20 މާޗް

March 20, 2019 18
މަޖިލީހުން ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފްވަނީތަ؟!

އާ ސަރުކާރަށް އަދި ހިންދަމާނުލެވި އުޅެނިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވި ވިދާޅުވުމަކާ ގުޅިގެން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންނެވެ. މިއީ ފަހުގެ...

04 ފެބުރުއަރީ

February 04, 2019 38
ޝަރުއީ ނިޒާމުގެ އިސްލާހު: ހައްލު ރަނގަޅުވާން ޖެހޭނެ

އާ ގާނޫނުއަސާސީގެ ދަށުން ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާގައި އިސްލާހު ކުރަން ޖެހޭ ގިނަ ދާއިރާތަކެއް ހުރި ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ ހިމެނެ އެވެ. އެ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށް ބޭރުގެ ތަޖުރިބާކާރުން ވެސް ފާހަގަކުރެ އެވެ. އަދި އެކަމަށް އެކި ދުވަސްވަރު އެކި ގޮތްގޮތަށް...

27 ނޮވެމްބަރ

November 27, 2018 54
ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ހައްޔަރުކޮށްގެން ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދެ ކަމެއް ސާފުވި އެވެ؛ އެއް...

20 ނޮވެމްބަރ

November 20, 2018 44
ޖުޑިޝަރީ އިސްލާހު ކުރުން: ރައީސަށް ބޮޑު ގޮންޖެހުމެއް

"އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކުރެވިގެންދާ ތަން ފެނުން ކަމަށް."

01 ނޮވެމްބަރ

November 01, 2018 33
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!

މިއީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނަނީ ހަމަ ހަގީގަތުގައި ވެސް ސުވަރުގޭގެ އެތައް ސިފައެއް މި ރާއްޖޭގައި ހުރީމަ އެވެ. ސުވަރުގެ އިން ލިބޭނެ އެންމެ ބޮޑު އުފަލަކީ، އެ މީހަކު ހިތަށް އަރުވާ ކޮންމެ ކަމެއް އެ ވަގުތުން ވަގުތަށް ފުރިހަމަ ވަމުން ދިއުމެވެ.

31 އޮކްޓޯބަރ

October 31, 2018 8
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބަށް ފަހު ވަރަށް ގިނަ ކަންކަން ދަނީ ބަދަލުވަމުންނެވެ. ކުރިން ވާހަކަ ދެއްކި ރާގާއި ބަސްމަގު ވެސް ބަދަލުވެއްޖެ އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

18 އޮކްޓޯބަރ

October 18, 2018 50
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟

ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިގަންވާ އެންމެ ބޮޑު ބާރު ކަމުގައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުންކޮށް، ފަސް އަހަރަށް ފަހު ދިވެހި ރައްޔިތުން އެ އޮތީ އެ މީހުންގެ ބަސް އިއްވައިފި އެވެ. ނަމަވެސް، ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް، ރައްޔިތުންގެ އެ ނިންމުމާ ނުރުހެވިގެން، އިންތިޚާބު ބާތިލު ކުރުމަށް...

17 އޮކްޓޯބަރ

October 17, 2018 62
ސުޕްރީމް ކޯޓުގެ ނިންމުމަށް މުޅި ގައުމު އިންތިޒާރުގައި

މި ފަހަރުގެ ރިޔާސީ އިންތިޚާބު ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތެވެ. އެއް ކަމަކީ މީގެ ކުރީގެ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނަސް، މިފަހަރު އެއް ބުރުން ނަތީޖާ ކޮޅެއްގައި ޖެހުމެވެ. ދެވަނަ ކަމަކީ އެންމެ ބޮޑު ތަފާތަކުން އެއް ކެންޑިޑޭޓް މޮޅުވުމެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު އޮތެވެ.

03 އޮކްޓޯބަރ

October 03, 2018 30
ހަތަރު މެމްބަރުންގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟

ޕީޕީއެމްގައި ތިބުމަށް ފަހު މިދިޔަ އަހަރު ކުއްލި ގޮތަކަށް އިދިކޮޅާ ގުޅުނު މަޖިލީހުުގެ 12 މެމްބަރުންގެ ގޮނޑީގެ ވާހަކަ ދައްކާ ބާވެއްޖެ އެވެ. އެކަމަކު ހަގީގަތުގައި ވެސް އެ ގޮނޑިތައް ވަނީ ގާނޫނީ ގޮތުން ގެއްލިފައިތޯ އުފެދޭ ސުވާލުގައި އިންސާފާ ހަމަޔަކަށް އަދިވެސް ނުދެވެ އެވެ.

07 އޯގަސްޓް

August 07, 2018 52
އެ ގުރުބާނީއަށް 10 އަހަރު! ހާލަތު ކުރީގެ މާޒީއަށް!

ސިފައިންގެ އަނިޔާ އާއި ބަޑިޖެހުމުގައި އެތައް ދިވެހިން މަރުވި ދުވަހެވެ. ޖަލުގެ އަނިޔާގެ ވާހަކަ އަކީ ހަގީގަތެއްކަން މުޅި ރާއްޖެ ހެކިވި ދުވަހެވެ. ބާރުގަދަ ސަރުކާރެއް ރޫރޫއަޅައިގެން ދިޔަ ހަމަނުޖެހުންތަކުގެ ދުވަހެވެ. ސެޕްޓެމްބަރު 19، 2003 ދިވެހިންނަށް ގެނެސްދިނީ ޖަލުގައި އޮހޮރުވާލި ދިވެހި ޒުވާނުންތަކެއްގެ ލޭގެ ހާދިސާ އެކަންޏެއް ނޫނެވެ....

