބަޔަކު ސުވާލު އުފައްދަނީ ރައީސް ޔާމީނާ ވާދަ ކުރައްވާނެ...

24 ޖެނުއަރީ

January 24, 2017 82
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި...

12 ޖެނުއަރީ

January 12, 2017 19
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ ވެސް، އޭރުގެ ވެރިކަން ކުރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގި ސިޔާސީ ކޯޅުންތަކެއްގެ ތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ވިސްނުމެއްގަ އެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އަދި ހިންގަން ވެސް އުނދަގޫ...

08 ނޮވެމްބަރ

November 08, 2016 31
އީސީގެ މިނިވަންކަމާ މެދު ބޮޑެތި ތުހުމަތުތަކެއް؟

ރާއްޖޭގައި އަލަށް، އީ ވޯޓިން ތައާރަފް ކުރަން އުޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކުރި ފާޑުކިޔުންތަކަށް ކޮމިޝަނުން ދިން ރައްދަކީ މި އެވެ؛ "ކޮމިޝަން މިނިވަންތޯ ނުވަތަ އިތުބާރު ކުރެވޭތޯ ކަނޑައެޅޭނީ އިންތިހާބެއް ބޭއްވީމަ އެވެ. މި ކޮމިޝަނުން އަދި އިންތިހާބެއް ނުބާއްވަމެއް ނޫން ހެއްޔެވެ؟".