11 ނޮވެމްބަރ

November 11, 2018 31
އިބޫ: ހީވެސް ނުކުރެވޭ ފަދަ ސިޔާސީ ކާމިޔާބީއެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުން ފިޔަވައި ސިޔާސީ ގޮތުން އިތުރަށް ކުރިއަށް ވަޑައިގަތުމުގެ މާ ބޮޑު އުންމީދެއް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ނެތެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގަތުމުގެ ކުރިން ވެސް މައިގަނޑު ގޮތެއްގައި ޅ. އަތޮޅު ގޮނޑި [މީގެ...

04 ނޮވެމްބަރ

November 04, 2018 88
ދަރަނި ދެއްކުން: އާ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް!

ސްރީލަންކާއަށް މަޖުބޫރުވީ ހަމްބަންޓޯޓާ ބަނދަރު އެތަނުގެ ބޮޑު ހިއްސާއާ އެކު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޭށެވެ. ޒެމްބިއާގެ ބައިނަލްއަގުވާމީ އެއާޕޯޓް، ކެނެތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޖެހުނީ ހަމަ އެ ހާލެވެ. ޗައިނާގެ އަތުން ނަގާފައިވާ މާސިންގާ ދަރަނި ދެއްކުމަށް އެނޫން ގޮތެއް އެ ގައުމުތަކަށް ނެތީ އެވެ....

31 އޮކްޓޯބަރ

October 31, 2018 8
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބަށް ފަހު ވަރަށް ގިނަ ކަންކަން ދަނީ ބަދަލުވަމުންނެވެ. ކުރިން ވާހަކަ ދެއްކި ރާގާއި ބަސްމަގު ވެސް ބަދަލުވެއްޖެ އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

24 އޮކްޓޯބަރ

October 24, 2018 29
އަނެއްކާވެސް ގޮތްދޫނުކުރައްވާ މަސީހާ ދެކޮޅަށް!

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ކަހަލަ ގޮތްދޫނުކުރައްވާ، ފިލައިގެން އުޅުއްވާ، މީޑިއާއާ ބީރައްޓެހި، ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަން ގެއްލުވާލި މެމްބަރަކު އެ ގޮނޑީގައި އިންނަވަނިކޮށް ދިވެހި ތާރީޚު ދެކިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން، ގާނޫނުއަސާސީއަށް ބަލާއިރު، އެންމެ ބޮޑު...

14 އޮކްޓޯބަރ

October 14, 2018 87
އަދިވެސް ގޮތްދޫނުކޮށް! ދެން އޮތީ ފިޔަވަޅު އެޅުން؟

ވަކި ކަމެއް ވަކި ގޮތަށް ކުރަން އެދޭ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ރާއްޖެއަށް އަންގާ ފަހަރުފަހަރު އާދެ އެވެ. އެއީ ޑިޕްލޮމެޓިކް ދާއިރާގައި އަބަދުވެސް ކަންކަން ހިނގާ ގޮތެވެ. ނަމަވެސް މިއަދު ރާއްޖެއަށް އަމާޒުވެފައިވާ އެންގުންތައް ވަރަށް ތަފާތެވެ. އެއީ ދިވެހި ތާރީހުގައި ވެސް ކުރިމަތިނުވާ ފަދަ ހަރުކަށި އިންޒާރުތަކެކެވެ.

10 އޮކްޓޯބަރ

October 10, 2018 52
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިއިރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. އިލެކްޝަންސް ކޮމިޝަނާ މެދު އިތުބާރު ނެތް ވާހަކަ އާއި އިންތިޚާބުގައި އޮޅުވާލުމުގެ ކަންތައްތައް ހިނގަން އުޅޭ ވާހަކަ އެވެ. ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ނަގަމުންދާ...

03 އޮކްޓޯބަރ

October 03, 2018 57
"ބަލި ގަބޫލުނުކުރެވެނީއެއް ނޫން"! ދެން ކޮން ކަމެއް؟

ރިޔާސީ އިންތިޚާބަށް ފަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ؛

30 ސެޕްޓެމްބަރ

September 30, 2018 42
ހެކި ނައްތާލާކަމުގެ އަޑުތައް!

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާ އެކު ސަރުކާރުގެ އެކި އިދާރާތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާކަމުގެ އަޑު މިވަނީ ގަދަވެފަ އެވެ. ތުހުމަތުކުރަނީ އާ ސަރުކާރުން ހަވާލުވުމުގެ ކުރިން، މި ސަރުކާރުގެ ކޮރަޕްޝަނާއި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ އަމަލްތަކުގެ ހެކިތައް ނައްތާލަނީ ކަމަށެވެ.

19 ސެޕްޓެމްބަރ

September 19, 2018 49
2 މަސް، 153 ރަށް: އިބޫގެ ތަޖުރިބާ، އިހްސާސް!

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަގަދަ މަރުހަބާ އެވެ؛ ސަލާން ކުރަން ދިގު ސަފުތަކާއި ސެލްފީ ނެގުމުގެ ގިނަ ހުށަހެޅުންތަކެވެ. ރައްޔިތުންނާ އެންމެ ގާތުން، ބައްދަލުވުންތަކާއި ޖަލްސާތަކެވެ. ރައްޔިތުން ބަންޑުކޮށްލާ ޖަޒުބާތުތަކާ އެކު...

