16 އޮކްޓޯބަރ

October 16, 2020 4
އިސްލާމީ ސަގާފަތާ ފުށުއަރާ ސުލޫކު ކޮޕީ ނުކުރުން

އިންސާނީ ބައެއް މުޖުތަމަޢުތަކުގައި އަޚްލާޤީ މިންގަނޑަކީ ނިސްބީ އެއްޗެކެވެ. އެހެންކަމުން ހެވާއި ނުބައި ކަނޑައެޅުން އޮންނަނީ ތަނާއި ޒަމާނާއި މީހުންގެ ވިސްނުމާއި މީހުންގެ ބޭނުންތައް ހާސިލު ކުރުމުގެ މައްޗަށެވެ. މިއާ ޚިލާފަށް އިސްލާމީ ނަޒަރުން ބަލާއިރު އަޚްލާޤީ މިންގަނޑަކީ އިސްލާމް ދީނުގައި ކަނޑައަޅައިދީފައި އޮންނަ ސާބިތު...

09 އޮކްޓޯބަރ

October 09, 2020 6
ފިތުނަ އާއި ކާފިރުކަން ހުއްޓި ދީންވުމުގެ ޖިހާދު

އިސްލާމް ދީނުގައި ޝަރުޢު ކުރެވިފައިވާ ޖިހާދުގެ ހަގީގަތާ މުޅިން ދުރުން، ޖިހާދުގެ ނަމުގައި ހިންގާ ހަރުކަށި އަދި ބިރުވެރި ޢަމަލުތައް ހުއްދަކަމަށް އެފަދަ ޢަމަލުތައް ހިންގާ މީހުންނާއި، ދީނާ މެދު ޝުބުހާތައް އުފައްދާ މީހުން ޤުރްއާނުން ދަލީލު ދައްކަން މަސައްކަތް ކުރެ އެވެ. އެކަމަކު ޖިހާދާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ...

19 ޑިސެމްބަރ

December 19, 2019 118
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!

ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާނުވާ ނަމަ ކަރު ބުރިކޮށްލުމާއި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި ޅަ އަންހެން ކުދިން ރޭޕްކުރުމާއި އަންހެނުން ބަންދުކޮށްގެން ގެންގުޅުން ފަދަ އަމަލުތަކުން ރ. މަޑުއްވަރި މުޅިން ބިރުވެރިކޮށްލައިފި އެވެ. މަޑުއްވަރީގައި މަޑުމަޑުން ފެތުރެމުން އައި...

27 ޖުލައި

July 27, 2018 14
މި ގަރުނުގެ އެންމެ ދިގު ހަނދު ކޭތަ މިރޭ، ބަލާނަން؟

މި ރެއަކީ އަނެއްކާ ވެސް އުޑުމަތީގެ ހިތްގައިމު މަންޒަރުތަކެއް އަޅުގަނޑުމެންނާ ބައްދަލު ކުރާނެ ރެއެކެވެ. އޭގެ ތެރެއިން ވެސް އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ މި ރޭ ހިފާ ފުރިހަމަ ހަނދު ކޭތަ އެވެ. ފުރިހަމަ ކޭތައަކަށް ވުމުގެ އިތުރުން، 21 ވަނަ ގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ ވެސްމެ އެވެ. ހަމަ އެއާ އެކު ފުރިހަމަ އަށް ކޭތަ...

24 ޖޫން

June 24, 2017 17
ފަލަކީ ގޮތުން މާދަމާ އަކީ އީދު

މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން، އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހަށް ހަނދު ބެލުން އޮންނާނެ އެވެ. މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެނިއްޖެ ކަން ސާބިތުވެއްޖެ ނަމަ، މާދަމާ އަކީ މި އަހަރު އުފާވެރި ފިތުރު އީދު ދުވަހެވެ.