02 އޯގަސްޓް

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް...

05 ޖުލައި

July 05, 2018 41
މެޖޯރިޓީ ގެއްލުމުން މަޖިލީހުން ގޯހަކަށް ފަހު ގޯހެއް

ދައުލަތުގެ ތިން ބާރުގެ އިމަކީ ކޮބައިކަން ބަޔާންކުރަމުން، ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. އެ އިމުގެ ތެރޭގައި ދައުލަތުގެ ބާރުތައް ހިފަހައްޓާފައި އޮތުމުގެ ބޭނުމަކީ، ގާނޫނުއަސާސީގެ 70، 106، 142 ވަނަ މާއްދާގައި...

21 ޖޫން

June 21, 2018 84
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް

މީގެ އަހަރުތަކެއް ކުރިން، ސިޔާސީ ބޭފުޅުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ފެށި ހިސާބުން މުޅި ގައުމުގައި ދައްކަން ފެށީ އެއް ވާހަކައެކެވެ. ފަޓާސްބަރިއެއް ހެން ޝަރީއަތުގެ އަޑުއެހެންތައް ބާއްވައި މައްސަލަތައް ނިންމާ ވާހަކަ އެވެ. ތުހުމަތުން ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ވާހަކަ އެވެ. ދިފާއުގައި ހުށަހަޅާ...

13 މެއި

May 13, 2018 38
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މަތީ ބާރަކީ ނުވަތަ އެންމެ ބާރު ގަދައީ ކޮން ބާރެއް ހެއްޔޭ ބައެއް މީހުން ސުވާލު ކުރެ އެވެ. ހަގީގަތުގައި ގާނޫނުއަސާސީން ދައުލަތުގެ ތިން ބާރު އުފަން ކޮށްދީފައިވަނީ އެއްވެސް ބާރަކުން އަނެއް ބާރުގެ މައްޗަށް ބަސް ނުކިޔޭ ގޮތަށެވެ. މާނައަކީ ތިން ބާރަކީ ވެސް، އޭގެ ޒާތުގައި މިނިވަން އަދި އެ ބާރެއްގެ...

09 މެއި

May 09, 2018 9
12 މެމްބަރުންގެ މައްސަލަ ނިމުމަކަށް އައީތަ؟!

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައަކީ މިހާރު އާ ވާހަކައަކަށް ނުވާނެ އެވެ. އެއް ބައެއްގެ ނަޒަރުގައި އެ 12 މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އަނެއް ބަޔަކަށް ގޮނޑިއެއް ނުގެއްލެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވޭތޯ ނުވަތަ ނޫންތޯ އޮތީ ސުވާލު...

03 މެއި

May 03, 2018 35
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!

"... ދިވެހި ދައުލަތުގެ ހައްގުގައި އަޅުގަނޑު މިއަދު ހުރިހާ ބޭފުޅުންނަށް ދަންނަވަން ވެއްޖެ ކޮންމެ ފަރާތަކުން، ޚާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް އައި ނަމަވެސް އެ އަމުރަކީ ސައްހަ އަމުރެއްތޯ، ގާނޫނީ ހުދޫދުގެ ތެރޭގައި، އެ ބޭފުޅުންގެ އިޚްތިސާސްގެ ތެރެއިން އައި އަމުރެއްތޯ ވިސްނައި ފިކުރުކޮށް އަޑު އުފުލުމުގެ ޖާގަ އެބަ އޮތް." މިއީ،...

26 އެޕްރީލް

April 26, 2018 49
ނަޝީދަށް މި ފަހަރު ސުޕްރީމް ކޯޓުން ޖާދޫ ހަދައިދޭނެބާ!

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި އިރު، 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދަށް ހުރަސްވީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) އެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާން ކުރާ އެ މާއްދާގައި ބުނެފައިވަނީ؛ އިސްލާމް ދީނުގައި ހައްދު...

11 އެޕްރީލް

April 11, 2018 32
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟

ހަމައެކަނި 12 މެމްބަރުންގެ މަސްލަހަތު އެކަންޏެއް ނޫނެވެ؛ މައްސަލައިގެ ނިމުން ގުޅިފައި ވަނީ ވެސް މުޅި ގައުމުގެ މަސްލަހަތާ އެވެ. ޕީޕީއެމުން އަމިއްލަ އަށް ވަކިވި އަދި ވަކިކުރި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ ބަހުސް ސުޕްރީމް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ. މި...

22 މާޗް

March 22, 2018 62
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!

އެ ގައުމެއްގެ އިދިކޮޅު ހުރިހާ ލީޑަރުން، ސިޔާސީ މަސްރަހުން ގެއްލުވައިލުމަކީ، ވަރަށް މަދު، ކެރޭ ވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ހަމަ ގައިމު ވެސް ރާއްޖޭގެ އިދިކޮޅު ހުރިހާ ލީޑަރުންހެން މިހާރު ވަނީ ސިޔާސީ މަސްރަހުން ގެއްލިފަ އެވެ. އެއް ބަޔަކު ހިފައި ހައްޔަރު ކޮށްފަ އެވެ. އަނެއް ބަޔަކު ޝަރުއީ ހުކުމެއްގައި ބެދިފަ އެވެ.

15 މާޗް

March 15, 2018 46
ގާނޫނު ފާސް ކުރިޔަސް 12 މެމްބަރުން ވަތްކެއް ނުވޭ

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާ އުސޫލުތައް ކަނޑައެޅި ގާނޫނަށް އިއްޔެ އަމަލު ކުރަން ފެށުމާ އެކު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އެއް ބަޔަކު ބުނަން ފެށި އެވެ. އެ 12 މެމްބަރުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް...