13 އޮކްޓޯބަރ

October 13, 2020 8
ގޮނޑި ނުގެއްލޭ މަނާ ކަންކަމަށް އަދަބެއް ނެތް!

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަށް އައްޔަންކުރުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރުކަން ގެއްލުނީތޯ ސުވާލު އުފެދިފައި އޮތް ހާލަތުގައި އޭނާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ...

23 ސެޕްޓެމްބަރ

September 23, 2020 25
ވަޒީފާއަކުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެތަ؟!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެދި، ސުޕްރީމް ކޯޓުން ބަސް ބުނަން ޖެހުމަކީ އާ ކަމެއް ނޫނެވެ. ފެހި ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރި ފުރަތަމަ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ދޮޅު އަހަރުގެ އަރުވާލުމުގެ ހުކުމެއް 2011 ގައި އައުމުންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދައްކައިގެން ބައެއް މެމްބަރުންގެ ގޮނޑިއާ...

08 ޖުލައި

July 08, 2020 2
ކުދިންނަށް ޖިންސީ އަނިޔާ: ހިސާބު ނަންބަރަކާ ނުގުޅުވޭނެ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހަބަރުތަކުން މީޑިއާ މި އޮންނަނީ ފުރިފަ އެވެ. އެކަމާ ދެކޮޅަށް އާންމުން ކެކިއަރަނީ އެވެ. އެ ކުށް ކުރާ މީހުންނަށް، ހާއްސަ ގާނޫނެއްގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައަޅާފައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ތުހުމަތުކުރެވޭ މީހުން މުޖުތަމައުއަށް ދޫވެ އެވެ. ބައެއް ފަހަރަށް ކަމާ...

04 ޖޫން

June 04, 2020 19
ސުޕްރީމް ކޯޓުގެ ފުރަތަމަ ޓެސްޓުން އުއްމީދުތަކެއް

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު އާ އިންތިޚާބެއް ބޭއްވި ކައުންސިލް މެމްބަރުން ހުވާކުރެވެންދެން ކުރިމަތީގައި އޮތް ގާނޫނީ ހުސްކަން ފޫބެއްދުން ފަސޭހަ ކަމަކަށް ނުވި އެވެ. ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތެއް އޮތަސް، ގާނޫނު އަސާސީއަށް ބަދަލު ގެނައުން ބައެއް މެމްބަރުންނަށް...

20 މެއި

May 20, 2020 2
އިންސާފު ހޯދުން "ލޮކްޑައުންއެއް" ނުކުރެވޭނެ!

އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ޝަރީއަތެއް އެންމެންނަށް އިވޭ ގޮތަށް މި ފަހުން ލައިވްކުރި އެވެ. ފަނޑިޔާރުން ގޭގައި ތިއްބަވައިގެން އޯޑިއޯ ކޮންފަރެންސް ނިޒާމެއް މެދުވެރިކޮށް އަލަށް އެ ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދިޔައިރު، އެއް ފަނޑިޔާރަކު ޝަރީއަތުގައި ބައިވެރިވެވަޑައިގަތީ އޮޕަރޭޝަނަކަށް ފަހު...

05 ފެބުރުއަރީ

February 05, 2020 9
ގޯސް ހެދީ މަޖިލީހުން، ސުޕްރީމް ކޯޓުން ބުނާނީ ކީކޭ؟!

ސިއްރު ހެކިންގެ މައްސަލަ އެއް ދުވަސްވަރެއްގައި ގައުމީ މައްސަލައަކަށް ވާ މިންވަރަށް މީހުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ކުރިމަތިވި އެވެ. އެއްވެސް ހަމައެއް ނެތި، ސިޔާސީ މީހުންނާ ދެކޮޅަށް ސިއްރު ހެކިން ބޭނުންކޮށްގެން ބޮޑެތި އެތައް ދައުވާއެއް ސާބިތުކޮށް، ޖަލު ހުކުމްތައް އޭރު އިއްވަމުން ދިޔަ އެވެ. އެކަމާ ކަންބޮޑުވުންތައް...

