08 ޖުލައި

July 08, 2018 51
ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ...

03 ޖޫން

June 03, 2018 45
ފަހަރަކު ބޯޓެއް، މަސްތުވާތަކެތިން ފުރިފައި!

ބޭރުގެ މަސްބޯޓުތައް ހާލުގައި ޖެހިގެން ބައެއް ފަހަރަށް ރާއްޖޭގެ ސަރަހައްދުން ފެނެ އެވެ. އަނެއް ބައި ފަހަރު ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގަންނަނީ އެވެ. އެކަމަކު މިއީ އާދައިގެ ކަމަކަށް ހަދައިގެން ތިބެވޭކަށް ނެތެވެ. މިދިޔަ ބުރާސްފަތި ދުވަހު، ހއ. ގައި، ހިނގި ހާދިސާއިން އެކަން ހާމަވެ އެވެ.

31 މެއި

May 31, 2018 48
ނުހުއްޓުވުނު ޕްރައިމަރީ، ސިޔާސީ ބޮމެއް

އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވާ އެއް ކަމެއް އޮވެ އެވެ. އެއީ އެމްޑީޕީއަކީ ޕާޓީއެއް ނޫނެވެ. އެއީ ވަކި ސިޔާސީ ފިކުރެކެވެ. އެ ޕާޓީ އަށް ވަންނަ ކޮންމެ މީހަކު ޕާޓީއާ ގުޅެނީ އެ ފިކުރާ ގަޔާވެ އެ ފިކުރު ގަބޫލު ކުރެވިގެންނެވެ.

25 އެޕްރީލް

April 25, 2018 61
ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟

ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންގެ ޑިސިޕްލިން ހިފެހެއްޓުމަށް ޓަކައި އެޅޭ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ ހެއްޔެވެ؟ އެ ކުދިން އިސްލާހު ކުރުމަށް ތައުލީމީ ނިޒާމުގައި މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟ ޓީޗަރުންނަށް ރައްކާތެރި މާހައުލެއް އެބައޮތް ހެއްޔެވެ؟ ބޮޑު ހަރަދުތަކެއް ކޮށްގެން ދަރިންގެ ތައުލީމަށް ގުރުބާން ވަމުން އަންނަ...

23 އެޕްރީލް

April 23, 2018 60
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި ބަސްކޮޅެވެ.

12 އެޕްރީލް

April 12, 2018 52
މައުމޫނެއް ނޫން، ކޮންމެ ރައްޔިތަކީ ވެސް ކުށްވެރިއެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް އެބޭފުޅުން ހާޒިރުކުރުމުން އެތައް ބަޔަކު އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ވަކިން ހާއްސަކޮށް ކްރިމިނަލް...

27 މާޗް

March 27, 2018 66
އިބޫ ޖަލުގައި: ހިކުމަތްތެރި ލީޑަރު ގުޑުވައެއް ނުލެވޭނެ

ސިޔާސީ މަސައްކަތުގައި ގައުމަށް ނަމޫނާއެކެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަހަތަށެވެ. ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ވިސްނުން ތޫނު ބޭފުޅެކެވެ. އެއްވެސް މީހަކާ މެދު ޒާތީ ކަމެއް ނުބާއްވަވަ އެވެ. ސުލްހަވެރިކަމާއި އުސޫލްތަކަށް ލޯބި ކުރައްވަ އެވެ. އެހާމެ މަޑުމައިތިރިވެފައި ނިންމުންތައް...

26 މާޗް

March 26, 2018 77
ޓްރެފިކް މައްސަލަ ހައްލުކުރަން މިނޫން ގޮތެއް ނެތް؟

މާލޭގެ މަގުތައް މިވަނީ ވެހިކަލްތަކުން ތޮއްޖެހިފަ އެވެ. ވަކި ވަގުތެއް ނެތެވެ. ސައިކަލެއް ނުވަތަ ކާރެއްގައި ވިޔަސް ތަނަކަށް ދަތުރެއް ކުރުން މިހާރު ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ. މި މައްސަލައަަށް ހައްލެއް ނުލިބި، ދުވަހެއް ދުވަހަކަށް މާލެ މިދަނީ ވެހިކަލްތަކުން ފުރި ބާރުވަމުންނެވެ.

