21 މާޗް

March 21, 2019 77
މަޖިލިހުގައި އެމްޑީޕީއަށް ނިކަމެތިކަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ހަތަރު މަސް ވީ އިރު، "ހުޅުގަނޑު" އެންމެ ބޮޑަށް ރޯވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގަ އެވެ. މާޒީގައި ގާސިމާއި ނަޝީދަކީ ބައެއް ފަހަރަށް ދެ "ހަތުރުން"ނެވެ. އަނެއް ބައި ފަހަރަށް ގުޅިފައިވާ އިއްތިހާދުގެ "އިތުބާރުކުރެވޭ" ލީޑަރުންނެވެ.

17 މާޗް

March 17, 2019 11
އޭޑީކޭގައި ދަރިންނާ އެކު!

ހެނދުނު ހެނދުނާ އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅާއި، ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ހޭލައްވަ އެވެ. އޮފީހަށް ދާން ތައްޔާރުވާން ޖެހެނީ އޭނާ އެކަންޏެއް ނޫނެވެ؛ ދެ ދަރިން ވެސް މެ އެވެ! ހުޅުމާލެއިން ޓެކްސީގައި މާލެ ގޮސް، ހެނދުނު 0800 ގައި އޭޑީކޭގެ އިދާރީ ބަޔަށް އޭނާ ވަންނަނީ ދެ ދަރިން ގޮވައިގެންނެވެ. އެ ކުދިން ސްކޫލަށް ދާން...

12 މާޗް

March 12, 2019 41
އެންމެ ބޮޑެތި ވައުދުތަކަށް ހުރަސް އެޅިފައި!

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އޭރުގެ އިދިކޮޅުން އެންމެ ވަރުގައަަށް ވީ ވައުދަކީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދައި އެފައިސާ ރައްޔިތުންނަށް ހަރަދު ކުރުމެވެ. އަނެއް ވައުދަކީ ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލި މައްސަލަތައް ބަލައި އިންސާފު ގާއިމްކޮށްދިނުމެވެ. ވައުދު ވެވަޑައިގެންނެވީ އެ...

05 މާޗް

March 05, 2019 21
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!

ވަޒީރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަޒީރުން ފުލުފުލުގައި މަޖިލިހަށް ހާޒިރު ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަން ޖެހެނީ، ސަރުކާރު ކޯލިޝަންގެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، އެ ބޭފުޅުން ކުރިން "މުށުތެރެ"...

12 ފެބުރުއަރީ

February 12, 2019 36
މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟

ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުގެ ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެއް ނޫނެވެ. ނުފޫޒުން އެއްކިބާވެ ތިބެ ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ގާނޫނުތައް...

05 ފެބުރުއަރީ

February 05, 2019 86
ބޭރުގައި ދިރިއުޅުނަސް އާސަންދަ: އިތުރު ބުރައެއް؟

އާސަންދަ އިން ކުރާ ހޭދަ ކޮންޓްރޯލް ނުކޮށްފި ނަމަ، ޚިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ! މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، މި އިންޒާރު ދެއްވި ސަބަބުތައް ބައިވަރެވެ.

23 ޖެނުއަރީ

January 23, 2019 106
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށިއިރު ވެސް އޮތް ބިރަކީ ކޯލިޝަން ސަރުކާރަކަށް ވުމެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް ރޫޅި، "މިތުރުން، ހަތުރުންނަށް" ވެދާނެ ކަމުގެ ނުތަނަވަސްކަމެވެ. ތަފާތު ފިކުރު ގުޅިގެން އުފައްދާ ސަރުކާރުތަކުގައި، އެ ނޫން ގޮތެއް އާ ގާނޫނުއަސާސީއާ އެކު ވޭތުވެދިޔަ 10 އަހަރު، ތަޖުރިބާއެއް ނުކުރެ އެވެ.

01 ޖެނުއަރީ

January 01, 2019 66
ފުލުހުން ހަމަ މަގަށް އެޅުވުން، ބޮޑު ގޮންޖެހުމެއް

ފުލުހުންގެ ޒިންމާއަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދިނުމެވެ؛ އެކަމަކު އެ އިތުބާރު ވަނީ ގެއްލިފަ އެވެ.

16 ޑިސެމްބަރ

December 16, 2018 13
ސިޔާސީ ނުވެ، ހެޔޮ ބަދަލަށް އެހީވެދޭނަން: ފަސްޓް ލޭޑީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު (ފަޒޫ)ގެ ވިސްނުންފުޅަކީ މި އެވެ؛

13 ޑިސެމްބަރ

December 13, 2018 26
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟

ރިިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެކި ނަންނަމުގައި އަދި އެކި ބޭނުމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މަސައްކަތްތަކެއް ކުރި އެވެ. ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުން ޚަރަދުތަކެއް ކޮށްގެން އެފަދަ...

29 ނޮވެމްބަރ

November 29, 2018 32
ފަޒޫގެ ދުލުން ރައީސް:ހިތްތިރި، މަޑުމައިތިރި، ކެތްތެރި

ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮންމެ ދުވަހަކު ވެސް ގަވާއިދުން ކަސްރަތު ކުރެއްވި އެވެ. ކުޅިވަރު އީދުގައި ވެސް "ފިޓް ރައީސް"ގެ ގޮތުގައި ފެނުނީ އެހެންވެ ކަމަށް ވެދާނެ އެވެ. ފަތިހާ ހޭފުޅުލައްވައިގެން ޖިމަށް ވަޑައިގަންނަވަނީ 7 ޖަހާއިރެވެ. ރަސްމީ މަސައްކަތްޕުޅު ފައްޓަވަނީ އޭގެ ފަހުންނެވެ....

22 ނޮވެމްބަރ

November 22, 2018 111
ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟

މެއި 1، 2015 ގައި މާލޭގައި ބޭއްވި ބިޔަ މުޒާހަރާއަކީ، މިހާރު އުފެދިފައި މިވާ ސަރުކާރުގެ ބިންގާ އެޅުނު ދުވަހެވެ. އެ ބިޔަ މުޒާހަރާ އަށް އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތައް ނުކުމެ މާލޭގެ ބޮޑެތި މަގުތައް ފުރައިލީ، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަން އެނގި ތިބެ އެވެ.

20 ނޮވެމްބަރ

November 20, 2018 50
ކޮރަޕްޝަންގެ މޫތައް އާ ކޮމިޝަނަށް ލުހެލެވޭނެ؟

އެއީ، ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ ސިޔާސީ ބާރުވެރިންނެވެ. ގާނޫނީ އިމުގެ ތެރެއިން އެ މީހުންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯވެ އެވެ. އޭގެތެރޭގައި، ނިމިގެން ދިޔަ...

November 20, 2018 44
ޖުޑިޝަރީ އިސްލާހު ކުރުން: ރައީސަށް ބޮޑު ގޮންޖެހުމެއް

"އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު...

19 ނޮވެމްބަރ

November 19, 2018 154
ހިލޭ ދޮންކޭލާއި ކިރު: އެކަން ކުރާނީ ކިހިނެއް؟

އަންނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާނީ، ރާއްޖޭގެ ތާރީހުގައި ވެސް، މުޅިން އާ ކަމަކާ އކެު އެވެ؛ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ އެވެ.

15 ނޮވެމްބަރ

November 15, 2018 72
ސިޔާސީ "ބޯވަތައް" ތިލަވާ މޫސުން، އިބޫ ވިސްނަވާތި!

ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، އެ ހައްގުތައް ނިގުޅައިގަތުމުގައި އެތައް ބައެއްގެ އިހުމާލު އެބަ އޮތެވެ. އެކަމުގެ އެންމެ ފުރިހަމަ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާ އިރު، އެކަމުގައި އެމަނިކުފާނަށް އަތްބާރު އަޅައިދިން މީހުން މަދެއް ނޫނެވެ.

11 ނޮވެމްބަރ

November 11, 2018 31
އިބޫ: ހީވެސް ނުކުރެވޭ ފަދަ ސިޔާސީ ކާމިޔާބީއެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުން ފިޔަވައި ސިޔާސީ ގޮތުން އިތުރަށް ކުރިއަށް ވަޑައިގަތުމުގެ މާ ބޮޑު އުންމީދެއް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ނެތެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގަތުމުގެ ކުރިން ވެސް މައިގަނޑު ގޮތެއްގައި ޅ. އަތޮޅު ގޮނޑި [މީގެ...

08 ނޮވެމްބަރ

November 08, 2018 90
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން

ޑިމޮކްރެސީގެ ކިތަންމެ ހަރުދަނާ އުސޫލުތަކެއް ހިމަނައިގެން ދުސްތޫރެއް އެކުލަވައިލިޔަސް، އެއަށް އަމަލު ކުރަން ތިބި މީހުންގެ ހިތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން ބޮޑުވެއްޖެ ނަމަ، ޑިމޮކްރެސީއެކޭ ޑިކްޓޭޓާޝިޕެކޭ މާ ބޮޑު ތަފާތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ މާނައަކީ އެމީހަކަށް ކެވުނު ގޮތަކުން...

04 ނޮވެމްބަރ

November 04, 2018 88
ދަރަނި ދެއްކުން: އާ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް!

ސްރީލަންކާއަށް މަޖުބޫރުވީ ހަމްބަންޓޯޓާ ބަނދަރު އެތަނުގެ ބޮޑު ހިއްސާއާ އެކު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޭށެވެ. ޒެމްބިއާގެ ބައިނަލްއަގުވާމީ އެއާޕޯޓް، ކެނެތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޖެހުނީ ހަމަ އެ ހާލެވެ. ޗައިނާގެ އަތުން ނަގާފައިވާ މާސިންގާ ދަރަނި ދެއްކުމަށް އެނޫން ގޮތެއް އެ ގައުމުތަކަށް ނެތީ އެވެ....

01 ނޮވެމްބަރ

November 01, 2018 104
ނަޝީދަށް ދިވެހިން ހޯދައިދިން އުފާވެރިކަން!

އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުގައި ހޭދަކުރެއްވި ތިން އަހަރު، ކުރީގެ ރައީސް މުހައްމަދު ސިފަކުރެއްވީ މިހެންނެވެ؛

November 01, 2018 33
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!

މިއީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނަނީ ހަމަ ހަގީގަތުގައި ވެސް ސުވަރުގޭގެ އެތައް ސިފައެއް މި ރާއްޖޭގައި ހުރީމަ އެވެ. ސުވަރުގެ އިން ލިބޭނެ އެންމެ ބޮޑު އުފަލަކީ، އެ މީހަކު ހިތަށް އަރުވާ...