29 ޖެނުއަރީ

January 29, 2020 17
ސުޕްރީމް ކޯޓުގެ ނިންމުން އެ ކޯޓަށް ރިވިއު ކުރެވޭނެތަ؟

ގާނޫނު މާނަކުރުމާއި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ވަކިވަކި ފަރުދުން ވެސް ތަބާވާން ލާޒިމް ވަނީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބުނާ ވަރަށް މުހިންމު މާނައެއްގަ އެވެ. އެއީ އެ ކޯޓުގެ ނިންމުން އިސްތިއުނާފް ކުރެވޭނެ އިތުރު މަތީ...

23 ޖެނުއަރީ

January 23, 2020 28
ނުބައި ދޮރެއް ހުޅުވީތަ؟ ނުވަތަ ބަންދުކުރީތަ؟

މީހުން ހަވާލުކުރާ ގޮތް ނޭނގޭ ތަކެއްޗާ ހަވާލުވުމުގެ ނުރައްކާތެރިކަން ގުޅެނީ ފުޅާވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާ އެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމާއި ވަކި މިންވަރަކަށް ވުރެ ގިނައިން ގެންގުޅުމުގެ ކުށްތަކަށް ދޭ ބޮޑެތި އަދަބުތަކުން ސަލާމަތްވުމަށް ޑީލަރުން އެހެން އުކުޅެއް ގެންގުޅެ އެވެ: ރާއްޖެއަށް މަސްތުވާތަކެތި...

15 ޖެނުއަރީ

January 15, 2020 6
މަތީ ކޯޓުތައް އިޖްރާއާތު ގާނޫނަށް ވުރެ މަތީގައި؟!

ލިޔެފައިވާ ތަފްސީލީ އުސޫލެއް ނުވަތަ އިޖްރާއާތެއް ނެތި ޝަރީއަތް ކުރި ޒަމާން މިހާރު ހިނގައްޖެ އެވެ. ޖިނާއީ އެކި މައްސަލަތަކުގައި އެކި ގޮތަށް ކޯޓުތަކުން އަމަލުކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނައީ ޖިނާއީ އިޖްރާއާތުގެ ގާނޫނުންނެވެ. އާދައިގެ މީހަކަށް ވިޔަސް، އަދި ސިޔާސީ ބޭފުޅެއްގެ މައްސަލައަކަށް ވިޔަސް މިހާރު ހިނގާނީ އެއް...

18 ޑިސެމްބަރ

December 18, 2019 10
އިންސާފު ހޯދުމުގެ "އަގު" ލިބޭނެ ގޮތެއް ނެތް!

އެއްވެސް އެއްޗެއް ނުވަތަ ޚިދުމަތެއް ހިލެއެއް ނުލިބެ އެވެ. ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެ އެވެ. ބޭސްފަރުވާ އާއި ތައުލީމު ފަދަ ބައެއް ޚިދުމަތްތައް އާންމުންނަށް ހިލޭ ލިބުނަސް، އޭގެ އަގު ދައުލަތުން ނުވަތަ ކޮންމެވެސް އެހެން ފަރާތަކުން އަދާކުރުމަކީ ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެއޭ ބުނެވޭ ސަބަބެވެ. އިންސާފަކީ ވެސް މިފަދަ...

09 ޑިސެމްބަރ

December 09, 2019 67
މުއުތަސިމް: ޝަރުއީ ދާއިރާގެ ބޮޑު މާޒީއަކާ ގުޅިފައި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަހުމަދު މުއުތަސިމް އަދުނާން އިއްޔެ އައްޔަންކުރެއްވުމާ އެކު އެމަނިކުފާނުގެ އާއިލާ އަށް މިވަނީ ތާރީހީ ގޮތުން ހާއްސަ ޝަރަފެއް ލިބިފަ އެވެ. މުއުތަސިމަކީ މ. ބަގީޗާގޭ އާއިލާ އަށް ސީދާ ގޮތުން ނިސްބަތްވެވަޑައިގަންނަވާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އެމަނިކުފާނުގެ ކާފާފުޅު ހުސެއިން...