15 ސެޕްޓެމްބަރ

September 15, 2018 121
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟

އިދިކޮޅު ޕާޓީތަކުގެ އިތުބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަކަށް ނެތެވެ؛ ނުފޫޒެއްގެ ދަށުވެފައިވާ ކަމުގެ ތުހުމަތާ އެކު ކޮންމެ ނިންމުމަކާ ގުޅޭ ގޮތުން ވެސް އެތައް ކަންބޮޑުވުމަކާއި ޝަކުވާތަކެވެ. ރައްދުގައި އެ ކޮމިޝަނުން ދޭ ޔަގީން ކަމަކީ، ވޭތުވެދިޔަ އިންތިޚާބުތަކާ ތަފާތުކޮށް، މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ....

10 ސެޕްޓެމްބަރ

September 10, 2018 137
ދިއްކޮށްލި ސިއްރު ނޯޓުގައި ވެސް ވަޒީފާގެ ބިރު!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް އެމީހުންގެ ޝަކުވާ، ދިމާވަ މައްސަލަތައް ކިޔައިދެ އެވެ. އެއްބަޔަކު އެ ވާހަކަތައް ބުނަނީ އެހެން މީހަކަށް އަޑުނީވޭހާ މަޑުންނެވެ. އަނެއް ބަޔަކު ހަވާލުކުރަނީ...

07 ސެޕްޓެމްބަރ

September 07, 2018 88
ކުރިމަތި ނުލިޔަސް އޮފިޝަލުންނަށް! މެޖޯރިޓީ ޕީޕީއެމް؟!

ހއ. އަތޮޅުގެ [ނަން އުނިކޮށްފައި] ރަށަކުން ފަށާނަމެވެ؛ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު އޮފިޝަލަކަށް ވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން، އެ ރަށުން ވެސް ޝައުގުވެރިވި ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަަމަކު އިލެކްޝަންސުން ގަބޫލުކުރާ ޝަރުތު ހަމަނުވާތީވެ، އޮފިޝަލަކަށް ވާން އޭގެ ތެރެއިން އެކަކަށް ވެސް ފުރުސަތެއް...

19 އޯގަސްޓް

August 19, 2018 49
އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟

ހުދު މުހުތާރު ވެރިކަން ހިންގާ ގައުމުތަކާއި ވެރިކަމުގެ ނިޒާމުގައި "ގޮތެއްފޮތެއް" ނެތް ގައުމުތަކުގައި ބާއްވާ އިންތިހާބުތަކާއި ނިންމާ އެކި ނިންމުތައް ސައްހަތޯ ބަލަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އެފަދަ ގަައުމުތަކަށް އެ ދާއިރާތަކުން އެހީތެރިކަމެއް ވެސް ނުދެ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް...

12 އޯގަސްޓް

August 12, 2018 119
ރައީސް ޔާމީނާއި އިބޫ: އެންމެ ބުރެއް، ތަފާތު ރޭހެއް!

ދިވެހިން، މިހާތަނަށް ތަޖުރިބާކުރި އެއް ހަގީގަތަކީ މިއެވެ؛ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވުނު ބޭފުޅަކު ނެތެވެ. ފުރަތަމަ ބުރުގައި އޮންނަނީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަނޑައެޅުމެވެ. ރައީސަކު ހޮވަނީ، އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ.

10 އޯގަސްޓް

August 10, 2018 89
ސައީދުގެ ބަސް: މިއީ "ގައުމީ ވެރިކަމެއް"!

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގަ އެވެ. ރިޔާސީ އިންތިޚާބަށް 44 ދުވަހަށް ވީއިރު، ރައީސް ޔާމީނާއި އިބޫއާ ދެމެދުގައި ބަހުގެ ހޫނު ހަމަލަތަކެއް ދަނީ...

02 އޯގަސްޓް

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް...

31 ޖުލައި

July 31, 2018 26
ރީ ރަޖިސްޓްރޭޝަން ފޯމުތަކުން މަކަރާއި އޮޅުވާލުން؟!

އިދިކޮޅު ޕާޓީތަކުގެ ވިސްނުމަކީ މިއެވެ؛ މިނިވަން ކަމެއް ނެތް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހަދާނެ އެވެ. ޕްލޭން އޭ އަކީ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކެވެ. ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރުކޮށްގެން" ފުރުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހައެއް ނާޅާނެ އެވެ. ބޭނުމަކީ،...

17 ޖުލައި

July 17, 2018 80
ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް

ގައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅަން ލިބޭ ފުރުސަތުގައި ވޯޓްލުމުގެ ހައްގުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މުވައްޒަފުން މަހުރޫމް ވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފަ އެވެ. ޓޫރިސްޓް ރިސޯޓުތަކުގައި އެތައް ހާސް ދިވެހިން ވަޒީފާ އަދާކުރާއިރު މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި...

08 ޖުލައި

July 08, 2018 51
ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ...

03 ޖުލައި

July 03, 2018 122
ރަނިން މޭޓު ނުދެއްކި ލަސްވަނީ!

ސިޔާސީ ގޮތުން ކިތަންމެހާ ވެސް އުނދަގޫ، ބޮޑެތި ބަދަލުތަކެކެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލެއްވުމެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ހަމަޖެއްސުމެވެ. އެއާއެކު، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު...