02 ޖުލައި

July 02, 2020 22
ވަދެވިގެން ނުވާނެ ސައިޓުތައް ކުޑަކުދިންގެ އަތްމަތީގައި

ހިފެހެއްޓުމެއް ނެތި ކުޑަކުދިންގެ އަތްމައްޗަށް އިންޓަނެޓު ދޫވުމާއި ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތް ކުދިންނަށާއި މައިންބަފައިންނަށް ނޭނގުމުގެ ކަންބޮޑުވުންތައް ބޮޑުވެއްޖެ އެވެ. ކޮވިޑްގެ ބަންދުގައި ކުޑަކުދިން ކިޔެވުމަށާއި މުނިފޫހިފިލުވަން އިންޓަނެޓު ބޭނުންކުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި މި މައްސަލަ...

01 ޖުލައި

July 01, 2020 3
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ

މާދަމަ އަށް ގައުމުގައި ރަނގަޅު ޖީލެއް ބިނާކުރަން ބޭނުން ނަމަ، މިއަދުގެ ކުޑަކުދިންނަށް ރަނގަޅު ތައުލީމެއް ދޭން ޖެހެ އެވެ. އެ ޒިންމާ އުފުލަން ތިބީ ޓީޗަރުންނެވެ. އެހެންވެ އެ ޓީޗަރުންނަށް ރަނގަޅު މުސާރައަކާއި ވަޒީފާގެ ޔަގީންކަމާއި އިހުތިރާމް ދޭން ޖެހެ އެވެ. އެކަމަކު، ފެންނަ މަންޒަރުތަކަށް ބަލާއިރު ކުރިއަށް އޮތީ ޓީޗަރުންނަށް ބަނަ...

26 ޖޫން

June 26, 2020 6
ރާއްޖޭގައި ކޮވިޑްގެ އަސަރު 91،000 ދަރިވަރުންނަށް

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުން ދައްކައިފި އެވެ.

25 ޖޫން

June 25, 2020 7
ސްކޫލް ހުޅުވާއިރު އެނގެން ޖެހޭ ފަސް ކަމެއް

އާ އާއްމު ހާލަތަށް ރާއްޖެ ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެންމެ ބޮޑު އެއް ބަދަލަކީ އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާލުން. ބަލިމަޑުކަމާ މެދު މައިންބަފައިން ކަންބޮޑުވޭ. އެކަމަކު ސްކޫލްތަކުގައި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ އިރު ސިއްހީ މާހިރުން ވިދާޅުވަނީ މި ހާލަތަށް ކުދިން ތައްޔާރުކުރަން...

14 ޖޫން

June 14, 2020 17
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ...

14 މެއި

May 14, 2020 20
ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ލޮކްޑައުން ނިމިދާނެ ކަމުގެ ކޮޅުމަތި ކޮންމެވެސް ވަރަކަށް ފެންނާތީ އެއީ ހިތަށް ލިބޭނެ ހަމަޖެހުމެކެވެ. އެކަމަކު ލޮކްޑައުނަށް ފަހު ވެސް، ވަކި މުއްދަތެއް ވަންދެން އުޅެން ޖެހޭނީ އާއްމު އާދަތަކާ ބީރަށްޓެހި ދިރިއުޅުމެއް ކަމާ މެދު ޝައްކެއް ނެތެވެ. މަގުމަތީގައި އުޅޭއިރާއި މަސައްކަތުގެ މާހައުލާއި...

24 ފެބުރުއަރީ

February 24, 2020 4
ޖަމާލުއްދީނަށް 35 އަހަރު، ކާމިޔާބީތައް ގިނަ

ތައުލީމީ ދާއިރާގައި، ހޭދަކުރެއްވި މި ދިގު މުއްދަތުގައި ވެސް އޭނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލުން ދެމުން އަންނަ ސަމާލުކަމެވެ. މީގެ އެތައް އަހަރެއް ކުރިން އެކަން ފެށި އިރު ގިނަ މީހުން ގަބޫލުކުރީ އެފަދަ ކުދިން ތިބެން ޖެހޭނީ ހަމައެކަނި ގޭގައި...

04 ފެބުރުއަރީ

February 04, 2020 13
އަލިފާނުގެ ބޮޑު ހާދިސާ، އޭ ލެވެލް، މަތީ ނަތީޖާ!

ފިލާވަޅު ދަސްކުރަން އިށީންނަ އިރަށް އައިޝަތު ޝިރާ އާއި އޭނާގެ ކޮއްކޮ ފާތިމަތު ތާނިޔާ (ތާނި) ގެ ހަނދާނަށް ވެރިވެރިވެގަންނަނީ އަލިފާނުގެ ބޮޑު ހުޅުން ސަލާމަތްވާން އުޅުނު ގޮތެވެ. ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި އަލިފާން ރޯވި އިރު، ޝިރާ އިނީ އިސްލާމް ފިލާވަޅު ދަސްކުރާށެވެ. ތާނި، އިންނެޓުން ބަލަމުން ދިޔައީ ސްކޮލަޝިޕްތަކަށް ހުރި...

20 ޖެނުއަރީ

January 20, 2020 25
ފޮތްތަކުގެ ބޭރު ޖަރީކޮށްލީ ފޮތިން!

ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަން ސްކޫލުތަކުން ގިނަ ކަންކަން ކޮށްފި އެވެ. ބައެއް ތަންތަނުގައި ޕްލާސްޓިކް ކޮތަޅުން ފެށިގެން ޕްލާސްޓިކް ފުޅި ވެއްދުން މިހާރު މަނަލެވެ. ނ. ޅޮހީ ސްކޫލުން މިފަހަރު ނަމޫނާ ދައްކައިދިނީ އެހެން ގޮތަކަށެވެ؛ ދަރިވަރުންގެ ފޮތްތަކުގައި ސެލޯފިންގެ ބަދަލުގައި އެކި ވައްތަރުގެ ފޮތި ބޭނުންކުރުމެވެ.

13 ޖެނުއަރީ

January 13, 2020 10
ޕްރިންސިޕަލުން ބޮޑެތި އަމާޒުތަކެއްގައި

ބޮޑު ޗުއްޓީއަށް ފަހު ސްކޫލުތަކުގެ ކިޔެވުން މި ފެށީ އާ ހިތްވަރަކާ އެކުގަ އެވެ. އާ ކަންތައްތަކެއް ދަސްކޮށްދީ މުޖުތަމައުއަށް ރަނގަޅު ދަރިންތަކެއް ނެރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތާ އެކުގަ އެވެ. އެ ޒިންމާއާ އެކު، ސްކޫލުތަކުގެ ވެރިން ތިބީ ތައުލީމީ ދާއިރާއިން ހިތްހަމަޖެހޭ ފަދަ ބަދަލެއް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.

28 ނޮވެމްބަރ

November 28, 2019 3
އަމީނިއްޔާއަށް 75: އެތައް ބައެއްގެ އުފާވެރި މާޒީއެއް

އަމީނިއްޔާ ސްކޫލަށް މިއަދު 75 އަހަރު ފުރުނުއިރު އެންމެ ހާއްސަ ކަމަކީ އެތަނުގެ ގޯތިތެރޭގައި ހުރި ބާ އިމާރާތެއް ނޫނެވެ. ރާއްޖޭގެ ތައުލީމާއި ތާރީހާ ގުޅިފައިވާ އެ ސްކޫލުގެ އެންމެ ބޮޑު ރައުސްމާލަކީ ދަރިވަރުންނެވެ. އެހެންވެ ރާއްޖޭގެ ތިން ވަނައަށް އެންމެ ދުވަސް ވީ ސްކޫލުގެ ހުރިހާ ހާއްސަ ކަމެއް ވެސް ގުޅިފައިވަނީ އަންހެން ކުދިންނަށް...

21 ނޮވެމްބަރ

November 21, 2019 2
ކިޔެވުން ނިމި ދޮޅު މަހުގެ ސްކޫލް ބަންދު ފެށިއްޖެ

މިއަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތް ދީ ދޮޅު މަހުގެ ސްކޫލް ބަންދު މިއަދު ފެށިއްޖެ އެވެ.

21 އޮކްޓޯބަރ

October 21, 2019 47
ދެބެން ވެސް އެހާ މޮޅު، ގެއަށް އުފާވެރިކަން

އާމިނަތު މައުޝޫޤާ އާއި ފިރިމީހާ އިބްރާހިމް ރަޝީދަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ހަގު ދަރިފުޅު، ޖުމާން އިބްރާހިމް އޭ ލެވެލް ނިންމައި ނަތީޖާ ލިބުމާ އެކުގަ އެވެ. ތިބި ހަމައެކަނި ދެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން ދެމަފިރިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ފޮނިމީރުކަން މި ވަނީ ލިބިފަ އެވެ: ޖުމާން އާއި ދޮށީ ދަރިފުޅު...

