04 ފެބުރުއަރީ

February 04, 2020 13
އަލިފާނުގެ ބޮޑު ހާދިސާ، އޭ ލެވެލް، މަތީ ނަތީޖާ!

ފިލާވަޅު ދަސްކުރަން އިށީންނަ އިރަށް އައިޝަތު ޝިރާ އާއި އޭނާގެ ކޮއްކޮ ފާތިމަތު ތާނިޔާ (ތާނި) ގެ ހަނދާނަށް ވެރިވެރިވެގަންނަނީ އަލިފާނުގެ ބޮޑު ހުޅުން ސަލާމަތްވާން އުޅުނު ގޮތެވެ. ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި އަލިފާން ރޯވި އިރު، ޝިރާ އިނީ އިސްލާމް ފިލާވަޅު ދަސްކުރާށެވެ. ތާނި، އިންނެޓުން ބަލަމުން ދިޔައީ ސްކޮލަޝިޕްތަކަށް ހުރި...

20 ޖެނުއަރީ

January 20, 2020 25
ފޮތްތަކުގެ ބޭރު ޖަރީކޮށްލީ ފޮތިން!

ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަން ސްކޫލުތަކުން ގިނަ ކަންކަން ކޮށްފި އެވެ. ބައެއް ތަންތަނުގައި ޕްލާސްޓިކް ކޮތަޅުން ފެށިގެން ޕްލާސްޓިކް ފުޅި ވެއްދުން މިހާރު މަނަލެވެ. ނ. ޅޮހީ ސްކޫލުން މިފަހަރު ނަމޫނާ ދައްކައިދިނީ އެހެން ގޮތަކަށެވެ؛ ދަރިވަރުންގެ ފޮތްތަކުގައި ސެލޯފިންގެ ބަދަލުގައި އެކި ވައްތަރުގެ ފޮތި ބޭނުންކުރުމެވެ.

28 ނޮވެމްބަރ

November 28, 2019 3
އަމީނިއްޔާއަށް 75: އެތައް ބައެއްގެ އުފާވެރި މާޒީއެއް

އަމީނިއްޔާ ސްކޫލަށް މިއަދު 75 އަހަރު ފުރުނުއިރު އެންމެ ހާއްސަ ކަމަކީ އެތަނުގެ ގޯތިތެރޭގައި ހުރި ބާ އިމާރާތެއް ނޫނެވެ. ރާއްޖޭގެ ތައުލީމާއި ތާރީހާ ގުޅިފައިވާ އެ ސްކޫލުގެ އެންމެ ބޮޑު ރައުސްމާލަކީ ދަރިވަރުންނެވެ. އެހެންވެ ރާއްޖޭގެ ތިން ވަނައަށް އެންމެ ދުވަސް ވީ ސްކޫލުގެ ހުރިހާ ހާއްސަ ކަމެއް ވެސް ގުޅިފައިވަނީ އަންހެން ކުދިންނަށް...

21 ނޮވެމްބަރ

November 21, 2019 2
ކިޔެވުން ނިމި ދޮޅު މަހުގެ ސްކޫލް ބަންދު ފެށިއްޖެ

މިއަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތް ދީ ދޮޅު މަހުގެ ސްކޫލް ބަންދު މިއަދު ފެށިއްޖެ އެވެ.

21 އޮކްޓޯބަރ

October 21, 2019 47
ދެބެން ވެސް އެހާ މޮޅު، ގެއަށް އުފާވެރިކަން

އާމިނަތު މައުޝޫޤާ އާއި ފިރިމީހާ އިބްރާހިމް ރަޝީދަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ހަގު ދަރިފުޅު، ޖުމާން އިބްރާހިމް އޭ ލެވެލް ނިންމައި ނަތީޖާ ލިބުމާ އެކުގަ އެވެ. ތިބި ހަމައެކަނި ދެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން ދެމަފިރިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ފޮނިމީރުކަން މި ވަނީ ލިބިފަ އެވެ: ޖުމާން އާއި ދޮށީ ދަރިފުޅު...

30 ސެޕްޓެމްބަރ

September 30, 2019 102
ރަށުން ކިޔަވައިގެން މުޅި ރާއްޖެއިން އެއްވަނަ!

އަދިވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރެވޭނީ މާލޭގެ ސްކޫލުތަކުގައި ކިޔަވައިގެންނެވެ. މޮޅު ދަރިވަރަކަށް ވެވޭނީ މާލެއަށް އައިސްގެންނެވެ؛ ނަމަވެސް އެކަން ބަދަލުވެ އޯ ލެވެލް އާއި އޭ ލެވެލްގައި ރަށްރަށުގެ ދަރިވަރުންގެ ތަރި ވަނީ ވިދަން ފަށައިފަ އެވެ. ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ރަން...

16 ސެޕްޓެމްބަރ

September 16, 2019 19
ކިޔެވުމާއި ކުޅިވަރުގެ ޗެމްޕިއަން: ހަމަ ނަމޫނާއެއް

ގައުމު ފަހުރުވެރިކޮށް އެނބުރި ރާއްޖެ އައިސް ޖެހިގެން އައި ދުވަހު އޭނާ ދިޔައީ މަތީ ސާނަވީއަށް ކިޔަވަމުން އަންނަ ސީއެޗްއެސްއީއަށެވެ. ކުރިމަތީގައި އޮތީ ސްކޫލް އިމްތިހާނެވެ. އެއަށް ފަރިތަކޮށް، ދެން ތައްޔާރުވަމުން ދިޔައީ އިންޑަނޭޝިއާގައި އިއްޔެ ފެށި އޭޝިއަން ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތަށެވެ. ތައުލީމީ ކުޅިވަރުގައި ޗެމްޕިއަނަކަށް ވި...

05 އޯގަސްޓް

August 05, 2019 5
ސްކޫލު ފެއާތަކަށް ބާރުބޮޑު ހަފުތާއެއް!

ސްކޫލުތަކުގައި ފެއާތައް މައިގަނޑު ގޮތެއްގައި ބާއްވަނީ، އެ ސްކޫލަކުން ކުރަން ބޭނުންވާ ކަމަކަށް ނުވަތަ ކަންކަމަށް ފައިސާ ހޯދުމަށެވެ. ކެންޓީނާއި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިގެން އެއްޗެހި ވިއްކައިގެން ފައިސާ ހޯދަ އެވެ. އެގޮތުން މި ދިޔައީ މާލޭގެ ސްކޫލުތަކަށް ބާރުބޮޑު ހަފުތާއެކެވެ. ފަސް ވަރަކަށް ސްކޫލުގައި ފެއާ ބާއްވާފައި ވެ...

29 ޖުލައި

July 29, 2019 29
ހަމައެކަނި ހިތުދަސްކުރުން ހުއްޓާލަން ވެއްޖެ!

މީގެ ފަސް އަހަރު ކުރިން، 2013 ގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ހަތް ދަރިވަރަކު މުޅި ދުނިޔެ އިން އެއް ވަނަ ހޯދި އެވެ. ޖެހިގެން އައި އަހަރު 11 ކުއްޖަކު އެއް ވަނައި ހޯދި އިރު، 2015ގެ އިމްތިހާނުގައި 12 ކުއްޖަކު އެ ވަނަ ހާސިލްކުރި އެވެ. މިދިޔަ އަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 11 ދަރިވަރަކު ވަނީ އޭ ލެވެލްގައި ދުނިޔޭގެ އެއް ވަނަ ހޯދައިފަ އެވެ.

22 ޖުލައި

July 22, 2019 2
ޣިޔާސުއްދީން: ތިމާވެށީގައި ހިމާޔަތުގައި ނަމޫނާއަކަށް

ޣިޔާސުއްދީން ސްކޫލްގެ 10 ވަނަ އަހަރީ ދުވަހު މަޖީދީ މަގުގައި ބޭއްވި ހިނގާލުމުގައި، ގިނަ މީހުންގެ ލޯތައް ހުއްޓުނީ އާދައިގެ އެއްޗަކަށް ނޫނެވެ: ޕްލާސްޓިކުން ހަދާފައި އޮތް ބޮޑު މަހެވެ.

28 މެއި

May 28, 2019 3
10 ސްކޫލެއްގައި ރިޕޯޓު ފޮތް ޑިޖިޓަލް ކޮށްދެނީ

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

25 މާޗް

March 25, 2019 57
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން

ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ނުރައްކަލުގެ ވަރުގަދަ ރަނގަޅަބީލު ޖެހެމުން އަންނަތާ ކިތައްމެ ދުވަހެކެވެ. ކުށްކުރާ ކުދިންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިވަރުންގެ އަހުލާގު ވަރަށް...

18 މާޗް

March 18, 2019 7
ޝައުގުވެރިކަމެއް ނެތް! ހައްލަކީ ކޮބާ؟

ސްކޫލު ނިންމުމަށް ފަހު މަތީ ތައުލީމް ހާސިލްކުރަން ގުޅުނީ ޔުނިވާސިޓީއަކާ އެވެ. އެތަނުން އިލެކްޓްރިސިޓީއާ ގުޅޭ ކޯހެއް ފުރިހަމަކުރަނިކޮށް ފޫހިވީ އެވެ. އެހެންވެ ދެން ހެދީ މުޅިން އެހެން ދާއިރާއަކާ ގުޅޭ ކޯހެކެވެ. އެ ކޯހުގެ ވަކި ހިސާބަކުން ވަކިވެ، އެހެން ދާއިރާއެއްގައި ކިޔަވަން ފެށި އެވެ.

11 މާޗް

March 11, 2019 30
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށަން ނިންމުމުން ގިނަ ބަޔަކަށް ހީކުރެވުނީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމަށް ހައްލެއް ނުލިބި، އެ ކަންބޮޑުވުންތައް ހަމަ އޮތްތާނގައި އޮތީ އެވެ. ސްކޫލަށް ގެންދަންޖެހޭ އެއްޗެހި ދިޔައީ...

