09 އޯގަސްޓް

August 09, 2020 4
ފަޅުވެރިންނަށް އޮތް ޒިންމާ ވަރަށް ބޮޑު

މާލެއިން ރަށަށް ފުރަން ދިޔަ އިރު ފެރީ ލޯންޗްގެ އިންތިޒާމް ހުރީ ވަރަށް ރަނގަޅަށެވެ. ދަތުރުވެރިން ލޯންޗަށް އެރުމުގެ ކުރިން ފުރަތަމަ ވެސް ދިއްކޮށްލީ މާސްކާއި އަންގި އެވެ. ރައްކާތެރިކަމުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރަން ފޭސް ޝީލްޑް ވެސް ދިނެވެ. ހަތަރު ގަޑިއެއްހާއިރުގެ ދިގު ދަތުރުގައި އަހަރެން އިނީ އެ ހުރިހާ ރައްކާތެރިކަމުގެ...

03 އޯގަސްޓް

August 03, 2020 29
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!

ލުއިތައް ލިބުމާ އެކު، ބައެއް މީހުން ހީކުރި ގޮތާ ހިލާފަށް، ކޮވިޑް-19ގެ ބިރު ބޮޑުވެ، ދިވެހިންގެ ތެރޭގައި ހަލުއިކަމާ އެކު ފެތުރެމުން ދިއުމުގެ ނުރައްކަލާ މި އޮތީ ކުރިމަތިވެފަ އެވެ.

12 ޖުލައި

July 12, 2020 40
ހާލަތު ދަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ އަހައި ދިނުމަށެވެ.

24 ޖޫން

June 24, 2020 16
ދުންޔާގެ ހުރިހާ ވަގުތެއް ކޮވިޑްގެ ބަލި މީހުންނާ އެކު

މިދިޔަ މާޗު މަހުން ފެށިގެން ދުންޔާ މުހައްމަދު އެންމެ ގިނަ ވަގުތު ހޭދަކޮށްފައިވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ހެދުމުގަ އެވެ. ބޮލާއި މޫނާ އެކު މުޅި ހަށިގަނޑު ނިވާކޮށް، އަންގި ލައްވައި ބަރު ގަންބޫޓުގައި، އޭނާ ބައެއް ދުވަސް ދުވަހު ދިހަ ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރަން ޖެހެ އެވެ. އެ އުނދަގޫ ހެދުމުގައި، އާއިލާއާ ދުރުގައި...

21 ޖޫން

June 21, 2020 58
ލޮކްޑައުންއަށް ދިއުމާއި ނުދިއުން އާންމުންގެ އަތުގައި

ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ...

20 ޖޫން

June 20, 2020 53
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ހޮޓާ/ރެސްޓޯރަންޓް/ކެފޭތަކުގެ ވެރިންނަށް، ކޮވިޑް-19 ގެ ވިލާގަނޑު ކެހިލާ އިރު، އޮތީ ދަރަންޏާއި ކަންބޮޑުވުމެވެ.

18 ޖޫން

June 18, 2020 44
ސިއްހީ އިމަޖެންސީއަށް މަޖިލީހުން ފަހު ބަސް: ގޯހެއްތަ؟

ރާއްޖޭގައި އޮންނާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމައި، ގާނޫނު އަސާސީގައި ލިޔެފައި ވިޔަސް، އެއް ބާރުން އަނެއް ބާރުގެ ތެރެއަށް ވަނުމުގެ ތުހުމަތުތައް އަބަދުވެސް އޮވެ އެވެ. ސަރުކާރުތަކުގެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ވަދެ، މަޖިލީހުގެ ބާރުތަކާއި ޒިންމާތަކަށް...

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

14 ޖޫން

June 14, 2020 17
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ...

01 ޖޫން

June 01, 2020 18
ނަފްސާނީ ބަލިތަކަށް ވެސް ލުޔެއް ބޭނުންވޭ

ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ނަފްސާނީ އުނދަގޫތަކަށް ހައްލު ހޯދުމަށް ހެދި ވައިބާ ގުރޫޕަށް މެސެޖު ކުރާ އެއް ބަޔަކީ ކުރީ ސަފުގައި މި ބައްޔާ ހަނގުރާމަ ކުރާ މީހުންނެވެ. ގެއަށް ނުދެވި ވަކި އިމާރާތެއްގައި އެ މީހުން ތިބެން ޖެހޭއިރު އާއިލާގެ ރައްކާތެރިކަމާ މެދު އެ މީހުން ފިކުރު ކުރެ...