05 އޮކްޓޯބަރ

October 05, 2019 3
ޓީޗަރުންގެ ދުވަހު، ސޯބިރާގެ ހިދުމަތުގެ ވާހަކަ

ތައުލީމީ ދާއިރާއަށް އޮންނަނީ ހާއްސަ ލޯތްބަކާއި ކުލުނެކެވެ. ކިތައްމެ ބުރަކޮށް މަސައްކަތުގައި އުޅެން ޖެހުނަސް އެކަމުގައި އުމުރުގެ ބޮޑު ބައި ހޭދަކުރެވުނީ ލިބޭ ހިތްހަމަޖެހުމަކުންނެވެ. ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމަކީ ކިޔަވައިދިނުމުގެ އެ މަސައްކަތުގައި ދެމިތިބެވުމުގެ ސިއްރެވެ.

05 އޯގަސްޓް

August 05, 2019 5
ސްކޫލު ފެއާތަކަށް ބާރުބޮޑު ހަފުތާއެއް!

ސްކޫލުތަކުގައި ފެއާތައް މައިގަނޑު ގޮތެއްގައި ބާއްވަނީ، އެ ސްކޫލަކުން ކުރަން ބޭނުންވާ ކަމަކަށް ނުވަތަ ކަންކަމަށް ފައިސާ ހޯދުމަށެވެ. ކެންޓީނާއި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިގެން އެއްޗެހި ވިއްކައިގެން ފައިސާ ހޯދަ އެވެ. އެގޮތުން މި ދިޔައީ މާލޭގެ ސްކޫލުތަކަށް ބާރުބޮޑު ހަފުތާއެކެވެ. ފަސް ވަރަކަށް ސްކޫލުގައި ފެއާ ބާއްވާފައި ވެ...

22 ޖުލައި

July 22, 2019 2
ޣިޔާސުއްދީން: ތިމާވެށީގައި ހިމާޔަތުގައި ނަމޫނާއަކަށް

ޣިޔާސުއްދީން ސްކޫލްގެ 10 ވަނަ އަހަރީ ދުވަހު މަޖީދީ މަގުގައި ބޭއްވި ހިނގާލުމުގައި، ގިނަ މީހުންގެ ލޯތައް ހުއްޓުނީ އާދައިގެ އެއްޗަކަށް ނޫނެވެ: ޕްލާސްޓިކުން ހަދާފައި އޮތް ބޮޑު މަހެވެ.

15 ޖުލައި

July 15, 2019 189
ދިވެހި ޓީޗަރުން ހުސްވުމުގެ ބިރު! ހައްލަކީ ކޮބާ؟

މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާ ނަމަ އެންމެ ގަދަރުވެރި، މީހުންގެ އިހުތިރާމް އެންމެ ބޮޑަށް ލިބުނު އެއް ބަޔަކީ ޓީޗަރުންނެވެ. މުސާރައިގެ ގޮތުން ވެސް ޓީޗަރުންގެ ހިތްހަމަޖެހުން އޭރުގެ ނިސްބަތުން ބޮޑެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލު ވެއްޖެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޓީޗަރުން މިހާރު ވަނީ "މަގުމަތިވެފަ" އެވެ.

28 މެއި

May 28, 2019 3
10 ސްކޫލެއްގައި ރިޕޯޓު ފޮތް ޑިޖިޓަލް ކޮށްދެނީ

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

08 އެޕްރީލް

April 08, 2019 56
154 މިލިއަން ރުފިޔާގެ ޓެބްލެޓް، އިސްްރާފެއް ބާ؟

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ކުރީގެ ސަރުކާރުން ގަބޫލުކުރި އެވެ. އަދި އެ މަޝްރޫއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު ހަރަދެއް ވެސް ކުރި އެވެ. އެކަމަކު ޓެބްލެޓުތައް ބޭނުން ނުކުރެވި މިހާރު ބޭކާރުވެފައިވާ...

01 އެޕްރީލް

April 01, 2019 138
ޓީޗަރުންގެ ހުރީ ޝަކުވާ، ހައްލު ކޮން އިރަކުން؟

ޓީޗަރެއްގެ އެއް ދުވަހުގެ ޝެޑިއުލުން ފުރަތަމަ ފަށާނަމެވެ. ހެނދުނު ދަންފަޅީގައި ކިޔަވައިދޭ ޓީޗަރެއް ނަމަ ސްކޫލަށް ދާން ޖެހޭނީ 6:45 ގަ އެވެ. އެ ސެޝަން މެންދުރު 12:15 ހާއިރު ނިމޭނެ އެވެ. އެކަމަކު އެވަރުން ޓީޗަރުންނަށް އަތް ދޫކޮށެއް ނުލެވެ އެވެ. އިތުރު ހަރަކާތެއް އޮތިއްޔާ، އެއަށް ދަރިވަރުން ފަރިތަކޮށްދޭން ޖެހެ އެވެ. އެހެންވެ ބައެއް ފަހަރަށް...