04 މާޗް

March 04, 2019 5
ތާޖުއްދީން ސްކޫލު: ތަފާތު ދައްކަމުން ބަދަލަކަށް

ތާޖުއްދީން ސްކޫލަށް މުހިއްމީ ދަރިވަރުންގެ ނަތީޖާ އެކަންޏެއް ނޫނެވެ. ކިޔެވުމާ އެއްގޮތަށް ދަރިވަރުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަން އިތުރުކޮށް ތަރައްގީކުރުމަކީ ވެސް، މީގެ 30 އަހަރު ކުރިން ހުޅުވި ސްކޫލުން ސަމާލުކަން ދޭ ކަމެކެވެ. އިންޓަ ސްކޫލުގެ މުބާރާތްތަކުގައި ދަރިވަރުން ހޯދާ ކާމިޔާބީ އަކީ އެކަމުގެ ހެއްކެކެވެ.

11 ފެބުރުއަރީ

February 11, 2019 7
އަދަބިއްޔާތު މާއްދާ އިން ޝައުގުވެރިކަން ބޮޑުކުރާނެ

ދިވެހި މާއްދާ ކިޔަވަން ދަރިވަރުން ފޫހިވާކަމުގެ ވާހަކަތައް އަބަދު ވެސް އިވެ އެވެ. މާދަރީ ބަސް ކަމަށް ވިއަސް، އެހެން ބަސްތަކަށް ވުރެ ދިވެހި ބަހަށް ބައެއް ދަރިވަރުން ދޭ ސަމާލުކަމާއި ޝައުގުވެރިކަން ކުޑަކަމަށް ބުނެ ޝަކުވާކުރާ މީހުން ވެސް މަދެއް ނޫނެވެ. ދިވެހި މާއްދާގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް...

13 ޖެނުއަރީ

January 13, 2019 18
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު، 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ތައުލީމީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި މި ވަނީ ފަށައިފަ އެވެ. ސަރުކާރުން ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް މިއަދު ބައެއް ސްކޫލްތަކުގައި އިފްތިތާހުކޮށްފި އެވެ. ތާރީހީ އެ ހޭދައާ އެކު، އާ ސަރުކާރުގެ ފުރަތަމަ...

02 ޑިސެމްބަރ

December 02, 2018 2
ސްކޫލް ގައިޑް: އިންޓަވަލަށް ގެންދާނީ ކޯއްޗެއް؟

ދަރިފުޅު ސްކޫލަށް ގެންދާނެ ރީތި ލަންޗް ބޮކްސްއެއް ފެނިއްޖެ ހެއްޔެވެ؟ އެހެންވިއްޔާ މަސައްކަތުގެ އެއް ބައި ތިޔަ ފުރިހަމަވީ އެވެ. ދެން އޮތީ އެއަށް ލާނީ ކޮން ކަހަލަ ކާއެއްޗެއްސެއްކަން...

December 02, 2018 1
ސްކޫލް ގައިޑް: މި ތިން ކަމަށް ފަރުވާ ބަހައްޓާ!

ތައުލީމީ އާ އަހަރެއް ފެށިގެން އަންނަ ދުވަސްކޮޅަކީ އެންމެންނަށް ވެސް އުފާވެރި ވަގުތެކެވެ. އެކަމަކު، ބޮޑު ޗުއްޓީގެ ލުއި ދުވަސްތައް ނިމުމަކަށް އަންނަނީ ހާސްކަމަކާ ވެސް އެކުގަ އެވެ....

19 ނޮވެމްބަރ

November 19, 2018 154
ހިލޭ ދޮންކޭލާއި ކިރު: އެކަން ކުރާނީ ކިހިނެއް؟

އަންނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާނީ، ރާއްޖޭގެ ތާރީހުގައި ވެސް، މުޅިން އާ ކަމަކާ އކެު އެވެ؛ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ އެވެ.

16 ނޮވެމްބަރ

November 16, 2018 8
ލިއުޝާގެ މަސައްކަތުން އުފެދުނު ހުނަރުވެރި ކުދިންތައް

އަމީރު އަހުމަދު ސްކޫލްގައި އެލްކޭޖީއަށް ކިޔަވަމުން އަންނަ ދިވެހި 32 ކުދިންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ކަމަކީ މިއީ އެވެ؛ "ގައުމީ ސަލާމް"، "އޯ ވަޒަން"، "ދިވެހި ބިން" ފަދަ ދިވެހި މަޝްހޫރު ރާގުތައް ކުޅެލާ އިރު، ދިވެހިންގެ ގައިން ހީބި ނަގާވަރުވެ އެވެ. އެހާ ވެސް ފުރިހަމަ އެވެ. އުމުރުން އެންމެ ފަސް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިން އެ...