31 މެއި

May 31, 2020 48
މެނޭޖަރެއްގެ ނަޒަރުން ކަރަންޓީންގެ ހިދުމަތް

އެކަކު ސޯޝަލް މީޑިއާގައި އާންމުކުރީ ހަލާކުވެފައި ހުރި ކްރީމްކޭކަރު ބިސްކޯދުތަކެކެވެ. އަނެއް މީހަކު އާންމުންނާ ހަމައަށް ގެނެސްދިނީ، ރިހަ އާއި ރޮއްޓާ އެކުވެފައި ހުރި ފޮޓޯއެކެވެ. މިހެން ގޮސް ހިތްހަމަނުޖެހުމާއި ޝަކުވާގެ އެތައް މަންޒަރެއް، ސޯޝަލް މީޑިއާގައި ދައުރުވެ، ކޮރޯނާވައިރަސްގެ ކަރަންޓީންގެ ހިދުމަތަށް އެތައް ބައެއްގެ...

27 މެއި

May 27, 2020 57
ނިއު ނޯމަލްގައި އުޅެވޭނެ އަޚްލާގު އެބަހުރިތަ؟

މިދިއަ 100 އަހަރު ތެރޭގައި ވެސް ދުނިޔެ ދުށް އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށްވާ ކޮވިޑް-19 އިން ދިރިއުޅުމުގެ އެތައް ކަމެއް ބަދަލު ކޮށްލައިފި އެވެ. ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިނެއް ލިބެން އެތައް މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭތީ މިހާރު އޮތީ އެ ބައްޔާ އެކު އުޅެން ދަސްކުރަން ޖެހިފަ އެވެ. އެއީ މިހާރު މިކިޔާ "ނިއު ނޯމަލް" އެވެ. އެންމެ...

19 މެއި

May 19, 2020 40
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟

މި ވައިރަހަށް ފިލައިގެން އަބަދަކު ގޭތެރޭގައި ނުތިބެވޭނެ އެވެ. ކޮވިޑް-19ގެ ބިރަށް މާލެ ލޮކްޑައުންކޮށް، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ. ވަޒީފާތައް ގެއްލުމާ އެކު އާމްދަނީގެ ދޮރުތައް ބަންދުވެ ކުލި ނުދެއްކި އާއިލާތައް ބިކަވެދާނެ ކަމުގެ މާޔޫސް ކަމެވެ. މި ހާސްކަމުގައި ދިރިއުޅުން ހުއްޓި ގިނަ...

18 މެއި

May 18, 2020 68
ގޭބަންދުގައި މަހެއް: ހިތްދަތި، މާޔޫސް ދިރިއުޅުމެއް

ކޮރޯނާވައިރަސްއާ ހެދި މާލެ ލޮކްޑައުންކޮށް، ގޭގައި ބަންދުވެފައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ތޮއްޖެހިފައިވާ ވެރިރަށުގައި، ކުދިކުދި ތަންކޮޅުގައި އުޅޭ މީހުންގެ މި ދިރިއުޅުން، ފަހަރެއްގައި އަހަރެން ކަހަލަ ރަށެއްގައި ދިރިއުޅޭ މީހަކަށް ވަޒަން ނުކުރެވިދާނެ އެވެ. އެކަމަކު، އެ ފަދަ ބައެއް އާއިލާތަކާ ވާހަކަ ދައްކައިލުމުން،...

16 މެއި

May 16, 2020 30
ކޮވިޑް-19 ލަފާކޮށް ހަދާ މޮޑެލްތައް ދިމައެއް ނުވާނެ

ކޮވިޑް-19 އެކި ގައުމުތަކުގައި ފެތުރޭނެ މިންވަރާއި އެ ބަލީގައި މީހުން މަރުވާނެ ކަމަށް އަންދާޒާކޮށް އެކި މޮޑްލްތައް ވަނީ ހަދައިފަ އެވެ. އެކަމަކު އެކި ގައުމުތަކުގައި މި މޮޑެލްތައް ހެދުމުގައި އުޅުއްވާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އެންމެ މުހިންމު މައުލޫމާތުތައް އަދިވެސް ނޭނގޭތީ، މި ހަދާ މޮޑެލްތައް...