25 މާޗް

March 25, 2018 47
އެންމެ ބޮޑު ކުށް، ސިޔާސީ ވުން!

އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެއް ރޫޅާލުން ފުލުހުންނަށް މާ ބޮޑު ކަމަކަށެއް ނުވެ އެވެ. ނަމަވެސް ދެތިން މީހުންގެ ގުރޫޕަކުން ނުކުމެ މާރާމާރީ ހިންގުން ހުއްޓުވައެއް ނުލެވެ އެވެ. ސިޔާސީ މީހެއް ނަމަ ހެކި ހޯދަން ވެސް ވަރަށް ފަސޭހަ އެވެ. ބަންދު ކުރެވޭލެއް އެއަށް ވުރެ އަވަހެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅޭ އެތައް...

20 މާޗް

March 20, 2018 73
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!

ސުޕްރީމް ކޯޓުން، މި ސަރުކާރު "ސިއްސުވާލީ" މާ ބޮޑަށެވެ. ޖަލު ގޮޅިއަށް ލައިގެން އުޅުނު ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ނެރުނު ކުއްލި އަމުރުންނެވެ. ސަތޭކަ ޕަސެންޓް އިތުބާރު އޮތް މުއައްސަސާ އިން ދިން "ލަނޑުން" ސަލާމަތްވާން އޭރު ސަރުކާރަށް އޮތް ހަމައެކަނި "ހަތިޔާރަކީ" ކުއްލި ނުރައްކަލުގެ ހާލަތެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން...

05 މާޗް

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު އޮންނަ ސަރުކާރެއް ބުނާހާ ގޮތެއް ހަދާ ކަމުގެ ޝަކުވާ އެވެ. ތަހުގީގުތަކުން ފެށިގެންގޮސް މީހުން ހައްޔަރުކުރުމާ ހަމައަށް ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ...

04 މާޗް

March 04, 2018 45
ގަރާރަށް އަމަލު ކުރުން ލާޒިމެއް ނޫން! އެކަމަކު....

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެންމެ މަތީ ވެރިޔާ އަށް ދީފައި އޮންނަ ދުސްތޫރީ ބާރެކެވެ. އެ ހާލަތު ބަދަލުކުރުމާއި ނިމުމަކަށް ގެނައުމުގެ ބާރު އެންމެ މަތީ ވެރިޔާގެ އިތުރުން ގާނޫނު ހަދާ މަޖިލީހަށް ވެސް ލިބިގެންވެ އެވެ.

17 ފެބުރުއަރީ

February 17, 2018 10
ފުލުހުންގެ އަމާޒަކަށް އަނެއްކާވެސް ނޫސްވެރިން!

އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ފެށިތާ މާ ގިނަ އިރެއްނުވެ ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވި މީހުން އާޓިފިޝަލް ބީޗްގެ ތެރެއަށް ފަހަތަށް ޖައްސުވައިފަ އެވެ. އެ ހިސާބުން ފޯރި ގެއްލުނު މުޒާހަރާ އަނެއްކާ ހޫނުވީ ރޭ 9:30 ހާއިރު ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް އެއްވުމުންނެވެ. އަދި އެ މީހުން...

02 ފެބުރުއަރީ

February 02, 2018 11
އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް ނެތް!

ސުޕްރީމް ކޯޓުގެ ވަރުގަދަ ހުކުމް ނެރުނުތާ މިހާރު 17 ގަޑިއިރު ވީ އެވެ. އެކަމަކު ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ކަންތައްތަކެއް ތަންފީޒު ކުރަން އައި އަމުރު އަދި އޮތީ އޮތްތާނގަ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް އެ މުއައްސަސާތަކަކުން ނުފެނެ އެވެ. އެކަމަކު އަމުރު ތަންފީޒު ނުކުރާނަމެކޭ ވެސް، އެ...