20 ނޮވެމްބަރ

November 20, 2019 21
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ

ސުޕްރީމް ކޯޓުން "ގާނޫނު ހެދުމުގެ" މައްސަލަ އަކީ ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ފާޑުކިޔުން އަމާޒުވި މައްސަލަ އެކެވެ. އެއްވެސް ފަރާތަކުން މައްސަލަ ހުށަނާޅަނީސް އަދި މައްސަލަ ރައްދުވި ފަރާތެއް ވެސް ނެތި ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއި ގާނޫނުތަކުގައި އޮތްގޮތާ ދިމާ އިދިކޮޅަށް...

17 ނޮވެމްބަރ

November 17, 2019 16
މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުންތަ؟

ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރަކާއި ޝަރުއީ ދާއިރާއާ ދެމެދު ބޮޑެތި ކޯޅުންތަކެއް ނޯންނަ ޒަމާނެއް ނެތެވެ. ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުން ފެށިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ކުރުމުގެ ސިލްސިލާތައް ވެސް ހިންގައިފި އެވެ. ހަމަ އެ އުސޫލުން، ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި...

30 އޮކްޓޯބަރ

October 30, 2019 52
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު ނުވަތަ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ގޮތެއް ނުނިމި އޮންނަތާ ހަފްތާއެއް ވީ އެވެ. އެކަމުގައި ގިނަ ބަޔަކު ކުރަމުން އަންނަ އެއް ސުވާލަކީ ގޮތެއް ނުނިންމާ ލަސްކުރަނީ ކީއްވެތޯ އެވެ؟

23 އޮކްޓޯބަރ

October 23, 2019 32
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟

ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސުޕްރީމް ކޯޓާ ދެމެދު ކޮންމެވެސް ސިފައެއްގައި ކުރިމަތިލުންތަކެއް ނުހިނގާ އެއްވެސް ސަރުކާރެއް ނެތެވެ. ސުޕްރީމް ކޯޓު އުފެދުނު ފަހުން އެފަދަ އެތައް މަންޒަރެއް ފެނިއްޖެ އެވެ. އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ކުރީގެ ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު...

06 އޯގަސްޓް

August 06, 2019 32
އަދީބަށް ދިން ލުޔާއި މުއައްސަސާތަކުގެ އިހުމާލު!

ދައުލަތް ފޫއަޅުވާލި ބޮޑެތި އެތައް ކުށެއްގެ ތުހުމަތު އެޅިފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، އަތްދަށުން ދޫނުވީ ހަމަ ކިރިޔާ އެވެ!

26 ޖޫން

June 26, 2019 21
ފެބްރުއަރީ 1ގެ އަމުރުގެ ބަހުސަށް ނިމުމެއް ނެތް؟!

މިދިޔަ އަހަރުގެ ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުން މުޅި ރާއްޖެ ސިއްސުވާލި އެވެ. އެކި މައްސަލަތަކުގައި ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރަން އަމުރުކޮށް، އޭރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައެޅުމުގެ އިތުރުން އެހެން...

25 ޖޫން

June 25, 2019 121
ޑީޑީ އާއި އަދީބުގެ ގުޅުން: ނުފޫޒުން ފުރިފައި!

"ބްރޯ، ކޮބާ ކިހިނެއް؟ ބައްދަލުކޮށްލަން ބޭނުން،"

20 ޖޫން

June 20, 2019 24
ބޮޑު ކޯޅުމެއްގެ ތެރެއިން ބޮޑު ބަދަލަކާ ދިމާއަށް

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މިސާލު ޖެއްސެވީ "ކައުނާއި މުޅި ކާއިނާތުގެ ހުރިހާ ބާރެއް" ރާއްޖޭގެ ސުޕްރީމް ކޯޓުން ނަގަން އުޅޭ ވާހަކައިންނެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސިފަކުރެއްވި ގޮތުގައި އެ ކޯޓުން މަސައްކަތް ކުރަނީ "ޖުޑިޝަލް ބަޣާވާތެއް"...

15 މެއި

May 15, 2019 53
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!

ދީބާޖާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭން މީގެ ހަތަރު އަހަރު ކުރިން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ވެސް މި ވަނީ ފަށައިފަ އެވެ. އެ މީހަކަށް ގަބޫލުކުރެވޭ ގޮތެއްގެ މައްޗަށް ފާޑުކިޔުމާއި ތުހުމަތުކުރުން ނޫން ކަމެއް މިހާރު ނެތެވެ.