17 މެއި

May 17, 2019 12
އަހުމަދުފުޅު: އަމީން އުފެއްދެވި ޖީލުގެ ގޯލްކީޕަރު!

މުންޑުގަނޑު އަރުވާޖަހައިގެން، ހެޔޮވަރުވަރަކަށް ދުފާލައިގެން ދަނޑަށް އަރައި، ފުއްޕާ ހަމެއްގައި ފޮތި އޮޅައިގެން ހަދާފައި އޮންނަ ބޯޅަ، ގައިގައި ހުރިއްޔާ ހުރި ބާރެއް ލައި، ވީހާ ވެސް މައްޗަކަށް ޖަހަނީ އެވެ. ރޭވުންތެރިކަމެއް ނެތެވެ. ކުޅިބަލާނެ ބަޔަކު ނެތެވެ. މިއީ 1940ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިން ފުޓްބޯޅަ ކުޅެން ފެށިއިރުގެ...

13 މެއި

May 13, 2019 25
މުނައްވަރު: އެންމެ ހިތްދަތި ވަގުތުގެ އެހީތެރިޔާ

ގަލޮޅު މަދަރުސާ އިން އޯލެވެލް ނިންމާފައި މާލެ އިން ވަޒީފާއެއް ހޯދަން އެތައް ތަނެއްގައި އާދޭސް ކުރުމުން އެއްވެސް ތަނަކުން އޭނާއަކަށް ވަޒީފާއެއް ނުލިބުނެވެ. އެންމެ ފަހުން އޭނާގެ ނަސީބު އަތުގައި ހިފީ ކުރިން ކުޑަކޮށް ވެސް ޚިޔާލުކޮށްލެވިފައިނުވާ ކަމެއްގެ ތެރެއިންނެވެ: ކައްވަޅު ކޮނުމުގެ ވަޒީފާ އެވެ.

11 މެއި

May 11, 2019 22
މަދީހާގެ ބަދިގެ ދިވެހި ކެއުންތަކުން ފުރިފައި

ކެއުމެއް ތައްޔާރުކޮށްލަން އެންމެ ފުރަތަމަ ބަދިއެއް ވެންނެވީ އުމުރުން 10 ވަރަކަށް އަހަރުގަ އެވެ. އަބަދުވެސް ކައްކާ ހިތްވެ އެވެ. އޭރު ގޭގެ ބޮޑެތި މީހުން އެކަމާ ދިމާކޮށް ވެސް ހަދަ އެވެ. މިއީ ވާނެ ކަމެއް ނޫން ކަމަށާއި މީރުކޮށް ކާ އެއްޗެހި ނެހެދޭނެ ކަމަށް ބުނެ އެވެ. އެއީ އޭނާއަށް ލިބިވަޑައިގެންނެވި ހިތްވަރެކެވެ.

09 މެއި

May 09, 2019 85
އަގުގެ މައްސަލާގައި ދަނޑުވެރިންގެ އަސްލު ޖަވާބު

ކޮންމެ ރޯދަ މަހަކު ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު އުފުލުމުން އާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ ދަނޑުވެރިންނަށެވެ. މި ފަހަރުގެ ރޯދަ މަހު ވެސް މި ފެނުނީ އެ މަންޒަރެވެ.

06 މެއި

May 06, 2019 73
ކަނޑޫދޫ މިރުހަށް މި އުޅެނީ ކިހިނެއްވެގެން؟

ދިވެހި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު 1،200ރ. ނުވަތަ 1،300ރ. އަށް އެރި ވާހަކަ މީގެ ކުރިން އެހިން ހެއްޔެވެ؟ އެކަމަކު އިއްޔެ އާއި އޭގެ ކުރީ ދުވަހު ތ. ކަނޑޫދޫގައި ހައްދާ ކުޅި މިރުސް ކިލޯއެއްގެ އަގު ވަނީ އެ ވަރަށް މައްޗަށް ގޮސްފަ އެވެ. އެއާ އެކު، ނޫސްތަކާއި ސޯޝަލް މީޑިއާގެ ހުރިހާ ސަމާލުކަމެެއް އެ އަށް ހުއްޓުނެވެ. އެންމެންނަށް ވެސް ލިބުނީ...

05 މެއި

May 05, 2019 4
ރޯދައިގެ ބާޒާރުން މާލެއަށް ބާރު ބޮޑުވެފައި

މިދިއަ ދެތިން ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުނީ ރޯދަމަހުގެ ބާޒާރުކުރާ މީހުންގެ އަދަދު ގިނަވެ، ބާޒާރުމައްޗާއި އެހެން ބައެއް ހިސާބުތައް ތޮއްޖެހިފައި ވަނިކޮށެވެ.

04 މެއި

May 04, 2019 20
މިރޭ ހަނދު ފެނުމަށް އޮތީ ކޮން ފުރުސަތެއް؟

ރާއްޖެއެކޭ އެއްފަދައިން އިސްލާމީ ވަރަށް ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، ރަމަޟާން މަހަށް ހަނދު ފެނޭތޯ ބަލާނެ އެވެ. ރާއްޖޭގައި ވެސް ހަމަޖެހިފައި އޮންނަ އުސޫލުން އެކަން ކުރާނެ އެވެ.