21 ޖެނުއަރީ

January 21, 2018 68
އަނިޔާގެ ހިތި ރަހަ، ވަޒީފާ ގެއްލުމުގެ ބިރާ އެކު

"ބޮޑު މާޔޫސްކަމެއްގައި މިތިބީ. ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު ވިސްނެނީ. މި ތަން ދޫކޮށްލަން ޖެހިދާނެ ކަމަށް ކުރިން ހިތް ނުބުންޏަސް، މިހާރު އެ އިހްސާސް އެބަކުރެވޭ،" ސަން އައިލެންޑްގެ ކޮފީ ޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޒުވާނަކު އަސަރާއެކު ކިޔައިދިނެވެ.

18 ޖެނުއަރީ

January 18, 2018 50
ދެ ހަމަލާ އިން އަނެއްކާވެސް ބިރުވެރިކަމެއް!

ސްކޫލުގައި ދެ ދަރިވަރެއްގެ މެދުގައި ޖެހޭ މައްސަލައެއްގެ ބަދަލުހިފަން ގޭންގްތަކަށް ނިސްބަތްވާ މީހުން ގޮވައިގެން ގޮސް ސްކޫލަށް ވަދެ ދަރިވަރުންނަށް ހަމަލާ ދޭ ހިސާބަށް ކަންކަން ދިއުމަކީ ބޮޑު ބިރެކެވެ. އެކަމަކު ވޭތުވެދިޔަ ދެ ދުވަހު ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ވަނީ ނުރައްކާތެރި ދެ ހަމަލާ ދީފަ އެވެ.

03 ޖެނުއަރީ

January 03, 2018 13
ހެދޭ ކުޑަ ގޯހަކުން ވެސް ކުށްވެރިޔާ ދޫވެދާނެ!

ކުރިން ނަމަ ޖިނާއީ ތަހުގީގުތައް ހިންގުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގަމުން އައީ ކަމާ ބެހޭ މުއައްސަސާތަކުން ހަދާފައިވާ ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެކު އެ ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ.

07 ޑިސެމްބަރ

December 07, 2017 34
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް

އަންހެނަކަށް ވީތީ އެހާ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަކަށް އިޒްމިއާ ޒާހިރު ކުރިއަކުން ހިއެއް ނުކުރެ އެވެ. ފުލުހަކަށް ވީ ހިސާބުން އޭނާ އަށް ފާހަގަކުރެވުނީ ހައިރާންވާހާ ބޮޑު ތަފާތުކުރުމެކެވެ. ފިރިހެނުންނާއި ވަރަށް ގިނަ އަންހެނުންގެ ވެސް ވިސްނުމުގައި، ފުލުހުންގެ ތެރޭގައި އަންހެނުންގެ ހަމައެކަނި މަގާމަކީ އިދާރީ މޭޒުދޮށެވެ....

04 ޑިސެމްބަރ

December 04, 2017 26
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

ބޮޑުންނާއި ކުށްވެރިންގެ ގުޅުން އެއީ ސިއްރެއް ނޫނެވެ. ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ފައިސާ ދީގެން ގޭންގުތައް ލައްވައި އަނިޔާވެރި އަމަލުތައް ހިންގުވާކަން ވެސް ދިރާސާ އިން އެނގި ލިޔެފައި ވެސް ވެ އެވެ. މި ހަގީގަތަށް ބަލާ އިރު، ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި އިންތިޚާބުގެ ދަނޑިވަޅުތަކުގައި ކުށްކުރުން އިތުރުވެގެން ދާކަން އެއީ...

05 ނޮވެމްބަރ

November 05, 2017 28
އާއިލީ މައްސަލަތަކެއްގައި ތާށިވި ކުއްޖެއްގެ ހިތްވަރު

އަޅާލުން ނުލިބުމާއި އިހުމާލާއި އަނިޔާގެ ސަބަބުން ހާލުގައި ޖެހޭ ކުޑަކުދިން ތަހައްމަލްކުރާ ހަގީގަތްތައް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެނީ މަދު ފަހަރަކު އެވެ. ޚާއްސަކޮށް އެފަދަ ކުއްޖެއްގެ ދުލުން ސީދާ އެ ވާހަކަތައް ކިޔައިދޭ އަޑެއް ރާއްޖޭގައި ވަރަށް ނީވެ އެވެ. އެކަމަކު ފޭސްބުކްގައި އެއް ކުއްޖަކު ލިޔުނު ޕޯސްޓަކާ އެކު، އެފަދަ...