01 ނޮވެމްބަރ

November 01, 2016 71
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ފުޅާ ކޯލިޝަން ވިއްސިވިހާލިވެ، އެމަނިކުފާނު ވަކިވެވަޑައިގެންނެވިއިރު ސިޔާސީ ގޮތުން ބުރަދަނެއް ހުރި...

28 އޮކްޓޯބަރ

October 28, 2016 61
2018 ގައި ވާދަކުރަން ތިބީ ކޮން ބައެއް؟

ގާނޫނުއަސާސީ ބުނާ ގޮތުން ނަމަ، 2018ގެ ޖޫން މަހާއި އޮކްޓޫބަރު މަހާ ދެމެދު ރިއާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން ޖެހެ އެވެ. އެއީ ނޮވެމްބަރު 11، 2018 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނޭ ރައީސަކު އިންތިހާބު ކުރުމަށެވެ. އެހެންކަމުން އަންނަ ރިއާސީ އިންތިހާބުގައި ވޯޓު ލުމާ ދެމެދު ބާކީ އޮތީ އެއް އަހަރާއި ހަތް...

25 އޮކްޓޯބަރ

October 25, 2016 12
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.

02 އޮކްޓޯބަރ

October 02, 2016 61
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެކަން މިދިޔަ ބުރާސްފަތިދުވަހު އިއުލާން ކުރުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ކެކިގެން ހިނގައިދާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ޖޭޕީން 2018 ގެ ރިޔާސީ އިންތިހާބަށް ނުކުންނަށް، އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު، ކެންޑިޑޭޓަކަށް ހަދަން ބޭނުންވާ، ޖޭޕީގެ...

06 ސެޕްޓެމްބަރ

September 06, 2016 145
އާ ޑޮކިއުމެންޓްރީ ދެކެ ސަރުކާރު ބިރުން، ކީއްވެ؟

ރާއްޖެއާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް"އާ އެކު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި މިހާރު އޮތީ ޑިފެންސަށް ކުޅުމެވެ. ކޮރަޕްޝަނާއި ޖަރީމާތައް އެ ޑޮކިއުމެންޓްރީން ފަޅާއަރާނެ ކަމަށް އަލް ޖަޒީރާ އިން ބުނުމާ އެކު ސަރުކާރު ޕްރެޝަރަށް ވެއްޓުނެވެ. ޓީވީތަކުން ވަގުތު ހޯދައިގެން މުޅިން ވެސް ފެންނަނީ ވަޒީރުންނާއި...

04 ސެޕްޓެމްބަރ

September 04, 2016 62
ތަހުގީގަށް ފޯނު އަތުލުން، ކުޑަ މައްސަލައެއް ނޫން

މި ޒަމާނުގައި މޮބައިލް ފޯނަކީ މީހެއްގެ ގާތްގަނޑަކަށް ހުރިހާ މައުލޫމާތެއް ރައްކާކޮށްފައި އޮންނަ ވަސީލަތެކެވެ. އެހެންކަމުން ސިޔާސީ ކަންކަމާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރާ ބައެއް މީހުންގެ ފޯނު އަތުލުން އާންމު ވުމަކީ ކުޑަ މައްސަލައެއް ނޫނެވެ. ފޯނު އަތުލާ ސަބަބާ މެދު ސުވާލު އުފައްދަން ޖެހޭ ހިސާބަށް މިހާރު އެކަން ވަނީ ގޮސްފަ އެވެ.

15 ޖުލައި

July 15, 2016 35
އިދިކޮޅު ޕާޓީއެއް، އިދިކޮޅު ހަރަކާތަކަށް ޖާގައެއް ނެތް

ކޮންމެ ކަމެއްގައި އިދިކޮޅު ވާންޖެހޭ ހެއްޔެވެ؟ ކޮންމެ ގައުމެއްގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ހެއްޔެވެ؟ ކަންކަމާ އިދިކޮޅު ނުހެދިއްޔާ، އެއީ ޑިމޮކްރެޓިކް މުޖްތަމައަކަށް ނުވަނީ ހެއްޔެވެ؟ ޑިމޮކްރެސީއާ އެކުގައި އޮޕޮޒިޝަން އޮންނަން ޖެހޭ ހެއްޔެވެ؟ މިއީ ޒަމާންވީ ބޯދާ ވިސްނުމުގައި ބަނދެވިގެން ތިބޭ ބައެއް މީހުން މިހާރު ވެސް...

21 ޖޫން

June 21, 2016 18
އީ ވޯޓިންގައި ވޯޓު ފޮއްޓަށް އަތް ބޭނިދާނެތަ؟

އާ ގާނޫނުއަސާސީ އަށް ފަހު ރާއްޖޭގައި ބޭއްވި އިންތިހާބުތަކާ މެދު ގިނަ ބަޔަކު ހިތްހަމަޖެހުނަސް، އަދި އެ އިންތިހާބުތައް އިންސާފުވެރިކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނި ނަމަވެސް އާންމު ބައެއް މީހުންގެ ހިތުގައި އަބަދުވެސް ޝައްކު އޮވެ އެވެ. މަރުވެފައި ތިބި މީހުންގެ ނަމުގައި ވޯޓުލުމާއި ނެޝަނަލް ރެޖިސްޓްރޭޝަންގައި ހުންނަ...

17 ޖޫން

June 17, 2016 26
މަޖިލިސް: ސަރުކާރުން ބޭނުންވާ ކަންކަމަށް ޚާއްސަވެފައި

ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ލިބިއްޖެ ނަމަ ވާނެ ގޮތް ރާއްޖޭގައި މިހާރު މިދަނީ ފެންނަމުންނެވެ. ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ބޭނުން ގޮތަކަށް ހަމައެކަނި ނިންމަނީކީ ވެސް ނޫނެވެ. މަޖިލިހުގެ އަސްލު ވާޖިބު އަދާކުރޭތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

03 ޖޫން

June 03, 2016 36
ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ

ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް...

29 މެއި

May 29, 2016 6
އެހެން މިހެން: އިލެކްޝަނުން ހާދަ ކަންބޮޑުވަނީ!

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ މިންވަރު ބޮޑުކަމުން އިލެކްޝަންސް ކޮމިޝަނުން "ކުއްލިއަކަށް" ތެދުވެގެން އުޅޭކަން އިއްޔެ ވަނީ އެނގިފަ އެވެ. އެ ކޮމިޝަނުން ބުނެފައިވާ ވާހަތަކަށް ބަލާއިރު އަޅުގަނޑަށް (ރައްޔިތު މީހާ) އަށް ވިސްނުނީ ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ ކަމެއްގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަދެގެން އުޅޭ...

27 މެއި

May 27, 2016 27
އެމްޑީޕީ އަށް ގޮތް ހުސްވީތަ؟

އެމްޑީޕީ އުފެދިގެން އައީ ވަރުގަދަ ރޫހަކާ އެކުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އެއީ އެހެން ޕާޓީތަކަށް ނަމޫނާއެކެވެ. އެކަމަކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައި ސިޔާސީ މައިދާނުން އެކަހެރިވުމާ އެކު ޕާޓީގެ ރޫހު މަރުވެއްޖެ އެވެ. ގޮތް ހުސްވީހެއްޔެވެ؟

24 މެއި

May 24, 2016
އެއްވެ އުޅުމުގެ ހައްގު ފުލުހުންގެ "މުށުތެރޭގައި!"

މާލޭގެ މަގުތަކަށް މެއި، 1، 2015، ގައި އެތައް ހާސް ބަޔަކު ނުކުމެ އަންގައިދޭން ބޭނުންވީ ސަރުކާރުގެ މިސްރާބު ގޯސް ކަމެވެ. އެކަމަކު އެކަން ވީ މުޒާހަރާކުރުމުގެ ދޮރު ބަންދުވުމުގެ ފެށުމަށެވެ. ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުމެއް ހިނގި އެ އެއްވުމަށް ފަހު މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާކުރުން ފާޑަކަށް "މަނާވީ" އެވެ. ގާނޫނު...