04 މެއި

May 04, 2020 18
"ނިއު ނޯމަލް"އަކީ ކޮބާ؟

ކޮރޯނާވައިރަސްއާ އެކު މިހާރު މުޅި ދުނިޔެ ވެސް ގާތްގަނޑަކަށް މި އޮތީ ބަދަލުވެފަ އެވެ. ރާއްޖެ ވެސް އެ ހާލަތަށް ވެއްޓިއްޖެ އެވެ. މި ރޯގާގެ ނިމުމުގެ ކޮޅުމަތި އަދިވެސް ފެންނަން ނެތުމާ އެކު، ކުރީގެ އާދަތަކަށް އަނބުރާ ދެވޭކަށް ނެތެވެ. ދެން އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތަށް،...

03 މެއި

May 03, 2020 18
ވައިރަސް ފެތުރޭ މިންވަރުގެ ސާފު މަންޒަރެއް ފެނިދާނެތަ؟

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ގޮތުގެ ސާފު އަންދާޒާއެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ފުރަތަމަ ދުވަހު ވެސް ބައެއް މީހުންގެ ހިތަށް ބައެއް ސުވާލުތައް އެރި އެވެ. އެއް ސުވާލަކީ ރަނގަޅަށް ޓެސްޓް ކުރެވި ލިޔެކިއުމުން އެ އަދަދުތައް ބަރާބަރަށް، އަވަހަށް ނުފެންނަންޏާ ވާނީ ކިހިނެއް ހެއްޔެވެ؟

02 މެއި

May 02, 2020 31
މާލެ، އަލިފާން ބޮމަކުން ބަލީގެ ބޮމަކަށް

މިދިއަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ، ވެރިރަށް މާލެ ކުރިމަތިލީ އަލިފާނުގެ ބޮޑު ހުޅަކާ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ނިންވާލެވުނު އިރު، އެކެއްގެ ފުރާނަ ގެއްލި، އެތައް ގެއެއް އަލުން ބޭނުންނުކުރެވޭ ވަރަށް އަނދާހުލިވި އެވެ.

26 އެޕްރީލް

April 26, 2020 13
މޮންދު ހޮސްޕިޓަލްގައި އޮވެގެން ދިން ހަދިޔާ

ކޮވިޑް-19 އާ ދެކޮޅަށް، އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުން އެ އުފުލަނީ ކިހާ ބޮޑު ޒިންމާއެއްކަން، މުހައްމަދު އާސިފް (މޮންދު) އަށް އެނގިވަޑައިގަނެ އެވެ. ޓީވީއެމްގައި ހޭދަކުރެއްވި 22 އަހަރާއި އޭގެ ފަހުން ވީޓީވީގައި އުޅުއްވި އިރު، ގައުމީ އެކި ކަންކަމުގައި އޭނާގެ އޮތީ ގައުމީ ރޫހާއި ގައުމީ ޖޯޝެވެ. އެފަދަ ކޮންމެ ކަމެއްގައި އޭނާއަށް...

24 އެޕްރީލް

April 24, 2020 4
ވެކްސިނެއް ކިހާ ތާކު؟ ސައިންސްވެރިން އަވަދިނެތި

މިހާރު އެންމެން ވެސް އަހާ ސުވާލަކީ، ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނީ ނުވަތަ ޔަގީން ފަރުވާއެއް ހޯދޭނީ ކޮން ދުވަހަކުންތޯ އެވެ. ކުރިން މިފަދަ ކަންކަމަށް މާ ބޮޑު ފިކުރެއް ނުކުރާ އެތައް ބަޔަކު ވެސް މިހާރުގެ ހާލަތުން ކަންބޮޑުވެ، ސައިންސްވެރިންގެ މަސައްކަތުގެ ސްޕީޑް ބަލަން ބޭނުންވެ އެވެ.