19 ސެޕްޓެމްބަރ

September 19, 2018 49
2 މަސް، 153 ރަށް: އިބޫގެ ތަޖުރިބާ، އިހްސާސް!

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަގަދަ މަރުހަބާ އެވެ؛ ސަލާން ކުރަން ދިގު ސަފުތަކާއި ސެލްފީ ނެގުމުގެ ގިނަ ހުށަހެޅުންތަކެވެ. ރައްޔިތުންނާ އެންމެ ގާތުން، ބައްދަލުވުންތަކާއި ޖަލްސާތަކެވެ. ރައްޔިތުން ބަންޑުކޮށްލާ ޖަޒުބާތުތަކާ އެކު...

10 ސެޕްޓެމްބަރ

September 10, 2018 137
ދިއްކޮށްލި ސިއްރު ނޯޓުގައި ވެސް ވަޒީފާގެ ބިރު!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް އެމީހުންގެ ޝަކުވާ، ދިމާވަ މައްސަލަތައް ކިޔައިދެ އެވެ. އެއްބަޔަކު އެ ވާހަކަތައް ބުނަނީ އެހެން މީހަކަށް އަޑުނީވޭހާ މަޑުންނެވެ. އަނެއް ބަޔަކު ހަވާލުކުރަނީ...

07 ސެޕްޓެމްބަރ

September 07, 2018 88
ކުރިމަތި ނުލިޔަސް އޮފިޝަލުންނަށް! މެޖޯރިޓީ ޕީޕީއެމް؟!

ހއ. އަތޮޅުގެ [ނަން އުނިކޮށްފައި] ރަށަކުން ފަށާނަމެވެ؛ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު އޮފިޝަލަކަށް ވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން، އެ ރަށުން ވެސް ޝައުގުވެރިވި ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަަމަކު އިލެކްޝަންސުން ގަބޫލުކުރާ ޝަރުތު ހަމަނުވާތީވެ، އޮފިޝަލަކަށް ވާން އޭގެ ތެރެއިން އެކަކަށް ވެސް ފުރުސަތެއް...

28 އޯގަސްޓް

August 28, 2018 12
ދަރަނީގެ ނުފޫޒާއި "އަރައިގަތުމު"ގެ ވިސްނުން!

ދަރަންޏަކަށް ފަހު ދަރަންޏެކެވެ. ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫތަކަށް ހިޔާނާތުގެ ތުހުމަތެވެ. ދަރަނި ނުދެއްކޭ ހާލަތުގައި ދެން އޮންނާނީ އެ ފައިސާ ދިން މީހުން ބުނިހާ ކަމެއް ކުރަން ޖެހުމުގެ ބިރެވެ.

26 އޯގަސްޓް

August 26, 2018 49
އިބޫގެ ތަޖުރިބާ އިން އާ ބާބެއް، "ޕަޕެޓެއް ނޫން"!

ޅ. މެމްބަރެއްގެ ގޮތުގައި، 1994 ވަނަ އަހަރު ސިޔާސީ ހަޔާތް ފެއްޓެވި، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ގަބޫލުކުރެއްވުނު ގޮތުގައި، ސިޔާސީ މަސައްކަތުގައި 24 އަހަރު އޭނާ އަށް ފުދެ އެވެ؛ އެއީ މަޖިލީހުގެ ފަސް ދައުރެވެ. އާއްމު ނުކުރެއްވި ނަމަވެސް ނިންމެވުމަކީ، އިބޫ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ރިޓަޔާ ކުރެއްވުމެވެ.

19 އޯގަސްޓް

August 19, 2018 24
އިންކަމް ޓެކްސް ނަގައިދޭނެ މީހަކު އެބަ ހުރިބާ؟

ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން އާއްމުން ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ރާއްޖޭގައި އެކަން ކޮށްފާނެ ހެއްޔެވެ؟ މާޒީގެ ތަޖުރިބާ އަށާއި މި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ބެލިޔަސް އެނގެނީ އިންކަމް ޓެކްސްއާ މެދު އުއްމީދެއް ނެތް ކަމެވެ.

18 އޯގަސްޓް

August 18, 2018 56
އިބޫގެ ހިމޭން ދުނިޔެ، މި ފޮޓޯތަކުން!

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މައިދާނަށް ކުރިމަތިވި ހަލަބޮލިކަމާ އެކު، އެ މައިދާނުގައި ބޮޑަށް ހަރަކާތްތެރިވާތަން ފެންނަނީ ހަލަބޮލި ސިޔާސީ ލީޑަރުންނެވެ. މަގުމަތީގެ ހަރަކާތްތަކުގައި އަޑުއުފުލައި ޖޯޝް ހުރި ވާހަކަތަކުން ރައްޔިތުންނަށް ހިތްވަރު ގެނެސްދިނުމަކީ އެފަދަ ބައެއް ލީޑަރުންގެ ހާއްސަ ސިފަތަކެވެ.

16 އޯގަސްޓް

August 16, 2018 39
ބޭނުމީ ދޮޅު އަހަރުތަ؟ ނޫނީ ފަސް އަހަރުތަ؟

ގާނޫނުއަސާސީ ބުނާ ގޮތުން ރިއާސީ ދައުރެއްގެ ދިގުމިނަކީ މީލާދީ ފަސް އަހަރެވެ. ވެރިކަމަށް މީހަކު ކުރިމަތިލަނީ އަދި މީހަކު އިންތިޚާބު ކުރަނީ ވެސް އެ މުއްދަތު ފުރިހަމަ ކުރާށެވެ. އެ މުއްދަތުގެ ތެރޭގައި ވެރިކަމުގައި ހުރި މީހާ މަގާމުން އިސްތިއުފާ ދީފި ނަމަ، ނުވަތަ އެ ނޫން ގޮތަކުން މަގާމުން ވަކިވެއްޖެ ނަމަވެސް ކަންތައް ކުރާންވީ ގޮތް...

