03 ޖޫން

June 03, 2019 57
ފަލަކީ ގޮތުން މިއަދު ރޯދަމަސް ނިމި، މާދަމާ އަކީ ޢީދު

އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، އީދަށް ހަނދު ފެނޭތޯ ބަލަން ނުކުންނާނެ އެވެ. ނަމަވެސް، ބުރޫނާއީ، ޢުންމާން، މަޣްރިބު، އީރާން، ސްރީ ލަންކާ، ބަނގްލަދޭޝް، ޕާކިސްތާން އަދި އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް...

27 ޖުލައި

July 27, 2018 14
މި ގަރުނުގެ އެންމެ ދިގު ހަނދު ކޭތަ މިރޭ، ބަލާނަން؟

މި ރެއަކީ އަނެއްކާ ވެސް އުޑުމަތީގެ ހިތްގައިމު މަންޒަރުތަކެއް އަޅުގަނޑުމެންނާ ބައްދަލު ކުރާނެ ރެއެކެވެ. އޭގެ ތެރެއިން ވެސް އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ މި ރޭ ހިފާ ފުރިހަމަ ހަނދު ކޭތަ އެވެ. ފުރިހަމަ ކޭތައަކަށް ވުމުގެ އިތުރުން، 21 ވަނަ ގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ ވެސްމެ އެވެ. ހަމަ އެއާ އެކު ފުރިހަމަ އަށް ކޭތަ...

13 ޖޫން

June 13, 2018 55
މިރޭ އީދަށް ހަނދު ފެނިދާނެތަ؟

މިއަދަކީ ދިވެހިރާއްޖެ އާއި ތުރުކީ ވިލާތް އަދި ބޮސްނިއާ ފަދަ ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވާތީ، މި ގައުމުތަކުގައި މި ރެއަކީ ފިތުރު އީދަށް ހަނދު ބަލާ ރެ އެވެ. ނަމަވެސް އަރަބި ގައުމުތަކާއި އިސްލާމީ ގިނަ ގައުމުތައް އީދަށް ހަނދު ބެލުން އޮންނާނީ މާދަމާ ރެ އެވެ. އެއީ އެ ގައުމުތައް ރޯދަ ހިފަން ފެށީ،...

24 ޖޫން

June 24, 2017 17
ފަލަކީ ގޮތުން މާދަމާ އަކީ އީދު

މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން، އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހަށް ހަނދު ބެލުން އޮންނާނެ އެވެ. މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެނިއްޖެ ކަން ސާބިތުވެއްޖެ ނަމަ، މާދަމާ އަކީ މި އަހަރު އުފާވެރި ފިތުރު އީދު ދުވަހެވެ.

04 ޖުލައި

July 04, 2016 5
މިރޭ އީދަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް

މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ޝައްވާލް މަހަށް ހަނދު ފެނޭތޯ ބަލާނެ އެވެ. އިސްލާމީ ޝަރުޢީ ހަމަތަކުގެ މަތިން، އައު މަހެއް ފެށޭނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން ނުވަތަ، އެރޭ ހަނދު ނުފެނުމުން އެ މަހުން 30 ދުވަސް...

05 ޖޫން

June 05, 2016 5
ފަލަކީ ގޮތުން މާދަމާ އަކީ މުލަރޯދަ ދުވަސް

ހިނގަމުން މިދާ ޝައުބާން މަހުން މިއަދަކީ 29 ވަނަ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ އިރު އޮއްސުމާ އެކު، ރޯދަ މަހަށް ހަނދު ބެލުމުގެ މަސައްކަތް ފެށޭނެ އެވެ. އިސްލާމީ ހުރިހާ ޤައުމެއްގައި ވެސް މިރޭ ހަނދު ބަލާނެ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ މާދަމާ އަކީ މި އަހަރުގެ މުލަރޯދަ ދުވަސް ކަމުގައި އިއުލާންކުރާނެ އެވެ.