10 ފެބުރުއަރީ

February 10, 2017 130
116 ވައިބަ ގުރޫޕް! އިޔާޒަށް އެތައް ހާސް ސުވާލު!

މުޅި ދުނިޔޭގައި މަޝްހޫރު "ޖިން ރަމީ" ގޭމް ކުޅުމަކީ ދީނީ ގޮތުންް ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަތީފަށް މި ސުވާލު އެތަކެއް ފަހަރު، އެތައް ބަޔަކު ކޮށްފި އެވެ. އެއީ ޖަވާބު ދެއްވަން ފަސޭހަ ސުވާލެއް ނޫން ކަން އިޔާޒަށް ވެސް އެނގިވަޑައިގަތެވެ.

04 ނޮވެމްބަރ

November 04, 2016 2
އިންސާނާގެ ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން

އިންސާނުންނަށް ޤުދުރަތުން ލިބިފައިވާ އެކިއެކި ބާރުތަކާއި ކައުނުގައި އިންސާނާ އަށްޓަކައި ކިޔަމަންތެރި ކުރެވިފައިވާ ތަކެތީގެ ބޭނުން ހިފުމުގައި އެއް ބަޔަކީ އެމީހުންނާއި ދެންތިބި އެހެން މީހުންނަށް ވެސް އެއިން ގެއްލުން ނުވާނެ ގޮތުގައި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ. ނަމަވެސް އަނެއް ބަޔަކީ އެބަޔަކަށް ނުވަތަ އެހެން...

15 ޖުލައި

July 15, 2016
ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދުން

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ބޭނުންވާ ހުރިހާ ކަމެއް ނުފުދޭނެ އެވެ. އަދި ދިރިއުޅުމުގައި ތަފާތު ދަތިތަކާއި ހުރަސްތަކާ ކުރިމަތި ނުލައިވެސް ނޫޅެވޭނެ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ކެތް ކުރުމާއި ގެއްލުން ދެނިވި ކަންކަމުން ދުރުހެލިވެގެން ހުރުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ކަމެއް ކުރެވިދާނެ...

22 ޖޫން

June 22, 2016 2
އެންމެން ވެސް ރީސިޓް ނުލިބޭނެ އިމްތިހާނެއްގައި

އިމްތިޙާނު އައުމުން ދަރިވަރުން ހުރިހާ ވަގުތުތަކެއް ހުސްކޮށްލައިގެން ފިލާވަޅު ދަސްކުރުމުގައި އަވަދިނެތި އުޅެ އެވެ. ފޯނުކުރުމާއި ޗެޓްކުރުމާއި ނެޓަށް ވަނުން ވެސް ހުއްޓި ދެ އެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކާ ބައްދަލުވާ އިރު ފެންނަނީ ކަންބޮޑުވެ ހާސްވެފައިވާ ތަނެވެ. ސުވާލު ކަރުދާހުގެ ގޮތް ނޭނގޭތީ އެވެ. އިމްތިޙާނު އުދަނގޫވެދާނެތީ...

19 ޖޫން

June 19, 2016 3
ކައުނު ވުޖޫދުވުމަކީ ﷲ ވޮޑިގެންވުމުގެ އެންމެ ބޮޑު ހެކި

ﷲ، ސުބްޙާނަހޫ ވަތަޢާލާ، ވޮޑިގެންވާ ކަމުގެ ބުއްދީގެ ދަލީލުތައް ވަރަށް ގިނަ އެވެ. މިގޮތުން އެންމެ ވަރުގަދަ ދަލީލަކީ ކައުނުގައި މިވާ އެންމެހައި މަޚްލޫޤުން ވުޖޫދުވެފައި ވުމުން އެ ވުޖޫދު ކުރުވި ފަރާތެއް ވާން ލާޒިމު ވުމެވެ. ކަމެއް ނުވަތަ އެއްޗެއް ވަކި ގޮތަކަށް އޮވެފައި އޭގެ ހާލަތު އެހެން ގޮތަކަށް ބަދަލުވާނަމަ އެބަދަލު އައުމަށް...

15 ޖޫން

June 15, 2016 3
ސިހުރުން ސަލާމަތް ވުމުގެ މަގަކީ އީމާންތެރިކަން

މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ނުވާނެ ކަމީ ތެދު ހަގީގަތެކެވެ. ކީިރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ! "އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ...

14 ޖޫން

June 14, 2016 7
ކުޑަކުޑަ ސޫޖަލް ރާއްޖޭގައި އިސްލާމް ދީނުގެ ހިދާޔަތަށް

އިންޓަވިއުކުރަން އިށީނުމާ އެކު އޭނާ އެންމެ ފުރަތަމަ ސަލާމް ގޮވާލީ އެވެ. އަމިއްލައަށް ތައާރަފްވީ އޭގެ ފަހުންނެވެ. ދެން ކިޔައިދިނީ ގުރުއާން ކިޔެވުމާއި ރޯދަ ހިފުމުގައި އޭނާގެ ތަޖުރިބާ އެވެ.

13 ޖޫން

June 13, 2016
ކުށްފާފަތަކަށް އަރައިގަނެވޭ ސަބަބުތަކާއި ހައްލު

ގެއްލުމެއްގެ ތެރޭގައި އިންސާނާ ނުވެ ސަލާމަތް ވާން ބޭނުން ނަމަ ކުށްފާފަތަކުން ދުރުހެލިވެ އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ކޮންމެ މުސްލިމަކު ވެސް ބޭނުން ވާނެ ކަމެއް ވެސް މެ އެވެ. މިކަމަށް މަގުފަހިވާނެ އެއް ކަމަކީ ކުށްފާފަތަކަށް އަރައިގަނެވޭ ސަބަބުތައް ދެނެގަތުމާއި އެކަމުން ސަލާމަތް...

12 ޖޫން

June 12, 2016 7
ސިހުރަކީ ހަގީގަތެއް، އަދި އެއީ ޙަރާމްކަމެއް

ސިޙުރަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ! ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަޙްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެ އެވެ. މިކަމަކީ އިސްލާމީ މުޖުތަމަޢެއްގައި ފެތުރިގެންވާނޭ ކަމެއް ނޫނެވެ!

07 ޖޫން

June 07, 2016 2
ޝައިތާނާ ބަންދުގައި ހުންނަ ދަނޑިވަޅުގެ ބޭނުން ހިފަމާ!

ނަފްސު އިސްލާހު ކުރުމަކީ އިންސާނާ އަށް އަބަދުވެސް ބޭނުން ޖެހިފައިވާ ކަމެކެވެ. އިންސާނާއަކީ ނުބައި ކަންކަމަށް ބާރު ލިބޭ އެތައް އެދުންތަކަކާއި ޣަރީޒާތަކެއްގެ އަޅަކަށް ވުމުގެ ފުރުސަތު އޮންނަ މަޚްލޫގަކަށް ވާތީ އެވެ. މި ހަގީގަތް ބަޔާން ކޮށްދެއްވަމުން ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ ކޮންމެ އާދަމުގެ...

05 ޖޫން

June 05, 2016 5
ފަލަކީ ގޮތުން މާދަމާ އަކީ މުލަރޯދަ ދުވަސް

ހިނގަމުން މިދާ ޝައުބާން މަހުން މިއަދަކީ 29 ވަނަ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ އިރު އޮއްސުމާ އެކު، ރޯދަ މަހަށް ހަނދު ބެލުމުގެ މަސައްކަތް ފެށޭނެ އެވެ. އިސްލާމީ ހުރިހާ ޤައުމެއްގައި ވެސް މިރޭ ހަނދު ބަލާނެ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ މާދަމާ އަކީ މި އަހަރުގެ މުލަރޯދަ ދުވަސް ކަމުގައި އިއުލާންކުރާނެ އެވެ.