12 އޯގަސްޓް

August 12, 2018 119
ރައީސް ޔާމީނާއި އިބޫ: އެންމެ ބުރެއް، ތަފާތު ރޭހެއް!

ދިވެހިން، މިހާތަނަށް ތަޖުރިބާކުރި އެއް ހަގީގަތަކީ މިއެވެ؛ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވުނު ބޭފުޅަކު ނެތެވެ. ފުރަތަމަ ބުރުގައި އޮންނަނީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަނޑައެޅުމެވެ. ރައީސަކު ހޮވަނީ، އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ.

10 އޯގަސްޓް

August 10, 2018 89
ސައީދުގެ ބަސް: މިއީ "ގައުމީ ވެރިކަމެއް"!

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގަ އެވެ. ރިޔާސީ އިންތިޚާބަށް 44 ދުވަހަށް ވީއިރު، ރައީސް ޔާމީނާއި އިބޫއާ ދެމެދުގައި ބަހުގެ ހޫނު ހަމަލަތަކެއް ދަނީ...

05 އޯގަސްޓް

August 05, 2018 112
އިބޫގެ އެއްބަނޑު އެއްބަފާ، ލޯފަން ތިން ހާފިޒުން!

ހިތްވަރާއި ކެރުންތެރިކަމެވެ. އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަމެވެ. މި ސިފަތަކާ އެކު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އާއިލާ އެތައް ގޮތަކުން ތަފާތެވެ؛ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިބި އެއީ ގައުމަށް ޚިދުމަތްތެރި ބައެކެވެ. މީގެ ތެރެއިން ވެސް އެންމެ ޚާއްސައީ، ލޯފަން، ތިން ހާފިޒުންގެ...

29 ޖުލައި

July 29, 2018 44
ވައުދުތަކުގެ ދުވަސްވަރު، ވިސްނާލުން ރަނގަޅު!

އަނެއްކާވެސް މިއޮތީ "ކަޑަ ޖަހާ" ދުވަސްވަރު އައިސްފަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ކުޑަތަން ވެފައިވާއިރު ވައުދުވުމުގެ މޫސުން މިވަނީ ފެށިފަ އެވެ. އެއީ ރައްޔިތުންގެ ވޯޓުން ވެރިޔަކު އިންތިހާބު ކުރާ ހުރިހާ ގައުމެއްގައި ވެސް އޮންނަ އުސޫލެވެ. ނަމަވެސް އެކަންކަން މިނެކިރުމުގައި ދުނިޔެއަށް ހޭލުންތެރި އަދި ތައުލީމީ މީހުން...

03 ޖުލައި

July 03, 2018 122
ރަނިން މޭޓު ނުދެއްކި ލަސްވަނީ!

ސިޔާސީ ގޮތުން ކިތަންމެހާ ވެސް އުނދަގޫ، ބޮޑެތި ބަދަލުތަކެކެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލެއްވުމެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ހަމަޖެއްސުމެވެ. އެއާއެކު، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު...

29 ޖޫން

June 29, 2018 87
ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ނިންމެވުމަކީ ތާރީޚީ އަދި ބޮޑު ނިންމެވުމެކެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެއީ ގަބޫލުކުރަން ދަތި ކަމަކަށް ވާނެ އެވެ. ޚާއްސަކޮށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ސިޔާސީ ގޮތުން ކުރެއްވުނުހާ...

29 މާޗް

March 29, 2018 49
އިބޫ ކެންޑިޑޭޓަކަށް ފައްކާވެފައި؟

ޖުމްހޫރީ މައިދާނުން ހައްޔަރުކޮށް ޖަލަށް ލައިފި ސިޔާސީ ލީޑަރަކު ވިއްޔާ ވެރިކަން ކުރާނެ ކަމަށް ބުނާ ސަމާސާ ވާހަކަ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާ ގުޅުވާލުމުން އެހާ ސަމާސާއެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ ހުރިހާ މަގަކުން ހިންގެވި އިރު ވެސް އިބޫ އަށް މިހާތަނަށް...

27 މާޗް

March 27, 2018 66
އިބޫ ޖަލުގައި: ހިކުމަތްތެރި ލީޑަރު ގުޑުވައެއް ނުލެވޭނެ

ސިޔާސީ މަސައްކަތުގައި ގައުމަށް ނަމޫނާއެކެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަހަތަށެވެ. ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ވިސްނުން ތޫނު ބޭފުޅެކެވެ. އެއްވެސް މީހަކާ މެދު ޒާތީ ކަމެއް ނުބާއްވަވަ އެވެ. ސުލްހަވެރިކަމާއި އުސޫލްތަކަށް ލޯބި ކުރައްވަ އެވެ. އެހާމެ މަޑުމައިތިރިވެފައި ނިންމުންތައް...

27 ޖޫން

June 27, 2017 78
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟

ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ...

08 ފެބުރުއަރީ

February 08, 2017 31
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ."